ޒުހޫރު ޗެއާމަނަކަށް ހަމަޖައްސައި، އެފްއޭއެމް ނޯމަލައިޒިން ކޮމިޓީ ފައިނަލްކޮށްފި

Aug 19, 2024, 6:55 PM
ޒުހޫރު ޗެއާމަނަކަށް ހަމަޖައްސައި، އެފްއޭއެމް ނޯމަލައިޒިން ކޮމިޓީ ފައިނަލްކޮށްފި

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ނޯމަލައިޒް ކުރުމަށް ފީފާ އިން ނިންމާފައިވާއިރު، ނޯމަލައިޒިން ކޮމިޓީގެ ޗެއާމަނަކަށް ކުރީގެ ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރު، އަހުމަދު ޒުހޫރު ހަމަޖައްސައި، އެ ކޮމިޓީ، ފީފާ އިން ފައިނަލް ކޮށްފި އެވެ.

މިދިޔަ މަހުގެ 23 ވަނަ ދުވަހު ފީފާ އިން ވަނީ އެފްއޭއެމް ނޯމަލައިޒިން ކޮމިޓީއެއްގެ ދަށަށް ގެންނަން ނިިންމައިފަ އެވެ. ފީފާގެ ނިންމުން އެންގުމަށް، އެފްއޭއެމް އިން ނެރުނު ބަޔާނުގައި ބުނެފައިވަނީ، ފީފާ އިން އަންގާފައިވަނީ، ނޯމަލައިޒިން ކޮމިޓީ އެކުލެވިގެންދާނީ ވަކިން ހާއްސަކޮށް ގާނޫނީ، މާލީ އަދި ފުޓްބޯޅައާ ގުޅުންހުރި އެކަށީގެންވާ ތަޖުރިބާ ލިބިފައިވާ މެމްބަރުންގެ މައްޗަށް ކަމަށެވެ. އެ ގޮތުން، ނޯމަލައިޒިން ކޮމިޓީ ތިބޭނެ މެމްބަރުންގެ އަދަދު ކަނޑައަޅައި، މެމްބަރުންގެ ނަންތައް ފައިނަލްކުރަން ނިންމާފައިވަނީ ފީފާ އާއި އޭއެފްސީ ގުޅިގެންނެވެ.

އެ ކޮމިޓީ ފައިނަލްކޮށް، މިއަދު އެފްއޭއެމަށް އަންގާފައިވާއިރު، ޗެއާމަންކަން ހަވާލުކުރެއްވި، ޒުހޫރުގެ އިތުރުން ކޮމިޓީގައި ދެން ހިމެނޭ މެމްބަރުންނަކީ، ފަރީހާ ޝަރީފް، އަހުމަދު މުއިއްޒު، އިސްމާއިލް ސިމަން އަދި އަހްމަދު އަލީ އެވެ.

Advertisement

އެފްއޭއެމުން މިރޭ ވަނީ ނޯމަލައިިޒިން ކޮމިޓީއެއް ހަމަަޖައްސާފައިވާކަން އިއުލާނުކޮށް ބަޔާނެއް ނެރެފަ އެވެ.

މީގެ ކުރިން، "އަދަދު ސްޕޯޓްސް" އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން، ޒުހޫރު ވިދާޅުވީ، ފީފާ އިން އޭނާއާ އިންޓަވިއުއެއް ކުރި ކަމަށާއި ނޯމަލައިޒިން ކޮމިޓީ އަށް ނެގި ކަމެއް ރަސްމީކޮށް ނާންގާ ކަމަށެެވެ.

ޒުހޫރަކީ، މީގެ ކުރިން ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސްގެ މަގާމު އަދާކުރެއްވި ބޭފުޅެކެވެ. މި ސަރުކާރުން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ޗެއާމަަނަކަށް ހަމަޖެއްސީ ޒުހޫރު އެވެ. އެކަމަކު، ފަހުން އޭނާ އެ މަގާމުން ވަކިކުރި އެވެ. ޒުހޫރު ވަނީ މީގެ ކުރިން، ކަސްޓަމްސްގެ ކޮމިޝަނާ ޖެނެރަލް ކަމުގެ އިތުރުން ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރުކަން ކުރައްވާފައިވާ ބޭފުޅެކެވެ.

titledesc

ނޯމަލައިޒިން ކޮމިޓީ އެކުލަވާލުމުގެ މަސައްކަތުގައި، ފީފާ އިން ފުރަތަމަ މަޝްވަރާކުރި އެއް ފަރާތަކީ، ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އަށް ލަފާ އަރުވާ އިސް އެޑްވައިޒަރު، ވިޔަފާރިވެރިޔާ، މުހައްމަދު އަލީ ޖަނާ (ޖަނާ) އެވެ. އެ ގޮތުން، ޖަނާހު އަށް ނޯމަލައިޒިން ކޮމިޓީގެ ޗެއާމަންކަން ދޭން ފީފާ އިން ނިންމި ކަމަށް ވެސް ހަބަރު ލިބިފައިވެ އެވެ. އެކަމަކު، ފަހުން އެ ނިންމުން ބަދަލުވީ އެވެ.

ފީފާ އިން އެފްއޭއެމް ހިންގުން ނޯމަލައިޒް ކުރާއިރު، ނޯމަލައިޒިން ކޮމިޓީގެ މުއްދަތު ކަނޑައަޅާފައި އޮތީ، އަންނަ އަހަރުގެ ޖުލައި 31 އަށެވެ. އެކަމަކު، އެ މުއްދަތަށް ކުރަން ހުރި ކަންކަން ނުނިމިއްޖެނަމަ، މުއްދަތު އިތުރުކޮށްދޭނެ އެވެ.

މިއީ، ފީފާ އިން އެފްއޭއެމް ހިންގުން ނޯމަލައިޒިން ކޮމިޓީ އަކާ ހަވާލުކުރާ ތިން ވަނަ ފަހަރެވެ. އެ ގޮތުން، 2008 ވަނަ އަހަރު ނެގި ކޮމިޓީގެ ރައީސަކީ ފުޓްބޯޅައިގެ އެކިއެކި މަސައްކަތުގައި އުޅުއްވާ އަހުމަދު ޝާހިރު އެވެ. އަދި އެ ކޮމިޓީގައި ހިމެނެނީ، ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓަކަށް ހުންނެވި ގައުމީ ޓީމުގެ ކުރީގެ މެނޭޖަރު، އިބްރާހީމް އާމިރު (ސަލްސާ)ގެ އިތުރުން، އަހުމަދު ހަފީޒް (ޑިކޭ)، އެފްއޭއެމްގެ ކުރީގެ ޖެނެރަލް ސެކްރެޓަރީ އަދި އެއް ވަނަ ފޯވާޑް، ޝާހު އިސްމާއީލް (ސާޔާ) އަދި އަހުމަދު އިގުބާލް އެވެ.

އޭގެ ފަހުން، 2013 ވަނަ އަހަރު އެފްއޭއެމް ނޯމަލައިޒްކުރިއިރު، އެ ފަހަރު، ފީފާ އިން ވަނީ ފަސް މެމްބަރުންގެ ނޯމަލައިިޒިން ކޮމިޓީ އަކާ އެފްއޭއެމް ހިންގުން ހަވާލުކޮށްފަ އެވެ. އެއީ، ޗެއާމަނެއްގެ ގޮތުގައި، އޮލިމްޕިކް ކޮމިޓީގެ ކުރީގެ ރައީސް، މުހައްމަދު ޝަވީދު، ޑެޕިއުޓީ ޗެއާމަނަކަށް، ތަޖުރިބާކާރު މެޗު ކޮމިޝަނަރު، އަބްދުލްހަމީދު އަބްދުލްގަފޫރު (އައްޑޯ)، މެމްބަރުންގެ ގޮތުގައި، މުހައްމަދު ނިޒާމް، އަލީ އުމަރު އަދި ފަސީހު ޒާހިރު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ދެ މަހުގެ މަސައްކަތުން ކޯޗު ގެރީ ބޫޓާން ގޮވައިގެން ސެމީ އަށް

އޮސްޓްރޭލިއާގެ ކޯޗު ގެރީ ފިލިޕްސް ބޫޓާންގެ ޓީމާ ހަވާލުވިތާ ދެ މަސް ތެރޭގައި، 18 އަހަރަށް ފަހު އެ ގައުމު ސާފް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލަށް ވަނީ ދަތުރުކޮށްފައި. ނޭޕާލުގެ ފުޓްބޯޅައިގައި ވެސް މަސައްކަތްކުރި ގެރީ ބުނި ގޮތުގައި މިއީ ކުޅުންތެރިންގެ ބުރަ މަސައްކަތުން ލިބުނު ކާމިޔާބީއެއް ކަމަށާއި، އަމާޒަކީ ސެމީގައި އިންޑިއާ ބަލިކޮށް ފައިނަލަށް ދިއުން

ހަމްޒާއެއް ނުދަންނަން: ޕާކިސްތާން ގޯލްކީޕަރު ބަޓް

ސާފް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލުގައި ބަންގްލަދޭޝްއާ ދެކޮޅަށް ނުކުންނައިރު، އެ ޓީމުގެ ތަރި ހަމްޒާ ޗޯދުރީއާ މެދު ނުވިސްނާ ކަމަށާއި ޕާކިސްތާން ޓީމުގައި ވެސް މޮޅެތި ކުޅުންތެރިން އެބަތިބި ކަމަށް ގޯލްކީޕަރު ޔޫސުފް ބަޓް ބުނެފި. އޭނާ ފާހަގަކުރި ގޮތުގައި ވަކި ކުޅުންތެރިއަކަށް ވުރެ މުހިންމީ މުޅި ޓީމު ކަމަށް

އެމެރިކާ ދޫކޮށް ޔުނައިޓެޑާ ހަވާލުވުން ޕޮޗެޓީނޯ އަށް ހިތްދަތި

އެމެރިކާގެ ގައުމީ ޓީމުގެ ކޯޗުކަން ދޫކޮށް މެންޗެސްޓާ ޔުނައިޓެޑާ ހަވާލުވުމަކީ ކެރިއަރުގައި ނިންމި އެންމެ ހިތްދަތި ނިންމުން ކަމަށް މައުރީސިއޯ ޕޮޗެޓީނޯ ބުނެފިއެވެ. ޔުނައިޓެޑުން 10 މިލިއަން ޑޮލަރުގެ ބަދަލެއް ދީގެން އޭނާ ގެންނަން ނިންމާފައިވާއިރު، ޕޮޗެޓީނޯ ބުނީ ޔުނައިޓެޑް ފަދަ ބޮޑު ކްލަބަކުން ލިބުނު ފުރުސަތު ދޫކޮށްލަން އުނދަގޫވީ ކަމަށެވެ. އޭނާ އެ ޓީމާ ރަސްމީކޮށް ހަވާލުވާނީ މި މަހުގެ 18 ވަނަ ދުވަހު އެމެރިކާގެ މެޗުތަކަށް ފަހުގައެވެ.

ޖަވާބު ދޭން ވެސް، ޖަވާބުދާރީކުރުވަން ވެސް އުރްބާނީ! އެފްއޭއެމް؟

ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ކުޅުނު ދެ މެޗުން ބަލިވެ މުބާރާތުން ކެޓުމަކީ ތާރީޚީ ގޮތުން ރާއްޖެއަށް ކުރިމަތިވި އެންމެ ދަށް ނަތީޖާއެވެ. ކޯޗު އުރްބާނީ ވަނީ ޓެކްނިކަލް ޑިރެކްޓަރުގެ މަގާމާއި ކޯޗުގެ މަގާމު އެކުގައި އަދާކުރަން ޖެހުމުން، ޖަވާބުދާރީކުރުވުމުގެ ނިޒާމު އޮތް ގޮތާ މެދު ސުވާލު އުފައްދާފައި

އިޓަލީން އަމިއްލަ ދަނޑުގައި 64 އަހަރަށް ފަހު ފްރާންސް ބަލިކޮށްފި

ޔުއެފާ ނޭޝަންސް ލީގުގައި ރޭ ކުޅުނު މެޗުން ފްރާންސް އަތުން 3-1 އިން މޮޅުވެ، އިޓަލީން 64 އަހަރަށް ފަހު އަމިއްލަ ދަނޑުގައި އެ ޓީމު ބަލިކުރުމުގެ ތާރީޚީ ކާމިޔާބީއެއް ހޯދައިފި. ފްރާންސުން ފުރަތަމަ ލަނޑު ޖަހާފައިވަނިކޮށް، އިޓަލީން ފަހަތުން އަރައި މެޗު ކާމިޔާބުކުރީ ޕިއޯ އެސްޕޮސީޓޯގެ ދެ ގޯލާއި ފްރަޓޭސީ ޖެހި ލަނޑުން

ގަތަރުގައި އޮތް ވޯލްޑް ކަޕުން އެމެރިކާ ނަން ނަގައިފި

މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ސަލާމަތީ ނުރައްކާތަކެއް ހުރި ކަމަށް ބުނެ، ގަތަރުގައި ބާއްވާ 17 އަހަރުން ދަށުގެ ވޯލްޑް ކަޕުން އެމެރިކާ ވަކިވެއްޖެ. އެމެރިކާގެ ފުޓްބޯޅަ އިދާރާއިން މި ނިންމުން ނިންމީ އެ ސަރަހައްދަކީ މިވަގުތު އެމެރިކާގެ ޓީމަކަށް ރައްކާތެރި ތަނެއް ނޫން ކަމަށް ސްޓޭޓް ޑިޕާޓްމަންޓުން ލަފާދީފައިވާތީ

ވެންގާ، ފީފާ ރައީސަކަށް ގެންނަން ފްރާންސުން މަސައްކަތްކުރަނީ

ފީފާގެ ރައީސްކަމަށް މަޝްހޫރު ކޯޗު އާސެން ވެންގާ ގެނައުމަށް ފްރާންސްގެ ރައީސް އެމަނުއަލް މެކްރޮން އިސްނަންގަވައިގެން އެ ގައުމުގެ ސަރުކާރުން އަންނަނީ މަސައްކަތް ކުރަމުން. މިހާރުގެ ރައީސް އިންފަންޓީނޯއާ ވާދަކުރުމަށް ޔުއެފާ އާއި ފްރާންސް ސަރުކާރުން ވެންގާ ނެރުމަށް ބޭނުންވި ނަމަވެސް، އޭނާ އަދި ރަސްމީކޮށް އެކަމަށް ޝައުގުވެރިކަން ފާޅެއް ނުކުރޭ

Newsletter

Get the latest news delivered straight to your inbox