އަގުސާ މިސްކިތަށް އިޒުރޭލުން ވަދެގަނެ އެ މިސްކިތުގެ ހުރުމަތް ކެނޑުން ރާއްޖެއިން ކުށްވެރިކޮށްފި

އިރުމަތީ ގުދުސްގައި ހުންނަ އަގްސާ މިސްކިތަށް އިއްޔެ ސިހުޔޫނީން ވަދެގަތީ ކޮންމެ އަހަރަކު އެއްފަހަރު ޔަހޫދީން ހިތާމައިގެ ދުވަހެއްގެ ގޮތުގައި ފާހަގަކުރާ ޓިޝާ ބިއާވް ފާހަގަ ކުރުމުގެ ގޮތުން -- ފޮޓޯ: ގޫގުލް

އިރުމަތީ ގުދުސްގައި ހުންނަ އަގްސާ މިސްކިތަށް އިއްޔެ ސިހުޔޫނީން ވަދެގަތީ ކޮންމެ އަހަރަކު އެއްފަހަރު ޔަހޫދީން ހިތާމައިގެ ދުވަހެއްގެ ގޮތުގައި ފާހަގަކުރާ ޓިޝާ ބިއާވް ފާހަގަ ކުރުމުގެ ގޮތުން -- ފޮޓޯ: ގޫގުލް

މުސްލިމުންގެ ފުރަތަމަ ގިބުލަ، އަލް އަގްސާ މިސްކިތަށް އިޒުރޭލުގެ ސިހުޔޫނީ ވެރިން ހިމެނޭހެން 2000 އެއްހައި މީހުން އިއްޔެ ހެނދުނު ވަދެގަނެ އެ މިސްކިތުގެ ހުރުމަތް ކެނޑިތާ 24 ގަޑިއިރު ފާއިތުވިފަހުން ދިވެހި ސަރުކާރުން އެކަން ކުށްވެރި ކޮށްފި އެވެ.

އިރުމަތީ ގުދުސްގައި ހުންނަ އަގްސާ މިސްކިތަށް އިއްޔެ ސިހުޔޫނީން ވަދެގަތީ ކޮންމެ އަހަރަކު އެއްފަހަރު ޔަހޫދީން ހިތާމައިގެ ދުވަހެއްގެ ގޮތުގައި ފާހަގަކުރާ ޓިޝާ ބިއާވް ފާހަގަ ކުރުމުގެ ގޮތުންނެވެ.

ޓިޝާ ބިއާވްއަކީ ހިބްރޫ ކަލަންޑަރުގައި އެންމެ ހިތާމަވެރި ދުވަހުގެ ގޮތުގައި ޔަހޫދީން ފާހަގަކުރާ ދުވަހެވެ.

އެ މީހުން ގަބޫލު ކުރާ ގޮތުގަައި އެ ދުވަހަކީ ބާބިލުގެ އަހުލުވެރިންގެ އަތް ދަށަށް ގުދުސް ދިޔައިރު، ސުލައިމާނު އަލައިހިއްސަލާމް ބިނާ ކުރެއްވި ފުރަތަމަ ފައްޅި ތަޅާލި ދުވަހެވެ. އޭގެ ފަހުން ރޯމަނުންގެ އަތް ދަށަށް ގުދުސް ދިޔައިރު، ދެވަނަ ފައްޅި ތަޅާލީ ވެސް އެ ދުވަހު ކަމަށް ޔަހޫދީން ގަބޫލު ކުރެ އެވެ.

އަގުސާ މިސްކިތަށް ވަދެގަތުން ކުށްވެރިކޮށް ރާއްޖެއިން ނެރުނު ބަޔާނުގައި ބުނީ އަގްސާ މިސްކިތަށް ވަދެގަތުމަކީ މުސްލިމު އުއްމަތުގެ އެންމެ މަތިވެރި އެއްތަނުގެ ހުރުމަތް ކަނޑައިލުން ކަމަށާއި، އެކަން ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށެވެ.

"ތަކުރާރުކޮށް އިޒުރޭލުން އަލް އަގްސާ މިސްކިތަށް ވަދެގަނެ ހިންގަމުންދާ އަމަލުތަކުގެ ސަބަބުން ސަރަހައްދީ ހަމަޖެހުން ގާއިމު ކުރުމަށް އޮތް އުއްމީދަށް ހުރަސް އެޅޭ، އެކަމާ މެދު ރާއްޖެއިން ވަރަށް ކަންބޮޑުވޭ،" ރާއްޖެއިން ނެރުނު ބަޔާނުގައި ބުންޏެވެ.

އިޒުރޭލު ކަނާތު ފިޔައިގެ ނެޝަނަލް ސެކިއުރިޓީ މިނިސްޓަރު، އިޓަމާ ބެން ގްވިރް އިސްކޮށް ހުރެ އިއްޔެ ލީޑު ކުރި ހަރަކާތުގައި އަގްސާ މިސްކިތަށް ވަދެގަތް މީހުން އެ މިސްކިތުގެ ތެރޭގައި ޔަހޫދީންގެ އަޅުކަން ވެސް ކުރި އެވެ. އެ މީހުން އަގްސާ މިސްކިތުގެ ގޯތި ތެރެއަށް ވަދެގަތީ ޔަހޫދީ ފުލުހުންގެ ހިމާޔަތުގަ އެވެ.

މިސްކިތުގެ ތެރޭގައި ހުރެ ބެން ގްވިރް އާންމު ކުރި ވީޑިއޯއެއްގައި ބުނީ ހަމާސް ނައްތާލާނެ ކަމަށެވެ.

އަގްސާ މިސްކިތަކީ މުސްލިމުންގެ އެންމެ މުގައްދަސް އެއް މިސްކިތެވެ.

އަގްސާ މިސްކިތަށް އިއްޔެ ސިހުޔޫނީން ވަދެގަނެ ހިންގި އަމަލުތައް ކުށްވެރިކޮށް މުސްލިމު އުއްމަތުގެ ހުރިހާ ގައުމަކުންހެން އިއްޔެ ކަންބޮޑުވުން ފާޅުކޮށް އެކަން ކުށްވެރި ކުރި އެވެ.

ރާއްޖެއިން މިއަދު ނެރުނު ނޫސް ބަޔާނުގައި ބުނީ ރާއްޖޭގެ ރައްޔިތުންނާއި ސަރުކާރު އަބަދުވެސް އޮންނާނީ ފަލަސްތީނުގެ ރައްޔިތުންނާ އެކުގައި ކަމަށެވެ. އަދި، ފަލަސްތީނުގައި ހިނގަމުންދާ ހަމަނުޖެހުމަށް ދާއިމީ ހައްލެއް ހޯދަން މަސައްކަތް ކުރަން ބައިނަލްއަގުވާމީ މުޖުތަމައުއަށް ރާއްޖެއިން ގޮވައިލި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox