ޓީ20 ވޯލްޑް ކަޕް ކޮލިފައިން: ރާއްޖެ އަށް ފުރަތަމަ ދެ މެޗުން މެލޭޝިއާ އާއި ސިންގަޕޫރު އަތުން ނާކާމިޔާބު

Aug 31, 2024, 11:13 AM
ޓީ20 ވޯލްޑް ކަޕް ކޮލިފައިންގައި ސިންގަޕޫރާ ދެކޮޅަށް ރާއްޖޭން ކުޅުނު މެޗުގެ ތެރެއިން.--- ފޮޓޯ: ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް

ޓީ20 ވޯލްޑް ކަޕް ކޮލިފައިންގައި ސިންގަޕޫރާ ދެކޮޅަށް ރާއްޖޭން ކުޅުނު މެޗުގެ ތެރެއިން.--- ފޮޓޯ: ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް

ޓީ20 ވޯލްޑް ކަޕް ކޮލިފައިންގެ އޭޝިއާ ކޮލިފަޔާ އޭ ގައި ރާއްޖޭގެ ގައުމީ ކްރިކެޓް ޓީމުން ކުޅުނު ފުރަތަމަ ދެ މެޗުން މެލޭޝިއާ އާއި ސިންގަޕޫރު އަތުން ބަލިވެއްޖެ އެވެ.

މެލޭޝިއާގައި ކުރިއަށްދާ މި ކޮލިފައިން ފޭސްގައި ހަތް ގައުމަކުން ވާދަކުރެ އެވެ. ރާއްޖޭން ފުރަތަމަ މެޗުގައި އިއްޔެ މެލޭޝިއާ އަތުން ބަލިވީ، 94 ލަނޑުންނެވެ.

ދެ ވަނަ މެޗުގައި، މިއަދު ސިންގަޕޫރު އަތުން ބަލިވީ، 47 ލަނޑުންނެވެ.

އިއްޔެ މެޗުގައި ރާއްޖެ އަށް ޓޯސް ދިމާވުމުން ނިންމީ ހޮވާށެެވެ. އެ ގޮތުން، ފުރަތަމަ އިނިންގްސްގައި މެލޭޝިއާ އިން ކުޅެން އަރައި، 20 އޯވަރުގެ ތެރޭގައި ތިން ކުޅުންތެރިން ނުބައިވިއިރު، 203 ލަނޑު ހެދި އެވެ.

މެލޭޝިއާ އިން އެންމެ ރަނގަޅަށް ކުޅުނީ، 43 ބޯޅައިން 59 ލަނޑު ހެދި ޓީމުގެ ކެޕްޓަން، ސައީދު އަޒީޒް އެވެ. މި އިނިންގްސްގައި ރާއްޖޭގެ، ހަސަން އިބްރާހިމް އާއި ޓީމުގެ ކެޕްޓަން، އަޒްޔާން ފަރުހަތު އަދި ޝުނާން އަލީ ކޮންމެ ކުޅުންތެރިއަކު ވިކެޓެއް ނެގި އެވެ.

ކޮލިފައިންގައި ވާދަކުރާ ގައުމީ ކްރިކެޓް ޓީމުގެ ކުޅުންތެރިން.--- ފޮޓޯ: ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް

ޖަވާބުގައި ރާއްޖޭން ކުޅެން އަރައި، 20 އޯވަރުގެ ތެރޭގައި ހަ ކުޅުންތެރިން ނުބައިވިއިރު، ހެދުނީ 109 ލަނޑެވެ. ރާއްޖޭން އެންމެ ރަނގަަޅަށް ކުޅުނީ ޓީމުގެ ވައިސް ކެޕްޓަން، އާދަމް ނާސިފް އުމަރު އެވެ. އޭނާ ވަނީ 32 ބޯޅައިން 46 ލަނޑު ހަދައިފަ އެވެ. އަޒްޔާން ވަނީ، 37 ބޯޅައިން 25 ލަނޑު ހަދައިފަ އެވެ.

މިއަދު ސިންގަޕޫރުން ރާއްޖެއާ ދެކޮޅަށް ކުޅުނު މެޗުގައި ޓޮސް ދިމާވުމުން، ނިންމީ ކުޅެން އަރާށެވެ. ސިންގަޕޫރަށް 20 އޯވަރުގެ ތެރޭގައި ހަތް ކުޅުންތެރިން ނުބައިވެގެން ހެދުނީ 153 ލަނޑެވެ.

ސިންގަޕޫރު ޓީމަށް އެންމެ ރަނގަޅަށް ކުޅެދިން، ސުރެންދަރަން ޗަންދްރަމޯހަން ވަނީ 36 ބޯޅައިން 40 ލަނޑު ހަދައިފަ އެވެ. މި އިނިންސްގައި ރާއްޖޭގެ، ލީމް ޝަފީގް، އާދަމް އަދި ހަސަން، ކޮންމެ ކުޅުންތެރިއަކު ދެ ވިކެޓް ނެގިއިރު، ޝުނާން ވަނީ އެއް ވިކެޓް ނަގައިފަ އެވެ.

ޖަވާބުގައި ރާއްޖޭން ކުޅެން އަރައި، 20 އޯވަރުގެ ތެރޭގައި އަށް ކުޅުންތެރިން ނުބައިވެގެން ރާއްޖެ އަށް ހެދުނީ 106 ލަނޑެވެ. އެންމެ ރަނގަޅު ކުޅުމެއް ދެއްކީ، ނުބައިނުވެ، 25 ލަނޑު ހެދި މުހައްމަދު ޝިޔާމް އާއި 14 ބޯޅައިން 20 ލަނޑު ހެދި އިސްމާއިލް އަލީ އެވެ. އަޒްޔާން ނުބައިވީ، ހަތް ބޯޅައިން ފަސް ލަނޑު ހަދާފައިވަނިކޮށެވެ.

ކޮލިފައިންގައި ރާއްޖެ ދެން ކުޅޭ މެޗުގައި، ހޯމަ ދުވަހު ކުޅޭނީ ކުވެއިތުއާ އެވެ. އަދި އަންގާރަ ދުވަހު، ހޮންގް ކޮންގާ ކުޅުމަށް ފަހު، އެއް ދުވަހުގެ ބްރޭކެއް ލިބޭނެ އެވެ. އެ ބްރޭކަށް ފަހު ފުރަތަމަ މެޗުގައި، މިޔަންމާއާ ކުޅުމަށް ފަހު ކޮލިފައިން ފަހު މެޗުގައި ބައްދަލުކުރާނީ، މޮންގޯލިއާއާ އެވެ.

މި ހަތް ގައުމުގެ މެދުގައި، ކުޅޭ ކޮލިފައިން ލީގު ބުރަށް ފަހު، އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމެއް، ރީޖަނަލް ފައިނަލް ބުރަށް ހޮވޭނެ އެވެ. ރީޖަނަލް ފައިނަލުގައި، މުޅި އޭޝިއާ އިން ނުވަ ޓީމެއް ވާދަކުރާނީ، ޓީ20 ވޯލްޑް ކަޕުން އޭޝިއާ ލިބޭ ފަހު ދެ ޖާގަ އަށެެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ދެ ވަނަ މެޗުގައި ރާއްޖޭން ފަލަސްތީނު ކަައިރީގައި ފަރަގުކުޑަކޮށްފި

އޭޝިއާގެ 17 އަހަރުން ދަށުގެ މުބާރާތުގެ ކޮލިފައިންއަށް ތައްޔާރުވުމަށް ކުޅުނު އެކުވެރިކަމުގެ ދެވަނަ މެޗުން ފަލަސްތީނު އަތުން ރާއްޖެ 3-0 އިން ބަލިވެއްޖެ. ފުރަތަމަ މެޗާ އަޅާބަލާއިރު ރާއްޖޭން ކުޅުން ރަނގަޅުކުރި މި މެޗަށްފަހު، ކޮލިފައިންގައި ވާދަކުރުމަށް ރާއްޖޭގެ ޓީމު މި ހަފުތާގައި ތައިލެންޑަށް ފުރާނެ

ޔުނައިޓެޑަށް ރެލިގޭޝަންގެ ބިރު އޮތް ކަމަށް ޓެން ހާގް ބުނެފި

މެންޗެސްޓާ ޔުނައިޓެޑްގެ މިހާރުގެ މައްސަލަތައް ހައްލުނުކޮށްފިނަމަ، އެ ކްލަބް ރެލިގޭޝަނާ ކުރިމަތިލާންޖެހުމުގެ ބިރު އެބައޮތް ކަމަށް ކުރީގެ ކޯޗު އެރިކް ޓެން ހާގް ބުނެފިއެވެ. ލީގުގައި އެންމެ ދަށް ފެށުމަކާ އެކު ޔުނައިޓެޑް މިވަގުތު ތާވަލުގެ 16 ވަނައިގައި އޮތްއިރު، ޓެން ހާގް ވަނީ އޭނާގެ ކޯޗުކަމުގައި ހޯދި ކާމިޔާބީތަކަށް އަލިއަޅުވާލައި، މިހާރުގެ ހާލަތުން އަރައިގަތުމުގެ އުނދަގޫކަން ފާހަގަކޮށްފައެވެ.

ޗައިނާ އާއި ހޮންގް ކޮންގް އަދި ކޮރެއާ އަށް "ފައިޓެއް" ދެވޭނެ

ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ވާދަކުރާ ވަރުގަދަ ޓީމުތަކާ ދެކޮޅަށް ރާއްޖޭގެ ގައުމީ ޓީމުން ރަނގަޅު ކުޅުމެއް ދައްކައި، ނަތީޖާ ނެރެވޭނެ ކަމަށް އެސިސްޓަންޓް ކޯޗު ފުހެއިދު (ޓޯޑް) ބުނެފި. ގައުމީ ކޯޗު، ފާރޫކް ޒަކީރޯވް ޕްލޭނާ އެއްގޮތަށް ތައްޔާރުވެފައިވާ މި ޓީމަކީ މިއަހަރުގެ ސާފް ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައިވާ ޓީމު.

ލާޒިއޯ އަށް ލީޑެއް، ޔުވެންޓަސް އިން ނަޕޯލީ ބަލިކޮށްފި

އިޓާލިއަން ލީގުގައި ރޭ ކަލިއަރީ އަތުން 2-1 އިން މޮޅުވެ، ލާޒިއޯ އިން ތާވަލުގެ އެއް ވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. މީގެ އިތުރުން، ޔުވެންޓަސް އިން ވަނީ ނަޕޯލީއާ ބައްދަލުކުރި މެޗު 2-0 އިން ކާމިޔާބުކޮށް، ލީގު ތާވަލުގެ ހަތް ވަނަ އަށް ކުރިއަށް ޖެހިލާފައި

ޑިއޮމަންޑޭގެ މޮޅު ލަނޑާ އެކު ރެއާލުން ރޭސިން ބަލިކޮށްފި

ސްޕެނިޝް ލީގުގައި ރޭސިން ސަންޓަންޑޭއާ ދެކޮޅަށް ކުޅުނު މެޗު 3-0 އިން ކާމިޔާބުކޮށް، ރެއާލް މެޑްރިޑުން ތާވަލުގެ އެއްވަނައިގައި އޮތް ބާސެލޯނާއާ ދެމެދު އޮތް ފަރަގު ތިން ޕޮއިންޓަށް ކުޑަކޮށްފިއެވެ. ރެއާލްގެ ލަނޑުތައް ފުރަތަމަ ހާފުގައި ކާމިޔާބުކޮށްދިނީ ކީލިއަން އެމްބާޕޭ، ޖޫޑް ބެލިންހަމް އަދި ޔަން ޑިއޮމަންޑޭ އެވެ.

ވެމްކޯ އަށް ޖެހިޖެހިގެން ފަސް ވަނަ ފަހަރަށް ގައުމީ ތަށި

ގައުމީ ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަނުގެ ފައިނަލުގައި ކްލަބް އެމްޓީސީސީ ބަލިކޮށް، ކްލަބް ވެމްކޯ އިން ޖެހިޖެހިގެން ފަސްވަނަ ފަހަރަށް މުބާރާތުގެ ތަށި އުފުލާލައިފި. މި އަހަރުގެ ގައުމީ ލީގުވެސް ކާމިޔާބުކުރި ވެމްކޯ އިން މި މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެގެން

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

Newsletter

Get the latest news delivered straight to your inbox