ޕީއެންސީގެ ޖަގަހަ ޖަލްސާ ބާއްވާތީ އެ ސަރަހައްދުގެ ޓްރެފިކަށް ބޮޑު ބަދަލުތަކެއް

ފުލުހުން ޓްރެފިކް ބަލަހައްޓާ ސަރަހައްދު އޮރެންޖު ކުލައިން ފާހަގަކުރެވިފައި: މި މަގުތަކަށް ވަނުން މަނާ ނުވިޔަސް ފުލުހުން ޓްރެފިކް ބަލަހައްޓާނެ -- ފޮޓޯ: ފުލުހުން

ފުލުހުން ޓްރެފިކް ބަލަހައްޓާ ސަރަހައްދު އޮރެންޖު ކުލައިން ފާހަގަކުރެވިފައި: މި މަގުތަކަށް ވަނުން މަނާ ނުވިޔަސް ފުލުހުން ޓްރެފިކް ބަލަހައްޓާނެ -- ފޮޓޯ: ފުލުހުން

ޕީއެންސީގެ ޖަގަހަ ޖަލްސާ ބާއްވާތީ ބޮޑު ތަކުރުފާނުގެ ބައެއް ބަންދުކޮށް މުޅި އެ ސަރަހައްދުގެ ޓްރެފިކް ކޮންޓުރޯލު ކުރަން ފުލުހުން ނިންމައިފި އެވެ.

އެކްސްގައި ފުލުހުން ކުރި ޕޯސްޓެއްގައި ބުނީ ބޮޑުތަކުރުފާނު މަގުގައި ހުންނަ ޕީއެންސީ ޖަގަހައިގެ ކުރިމަތި މިރޭ 7:30 އިން ފެށިގެން މިރޭ އެ ޖަގަހައިގައި އޮންނަ ޖަލްސާ ނިމެންދެން ބަންދު ވާނެ ކަމަށެވެ.

އޭގެ އިތުރުން ކާނިވާ ސަރަހައްދުގައި ހުންނަ ޕެޓްރޯލް ޕަމްޕާ ހަމައިން ފެށިގެން ގޮސް ރާޅުގަނޑު ކައިރިން ލަނބާލައިގެން ގޮސް ބޮޑުފުންގަނޑު މަގާ ހަމައަށް ބޭރުމަގުގެ ޓްރެފިކް ކޮންޓްރޯލް ކުރާނެ ކަމަށް ފުލުހުން ބުނެފައިވެ އެވެ.

މަޖީދީ މަގާއި ހެންވޭރު ބޯޅަ ދަނޑުގެ އިރުން އޮންނަ މަގު ހިމެނޭހެން އެ ދެމެދުގައި ހުރި ހުރިހާ ގޯޅިތަކެއްގެ ޓްރެފިކް ވެސް ބަލަހައްޓަމުން ގެންދާނެ ކަމަށް ފުލުހުންގެ ޕޯސްޓުގައި ބުނެފައިވެ އެވެ.

މިރޭގެ ޖަލްސާގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިތުރުން ސަރުކާރުގެ އިސް ގިނަ ބޭފުޅުން ބައިވެރިވެވަޑައިގަންނަވަ އެވެ.

މިއީ، މިދިޔަ ހަ އަހަރުގެ ތެރޭގައި ވެސް ޕާޓީއެއްގެ ޖަލްސާއަކަށް މިވަރަށް ސެކިއުރިޓީ ވަރުގަދަ ކުރާ ފުރަތަމަ ފަހަރެވެ. މީގެ ކުރިން، 2013 އިން 2018 އަށް ވެރިކަން ކުރެއްވި ކުރީގެ ރައީސް ޔާމީނުގެ ވެރިކަމުގައި ބައެއް ޖަލްސާތައް ބޭއްވުމަށް މިގޮތަށް ޓްރެފިކް ފްލޯއަށް ބޮޑެތި ބަދަލުތައް ގެނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox