އިކްރާމު މިނިވަންވުމުގައި އިހުމާލެއް އޮތް ނަމަ ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް އިހުސާން ވިދާޅުވެއްޖެ

ހޯމް މިނިސްޓަރު އަލީ އިހުސާން. އޭނާ ވިދާޅުވީ އިތުރު ކޯޓު އަމުރެއްގެ ދަށުން އިކްރާމް ހައްޔަރު ކުރެވޭތޯ މަސައްކަތް ކުރަމުންދާ ކަމަށް -- ފޮޓޯ: ރައީސް އޮފީސް

ހޯމް މިނިސްޓަރު އަލީ އިހުސާން. އޭނާ ވިދާޅުވީ އިތުރު ކޯޓު އަމުރެއްގެ ދަށުން އިކްރާމް ހައްޔަރު ކުރެވޭތޯ މަސައްކަތް ކުރަމުންދާ ކަމަށް -- ފޮޓޯ: ރައީސް އޮފީސް

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި މިދިޔަ ޖުލައި 31، ގައި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި ހިމެނޭ ކާރު ދުއްވަން އިން، އިބްރާހިމް އިކްރާމު ފުލުހުންގެ އިހުމާލުން މިނިވަންވީ މައްސަލަ ބަލައި ފިޔަވަޅު އަޅާނެ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.

އެކްސްގައި އިހުސާން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ހައި ކޯޓުން އިކްރާމު ދޫކޮށްލި ނަމަވެސް އައު ކޯޓު އަމުރެއްގެ ދަށުން އޭނާ ހައްޔަރު ކުރަން މަސައްކަތް ކުރަމުންދާ ކަމަށެވެ.

"މިކަން ހިނގައިދިޔަ ގޮތް ތަހުގީގުކޮށް އިހުމާލެއް ވެފައިވާނަމަ، އެމީހަކަށް ނުވަތަ ބަޔަކަށް އެންމެ ހަރުކަށި ފިޔަވަޅު އެޅޭނެ، ދޫކޮށްލި މީހާ ކޯޓު އަމުރެއްގެ ދަށުން އަލުން ހައްޔަރު ކުރުމަށް ފުލުހުން ދަނީ މަސައްކަތް ކުރަމުން،" އިހުސާން ވިދާޅުވި އެވެ.

ވިނަރެސް ފުލެޓުތައް ކައިރީގައި ހިނގި އެ އެކްސިޑެންޓު ހިނގީ އިކްރާމު ދުއްވަން އިން ކާރު ކޮންޓްރޯލުން ނެއްޓިގެން ގޮސް މަގުގެ އެއްފަރާތުގައި މަޑުކޮށްގެން އިން މީހެއްގެ ގައިގައި ޖެހިގެންނެވެ.

އެ މައްސަލައިގައި އިކްރާމު ހިމެނޭހެން ޖުމުލަ ތިން މީހަކު ފުލުހުން ހައްޔަރު ކުރި އެވެ. އެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ގެންދިޔުމުން އޯގަސްޓު 1، ގައި އަމުރު ކުރީ އެ މައްސަލައިގެ ޝަރީއަތް ނިމެންދެން އެ ތިން މީހުން ވެސް ބަންދު ކުރުމަށެވެ.

ނަމަވެސް, އެ މައްސަލައިގައި ފުލުހުން އަމަލު ކޮށްފައި ވަނީ ގާނޫނުއަސާސީއާ ހިލާފަށް ކަމަށް ބުނެ ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް ބާތިލު ކޮށްދިނުމަށް އެދި ހައިކޯޓުގައި އިސްތިއުނާފު ކުރީ އިކްރާމުގެ ފަރާތުންނެވެ.

އެ މައްސަލައިގައި ދެ ފަރާތުން ދެއްކި ވާހަކަތަކަށް ބަލައި ހައި ކޯޓުން ކުރި އަމުރުގައި ބުނެފައި ވަނީ ގާނޫނީ ވަކީލެއްގެ އެހީއަށް ބޭނުންވެއްޖެ ކޮންމެ ހިނދެއްގައި އެފަދަ އެހީ ހޯދައި ލިބިގަތުމުގެ ހައްގަކީ ކޮންމެ މީހަކަށްމެ ލިބިދީފައިވާ ހައްގެއް ކަމަށެވެ.

ޝަރީއަތް ނިމެންދެން އިކްރާމު ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން ކުރި އަމުރު ބާތިލު ކުރަން ނިންމާފައި ވަނީ ހައި ކޯޓުގައި އެ މައްސަލަ ބެލި ފަނޑިޔާރުންގެ އިއްތިފާގުންނެވެ.

ޖުލައި މަހު ހިނގި ނުރައްކާތެރި އެ އެކްސިޑެންޓުގައި އަނިޔާވި މީހާއަށް ސީރިއަސް އަނިޔާތަކެއްވި އެވެ، އޭނާއަށް ފަރުވާ ދިނީ އައިޖީއެމް ހޮސްޕިޓަލުގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox