އެމެރިކާގެ ކޯޗަކަށް ވުމުގެ ފުރުސަތު ޕޮޗެޓީނޯ އަށް

Aug 10, 2024, 4:34 AM
އެމެރިކާގެ ކޯޗަކަށް ވުމުގެ ފުރުސަތު ޕޮޗެޓީނޯ އަށް

ލޮސް އެންޖެލްސް، ޔުނައިޓެޑް ސްޓޭޓްސް (އޮގަސްޓް 10) - ހުސްވެފައިވާ އެމެރިކާ ފުޓްބޯޅަ ޓީމުގެ ކޯޗަކަށް ވުމުގެ ފުރުސަތު މިދިޔަ ސީޒަނަށް ފަހު ޗެލްސީން ވަކިވި އާޖެންޓީނާގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ އަށް ދީފި އެވެ.

ދާދި ފަހުން، އެމެރިކާގައި ބޭއްވި ކޮޕަ އެމެރިކާ ފުޓްބޯޅަ މުބާރާތުގައި އެމެރިކާ ޓީމުގެ ފަރާތުން ނުކުތް ދަށް ނަތީޖާތަކަށް ފަހު، އެ ޓީމުގެ ކޯޗަކަށް ހުރި ގްރެގް ބާހޯލްޓާ ވަނީ މަގާމުން ވަކިކޮށްފަ އެެވެ. އެމެރިކާ ފުޓްބޯޅަ އެސޯސިއޭޝަނުގެ ސްޕޯޓިން ޑިރެކްޓަރު، މެޓް ކްރޮކާ އަންނަނީ އާ ކޯޗެއް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންނެވެ.

އެމެރިކާ އިން ފުރަތަމަ ގެންނަން މަސައްކަތް ކުރީ ނުވަ އަހަރަށް ފަހު ލިވަޕޫލް ދޫކޮށްލި ކޯޗު، ޖަރުމަނުގެ ޔާގަން ކްލޮޕް އެވެ. ކްލޮޕް ވަނީ އެ ފުރުސަތަށް ނޫނެކޭ ބުނެފަ އެވެ.

Advertisement

އެމެރިކާ އިން އާ ކޯޗެއް ހޯދުމުގެ މަސައްކަތުގައި މިހާރު މަޝްވަރާތައް ކުރަމުން އަންނަނީ 15 އަހަރުގެ ކޯޗިން ތަޖުރިބާ ހޯދައި، ޔޫރަޕްގެ ވަރުގަދަ ލީގުތަކުގައި މަސައްކަތްކޮށްފައިވާ ޕޮޗެޓީނޯ އެވެ.

އެ ގޮތުން، އެމެެރިކާގެ ސްޕޯޓިން ޑިރެކްޓަރު، ކްރޮކާ އަކީ ކުރިން ޕޮޗެޓީނޯއާ އެކު ސައުތެމްޓަންގައި މަސައްކަތްކުރި ފަރާތެކެެވެ، އެހެންކަމުން، މަޝްވަރާތަކުގައި ދެ ފަރާތަށް ވެސް ފަސޭހަތަކެއް ހުރި ކަމަށް އެމެރިކާގެ މީޑިއާ ރިޕޯޓްތައް ބުނެ އެވެ.

ދެ އަހަރުގެ ކޮންޓްރެކްޓެއްގައި މިދިޔަ އަހަރު ޗެލްސީއާ ހަވާލުވި ޕޮޗެޓީނޯ އެއް އަހަރަށް ފަހު މަގާމުން ވަކިވިއިރު، ބުނެފައިވަނީ ރަނގަޅު ޕްރޮޖެކްޓެއް ލިބިއްޖެނަމަ އަވަހަށް ކޯޗިން އިން ފެންނާނެ ކަމަށެވެ.

