ޔުނައިޓެޑްގެ އޮފާ ޕޮޗެޓީނޯ ގަބޫލުކުރާނެ: ރިޕޯޓް

May 23, 2024, 8:21 AM
ޔުނައިޓެޑްގެ އޮފާ ޕޮޗެޓީނޯ ގަބޫލުކުރާނެ: ރިޕޯޓް

ލަންޑަން (މެއި 23) - މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗުކަމުން އެރިކް ޓެން ހާގް ވަކިކޮށް، އެ މަގާމު، ދާދި ފަހުން، ޗެލްސީ ދޫކޮށްލި ކޯޗު މައުރީސިއޯ ޕޮޗެޓީނޯ އަށް ހުށަހަޅައިފިނަމަ އޭނާ އެކަން ގަބޫލުކުރަން ތައްޔާރަށް ހުރި ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ދެ އަހަރުގެ ކޮންޓްރެކްޓެއްގައި، ޗެލްސީ އަށް މި ސީޒަނުގައި ސޮއިކުރި ޕޮޗެޓީނޯ، ވަނީ ކްލަބްގެ ވެރިންނާ މަޝްވަރާކޮށް، އެއް އަހަރަށް ފަހު ކޮންޓްރެކްޓް ނިންމާލައި، އެ ޓީމު ދޫކޮށްލައިފަ އެވެ.

Advertisement

ހޮނިހިރު ދުވަހު ކުޅޭ އެފްއޭ ކަޕް ފައިނަލް މެޗަށް ފަހު، ޔުނައިޓެޑްގެ ކޯޗުކަމުން ޓެން ހާގް ވަކިކުރާނެ ކަމަށް ރިޕޯޓްތައް ބުނެ އެވެ.

ޔުނައިޓެޑްގެ ތާރީހުގައި، އިނގިރޭސި ޕްރިމިއާ ލީގުގައި އެންމެ ދަށް ނަތީޖާއެއް އެ ޓީމުގެ ފަރާތުން ފެނުނީ މި ސީޒަނުގަ އެވެ. ޔުނައިޓެޑް، މި ފަހަރު ލީގު ނިންމާލީ އަށް ވަނައިގަ އެވެ. އެހެންވެ، ޔުނައިޓެޑްގެ ބޯޑުން، ޓެން ހާގް ވަކިކޮށް، އާ ކޯޗަކާ ޓީމު ހަވާލުކުރަން ނިންމާފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ.

ދާދި ފަހުން، ޔުނައިޓެޑްގެ ފުޓްބޯޅައިގެ ކަންކަމާ ހަވާލުވި، އިިނިއޯސް ކުންފުނިން އަންނަނީ އެ ޓީމަށް ކޯޗެެއް ހޯދުމުގެ މަސައްކަތް ކުރަމުން ކަަމަށް ވެސް އިނގިރޭސި ރިޕޯޓްތައް ބުނެ އެވެ.

މީގެ ކުރިން ވެސް ޔުނައިޓެޑުން ވަނީ ޕޮޗެޓީނޯއާ ޓީމު ހަވާލުކުރަން މަސައްކަތްކޮށްފަ އެވެ. އެކަމަކު، އޭރު އޭނާ އެ ޓީމަށް ގެނެވޭ ގޮތެއްނުވީ، ކްލަބެއްގެ ކޮންޓްރެކްޓެއްގައި ހުރުމުންނެވެ.

ކުރިން، ޓޮޓެންހަމް ހޮޓްސްޕާސް އާއި ސައުތެމްޓަން އަދި ޕީއެސްޖީ އަށް ކޯޗުކޮށްދިން ޕޮޗެޓީނޯގެ އިތުރުން، ޔުނައިޓެޑުން ދެން އެ ޓީމުގެ ކޯޗަކަށް ގެންނަން މަޝްވަރާކުރަމުން އަންނަ އެއް ކޯޗަކީ، ބަޔާން މިއުނިކްގެ ކޯޗުކަމުން މި ސީޒަނަށް ފަހު، ވަކިވި، ތޯމަސް ޓުޗެލް އެވެ.

ބްރައިޓަންގެ ކޯޗުކަމުން ވަކިވި އިޓަލީގެ ކޯޗު، ރޮބާޓޯ ޑި ޒާބީ އަކީ ވެސް ޔުނައިޓެޑުން މަޝްވަރާކޮށްފާނެ ކޯޗެއް ކަމަށް ރިޕޯޓްތައް ބުނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ކެރިކް ވަކިކޮށްފިނަމަ ޔުނައިޓެޑްގެ ކޯޗުކަން ޕޮޗެޓީނޯ އަށް: ރިޕޯޓް

މެންޗެސްޓާ ޔުނައިޓެޑްގެ ނަތީޖާތައް ދަށްވުމުގެ ސަބަބުން ކޯޗު މައިކަލް ކެރިކް މަގާމުން ވަކިކޮށްފިނަމަ، އެ މަގާމަށް އެމެރިކާ ގައުމީ ޓީމުގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ ގެނައުމަށް އެ ކްލަބުން އަންނަނީ ވިސްނަމުންނެވެ. ލީގުގެ ރެލިގޭޝަން ޒޯނަށް ވެއްޓިފައިވާ ޔުނައިޓެޑުން ކެރިކާ މެދު ގޮތެއް ނިންމުމަށް ބޯޑު ބައްދަލުވުންތައް ބާއްވަމުންދާއިރު، ޕޮޗެޓީނޯގެ އިތުރުން ނާގަލްސްމަން އާއި އެޑީ ހޯވް ފަދަ ކޯޗުންނަށްވެސް އެ ކްލަބުން ފާރަލަމުންދެއެވެ.

