ހަންކެޑެ ބްރިޖު ދިވެހި ސަރުކާރާ ހަވާލުކޮށްފި

Aug 11, 2024, 1:02 PM
ހަންކެޑެ ބްރިޖު ހަވާލުކުރުމުގެ ރަސްމިއްޔާތުގައި އިންޑިއާގެ ހާރިޖީ ވަޒީރު ޖައިޝަންކަރު ރިބަން ކަނޑައިދެއްވަނީ: އޭނާގެ އަރިހުގައި ފޮރިން މިނިސްޓަރު މޫސާ ޒަމީރާއި ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު -- ފޮޓޯ: ފޮރިން މިނިސްޓްރީ ޑރ.

ހަންކެޑެ ބްރިޖު ހަވާލުކުރުމުގެ ރަސްމިއްޔާތުގައި އިންޑިއާގެ ހާރިޖީ ވަޒީރު ޖައިޝަންކަރު ރިބަން ކަނޑައިދެއްވަނީ: އޭނާގެ އަރިހުގައި ފޮރިން މިނިސްޓަރު މޫސާ ޒަމީރާއި ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު -- ފޮޓޯ: ފޮރިން މިނިސްޓްރީ ޑރ.

އައްޑޫގެ ގުޅިފައިވާ ރަށްތަކާއި ހަންކެޑެ ވަކިކުރަން ތަރައްގީކުރި ހަންކެޑެ ބްރިޖު ދިވެހި ސަރުކާރާ ރަސްމީކޮށް މިއަދު ހަވާލުކޮށްފި އެވެ.

ހަންކެޑެ ބްރިޖަކީ އިންޑިއާގެ އެގްޒިމް ބޭންކުން ލިބިފައިވާ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓުގެ ދަށުން ހިންގި މަޝްރޫއެކެވެ. އެ މަސައްކަތް އިންޑިއާގެ އެފްކޮންސް ކުންފުންޏާ ހަވާލުކުރީ އޮކްޓޫބަރު 2021 ގަ އެވެ.

ދިވެހި ސަރުކާރާ މި ބްރިޖު ހަވާލުކޮށްދެއްވީ ރަސްމީ ދަތުރެއްގައި ރާއްޖެ ވަޑައިގެން އުޅުއްވި އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސުބްރަމަނިއަމް ޖައިޝަންކަރެވެ.

ހަންކެޑެ ބްރިޖާއެކީ، އިންޑިއާގެ އެގްޒިމް ބޭންކުގެ ކްރެޑިޓު ލައިނުން ފަންޑުކުރި އެހެން މަޝްރޫއެއް ކަމުގައި އައްޑޫ ބިން ހިއްކުމުގެ މަޝްރޫއު ވެސް ނިންމާ ސަރުކާރާ ހާވަލުކޮށްފައިވެ އެވެ.

އައްޑޫ ބިން ހިއްކުމުގެ މަޝްރޫއުގެ ދަށުން 190 ހެކްޓަރުގެ ބިން ހިއްކާފައިވެ އެވެ. އެއީ ހިތަދުއަށް އިތުރުކުރި 80 ހެކްޓަރާއި މަރަދު އާއި މަރަދޫފޭދުއަށް އިތުރުކުރި 76 ހެކްޓަރުގެ ބިމާއި ހަންކެޑެއަށް އިތުރުކުރި ހަތަރު ހެކްޓަރުގެ އިތުރުން ޓޫރިޒަމްގެ ބޭނުންތަކަށް ހިތަދުއާ ދިމާލުން ހިއްކި ރަށްތަކެވެ.

ކުރިން ބޭނުންކުރި ލިންކު ރޯޑުގެ ބަދަލުގައި ހަންކެޑެ ވަކިކުރަން 1.4 ކިލޯމީޓަރު ދިގު ހަތަރު ލޭނުގެ ބްރިޖެއް ތަރައްގީކުރީ އެތަނުގައި ހިންގާ އިންޓަގްރޭޓަޑް ޓޫރިޒަމް ޕްރޮޖެކްޓަށް ފަހިކުރުމުގެ ގޮތުންނެވެ،

ހަންކެޑެ ތަރަައްގީކުރަނީ ޗައިނާގެ ނެޝަނަލް އިލެކްޓްރިކަލް އިންޖިނިއަރިން ކޮމްޕެނީ (ސީއެންއީއީސީ) އިންނެވެ. ގާތްގަނޑަކަށް 142.9 މިލިއަން ޑޮލަރު (2.3 ބިލިއަން ރުފިޔާ) ގެ މި މަޝްރޫއުގެ ދަށުން ހެންކެޑެގައި 1041 ކޮޓަރި (2082 އެނދު) ތަރައްގީކުރާނެ އެވެ.

މިއީ ކުރިން ވެރިކަމުގައި އޮތް އެމްޑީޕީގެ ސަރުކާރުން އައްޑޫގެ ޓޫރިޒަމް ކުރިއަރުވަން ގެންގުޅުނު ތަސައްވުރުގެ ތެރެއިން ކުރެވުނު މަސައްކަތެކެވެ. މި ސަރުކާރުން ވެސް ވަނީ މިހާރު ގެންގުޅޭ "އައްސޭރި ޓޫރިޒަމް" ސިޔާސަތުގެ ދަށުން މި ޕްރޮޖެކްޓު ކުރިއަށް ގެންދަން ނިންމާފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox