އެމެރިކާ ފުޓްބޯޅަ ޓީމާ ހަވާލުވާން ޕޮޗެޓީނޯ އެއްބަސްވެއްޖެ

Aug 15, 2024, 8:12 AM
އެމެރިކާ ފުޓްބޯޅަ ޓީމާ ހަވާލުވާން ޕޮޗެޓީނޯ އެއްބަސްވެއްޖެ

ލޮސް އެންޖެލްސް، ޔުނައިޓެޑް ސްޓޭޓްސް (އޮގަސްޓް 15) - ހުސްވެފައިވާ އެމެރިކާ ފުޓްބޯޅަ ޓީމުގެ ކޯޗަކަށް ވާން އާޖެންޓީނާގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ އެއްބަސްވެފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

މި ފަހަރު، އެމެރިކާގައި ބޭއްވި ކޮޕަ އެމެރިކާ ފުޓްބޯޅަ މުބާރާތުގައި އެމެރިކާ ޓީމުގެ ފަރާތުން ނުކުތް ދަށް ނަތީޖާތަކަށް ފަހު، އެ ޓީމުގެ ކޯޗަކަށް ހުރި ގްރެގް ބާހޯލްޓާ ވަނީ މަގާމުން ވަކިކޮށްފަ އެެވެ.

އެމެރިކާ ފުޓްބޯޅަ އެސޯސިއޭޝަނުގެ ސްޕޯޓިން ޑިރެކްޓަރު، މެޓް ކްރޮކާ އާއި ޕޮޗެޓީނޯއާ އެކު ބޭއްވުނު މަޝްވަރާތަކުގައި މިހާރު ވަނީ އެއްބަސްވުމަކަށް އަތުވެފަ އެވެ.

އެމެެރިކާގެ ސްޕޯޓިން ޑިރެކްޓަރު، ކްރޮކާ އަކީ ކުރިން ޕޮޗެޓީނޯއާ އެކު ސައުތެމްޓަންގައި މަސައްކަތްކުރި ފަރާތެކެެވެ، އެހެންކަމުން، މަޝްވަރާތަކުގައި ދެ ފަރާތަށް ވެސް ފަސޭހަތަކެއް ހުރި އެވެ.

ދެ އަހަރުގެ ކޮންޓްރެކްޓެއްގައި މިދިޔަ އަހަރު ޗެލްސީއާ ހަވާލުވި ޕޮޗެޓީނޯ އެއް އަހަރަށް ފަހު މަގާމުން ވަކިވިއިރު، ބުނެފައިވަނީ ރަނގަޅު ޕްރޮޖެކްޓެއް ލިބިއްޖެނަމަ އަވަހަށް ކޯޗިން އިން ފެންނާނެ ކަމަށެވެ.

އާޖެންޓީނާ ގައުމީ ޓީމުގެ ކުރީގެ މިޑްފީލްޑަރު، ޕޮޗެޓީނޯގެ ކޯޗިން ކެރިއަރަށް 15 އަހަރު ވަނީ ވެފަ އެވެ. ކުރީގެ މިޑްފީލްޑަރު، ޕޮޗެޓީނޯ ވަނީ، މީގެ ކުރިން، ސްޕެއިނުގެ އެސްޕަންޔޯލާއި އިނގިރޭސި ދެ ކްލަބް ކަމަށްވާ ސައުތެމްޓަން އާއި ޓޮޓެންހަމްގެ އިތުރުން ފްރާންސްގެ ގަދަބާރު، ޕީއެސްޖީ އަށް ކޯޗުކޮށްދީފަ އެވެ.

އަންނަ މަހު އެމެރިކާ އިން އެކުވެރިކަމުގެ މެޗުތަކެއް ކުޅެން ވަނީ ޝެޑިއުލްކޮށްފަ އެވެ. އެހެންކަމުން، މިއީ ޕޮޗެޓީނޯ، އެމެރިކާގެ ބެންޗުން ފެންނާނެ ފުރަތަމަ މެޗުތަކަށް ވުމުގެ ފުރުސަތު ބޮޑެވެ.

އެމެރިކާ އިން ޕޮޗެޓީނޯ އަށް ކޮންޓްރެކްޓް ދޭނެ ކަމަށް ބެލެވެނީ، 2026 ވަނަ އަހަރު އެމެރިކާ އާއި މެކްސިކޯ އަދި ކެނަޑާގައި ހޯސްޓްކުރާ ފީފާ ވޯލްޑް ކަޕްގެ ނިޔަލަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ވިއްސާރައާ ހެދި ބުރު އާއި ނިއު މެޗު ފަސްކުރަން ޖެހިއްޖެ

މޫސުން ގޯސްވެ ގަލޮޅު ދަނޑުގައި ފެންބޮޑުވުމުގެ ސަބަބުން، ދިވެހި ޕްރިމިއާ ލީގުގައި މިރޭ ނިއު ރޭޑިއަންޓާއި ބުރު ސްޕޯޓްސް ކްލަބް ބައްދަލުކުރަން އޮތް މެޗު އެފްއޭއެމް އިން ފަސްކޮށްފި. މިއަދު ހަވީރު ކުޅުނު މެޗަށްވެސް ވިއްސާރައިގެ އަސަރުކޮށްފައިވާއިރު، މިރޭގެ މެޗު ފަސްކުރަން ނިންމީ މެޗު ކުޅެވޭނެ ފަދަ ހާލަތެއް ދަނޑުގައި ނެތުމުން.