ޕާކިސްތާނުން ތަށްޓާ މެދު އަދި ނުވިސްނާ

ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ބަލިކޮށް ޕާކިސްތާނުން ސެމީ ފައިނަލުގެ ޖާގައެއް ކަށަވަރުކުރި ނަމަވެސް، އެ ޓީމުގެ މިހާރުގެ އަމާޒަކީ ހަމައެކަނި ފައިނަލަށް ދިއުން ކަމަށް ކޯޗު ސޮލާނޯ ބުނެފި. އަށް އަހަރަށްފަހު ސެމީއަށް ދަތުރުކުރި ޕާކިސްތާނުން ތަށްޓާ މެދު ވިސްނުމުގެ ބަދަލުގައި މިވަގުތު އިސްކަންދެނީ ކުރިއަށް އޮތް ސެމީ މެޗަށް ރަނގަޅަށް ތައްޔާރުވުމަށް

ރައުލް، ރެއާލް އޮވިއޭޑޯގެ ކޯޗަކަށް ހަމަޖައްސައިފި

ރެއާލް މެޑްރިޑްގެ ލެޖެންޑް ރައުލް ގޮންޒާލޭޒް، ސްޕެއިންގެ ދެވަނަ ޑިވިޝަނުގެ ކްލަބް ރެއާލް އޮވިއޭޑޯގެ ކޯޗަކަށް 2028 ވަނަ އަހަރުގެ ނިޔަލަށް ހަމަޖައްސައިފި. އޭނާ މި މަގާމާ ހަވާލުވީ ރެއާލް މެޑްރިޑްގެ ރިޒާވް ޓީމުގައި ހަ އަހަރު ދުވަހު ކޯޗުކަން ކުރުމަށްފަހު، ނަތީޖާ ދަށްވުމުގެ ސަބަބުން ވަކިކުރި ޖޫލިއަން ކަލޭރޯގެ ބަދަލުގައި

ތަޖުރިބާ ރަނގަޅު، ބޭނުމީ ވަރުގަދަ ޓީމުތަކާ ކުޅެން: އިންމި

ޗައިނާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގެ ތިންވަނަ ރާއްޖެއަށް ލިބުނުއިރު، މިއީ ގައުމީ ޓީމުގެ ކުރިއެރުމަށް ލިބުނު ވަރަށް ރަނގަޅު ތަޖުރިބާއެއް ކަމަށް ކެޕްޓަން އިމްރާން (އިންމި) ބުނެފި. އޭނާ ފާހަގަކުރި ގޮތުގައި ރާއްޖޭގެ ޓީމުން މިހާރު ބޭނުންވަނީ ވަރުގަދަ ޓީމުތަކާ ދެކޮޅަށް ކުޅެގެން ފެންވަރު ރަނގަޅުކުރަން ކަމަށް

ރާއްޖެ ކައިރިން މޮޅުވެ ޗައިނާ އަށް ޗެމްޕިއަންކަން

ޗައިނާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގެ ފަހު މެޗުގައި ރާއްޖެ 8-3 އިން ބަލިކޮށް، ކުޅުނު ތިން މެޗުން މޮޅުވެގެން ޗައިނާ އިން މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފި. މި މުބާރާތުގައި ރާއްޖެއަށް ލިބުނީ ތިން ވަނަ މަގާމު ކަމަށްވާއިރު، ރާއްޖެއިން ވަނީ ހޮންގް ކޮންގް އަތުން ބޮޑު މޮޅެއް ހޯދައި ދެކުނު ކޮރެއާ އަތުން ބަލިވެފައި

ގަލޮޅު ދަނޑު ފުޓްބޯޅަ ކުޅުމާއި މުނިފޫހިފިލުވޭނެ ތަނަކަށް ހަދަނީ

ގަލޮޅު ދަނޑު ތަޅާލުމަށްފަހު، އެތަނަކީ ފުޓްބޯޅައިގެ އިތުރުން މުނިފޫހިފިލުވުމުގެ ތަފާތު ހަރަކާތްތައް ބޭއްވޭނެ ފަދަ ހިތްގައިމު މަރުކަޒަކަށް ބަދަލުކުރަން ސަރުކާރުން ވަނީ ނިންމާފައި. މި މަޝްރޫޢުގެ ދަށުން ދަނޑުގެ ޕިޗާއި ސިޑިބަރިތައް އައުކޮށް، އާންމުންނަށް ފަސޭހައިން ވަދެނިކުމެ އުޅެވޭނެހެން އެ ސަރަހައްދު ތަރައްގީކުރާނެ

ޔުނައިޓެޑްގެ ކޯޗުކަމުން އިސްތިއުފާ ނުދޭނެ ކަމަށް ކެރިކް ބުނެފި

މެންޗެސްޓާ ޔުނައިޓެޑްގެ ނަތީޖާތައް ދަށްވެ ޓީމު ރެލިގޭޝަން ޒޯނަށް ވެއްޓިފައިވީ ނަމަވެސް، މަގާމުން އިސްތިއުފާ ދިނުމުގެ ވިސްނުމެއް ނެތް ކަމަށް ކޯޗު މައިކަލް ކެރިކް ބުނެފި. ކެރިކް ގަބޫލުކުރާ ގޮތުގައި ހެދޭ ގޯސްތައް ރަނގަޅުކޮށްގެން ޓީމުގެ ހާލަތު ބަދަލުކުރެވޭނެ ކަމުގެ އުންމީދު އެބައޮތް.

Newsletter

Get the latest news delivered straight to your inbox