ތަސްލީމު ހޯދަން ޑްރޯން ބޭނުން ނުކުރަނީ އޭނާ ގެއްލުނީ މޫދަށްކަން ކަށަވަރުނުވާތީ: އެމްއެންޑީއެފް

ސިފައިންގެ ޑްރޯންތައް އިފުތިތާހުކުރި ރޭ: ތަސްލީމު ހޯދަން ޑްރޯން ބޭނުން ނުކުރަނީ އޭނާ ގެއްލުނީ މޫދަށްކަން ކަށަވަރުނުވާތީ ކަމަށް ސިފައިން ވަނީ ބުނެފަ ---- ފޮޓޯ: ރައީސް އޮފީސް

ސިފައިންގެ ޑްރޯންތައް އިފުތިތާހުކުރި ރޭ: ތަސްލީމު ހޯދަން ޑްރޯން ބޭނުން ނުކުރަނީ އޭނާ ގެއްލުނީ މޫދަށްކަން ކަށަވަރުނުވާތީ ކަމަށް ސިފައިން ވަނީ ބުނެފަ ---- ފޮޓޯ: ރައީސް އޮފީސް

ހުކުރު ދުވަހު މާލެ އަތޮޅު ފިނޮޅަކަށް ދަތުރު ގޮސް އުޅެނިކޮށް ގެއްލުނު މ. އަސަރީހަދާން، ތަސްލީމް މުހައްމަދު، 43، ހޯދަން ޑްރޯން ބޭނުން ނުކުރަނީ އޭނާ ގެއްލުނީ މޫދަށްކަން ކަށަވަރުނުވާތީ ކަމަށް ސިފައިން މިއަދު ބުނެފި އެވެ.

ސިފައިންގެ މީޑިއާ އޮފިޝަލު ވިދާޅުވީ ތަސްލީމް ހޯދުމުގެ އޮޕަރޭޝަން ލީޑުކުރަނީ ފުލުހުން ކަމަށެވެ. މޫދަށް ގެއްލުނުކަން ކަށަވަރު ނުވި ނަމަވެސް ސިފައިންގެ ޑައިވަރުން ވަނީ ފިނޮޅު ވަށައިގެން 5000 އަކަ ފޫޓުގެ ސަރަހައްދެއް ސްނޯކަލް ކޮށްގެން އަދި 3000 އަކަފޫޓު ޑައިވްކޮށްގެން ބަލާފަ އެވެ.

މި އޮޕަރޭޝަނުގައި ޑްރޯން ބޭނުން ނުކުރަނީ ކީއްވެތޯ އެހުމުން ސިފައިންގެ މީޑިއާ އޮފިޝަލު ވިދާޅުވީ، "އެމީހާ ގެއްލިފައިވަނީ މޫދަށްކަން ކަށަވަރު ކުރެވިފައިނުވާތީ، މެރިޓައިމް ސާޗް އެންޑް ރެސްކިއު އިންސިޑެންޓެއްގެ ގޮތުގައި މި ހާދިސާ އަދި ކަނޑައަޅާފައި" ނުވާ ކަމަށެވެ.

ނަމަވެސް، ފީނާ ސްނޯކަލް ކުރީ އެކަމަށް ފުލުހުން އެދުމުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މީހަކު ނުވަތަ ބަޔަކު ގެއްލުނު އޮޕަރޭޝަނެއްގައި އެމްއެންޑީއެފް އިން އަންމޭންޑް އޭރިއަލް ވެހިކަލް (ޔޫއޭވީ) ނުވަތަ ޑްރޯންތަކުގެ ބޭނުން މިހާތަނަށް ބޭނުންކުރީ އެންމެ ފަހަރަކު އެވެ. ޑްރޯންތައް އިފުތިތާހު ކުރީ މީގެ ހަ މަސް ކުރިން މާޗް 15، ގަ އެވެ.

ދައުލަތުގެ ސަޕްލިމެންޓަރީ ބަޖެޓުން 37 މިލިއަން ޑޮލަރު ހަރަދުކޮށްގެން ތުރުކީއިން ގެނައި ޑްރޯންތައް ބޭނުންކުރީ މ. ރަތްމަންދޫ ބޭރުން އެޕްރީލް 20، ގައި ގެއްލުނު ދޯންޏެއް ހޯދުމަށެވެ. އެ ބޯޓު ފެނުނީ ޑްރޯން ދުއްވަން ފެށިތާ 14 ގަޑިއިރު ފަހުން ރަތްމަންދޫ ކައިރިންނެވެ.

އޭގެ ފަހުން ހިނގި މިފަދަ ހާދިސާތަކުގައި ޑްރޯން ބޭނުން ކޮށްފައެއް ނުވެ އެވެ. ޑްރޯން ބޭނުން ނުކުރާ ސަބަބު ހޯދަން އެކި ފަހަރު އެހުމުން ވެސް ސިފައިންގެއިން ރަސްމީ ޖަވާބެއް ނުދެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox