އަނބިކަނބަލުން ވަރި ކުރަން ރައީސް މުއިއްޒުގެ ކެބިނެޓް މެންބަރަކު އެންގެވި ކަމަށް ޑރ. އިޔާޒް ވިދާޅުވެއްޖެ

ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒު: އޭނާގެ އަންހެނުން ވަރިކުރަން އެދި ވަޒީރަކު މެސެޖުކުރި ކަމަށް ވަނީ ބުނެފަ --- ފޮޓޯ: ސޯޝަލް މީޑިއާ

ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒު: އޭނާގެ އަންހެނުން ވަރިކުރަން އެދި ވަޒީރަކު މެސެޖުކުރި ކަމަށް ވަނީ ބުނެފަ --- ފޮޓޯ: ސޯޝަލް މީޑިއާ

އިޒްރޭލުން ފަލަސްތީނުގައި ހިންގާ ގަތުލްއާންމާ ދެކޮޅަށް އަޑު އުފުލަމުންދަނިކޮށް ޖަލަށްލި ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒުގެ އަނބިކަނބަލުން އާއިޝަތު ޝާދިޔާ ވަރިކުރަން މި ސަރުކާރުގެ ކެބިނެޓުގައި ހިމެނޭ ވަޒީރަކު އޭނާއަށް އެންގި ކަމަށް އިޔާޒް މިއަދު ވިދާޅުވެއްޖެ އެވެ.

މި ވާހަކަ ފެންމަތިވީ، ޝާދިޔާ އަދި އޭނާއާއެކު ބަންދުކުރި ޑރ. ޝަޒްރާ އިބްރާހިމް މިއަދު "އަދަދު" އަށް ދިން ހާއްސަ އިންޓަވިއުއެއްގަ އެވެ. އެގޮތުން "ވަޒީރުން ފެންވަރުގެ" ބޭފުޅުން އެ މީހުންގެ ފިރިންއަށް ގުޅައި އަނބިން ވަރިކުރަން އެދިފައިވާ ކަމަށް ޝާދިޔާ އަދި ޝަޒްރާ ވެސް ބުންޏެވެ.

އެކަމާ ގުޅިގެން ސުވާލު ކުރުމުން އިޔާޒު ވިދާޅުވީ، އަނބިކަނބަލުން ވަރި ކުރަން އެންގީ "ބަޔަކު" ނޫން ކަމަށާއި ސީދާ ސަރުކާރުން ކަމަށެވެ.

Advertisement

"ސަރުކާރުގެ މިނިސްޓަރަކު މެސެޖުކޮށްފަ އިނީ. މިހާރު ސަރުކާރުގެ ކެބިނެޓު މިނިސްޓަރެއް މެސެޖުކޮށްފަ އިނީ ޝާދިޔާ ވަރިކުރާށޭ ކިޔާފަ. އޭނާއަށް އިނގޭނީ އޭނާ މެސެޖުކުރި ސަބަބެއް. އޭނާ ބުނެގެނެއް ނޫނެއްނޫންތޯ އަޅުގަނޑު ކައިވެނިކޮށްގެން އުޅެނީކީ،" ފޯނު މެދުވެރިކޮށް ވާހަކަ ދައްކަމުން އިޔާޒް ވިދާޅުވި އެވެ.

ނަމަވެސް އެއީ ކޮން ވަޒީރެއްކަން އެނާ ވިދާޅެއް ނުވެ އެވެ.

ޝާދިޔާ އަދި ޝަޒްރާ ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރީ އޯގަސްޓު 28، ގަ އެވެ. އޭގެ ފަހުން ދެ ފަހަރެއްގެ މަތިން ތިން ދުވަހަށާއި ފަސް ދުވަހަށް އެ ދެ މީހުންގެ ބަންދުގެ މުއްދަތު އިތުރުކުރި އެވެ. މާލޭގައި ހުންނަ ބޭރުގެ އެމްބަސީތައް ކައިރިއަށް ގޮސް އަޑުނުއުފުލަން ޝަރުތުކޮށް އެ ދެ މީހުން ދޫކޮށްލީ މި މަހު ފަހެއްގަ އެވެ. ފުލުހުންގެ ފޯމުގައި އެދުވަހު ވެސް އެދިފައި އޮތީ 15 ދުވަހަށް ބަންދު ޖެހުމަށެވެ.

ޝާދިޔާ، 47، އާއި ޝަޒްރާ، 36، ހައްޔަރު ކުރުމުން އެކަން އިދިކޮޅު އެމްޑީޕީ އާއި އަދާލަތު ޕާޓީން ކުށްވެރިކޮށް، އެ ދެ މީހުން ދޫކޮށްލަން ގޮވާލި އެވެ. ނަމަވެސް އެ ބަޔާންތަކާއެކު ސަރުކާރުން ވަނީ ޑިޕްލޮމެޓުންނަށް އުނދަގޫނުކޮށް ފަލަސްތީނަށްޓަކާ އަޑުއުފުލޭނެ ކަމަށް ބުނެ ފުލުހުންގެ އަމަލު ދިފާއުކޮށްފަ އެވެ.

ޝާދިޔާ ހައްޔަރުކުރުމާއެކު އިޔާޒު ވެސް ވަނީ އެކަމާ ދެކޮޅަށް ވަރަށް ބޮޑަށް ނުރުހުން ފާޅުކޮށް ސޯޝަލް މީޑިއާގައި ގިނަ ޕޯސްޓުތަކެއް ކުރައްވާފަ އެވެ. އަދި ސަރުކާރުގެ ބައެއް އޮފިޝަލުންނާ ބަހުގެ ހަމަލާވެސް ބަދަލުކުރެއްވި އެވެ.

މި ސަރުކާރާ ދެކޮޅަށް ބަސްބުނަމުންދާ އިޔާޒު، އިސްލާމީ މަރުކަޒުގައި ނަގައިދެމުން އައި ތަފުސީރު ކްލާސްތަކެއް އެ މިސްކިތާއި ސަލްމާން މިސްކިތް ނޫން މިސްކިތަކަށް ބަދަލުކުރަން އިސްލާމިކް މިނިސްޓްރީން މިދިޔަ މަހު އެންގި އެވެ. އެކަމާ ގުޅިގެންވެސް ސަރުކާރުގެ އޮފިޝަލުންނާއި އޭނާއާއެ ދެމެދު ބަހުގެ ހަމަލާ ބަދަލުކުރި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައުދުގެ މައްޗަށް ކުރާ ދައުވާތައް އަނބުރައި ގެންދަން ގޮވާލައިފި

އެ ޕާޓީން ބުނީ މިއީ ކައުންސިލްގެ ނިންމުމަކަށް ސައުދު ފަރުދީގޮތުން ޒިންމާކުރުވައި، އޭނާގެ މޭޔަރުކަމުގެ މަގާމު ގެއްލުވާލުމަށް ސިޔާސީ ބޭނުމެއްގައި ކުރާ ކަމެއް ކަމަށް. އަދި އެކަށީގެންވާ ހެކި ނެތް މި މައްސަލައިގެ ޝަރީއަތް އަވަސް އަރުވާލައިގެން ކުރިއަށް ގެންދިއުމަކީ ގާނޫނުއަސާސީއާ ހިލާފު ކަމެއް ކަމަށްވެސް އެމްޑީޕީން ފާހަގަކޮށްފައިވޭ.

ވެމްކޯގެ ބައެއް މުވައްޒަފުންނަށް އަދިވެސް މުސާރަ ނުދޭ

ވެމްކޯގެ ބައެއް މުވައްޒަފުންނަށް މިދިޔަ މަހުގެ މުސާރަ އަދިވެސް ނުލިބޭތީ، ބިލްތައް ނުދެއްކި ޖޫރިމަނާވުމާއި ކުލި ދެއްކުން ލަސްވުމުގެ ކަންބޮޑުވުން މުވައްޒަފުން ފާޅުކޮށްފިއެވެ. މުސާރަ ދިނުން ލަސްވާ މައްސަލަ މިދިޔަ އަހަރުން ފެށިގެން ކުރިމަތިވަމުންދާއިރު، މިހާރު ގިނަ މުވައްޒަފުންނަށް މުސާރަ ލިބެނީ ކޮންމެ މަހެއްގެވެސް 10 ވަނަ ދުވަހާ ގާތްވުމުންނެވެ.

ރަސްމާލެ ވިއްކުމާ ދެކޮޅު ހަރަކާތުން އަދާލަތަށް މަރުހަބާ ކިޔައިފި

އެ ހަރަކާތުން ބުނިގޮތުގައި، ގައުމުގެ ސަލާމަތާއި ދީނީ އެއްބައިވަންތަކަމަށް އުނިކަން ލިބޭ ގޮތަށް މި މަޝްރޫއު ކުރިއަށް ނުގެންދިއުމަށް އަދާލަތުން ގޮވާލި ގޮވާލުމަށް ފުރިހަމައަށް ތާއީދުކުރެއެވެ.

ރަސްމާލެ އެއްވުމުގައި ފައިސަލް ވެސް ބައިވެރިވަނީ

މި އެއްވުމުގައި ކުރީގެ ރައީސް ޔާމީން ވެސް ބައިވެރިވެވަޑައިގަންނަވާއިރު، މިއީ ރަސްމާލޭގެ ބޮޑު ސަރަހައްދެއް ބޭރު ކުންފުންޏަކަށް ވިއްކާލުމާ ދެކޮޅަށް ބާއްވާ ހަރަކާތެއް. ސަރުކާރުން މިހާރު ވަނީ މި މަޝްރޫއު ކުރިއަށް ގެންދިއުމަށް ބޭނުންވާ ގާނޫނީ ބަދަލުތައް މަޖިލީހަށް ހުށަހަޅައިފަ.

ދައުލަތުގެ އިއްޒަތުގެ ޝަރަފުވެރިންގެ މަޖިލީހެއް އެކުލަވާލައިފި

ރައީސް މުއިއްޒު ރިޔާސަތު ބަލަހައްޓަވާ މި މަޖިލީހަކީ މިނިވަން ދުވަހުގެ ޖަލްސާގައި އެމަނިކުފާނު ވެވަޑައިގެންނެވި ވައުދާ އެއްގޮތަށް އުފެއްދެވި މަޖިލީހެކެވެ. މީގެ އިތުރުން އެކި ދާއިރާތަކުގެ ތަޖުރިބާކާރުން ހިމެނޭ 150 މީހުންގެ ގައުމީ މަޖިލީހެއް އެކުލަވާލުމަށް ވެސް ވަނީ ނިންމާފައެވެ.

ކަނދެއް ހަލާކުވެ ޓީއެމްއޭގެ ސީޕްލޭނެއް ދިޔަވެއްޖެ

ހުޅުލޭ ސީ-ޕްލޭން ޓާމިނަލުން ފުރަން އުޅުނު ބޯޓެއް އެކްސިޑެންޓުވެ، އޭގައި ތިބި މީހުން މޫދަށް ފުންމާލި ނަމަވެސް އެއްވެސް މީހަކަށް އަނިޔާ ލިބުނު ކަމެއް މިހާތަނަށް ނޭނގޭ. މި ހާދިސާ ހިނގާފައިވަނީ ބޯޓު ފުރަންވެގެން ޑޮކުން ނައްޓާލި ވަގުތު. އަދި ކަމާބެހޭ ފަރާތްތަކުން މިހާރު ދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން.

ޒަޔަނިސްޓުންނަށް ރާއްޖޭގެ ވެލިފުކެއް ވެސް ދީގެންނުވާނެ: ހުސައިން

އޭނާ މިހެން ވިދާޅުވީ ރަސްމާލޭގެ ބޮޑު ބައެއް ބޭރު ކުންފުންޏަކަށް ދީ، އެތަނުގައި ބޭރު މީހުންނަށް ދާއިމީކޮށް ވަޒަންވެރިވެވޭ ގޮތަށް ރިއަލް އެސްޓޭޓް ބިލެއް ސަރުކާރުން ހުށަހަޅާފައިވާ ދަނޑިވަޅެއްގައެވެ.

Newsletter

Get the latest news delivered straight to your inbox