ޑރ. އިޔާޒުއާ ގުޅޭގޮތުން މިނިސްޓަރު ޝަހީމް ދެއްކެވި ވާހަކައަށް އާންމުންގެ ނުރުހުން

އިސްލާމިކް މިނިސްޓަރު މުހައްމަދު ޝަހީމް އިއްޔެގެ ނޫސްވެރިންގެ ބައްދަލުވުމުގައި ދެއްކެވި ވާހަކަތަކާ ގުޅިގެން އާންމުން ވަނީ ވަރަށް ބޮޑަށް ފާޑުކިޔައިފައި -- ފޮޓޯ: ރައީސް އޮފީސް

އިސްލާމިކް މިނިސްޓަރު މުހައްމަދު ޝަހީމް އިއްޔެގެ ނޫސްވެރިންގެ ބައްދަލުވުމުގައި ދެއްކެވި ވާހަކަތަކާ ގުޅިގެން އާންމުން ވަނީ ވަރަށް ބޮޑަށް ފާޑުކިޔައިފައި -- ފޮޓޯ: ރައީސް އޮފީސް

ރައީސް އޮފީހުގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. އިޔާޒުގެ އަނބިކަނބަލުންނާ ގުޅުވައި އިސްލާމިކް މިނިސްޓަރު، ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ދެއްކެވި ވާހަކައަށް އާންމުންގެ ފާޑުކިޔުން އަމާޒުވެއްޖެ އެވެ.

ރައީސް އޮފީހުގައި އިއްޔެ އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ޝަހީމް ވާހަކަދެއްކެވީ އިޔާޒާއި އޭނާގެ އަބިކަނބަލުންނަށް ކުޑައިމީސްވާ ގޮތަށެވެ. އޭނާ ވިދާޅުވީ ޑރ. އިޔާޒުގެ އަނބިކަނބަލުން އޭނާއަށް ކޮންޓްރޯލު ނުވާ ވާހަކަ އާއި "ބަސްނާހާ" ވާހަކަ މީހުންގެ ގާތުގައި އިޔާޒު ދައްކަމުންދާ ކަމަށެވެ.

"އަޅުގަނޑު އިޔާޒަށް ބުނެފައި ނޯންނާނެ, އިޔާޒަށް ގުޅާފައި އިޔާޒު އަންހެނުން ވަރިކުރާށެކޭ. އެހެން ނޫނަސް އިޔާޒުގެ އަންހެނުން, އިޔާޒު ބުނާ ބަސް ނާހާ އުޅެންޏާމުން, އަޅުގަނޑު މިއީ އިޔާޒުގެ ރަހުމަތްތެރިޔަކަށްވާ ކަމަށް ވަންޏާ މީހަކު މެދުވެރިކޮށް ވެސް އިޔާޒު ކައިރީގައި ބުނެފާނަން ބަސް ނާހާ މީހަކާ އެއްކޮށް ނޫޅޭށޭ," ޝަހީމް ވިދާޅުވި އެވެ.

Advertisement

ޝަހީމްގެ އެ ވާހަކަތައް މީސްމީޑިއާގައި އާންމުވުމުން ގިނަ ބައެއްގެ ނުރުހުން ޝަހީމްއަށް އަމާޒުވި އެވެ.

ހިޔާލުފާޅު ކުރި ގިނަ މީހުން ބުނީ ޝަހީމް އިއްޔެ ކުރެއްވީ ވަރަށް ދަށު ދަރަޖައިގެ އަމަލެއް ކަމަށާއި އެއީ ރައީސް އޮފީހުގެ ޕޯޑިއަމެއްގައި ހުރެގެން ދައްކަންވާ ވަރަށްވުރެ މުޑުދާރު ވާހަތަކެއް ކަމަށެވެ.

"ދައުލަތުގެ ނިޝާން ޖެހި ޕޯޑިއަމެއްގައި ދައްކަން ޖެހޭ ވާހަކަ އާއި ދައްކަން ނުޖެހޭ ވާހަކަ ހުންނާނެ، ވަޒީރުން ހިފަހައްޓަން ޖެހޭ އަހުލާގީ މިންގަނޑުތަކެއް ހުރޭ، އަންހެނަކަށް ކުޑައިމީސްކޮށް ވަޒީރަކު ރައީސް އޮފީހުގައި ވާހަކަދެއްކުމަކީ ހުތުރު ކަމެއް،" ސޯޝަލް މީޑިއާ އެކްސްގައި ހިޔާލުފާޅުކުރި އެކަކު ބުންޏެވެ.

އެ ވާހަކަތަކާ ގުޅިގެން ފާޑުކީ އެހެން ބައެއް މީހުން ބުނީ ވަނީ ޝަހީމް އިއްޔެ ދެއްކެވި ވާހަކަތަކަކީ ކޮފީ މޭޒުތަކުގައި އުޅުމެއް ނެތް މީހުން ދައްކައި އުޅޭ ޒާތުގެ ވާހަތަކެއް ކަމަށެވެ.

"މިހާ ގޮތެއް ފޮތެއް ނެތް އިސްލާމިކް މިނިސްޓަރަކު އަދި ނުދެކެން!" ހަސަން ސުލައިމާންގެ ނަމުގައި އެކްސްގައި ހިންގާ ހޭންޑުލް އަކުން ލިޔެފައި އޮތެވެ.

ޝަހީމް އިއްޔެ ދެއްކެވި ވާހަކަތައް ދޮގުކޮށް، އެ ވާހަކަތައް އަމާޒުވި، ޑރ. އިޔާޒު ވެސް އެކްސްގައި ޕޯސްޓެއް ކުރެއްވި އެވެ. އިޔާޒު ވިދާޅުވީ އޭނާގެ އަނބިކަނބަލުންނަކީ ވަރަށް ވަފާތެރި ކިޔަމަންތެރި އަނތްބެއް ކަމަށާއި އަނބިކަނބަލުން ބަސްނާހާ ކަމަށް ވިދާޅުވެ ޝަހީމް ހެއްދެވީ ބުހުތާނު ދޮގެއް ކަމަށެވެ.

ޑރ. އިޔާޒުގެ އަނބިކަނބަލުން އާއިޝަތު ޝާދިޔާ ހައްޔަރުކޮށް ޖަލަށްލީޯ އިޒްރޭލުން ފަލަސްތީނުގައި ހިންގާ ގަތުލްއާންމާ ދެކޮޅަށް އަޑު އުފުލަމުންދަނިކޮށް އޯގަސްޓު 28، ގަ އެވެ. އޭގެ ފަހުން ދެ ފަހަރެއްގެ މަތިން ތިން ދުވަހަށާއި ފަސް ދުވަހަށް އެ ދެ މީހުންގެ ބަންދުގެ މުއްދަތު އިތުރުކުރި އެވެ. މާލޭގައި ހުންނަ ބޭރުގެ އެމްބަސީތައް ކައިރިއަށް ގޮސް އަޑުނުއުފުލަން ޝަރުތުކޮށް އެ ދެ މީހުން ދޫކޮށްލީ މި މަހު ފަހެއްގަ އެވެ. ފުލުހުންގެ ފޯމުގައި އެދުވަހު ވެސް އެދިފައި އޮތީ 15 ދުވަހަށް ބަންދު ޖެހުމަށެވެ.

ޝާދިޔާ، 47، އާއި ޝަޒްރާ، 36، ހައްޔަރު ކުރުމުން އެކަން އިދިކޮޅު އެމްޑީޕީ އާއި އަދާލަތު ޕާޓީން ކުށްވެރިކޮށް، އެ ދެ މީހުން ދޫކޮށްލަން ގޮވާލި އެވެ. ނަމަވެސް އެ ބަޔާންތަކާއެކު ސަރުކާރުން ވަނީ ޑިޕްލޮމެޓުންނަށް އުނދަގޫނުކޮށް ވެސް ފަލަސްތީނަށްޓަކާ އަޑުއުފުލޭނެ ކަމަށް ބުނެ ފުލުހުންގެ އަމަލު ދިފާއުކޮށްފަ އެވެ.

ޝާދިޔާ ހައްޔަރުކުރުމާއެކު އިޔާޒު ވެސް ވަނީ އެކަމާ ދެކޮޅަށް ވަރަށް ބޮޑަށް ނުރުހުން ފާޅުކޮށް ސޯޝަލް މީޑިއާގައި ގިނަ ޕޯސްޓުތަކެއް ކުރައްވައިފަ އެވެ.

އިޔާޒުގެ އަނބިކަނބަލުން ޝާދިޔާ ވަރިކުރަން މި ސަރުކާރުގެ ކެބިނެޓުގައި ހިމެނޭ ވަޒީރަކު އޭނާއަށް އެންގި ކަމަށް އިޔާޒު ހާމަކުރެއްވީ ސެޕްޓެމްބަރު 8, ގަ އެވެ. ވާހަކަ ފެންމަތިވީ، ޝާދިޔާ އަދި އޭނާއާއެކު ބަންދުކުރި ޑރ. ޝަޒްރާ އިބްރާހިމް "އަދަދު" ނޫހަށް ދިން ހާއްސަ އިންޓަވިއުއެއްގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައުދުގެ މައްޗަށް ކުރާ ދައުވާތައް އަނބުރައި ގެންދަން ގޮވާލައިފި

އެ ޕާޓީން ބުނީ މިއީ ކައުންސިލްގެ ނިންމުމަކަށް ސައުދު ފަރުދީގޮތުން ޒިންމާކުރުވައި، އޭނާގެ މޭޔަރުކަމުގެ މަގާމު ގެއްލުވާލުމަށް ސިޔާސީ ބޭނުމެއްގައި ކުރާ ކަމެއް ކަމަށް. އަދި އެކަށީގެންވާ ހެކި ނެތް މި މައްސަލައިގެ ޝަރީއަތް އަވަސް އަރުވާލައިގެން ކުރިއަށް ގެންދިއުމަކީ ގާނޫނުއަސާސީއާ ހިލާފު ކަމެއް ކަމަށްވެސް އެމްޑީޕީން ފާހަގަކޮށްފައިވޭ.

ވެމްކޯގެ ބައެއް މުވައްޒަފުންނަށް އަދިވެސް މުސާރަ ނުދޭ

ވެމްކޯގެ ބައެއް މުވައްޒަފުންނަށް މިދިޔަ މަހުގެ މުސާރަ އަދިވެސް ނުލިބޭތީ، ބިލްތައް ނުދެއްކި ޖޫރިމަނާވުމާއި ކުލި ދެއްކުން ލަސްވުމުގެ ކަންބޮޑުވުން މުވައްޒަފުން ފާޅުކޮށްފިއެވެ. މުސާރަ ދިނުން ލަސްވާ މައްސަލަ މިދިޔަ އަހަރުން ފެށިގެން ކުރިމަތިވަމުންދާއިރު، މިހާރު ގިނަ މުވައްޒަފުންނަށް މުސާރަ ލިބެނީ ކޮންމެ މަހެއްގެވެސް 10 ވަނަ ދުވަހާ ގާތްވުމުންނެވެ.

ރަސްމާލެ ވިއްކުމާ ދެކޮޅު ހަރަކާތުން އަދާލަތަށް މަރުހަބާ ކިޔައިފި

އެ ހަރަކާތުން ބުނިގޮތުގައި، ގައުމުގެ ސަލާމަތާއި ދީނީ އެއްބައިވަންތަކަމަށް އުނިކަން ލިބޭ ގޮތަށް މި މަޝްރޫއު ކުރިއަށް ނުގެންދިއުމަށް އަދާލަތުން ގޮވާލި ގޮވާލުމަށް ފުރިހަމައަށް ތާއީދުކުރެއެވެ.

ރަސްމާލެ އެއްވުމުގައި ފައިސަލް ވެސް ބައިވެރިވަނީ

މި އެއްވުމުގައި ކުރީގެ ރައީސް ޔާމީން ވެސް ބައިވެރިވެވަޑައިގަންނަވާއިރު، މިއީ ރަސްމާލޭގެ ބޮޑު ސަރަހައްދެއް ބޭރު ކުންފުންޏަކަށް ވިއްކާލުމާ ދެކޮޅަށް ބާއްވާ ހަރަކާތެއް. ސަރުކާރުން މިހާރު ވަނީ މި މަޝްރޫއު ކުރިއަށް ގެންދިއުމަށް ބޭނުންވާ ގާނޫނީ ބަދަލުތައް މަޖިލީހަށް ހުށަހަޅައިފަ.

ދައުލަތުގެ އިއްޒަތުގެ ޝަރަފުވެރިންގެ މަޖިލީހެއް އެކުލަވާލައިފި

ރައީސް މުއިއްޒު ރިޔާސަތު ބަލަހައްޓަވާ މި މަޖިލީހަކީ މިނިވަން ދުވަހުގެ ޖަލްސާގައި އެމަނިކުފާނު ވެވަޑައިގެންނެވި ވައުދާ އެއްގޮތަށް އުފެއްދެވި މަޖިލީހެކެވެ. މީގެ އިތުރުން އެކި ދާއިރާތަކުގެ ތަޖުރިބާކާރުން ހިމެނޭ 150 މީހުންގެ ގައުމީ މަޖިލީހެއް އެކުލަވާލުމަށް ވެސް ވަނީ ނިންމާފައެވެ.

ކަނދެއް ހަލާކުވެ ޓީއެމްއޭގެ ސީޕްލޭނެއް ދިޔަވެއްޖެ

ހުޅުލޭ ސީ-ޕްލޭން ޓާމިނަލުން ފުރަން އުޅުނު ބޯޓެއް އެކްސިޑެންޓުވެ، އޭގައި ތިބި މީހުން މޫދަށް ފުންމާލި ނަމަވެސް އެއްވެސް މީހަކަށް އަނިޔާ ލިބުނު ކަމެއް މިހާތަނަށް ނޭނގޭ. މި ހާދިސާ ހިނގާފައިވަނީ ބޯޓު ފުރަންވެގެން ޑޮކުން ނައްޓާލި ވަގުތު. އަދި ކަމާބެހޭ ފަރާތްތަކުން މިހާރު ދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން.

ޒަޔަނިސްޓުންނަށް ރާއްޖޭގެ ވެލިފުކެއް ވެސް ދީގެންނުވާނެ: ހުސައިން

އޭނާ މިހެން ވިދާޅުވީ ރަސްމާލޭގެ ބޮޑު ބައެއް ބޭރު ކުންފުންޏަކަށް ދީ، އެތަނުގައި ބޭރު މީހުންނަށް ދާއިމީކޮށް ވަޒަންވެރިވެވޭ ގޮތަށް ރިއަލް އެސްޓޭޓް ބިލެއް ސަރުކާރުން ހުށަހަޅާފައިވާ ދަނޑިވަޅެއްގައެވެ.

Newsletter

Get the latest news delivered straight to your inbox