އަންނަ މަހު އެމެރިކާ އިން އެކުވެރިކަމުގެ މެޗުތަކެއް ކުޅެން ވަނީ ޝެޑިއުލްކޮށްފަ އެވެ. އެހެންކަމުން، އާ ކޯޗެއް ހަަމަަޖެއްސުމުގެ މަސައްކަތް އަވަހަށް އެމެރިކާ އިން ނިންމާނެ ކަމަށް ބެލެވެ އެވެ.

އާޖެންޓީނާ ގައުމީ ޓީމުގެ ކުރީގެ މިޑްފީލްޑަރު، ޕޮޗެޓީނޯ ވަނީ، މީގެ ކުރިން، ސްޕެއިނުގެ އެސްޕަންޔޯލާއި އިނގިރޭސި ދެ ކްލަބް ކަމަށްވާ ސައުތެމްޓަން އާއި ޓޮޓެންހަމްގެ އިތުރުން ފްރާންސްގެ ގަދަބާރު، ޕީއެސްޖީ އަށް ކޯޗުކޮށްދީފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ކެރިކް ވަކިކޮށްފިނަމަ ޔުނައިޓެޑްގެ ކޯޗުކަން ޕޮޗެޓީނޯ އަށް: ރިޕޯޓް

މެންޗެސްޓާ ޔުނައިޓެޑްގެ ނަތީޖާތައް ދަށްވުމުގެ ސަބަބުން ކޯޗު މައިކަލް ކެރިކް މަގާމުން ވަކިކޮށްފިނަމަ، އެ މަގާމަށް އެމެރިކާ ގައުމީ ޓީމުގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ ގެނައުމަށް އެ ކްލަބުން އަންނަނީ ވިސްނަމުންނެވެ. ލީގުގެ ރެލިގޭޝަން ޒޯނަށް ވެއްޓިފައިވާ ޔުނައިޓެޑުން ކެރިކާ މެދު ގޮތެއް ނިންމުމަށް ބޯޑު ބައްދަލުވުންތައް ބާއްވަމުންދާއިރު، ޕޮޗެޓީނޯގެ އިތުރުން ނާގަލްސްމަން އާއި އެޑީ ހޯވް ފަދަ ކޯޗުންނަށްވެސް އެ ކްލަބުން ފާރަލަމުންދެއެވެ.

ޕާކިސްތާނުން ތަށްޓާ މެދު އަދި ނުވިސްނާ

ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ބަލިކޮށް ޕާކިސްތާނުން ސެމީ ފައިނަލުގެ ޖާގައެއް ކަށަވަރުކުރި ނަމަވެސް، އެ ޓީމުގެ މިހާރުގެ އަމާޒަކީ ހަމައެކަނި ފައިނަލަށް ދިއުން ކަމަށް ކޯޗު ސޮލާނޯ ބުނެފި. އަށް އަހަރަށްފަހު ސެމީއަށް ދަތުރުކުރި ޕާކިސްތާނުން ތަށްޓާ މެދު ވިސްނުމުގެ ބަދަލުގައި މިވަގުތު އިސްކަންދެނީ ކުރިއަށް އޮތް ސެމީ މެޗަށް ރަނގަޅަށް ތައްޔާރުވުމަށް

ރައުލް، ރެއާލް އޮވިއޭޑޯގެ ކޯޗަކަށް ހަމަޖައްސައިފި

ރެއާލް މެޑްރިޑްގެ ލެޖެންޑް ރައުލް ގޮންޒާލޭޒް، ސްޕެއިންގެ ދެވަނަ ޑިވިޝަނުގެ ކްލަބް ރެއާލް އޮވިއޭޑޯގެ ކޯޗަކަށް 2028 ވަނަ އަހަރުގެ ނިޔަލަށް ހަމަޖައްސައިފި. އޭނާ މި މަގާމާ ހަވާލުވީ ރެއާލް މެޑްރިޑްގެ ރިޒާވް ޓީމުގައި ހަ އަހަރު ދުވަހު ކޯޗުކަން ކުރުމަށްފަހު، ނަތީޖާ ދަށްވުމުގެ ސަބަބުން ވަކިކުރި ޖޫލިއަން ކަލޭރޯގެ ބަދަލުގައި

ތަޖުރިބާ ރަނގަޅު، ބޭނުމީ ވަރުގަދަ ޓީމުތަކާ ކުޅެން: އިންމި

ޗައިނާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގެ ތިންވަނަ ރާއްޖެއަށް ލިބުނުއިރު، މިއީ ގައުމީ ޓީމުގެ ކުރިއެރުމަށް ލިބުނު ވަރަށް ރަނގަޅު ތަޖުރިބާއެއް ކަމަށް ކެޕްޓަން އިމްރާން (އިންމި) ބުނެފި. އޭނާ ފާހަގަކުރި ގޮތުގައި ރާއްޖޭގެ ޓީމުން މިހާރު ބޭނުންވަނީ ވަރުގަދަ ޓީމުތަކާ ދެކޮޅަށް ކުޅެގެން ފެންވަރު ރަނގަޅުކުރަން ކަމަށް

ރާއްޖެ ކައިރިން މޮޅުވެ ޗައިނާ އަށް ޗެމްޕިއަންކަން

ޗައިނާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގެ ފަހު މެޗުގައި ރާއްޖެ 8-3 އިން ބަލިކޮށް، ކުޅުނު ތިން މެޗުން މޮޅުވެގެން ޗައިނާ އިން މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފި. މި މުބާރާތުގައި ރާއްޖެއަށް ލިބުނީ ތިން ވަނަ މަގާމު ކަމަށްވާއިރު، ރާއްޖެއިން ވަނީ ހޮންގް ކޮންގް އަތުން ބޮޑު މޮޅެއް ހޯދައި ދެކުނު ކޮރެއާ އަތުން ބަލިވެފައި

ގަލޮޅު ދަނޑު ފުޓްބޯޅަ ކުޅުމާއި މުނިފޫހިފިލުވޭނެ ތަނަކަށް ހަދަނީ

ގަލޮޅު ދަނޑު ތަޅާލުމަށްފަހު، އެތަނަކީ ފުޓްބޯޅައިގެ އިތުރުން މުނިފޫހިފިލުވުމުގެ ތަފާތު ހަރަކާތްތައް ބޭއްވޭނެ ފަދަ ހިތްގައިމު މަރުކަޒަކަށް ބަދަލުކުރަން ސަރުކާރުން ވަނީ ނިންމާފައި. މި މަޝްރޫޢުގެ ދަށުން ދަނޑުގެ ޕިޗާއި ސިޑިބަރިތައް އައުކޮށް، އާންމުންނަށް ފަސޭހައިން ވަދެނިކުމެ އުޅެވޭނެހެން އެ ސަރަހައްދު ތަރައްގީކުރާނެ

ޔުނައިޓެޑްގެ ކޯޗުކަމުން އިސްތިއުފާ ނުދޭނެ ކަމަށް ކެރިކް ބުނެފި

މެންޗެސްޓާ ޔުނައިޓެޑްގެ ނަތީޖާތައް ދަށްވެ ޓީމު ރެލިގޭޝަން ޒޯނަށް ވެއްޓިފައިވީ ނަމަވެސް، މަގާމުން އިސްތިއުފާ ދިނުމުގެ ވިސްނުމެއް ނެތް ކަމަށް ކޯޗު މައިކަލް ކެރިކް ބުނެފި. ކެރިކް ގަބޫލުކުރާ ގޮތުގައި ހެދޭ ގޯސްތައް ރަނގަޅުކޮށްގެން ޓީމުގެ ހާލަތު ބަދަލުކުރެވޭނެ ކަމުގެ އުންމީދު އެބައޮތް.

Newsletter

Get the latest news delivered straight to your inbox