އޮޑި އާއި އީގަލްސްގެ ކުރިމަތިލުމަށް ހަމަހަމަ ނިމުމެއް

ދިވެހި ޕްރިމިއާ ލީގުގައި ކްލަބް އީގަލްސް އާއި އޮޑި ސްޕޯޓްސް ކްލަބް ބައްދަލުކުރި މެޗު 0-0 އިން އެއްވަރުވުމުން، ލީގުގެ އެއް ވަނަ އަށް އެރުމަށް އީގަލްސް އަށް ލިބުނު ފުރުސަތު ގެއްލުނު. ވިއްސާރައިގެ ސަބަބުން ކުޅުމަށް ހުރަސްތަކެއް ކުރިމަތިވި މި މެޗުގައި، ދެ ޓީމުން ލަނޑެއް ޖެހުމަށް ކުރި މަސައްކަތް ކާމިޔާބުނުވީ ދެ ޓީމުގެ ކީޕަރުންގެ ކުޅުން ރަނގަޅުވުމުން

ކްވަރަޝްކޭލިއާ އަށް ސީޒަން ނިމުމުގެ ބިރު

ޗެމްޕިއަންސް ލީގުގައި ބާސެލޯނާއާ ދެކޮޅަށް ކުޅުނު މެޗުގައި ޕީއެސްޖީގެ ކްވަރަޝްކޭލިއާގެ ކަކުލަށް ލިބުނު ސީރިއަސް އަނިޔާއަކާ ގުޅިގެން އޭނާއަށް މި ސީޒަން ނިމިއްޖެ. ޓެސްޓްތަކުން ދައްކާގޮތުގައި އޭނާގެ އޭސީއެލް އިރައިގެން ގޮސްފައިވާއިރު، މި އަނިޔާއިން ރަނގަޅުވުމަށް ގާތްގަނޑަކަށް 6 މަހާއި 9 މަހާ ދެމެދުގެ މުއްދަތެއް ނަގާނެ

އިންގްލެންޑުން ރިޓަޔާނުކުރާ ކަމަށް ހެންޑަސަން ބުނެފި

މިހާރު ޗެލްސީއަށް ކުޅެމުން އަންނަ ތަޖުރިބާކާރު މިޑްފީލްޑަރު ހެންޑަސަން، އިންގްލެންޑް ގައުމީ ޓީމުން ރިޓަޔާނުކުރާ ކަމަށާއި އަދިވެސް ގައުމީ ޓީމަށް ކުޅުމުގެ ޝައުގުވެރިކަން އެބަހުރި ކަމަށް ބުނެފި. އޭނާ ގަބޫލުކުރާ ގޮތުގައި ޗެލްސީގައި ރަނގަޅު ކުޅުމެއް ދައްކައިގެން އަދިވެސް އެންމެ މަތީ ފަންތީގައި ގައުމީ ޓީމަށް ޚިދުމަތް ކުރުމުގެ ފުރުސަތު އޭނާއަށް އެބައޮތް

އިހުތިރާމް ކުރާތީ ފަބްރެގަސް ސުވާލަކަށް ޖަވާބު ނުދިން

މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗުކަމާ ހަވާލުވުމާ ގުޅޭގޮތުން ނޫސްވެރިއަކު ކުރި ސުވާލަށް ޖަވާބުދޭން ކޯމޯގެ ކޯޗު ސެސްކް ފަބްރެގަސް ދެކޮޅުހަދައިފި. ފަބްރެގަސް ބުނީ މިވަގުތު ޔުނައިޓެޑްގެ ކޯޗަކަށް ހުރި މައިކަލް ކެރިކަށް އިހުތިރާމް އަދާކުރުމުގެ ގޮތުން އެ ސުވާލަށް ޖަވާބުދޭން ބޭނުންނުވާ ކަމަށް

ނިއު އަކީ ވަރުގަދަ ޓީމެއް ވިޔަސް ބުރަށް ވާދަކުރެވޭނެ

ނިއު ރޭޑިއަންޓަކީ ވަރުގަދަ ޓީމެއް ނަމަވެސް، ބުރު ސްޕޯޓްސް ކްލަބުން އެ ޓީމާ ދެކޮޅަށް ރަނގަޅު ވާދައެއްކޮށް ކާމިޔާބު ހޯދޭނެ ކަމުގެ އުންމީދު އެބައޮތް ކަމަށް ކޯޗު ރޮޑްރިގޭޒް ބުނެފި. ކޯޗު ފާހަގަކުރި ގޮތުގައި ޓީމުގެ ކުޅުން ދުވަހުން ދުވަހަށް ކުރިއަރަމުން އަންނާތީ، ކޮންމެ ޓީމެއް އަތުންވެސް މޮޅުވެވޭނެ ކަމުގެ އިތުބާރު މިހާރު އެބައޮތް

ލިވަޕޫލަށް ތަފާތު މޮޅެއް، ޕީއެސްޖީން ބާސެލޯނާ ބަލިކޮށްފި

ޗެމްޕިއަންސް ލީގުގައި ރޭ ކުޅުނު މެޗުތަކުން ޕީއެސްޖީން 4-2 އިން ބާސެލޯނާ ބަލިކުރިއިރު، ލިވަޕޫލުން ވަނީ ފަހަތުން އަރައި 4-3 އިން ވިޔަރެއާލްގެ މައްޗަށް ކުރިހޯދާފައި މީގެ އިތުރުން މެންޗެސްޓާ ސިޓީން 5-1 އިން އޭއީކޭ އެތަންސް ބަލިކުރިއިރު، އެ މެޗުގައި ފިލް ފޯޑެން ވަނީ ހެޓްރިކެއް ހަދާފައި

Newsletter

Get the latest news delivered straight to your inbox