މި މަސް ނިމެންވާއިރަށް ބޭނުންކުރެވޭ ރިޒާވު ހުސްވެދާނެ ކަމަށް އެމްއެމްއޭއިން އަންގައިފި

މޯލްޑިވްސް މަނިޓަރީ އޮތީރިޓީ (އެމްއެމްއޭ) ގެ މައި އިދާރާ: ފިނޭންސަށް ފޮނުވި

މޯލްޑިވްސް މަނިޓަރީ އޮތީރިޓީ (އެމްއެމްއޭ) ގެ މައި އިދާރާ: ފިނޭންސަށް ފޮނުވި

މި ހިނގާ އޮގަސްޓު މަސް ނިމުމުގެ ކުރިން ބޭނުންކުރެވޭ ޑޮލަރު ރިޒާވުގައި ހުރި ފައިސާ އެއްކޮށް ހުސްވެދާނެ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ފިނޭންސް މިނިސްޓްރީއަށް އަންގައިފި އެވެ.

ސަރުކާރާއި އެމްއެމްއޭއިން މި މައުލޫމާތު ރަސްމީކޮށް ކަށަވަރުކޮށް ނުދިން ނަމަވެސް އިތުބާރު ކުރެވޭ މަސްދަރުތަކުން "އަދަދު" ނޫހަށް މައުލޫމާތު ދިން ގޮތުގައި މަރުކަޒީ ބޭންކުން ވަނީ ސިޓީއެއްގެ ޒަރިއްޔާއިން މިކަން ފިނޭންސަށް އަންގާފަ އެވެ.

އެމްއެމްއޭގެ އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ޖުލައި ނިމުނުއިރު، ޖުމްލަ ޑޮލަރު ރިޒާވު (ގްރޮސް އިންޓަނޭޝަނަލް ރިޒާވު) ގައި ހުރީ 395 މިލިއަން ޑޮލަރެވެ. އޭގެ ކުރީ މަސް ނިމުނުއިރު އެ ރިޒާވުގައި 509 މިލިއަން ޑޮލަރު ހުއްޓެވެ.

ޖުމްލަ ރިޒާވަށް އައި ބޮޑު ބަދަލާއެކީ، ބޭނުންކުރެވޭ ރިޒާވުގައި ހުރި ފައިސާގެ އަދަދު ވަނީ 43 މިލިއަން ޑޮލަރަށް ވެއްޓިފަ އެވެ. މިއީ މަހެއްގެ ޒަރޫރީ އިމްޕޯޓަށް ބޭނުންވާ ވަރަށް ވުރެ ވެސް މަދު އަދަދެކެވެ.

ރިޒާވުގެ ހާލަތު މިހާ ހިސާބަށް ދިޔަ އިރު، މިހާތަނަށް މިކަމާ ގުޅޭ އެއްވެސް މައުލޫމާތެއް ސަރުކާރުން ހާމައެއް ނުކުރެ އެވެ. އެންމެ ފަހުން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ފިނޭންސުގެ އިސްވެރިން ހާޒިރުކޮށްގެން ބޭއްވި ބައްދަލުވުމުގައި ވެސް މިފަދަ އެއްވެސް ކަމެއް ހިއްސާއެއް ނުކުރެ އެވެ.

ރަސްމީކޮށް މައުލޫމާތު ނުދިން ނަމަވެސް، މި ނޫހާ ވާހަކަ ދެއްކި ސަރުކާރުގެ އިސް އޮފިޝަލަކު ބުނީ އެމްއެމްއޭއިން ފޮނުވި ސިޓީއަކީ އެންމެ ގޯސް ހާލަތުގައި ކަންކަން ވެދާނެ ގޮތުގެ ލަފާކުރުމެއް ކަމަށެވެ. އަދި ސަރުކާރުން އެ ހުރިހާ ކަމަކަށް ތައްޔާރަށް އޮތް ކަމަށާއި ކަންބޮޑުވާން ޖެހޭ ވަރުގެ ކަމެއް ނެތް ކަމަަށް އޭނާ ބުންޏެވެ.

ރިޒާވު މި ހާލަތަށް ވެއްޓެން މެދުވެރިވީ ސަބަބުތަކުގެ ތެރޭގައި އިގުތިސާދާ ނުބައްދަލު ހަރަދުތައް ކުރުމުގެ ބޭނުމުގައި ފައިނޭންސް ކުރަން ވިއްކި ސެކިއުރިޓީ އާއި ނެގި ލޯނުތައް އަދާކުރަން ޖެހުމާއި ތެލާއި އެހެނިހެން އިމްޕޯޓަށް ކުރަން ޖެހޭ ހަރަދުތައް ބޮޑުވުން ހިމެނެ އެވެ.

މި އަހަރު ބަޖެޓު ހުށަހަޅައިގެން އެ މަސައްކަތް މަޖިލީހުގައި ކުރިއަށް ދިޔަ އިރު ވެސް މި ހާލަތު ކުރިމަތިވެދާނެ ކަމަށް އެމްއެމްއޭއިން ލަފާކުރި އެވެ. އެއިރު ބަޖެޓު ކޮމިޓީގައި އެމްއެމްއޭއިން ބުނީ މި އަހަރުގެ ޑެފިސިޓު ފޫބައްދަން ބޭނުންވާ ފައިސާ އަހަރުގެ ކުރީކޮޅު ނުހޯދައިފި ނަމަ ދަތިތަކާ ކުރިމަތިވާނެ ކަމަށެވެ.

ސަރުކާރުން އަންނަނީ ޑޮލަރު އާމްދަނީ އިތުރުކުރަން ބައެއް ފީތަކާއި ޓެކްސްތައް ބޮޑުކޮށް، އާ ޓެކްސްތައް ތައާރަފުކުރަން މަސައްކަތް ކުރަމުންނެވެ. ބޮޑުކުރަން ވިސްނަނީ އެއާޕޯޓު ޑިޕާޗާ ފީ އާއި ގްރީން ޓެކްސް އެވެ. އަލަށް ތައާރަފުކުރަން ވިސްނާ އެއް ޓެކްސްއަކީ ބިން ހިއްކަން ވެލިން ނަގާ ޓެކުހެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox