ރޭގެ ހާދިސާއާ ގުޅިގެން ހިންގަނީ ތަހުގީގެއް ނޫން، ކުރަނީ ރިވިއުއެއް: އިހުސާން

ހޯމްލޭންޑް މިނިސްޓަރު އިހުސާން. އޭނާ ވިދާޅުވީ ރޭގެ މައްސަލައާ ގުޅިގެން ހިންގަނީ ތަހުގީގެއް ނޫން ކަމަށް -- ފޮޓޯ: އަދަދު

ހޯމްލޭންޑް މިނިސްޓަރު އިހުސާން. އޭނާ ވިދާޅުވީ ރޭގެ މައްސަލައާ ގުޅިގެން ހިންގަނީ ތަހުގީގެއް ނޫން ކަމަށް -- ފޮޓޯ: އަދަދު

އަންހެނަކު ރަހީނުކޮށްގެން މާލޭ ގެއެއްގެ ތެރޭގައި ގެންގުޅެ،މަގުމައްޗަށް ނެރެ ކަރުގައި ވަޅި ޖައްސާފައި ހުއްޓައި އެ އަންހެން މީހާ ސަލާމަތް ކުރަން ފުލުހުން ރޭ އަމަލު ކުރި ގޮތުގެ އެތެރޭގެ ތަހުގީގެއް ހިންގަމުން ނުދާ ކަމަށާއި، ކުރަމުން ދަނީ ރިވިއުއެއް ކަމަށް ހޯމްލޭންޑު މިނިސްޓަރު، އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.

ރޭގެ މައްސަލައާ ގުޅިގެން ފުލުހުންގެ އެތެރޭގެ ތަހުގީގެއް ހިންގަމުންދާ ކަމަށް "އަދަދު" އިން މީގެ ކުރިން ރިޕޯޓު ކުރެވުނީ މައުލޫމާތުގެ ކުށަކުންނެވެ. މިނިސްޓަރު އިހުސާން ވިދާޅުވީ މިފަދަ ކޮންމެ މައްސަލައަކާ ގުޅިގެން ވެސް ފުލުހުންގެ އެސްއޯޕީއާ އެއްގޮތަށް ރިވިއުއެއް ހިންގާ ކަމަށެވެ.

"އަބަދުވެސް ކުރާކަމެއް އެއީ ރިވިއު ކުރުން، އެއީ ގޯސްކޮށް ވިޔަސް އެ ރިވިއު ކުރާނެ، އެކަމު ތަހުގީގަކީ މިސާލަކަށް އަޅުގަނޑުމެންނަށް ގަބޫލު ކުރެވެނީ ގޯހެއް އޭގައި ހިނގާފައިވާކަމަށް، އެހެންވެއްޖެއްޔާ އެ ގޯހެއް ހޯދާފައި ނުވަތަ ގޯހެއް އޮތްތޯ ނެތްތޯ ބަލާފައި އޭގައި ހިމެނޭ ކޮންމެވެސް މީހެއްގެ މައްޗަށް ދެން ގޯސްވެއްޖެއްޔާ ދެން އަންނާނެތާ... ތަހުގީގު ތެރެއިން އެއަންނަ ރިޒަލްޓްސް ހުންނާނެ،" އިހުސާން ވިދާޅުވި އެވެ.

"ރިވިއުއެއްގައި ހަމަ އިންނާނީ ސުވާލު ކޮށްފައި އެކަންތައްތައް ބަލައި ފައިލް ކޮށްލާނީ އެއަކަށް ނުނަގާނެ އެއްވެސް އެކްޝަންއެއް އެކަހަލަ، މީހަކާ ދޭތެރޭގައި ނަގާ އެކްޝަންއެއް ނޫން އެއީކީ،"

އަންހެނެއްގެ ކަރުގައި ވަޅި ޖައްސައިގެން ރޭ ބިރުދެއްކި މައްސަލައިގައި ހިމެނޭ މީހާ ފުރަތަމަ މަސައްކަތް ކުރީ އަންހެން މީހާ ގޮވައިގެން ފިލަންށެވެ. ފިލުމަށްޓައި އަންހެން މީހާގެ ކަރުގައި ވަޅި ޖައްސައިގެން ގެންގޮސް ސައިކަލަކަށް އެރުމަށްފަހު، ސައިކަލު ދުއްވަން އަންހެން މީހާއަށް އޭނާ މަޖުބޫރު ކުރުވި އެވެ.

ނަމަވެސް، އެ ސަރަހައްދުން އޭނާ ދިޔުމުގެ ކުރިން ފުލުހުން ވަނީ ސައިކަލުގެ ފަހަތުގައި ފިރިހެން މީހާ އިންދާ އޭނާގެ ބޮލުގައި މުގުރަކުން ޖަހައި ބިންމައްޗަށް ވައްޓާލައިފަ އެވެ.

ރަހީނު ކުރި އަންހެން މީހާއަށް އައިޖީއެމްއެޗުގައި ފަރުވާ ދެމުންދާއިރު، އޭނާގެ ހާލު ރަނގަޅު ކަމަށް ފުލުހުން ބުންޏެވެ. ވަޅި ހިފައިގެން ބިރުދެއްކި ފިރިހެން މީހާގެ ބޮލުގައި މުގުރުން ޖެހުމުން އޭނާއަށް ވެސް އަނިޔާވި އެވެ.

އޭނާއަށް އޭޑީކޭގައި ފަރުވާދެމުންދާއިރު، އޭނާގެ ހާލެއް އަދި ނޭނގެ އެވެ. އެ ފިރިހެން މީހާގެ ބޮލަށް ލިބުނު ގެއްލުން ދެނެގަތުމަށް އޭނާގެ ބޮލުގެ ސީޓީ ސްކޭނެއް ވެސް ރޭ ހެދި އެވެ. ނަމަވެސް އޭގެ ތަފުސީލެއް ފުލުހުން އަދި ހާމައެއް ނުކުރެ އެވެ.

އެ ހާދިސާ ހިނގި މަންޒަރު ފެންނަ ވީޑިއޯ މިހާރު ސޯޝަލް މީޑިއާގައި ދައުރުވަމުންދާއިރު، އަންހެން މީހާ ސަލާމަތް ކުރުމަށް ފުލުހުން އަމަލު ކުރި ގޮތުން މީހުންގެ ފާޑުކިޔުން އަންނަނީ އަމާޒުވަމުންނެވެ.

އެގޮތުން ކުރީގެ ޕޮލިސް ކޮމިޝަނަރު، މުހައްމަދު ހަމީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ހައި ރިސްކު ހާލަތްތަކުގައި ބޭނުން ކުރުމަށް އެންމެ އެކަށީގެންވާ ނަން ލީތަލް ހަތިޔާރު ކަމަށްވާ އިލެކްޓްރިކަލް ވެޕަން (ސީއީޑަބްލިއު) ފުލުހުންގެ މުއައްސާއަށް ޖޫން 2023 ގައި ހޯދި ކަމަށެވެ.

ރޭ ފުލުހުން ޓޭޒާ ބޭނުން ކުރި ނަމަ އެ ހަލަތު މާ ފަސޭހައި ކޮންޓްރޯލް ކުރެވުނީސް ކަމަށް އޭނާ ދެކެވަޑައިގަންނަވާ ކަމަށް ހަމީދު ވިދާޅުވި އެވެ.

"އަމަންއަމާންކަން ގާއިމުކުރުމަށް ފުލުހުން ކުރާ މަސައްކަތަށް އާންމުންގެ އޮންނަ އިތުބާރު ދެމެހެއްޓުމަށް ގާބިލު ކަމާއެކު ޕްރޮފެޝަނަލީ މަސައްކަތް ކުރުން މުހިންމު،" ހަމީދު ވިދާޅުވި އެވެ.

ނުރައްކާތެރި ހާލަތްތަކުގައި ޓޭޒާ ބަޑި ބޭނުން ކުރަން ފުލުހުން ފެށީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހު އެވެ. ފުލުހުންގެ އަތުގައި ހުރީ އެކްސަންގެ ޓޭޒާ 7 ގެ 25 ބަޑި އެވެ. އެއީ އެމެރިކާގައި ތައްޔާރުކޮށް، މިހާރު ދުނިޔޭގެ ކުރިއަރާފައިވާ ގިނަ ގައުމުތަކުގައި ބޭނުން ކުރަމުންދާ ވަސީލަތެކެވެ. މިއީ އެ ކުންފުނީގެ އެންމެ އެޑްވާންސް އެއް ހަތިޔާރެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައުދުގެ މައްޗަށް ކުރާ ދައުވާތައް އަނބުރައި ގެންދަން ގޮވާލައިފި

އެ ޕާޓީން ބުނީ މިއީ ކައުންސިލްގެ ނިންމުމަކަށް ސައުދު ފަރުދީގޮތުން ޒިންމާކުރުވައި، އޭނާގެ މޭޔަރުކަމުގެ މަގާމު ގެއްލުވާލުމަށް ސިޔާސީ ބޭނުމެއްގައި ކުރާ ކަމެއް ކަމަށް. އަދި އެކަށީގެންވާ ހެކި ނެތް މި މައްސަލައިގެ ޝަރީއަތް އަވަސް އަރުވާލައިގެން ކުރިއަށް ގެންދިއުމަކީ ގާނޫނުއަސާސީއާ ހިލާފު ކަމެއް ކަމަށްވެސް އެމްޑީޕީން ފާހަގަކޮށްފައިވޭ.

ވެމްކޯގެ ބައެއް މުވައްޒަފުންނަށް އަދިވެސް މުސާރަ ނުދޭ

ވެމްކޯގެ ބައެއް މުވައްޒަފުންނަށް މިދިޔަ މަހުގެ މުސާރަ އަދިވެސް ނުލިބޭތީ، ބިލްތައް ނުދެއްކި ޖޫރިމަނާވުމާއި ކުލި ދެއްކުން ލަސްވުމުގެ ކަންބޮޑުވުން މުވައްޒަފުން ފާޅުކޮށްފިއެވެ. މުސާރަ ދިނުން ލަސްވާ މައްސަލަ މިދިޔަ އަހަރުން ފެށިގެން ކުރިމަތިވަމުންދާއިރު، މިހާރު ގިނަ މުވައްޒަފުންނަށް މުސާރަ ލިބެނީ ކޮންމެ މަހެއްގެވެސް 10 ވަނަ ދުވަހާ ގާތްވުމުންނެވެ.

ރަސްމާލެ ވިއްކުމާ ދެކޮޅު ހަރަކާތުން އަދާލަތަށް މަރުހަބާ ކިޔައިފި

އެ ހަރަކާތުން ބުނިގޮތުގައި، ގައުމުގެ ސަލާމަތާއި ދީނީ އެއްބައިވަންތަކަމަށް އުނިކަން ލިބޭ ގޮތަށް މި މަޝްރޫއު ކުރިއަށް ނުގެންދިއުމަށް އަދާލަތުން ގޮވާލި ގޮވާލުމަށް ފުރިހަމައަށް ތާއީދުކުރެއެވެ.

ރަސްމާލެ އެއްވުމުގައި ފައިސަލް ވެސް ބައިވެރިވަނީ

މި އެއްވުމުގައި ކުރީގެ ރައީސް ޔާމީން ވެސް ބައިވެރިވެވަޑައިގަންނަވާއިރު، މިއީ ރަސްމާލޭގެ ބޮޑު ސަރަހައްދެއް ބޭރު ކުންފުންޏަކަށް ވިއްކާލުމާ ދެކޮޅަށް ބާއްވާ ހަރަކާތެއް. ސަރުކާރުން މިހާރު ވަނީ މި މަޝްރޫއު ކުރިއަށް ގެންދިއުމަށް ބޭނުންވާ ގާނޫނީ ބަދަލުތައް މަޖިލީހަށް ހުށަހަޅައިފަ.

ދައުލަތުގެ އިއްޒަތުގެ ޝަރަފުވެރިންގެ މަޖިލީހެއް އެކުލަވާލައިފި

ރައީސް މުއިއްޒު ރިޔާސަތު ބަލަހައްޓަވާ މި މަޖިލީހަކީ މިނިވަން ދުވަހުގެ ޖަލްސާގައި އެމަނިކުފާނު ވެވަޑައިގެންނެވި ވައުދާ އެއްގޮތަށް އުފެއްދެވި މަޖިލީހެކެވެ. މީގެ އިތުރުން އެކި ދާއިރާތަކުގެ ތަޖުރިބާކާރުން ހިމެނޭ 150 މީހުންގެ ގައުމީ މަޖިލީހެއް އެކުލަވާލުމަށް ވެސް ވަނީ ނިންމާފައެވެ.

ކަނދެއް ހަލާކުވެ ޓީއެމްއޭގެ ސީޕްލޭނެއް ދިޔަވެއްޖެ

ހުޅުލޭ ސީ-ޕްލޭން ޓާމިނަލުން ފުރަން އުޅުނު ބޯޓެއް އެކްސިޑެންޓުވެ، އޭގައި ތިބި މީހުން މޫދަށް ފުންމާލި ނަމަވެސް އެއްވެސް މީހަކަށް އަނިޔާ ލިބުނު ކަމެއް މިހާތަނަށް ނޭނގޭ. މި ހާދިސާ ހިނގާފައިވަނީ ބޯޓު ފުރަންވެގެން ޑޮކުން ނައްޓާލި ވަގުތު. އަދި ކަމާބެހޭ ފަރާތްތަކުން މިހާރު ދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން.

ޒަޔަނިސްޓުންނަށް ރާއްޖޭގެ ވެލިފުކެއް ވެސް ދީގެންނުވާނެ: ހުސައިން

އޭނާ މިހެން ވިދާޅުވީ ރަސްމާލޭގެ ބޮޑު ބައެއް ބޭރު ކުންފުންޏަކަށް ދީ، އެތަނުގައި ބޭރު މީހުންނަށް ދާއިމީކޮށް ވަޒަންވެރިވެވޭ ގޮތަށް ރިއަލް އެސްޓޭޓް ބިލެއް ސަރުކާރުން ހުށަހަޅާފައިވާ ދަނޑިވަޅެއްގައެވެ.

Newsletter

Get the latest news delivered straight to your inbox