ހުލާސާކޮށް އިއްޔެ: ރައީސް އާއި މަޖިލީހުގެ ރައީސްއާ ގުޅޭ ގޮތުން ފަތުރަނީ ދޮގެއް ކަމަށް ފުލުހުން ބުނުން

ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ -- ފޮޓޯ: މިރާޝް ނާޝިމް/ އަދަދު

ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ -- ފޮޓޯ: މިރާޝް ނާޝިމް/ އަދަދު

ރައީސް ޑރ. މުހައްމަދު މުއިއްޒު އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަށް އެމްއެމްޕީއާރުސީ ހިޔާނާތުގެ ފައިސާ، ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ދެއްވި ކަމަށް ބުނެ ސޯޝަލް މީޑިއާގައި ފަތުރަނީ އަސްލެއް ނެތް ރިޕޯޓެއް ކަމަށް ފުލުހުން ބުނެފި ވާހަކަ އިއްޔެ ރިޕޯޓުކުރި އެވެ.

ރައީސް އަބްދުﷲ ޔާމީންގެ ޕީއެންއެފް ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި ވެސް މި ރިޕޯޓާ ހަވާލާދީ ވާހަކަ ދެއްކި އެވެ.

ފުލުހުންގެ ތަރުޖަމާނު އަދި އެސިސްޓަންޓު ކޮމިޝަނަރު އަހުމަދު ހަމައެކަނި ވިދާޅުވީ، ރައީސް އާއި އަބްދުއްރަހީމަށް ތުހުމަތުތަކެއް އަމާޒުވާ ގޮތަށް އޮތް ފުލުހުންގެ ތަހުގީގު ބަޔާނެއް ކަމަށް ބުނެ ސޯޝަލް މީޑިއާގައި ފަތުރަމުންދަނީ ސައްހަ ރިޕޯޓެއް ނޫން ކަމަށެވެ. އޭގެ އިތުރު ތަފުސީލެއް އޭނާ ނުދެއްވަ އެވެ.

މިހާރު ސޯޝަލް މީޑިއާގައި ދައުރުވަމުންދަނީ، ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގައި، އެމަނިކުފާނު ހައްޔަރުކުރަން ފެބްރުއަރީ 7، 2016، ގައި ނެރުނު ކޯޓު އަމުރާ ގުޅިގެން ފުލުހުން ތައްޔާރުކުރި ކަމަށް ބުނާ ރިޕޯޓެކެވެ. އޭގައި ފުލުހުންނާއި ސިފައިންގެ ތެރެއިން އަދި ސަރުކާރުގެ ތެރެއިން މިކަމުގައި ބައިވެރިވި ފަރާތްތަކުގެ ވާހަތައް ހިމެނެ އެވެ.

ލީކުވީ، ފުލުހުން އަސްލެއް ނޫން ކަމަށް ބުނާ ރިޕޯޓުގެ ހަތަރު ސަފުހާ އެވެ.

އެގޮތުން، އަދީބާ ގުޅުވައި، ވަޒީރުންގެ މަޖިލީހާއި ރައީސް އޮފީހުގެ ސިއްރު ބައްދަލުވުންތަކުގެ އިތުރުން ޕީޕީއެމް އޮފީހުގައި ދެކެވޭ ސިއްރު ވާހަކަތައް އޭރު ހޯމް މިނިސްޓަރުގެ މަގާމުގައި ހުންނެވި ރައީސް މުއިއްޒު، ކުރީގެ ސީޕީ އަބްދުﷲ ރިޔާޒާ ހިއްސާކުރި ކަމަށް އެ ރިޕޯޓުގައި ބުނެ އެވެ. އަދި އަދީބު، ރައީސް މުއިއްޒު އަށް 14 މިލިއަން ރުފިޔާ ދެއްވި ކަަމަށް ވެސް ބުނެފައިވެ އެވެ.

މަޖިލީހުގެ ރައީސް އާ ގުޅުވާ އެ ރިޕޯޓުގައި ވަނީ، ޔާމީނުގެ ވެރިކަން ބަދަލުކުރުމަށް އަދީބު އެމަނިކުފާނަށް ހަތަރު މިލިއަން ރުފިޔާ ދިން ކަމަށެވެ. އަދި، ރޭވުމާ އެއްގޮތަށް ޔާމީނު ހައްޔަރުކުރެއްވިއްޖެ ނަމަ އެމަނިކުފާނަށް އިތުރު 16 މިލިއަން ރުފިޔާ ދޭން ނިންމާފައިވާ އޮތް ކަމަށް ވެސް ރިޕޯޓުގައި ބުނެ އެވެ. އޭރު އެމަނިކުފާނު ހުންނެވީ ލ. ފޮނަދޫ ދާއިރާގެ މެންބަރުގެ ގޮތުގަ އެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކުގެ ކޮމިޓީ އާއި ޖުޑިޝަރީ ކޮމިޓީ ގުޅިގެން އުފައްދާފައިވާ ޖޮއިންޓް ކޮމިޓީއަކުން ބަލައި، ފައިސާ ލިބުނު މީހުންގެ ލިސްޓެއް މެއި 12، 2021 ގައި ނެރުނެވެ. އެ ލިސްޓުގައި ރައީސް މުއިއްޒުގެ ނަން ނެތް ނަމަވެސް އަބްދުއްރަހީމުގެ ނަން އޮތެވެ. ލިސްޓުގައި އޮތް ގޮތުން އެމަނިކުފާނަށް ދީފައިވަނީ 1،708،400ރ. އެވެ.

ރިޕޯޓުގައި އިތުރަށް ހުރީ ޔާމީނުގެ ވެރިކަން ނިންމާ އެމަނިކުފާނު ހައްޔަރުކުރުމަށް އޭރު ސަރުކާރާއި ފުލުހުން އަދި ސިފައިންގެ ވެރިން ރޭވި ކަމަށް ބުނާ ވާހަކަތަކެވެ. އެގޮތުން އޭރު ޓެރަރިޒަމްގެ ދައުވާކޮށް ޖަލަށްލި ކުރީގެ ޕީޖީ މުހުތާޒް މުހުސިން އާއި މާމިގިލީ ކޯޓުގެ މެޖިސްޓްރޭޓް އަހުމަދު ނިހާނުގެ ވާހަކަ ވެސް ރިޕޯޓުގައި އޮތެވެ.

މުހިއްމު ބައެއް ހަބަރު

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox