އީޕީއޭއިން ބުނީ ޖޫރިމަނާ ކުރެވުނަސް އެ ފައިސާ ހޯދާނެ ބާރެއް ނެތް ކަމަށް

ރަސްފަރީ ފަރަށް އަރާފައި އޮތް ބޮޑު އާގު ބޯޓެއް: މިހާތަނަށް ޖޫރިމަނާ ފައިސާ އެއްކޮށް ދެއްކީ މި ބޯޓުން އެކަނި --- ފޮޓޯ: އެމްއެންޑީއެފް

ރަސްފަރީ ފަރަށް އަރާފައި އޮތް ބޮޑު އާގު ބޯޓެއް: މިހާތަނަށް ޖޫރިމަނާ ފައިސާ އެއްކޮށް ދެއްކީ މި ބޯޓުން އެކަނި --- ފޮޓޯ: އެމްއެންޑީއެފް

ތިމާވެއްޓަށް ލިބޭ ގެއްލުމަށް ޖޫރިމަނާ ކުރުމުގެ ބާރު ދީފައި އޮތަސް އެ ފައިސާ ހޯދަން އެއްވެސް އިތުރު ކަމެއް ކުރަން ބާރެއް ދީފައި ނޯންނަ ކަމަށް އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން މިއަދު ބުނެފި އެވެ.

ތިމާވެއްޓަށް ލިބޭ ގެއްލުންތަކަށް ކުރާ ޖޫރިމަނާ ފައިސާ ނުލިބޭ މައްސަލައިގައި، ރައްޔިތުންގެ މަޖިލީހުގެ އެންވަޔަރަމަންޓް އެންޑް ކްލައިމެޓް ޗޭންޖު ކޮމިޓީގައި އީޕީއޭއިން މިހެން ބުނީ ފައިސާ ހޯދަން އެ އިދާރާއަށް ދިމާވެފައިވާ ގޮންޖެހުންތައް މެމްބަރުންނާ ހިއްސާކުރައްވަމުންނެވެ.

އެގޮތުން އީޕީއޭގެ ޑިރެކްޓާ ޖެނެރަލް އިބްރާހިމް ނައީމް ވިދާޅުވީ، ޖޫރިމަނާ ކުރުމުގެ މަސައްކަތަކީ އެ އިދާރާއަށް އެކަނި ކުރެވޭ ވަރަށް ވުރެ ދަތި، އުނދަގޫ އަދި "ކޮމްޕްލެކްސް" މަސައްކަތެއް ކަމަށެވެ. އަދި ޖޫރިމަނާއާ ގުޅޭ ކަންކަމުގައި މީހުން ހީކުރާ ވަރުގެ ބާރެއް އީޕީއޭއަށް ނޯންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ބައެއް ބޭފުޅުންގެ އެކްސްޕެކްޓޭޝަން ހުންނަ ވަރަކަށް ނޫން އީޕީއޭއަށް މިނިވަންކަން ދީފައި އޮންނަނީ. މިސާލަކަށް މައްސަލައެއް ހިފައިގެން ކޯޓަކަށް އީޕީއޭއަކަށް ނުދެވޭ. އީޕީއޭއިން ޖެހޭނީ އެޓާނީ ޖެނެރަލްއަށް ދަންނަވަން. އަނެއްކާ ޖޫރިމަނާ ކުރުމާ އެއްކޮށް، އެއާ ބެހޭ ގޮތުން އެޕީލް ކުރެވެނެ އެބަ އޮވޭ މިނިސްޓަރަށް،" ނައީމް ވިދާޅުވި އެވެ.

ޖޫރިމަނާއާ ގުޅޭ ކަންކަން އިންތިޒާމުވެފައި އޮތް ގޮތުގައި އީޕީއޭއަށް ބާރު ނެތުމުގެ އިތުރަން، އެހެން ބައެއް މައްސަލަތައް ވެސް އެ އިދާރާއިން ފާހަގަކުރި އެވެ. އޭގެ ތެރޭގައި ފަރަށް އަރާ ބޯޓު ފަރުން ނެގުމުން ނޫނީ ލިބުނު ގެއްލުން ނުބެލޭ ގޮތަށް އޮތުމާއި ބޯޓުތަކުގެ އެޖެންޓުން ބަދަލުވެ މުއާމަލާތް ކުރަން އުނދަގޫވާ މައްސަލަ ހިމެނެ އެވެ.

ކޮމިޓީގައި ނައީމް އާއި އީޕީއޭގެ އެހެން ވެރިން ވެސް ވަނީ ޖޫރިމަނާއާ ގުޅޭ ކަންކަމުގައި އީޕީއޭގެ ދައުރު ހަރުދަނާކުރަން އެ އިދާރާ ގާނޫނީ ގޮތުން ބާރުވެެރިކުރަން ޖެހޭ ކަމަށް ވިދާޅުވެފަ އެވެ. އޭގެން އެއް ކަމަކީ ތިމާވެއްޓާ ބެހޭ މިނިސްޓްރީގެ ދަށުން އީޕީއޭ މިނިވަންކޮށް، މިނިވަން މުއައްސަސާއަކަށް ހެދުމެވެ.

އޭގެ އިތުރުން، ބަޖެޓު ތާށިކަމާއި ހަބީރުން ނެތުމަކީ ވެސް އީޕީއޭއަށް ދިމާވާ ގޮންޖެހުމެއްގެ ގޮތުގައި ނައީމް ފާހަގަކުރެއްވި އެވެ. އޭނާ ވިދާޅުވީ ބޭރުގެ ތަންތަނުން މޮޅު ކޮންސަލްޓަންޓުންނާއި ތަޖުރިބާކާރު ލޯޔަރުން ފޮނުވާއިރު، ރާއްޖޭގައި ތިބީ ކަމުގެ ފަންނީ ސެޓިފިކޭޝަން ލިބިފައި ތިބި ދެ ތިން މީހުން ކަމަށެވެ.

"ވަރަށް ވަރުގަދަ ބަޔަކާ އެކީ އަޅުގަނޑުމެން މި ޖެހެނީ ހަނގުރާމަ ކުރަން މިކަމުގައި. ބޯޓުގެ ފަރާތުން އަންނާނެ ދުނިޔޭގެ ފެންވަރުގެ ކޮންސަލްޓަންޓުން އެމެރިކާއިންނާއި އެތަން މިތަނުން އައިސް، އެ މީހުން ވެސް މި ސާވޭ ކުރާނެ. ކޮށްފައި އަޅުގަނޑުމެން މި ތިބޭ، ދިވެހިރާއްޖޭގައި މި އުޅޭ ދެ ތިން މީހަކު އެކަމަށް ސެޓިފައި ވެފައި ވެސް މި ތިބެނީ،" ނައީމް ވިދާޅުވި އެވެ.

ހަމަ މި މޭރުމުން ވާހަކަ ކުރިއަށް ގެންދަވަމުން އީޕީއޭގެ ޑިރެކްޓަރަކު ވެސް ވިދާޅުވީ މިކަމަށް ހައްލެއް ނެތީ އީޕީއޭގެ ބަޖެޓުން އެ އިދާރާ ތަރައްގީކުރަން އެއްވެސް ހަރަދެއް ނުކޮށް، މުސާރަ އާއި އިދާރާ ހަރަދުތަކަަށް ބަޖެޓު ހުސްކޮށްލަން ޖެހޭތީ ކަމަށެވެ.

"އިންޓަނޭޝަނަލް ބޮޑެތި ކުންފުނިތަކުން އޮޕަރޭޓު ކުރާ ބޯޓު ފަހަރު. އެ މީހުން ބޯޓުތައް ފަރަށް އެރީމައި އެ މީހުން އެބަ މޯބިލައިޒްކޮށްލާ ބޮޑެތި ލޯޔަރުންނާ ވަރަށް ވަރުގަދަ މީސްމީހުން އެބަ އާދޭ. އަންނަ އިރުގައި އަޅުގަނޑުމެންނަށް އެ ވަރަށް، އެ ލެވަލްގައި ރިސޯސް ކުރެވިފައި ނެތީމަ އެ އަންނަ ޑިފިކަލްޓީ ވެސް ވަރަށް ބޮޑަށް ފާހަގަކުރެވޭ،" އޭނާ ވިދާޅުވި އެވެ.

އީޕީއޭއިން ކޮމިޓީގައި އިތުރު ކަމަކަށް އެދުނީ، ތިމާވެއްޓާ ގުޅޭ މައްސަލަތަކުގައި ކުރާ ޖޫރިމަނާ އިސްތިއުނާކުރަން މުއްދަތެއް ކަނޑައެޅުމަށެވެ. މިހާރު އޮންނަ ގޮތުން އީޕީއޭއިން ކުރާ ޖޫރިމަނާ ތިމާވެއްޓާ ބެހޭ މިނިސްޓަރަށް އިސްތިއުނާފު ކުރެވެ އެވެ. ނަމަވެސް އެއާ މެދު ގޮތެއް ނިންމަން ވަކި މުއްދަތެއް ނޯވެ އެވެ.

ކުރާ ހުރިހާ ޖޫރިމަނާ ފައިސާ ނުލިބުނަސް ދައުލަތުގެ އެހެން އިދާރާތަކުން ކުރާ ޖޫރިމަނާތަކަށް ލިބޭ ފައިސާއާ ބަލާފައި ރަނގަޅު ކަމަށް އީޕީއޭއިން ބުންޏެވެ. އެ އިދާރާއިން ބުނީ ވޭތުވީ ދެ ތިން އަހަރުގެ ތެރޭގައި 37 މައްސަލައެއްގައި 228 މިލިއަން ރުފިޔާ ހޯދާފައި ވާނެ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox