އާންމުންނަށް ނުރައްކާވާ ގޮތަށް ހުރި މަގުބައްތިތަކުގެ މައްސަލަތައް ހައްލުކުރަން ހަ މަހުގެ މުއްދަތެއް ދެނީ

އާދަމް ޝަރީފް: މަގުބައްތީގެ މައްސަލަ ހައްލުކުރަން ހަ މަހުގެ މުއްދަތެއް ދޭން އެއްބަސްވުމަށް އާދެވިފައިވާ ކަމަށް ވިދާޅުވި -- ފޮޓޯ: ރައީސް އޮފީސް

އާދަމް ޝަރީފް: މަގުބައްތީގެ މައްސަލަ ހައްލުކުރަން ހަ މަހުގެ މުއްދަތެއް ދޭން އެއްބަސްވުމަށް އާދެވިފައިވާ ކަމަށް ވިދާޅުވި -- ފޮޓޯ: ރައީސް އޮފީސް

ރައްކާތެރިކަމުގެ މިންގަނޑުތަކާ ހިލާފަށް އާތު ލީކޭޖް ސާކިއުޓް ބްރޭކާ (އީއެލްސީބީ) ހަރުނުކުރާ މަގު ބައްތިތައް މިންގަނޑަށް ފައްތަން ހަ މަސް ދުވަހުގެ މުއްދަތެއް ދޭން ޔޫޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީއާއެކު އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށް ލޯކަލް ގަވަމަންޓް މިނިސްޓަރު އާދަމް ޝަރީފް މިއަދު ވިދާޅުވެއްޖެ އެވެ.

މާލެ ސިޓީ ކައުންސިލަށް އަލަށް އިންތިހާބުވި ކައުންސިލަރުން ހުވާކުރެއްވި ރަސްމިއްޔާތުގައި އާދަމް ޝަރީފް ވިދާޅުވީ މަހެއް ތެރޭގައި މަގުބައްތީގެ މައްސަލަ ހައްލު ކުރުމަށް ކައުންސިލްތަކަށް ޔޫޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީން އެންގުމުން އެކަން ކުރު މުއްދަތެއްގައި ކުރަން ދަތިތައް ދިމާވި ކަމަށެވެ.

"އިރާދަކުރެއްވިއްޔާ ފެނަކަ އާއި ރެގިއުލޭޓަރީ އޮތޯރިޓީ އާއި އަދި ފިނޭންސް މިނިސްޓްރީއާއެކު މަސައްކަތް ކޮށްގެން އަޅުގަނޑުމެން މަސައްކަތް ކުރަމުން މިދަނީ ތިން މަސް ނުވަތަ ހަ މަސް ދުވަހުގެ ތެރޭގައި ޕްލޭނެއް އެކުލަވާލެވި އެ ޕްލޭންގެ ދަށުން ރަށްރަށުގެ މަގުބައްތިތަކުގެ މައްސަލަ ހައްލު ކުރުން،" އާދަމް ޝަރީފް ވިދާޅުވި އެވެ.

އާދަމް ޝަރީފް ވަނީ ކައުންސިލްތަކަށް ދިމާވާ މިފަދަ މައްސަލަތަކަށް ސަރުކާރުން އެކި ތަންތަނާ ގުޅިގެން މަސައްކަތްކޮށް ހައްލު ހޯދައިދޭނެ ކަމުގެ ޔަގީންކަން ދީފަ އެވެ.

މަގު ބައްތިތަކާ ގުޅޭ މައްސަލަ ފެންމަތިވީ ދުވާފަރުވައި މެއި 23، ގައި ހިނގި ހާދިސާއެއްގައި، ޒުވާނަކު ކަރަންޓުގައި ޖެހިގެން، ފަރުވާދެނިކޮށް މަރުވުމާ ގުޅިގެންނެވެ.

އެކަމާ ގުޅިގެން ފެނަކައިން ހެދި އިންސްޕެކްޝަނުން ފާހަގަކުރެވިފައި ވަނީ 144 ރަށެއްގައި މަގުބައްތިތައް ހުރީ ޔޫޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ މިންގަނޑަށް ނުފެތި އެވެ. އެއާއެކު ފެނަކައިން ވަނީ އޯގަސްޓް 21، ގެ ނިޔަލަށް މަގުބައްތިތައް މިންގަނޑަށް ފެއްތުމަށް އޭރު މުއްދަތެއް ދީފަ އެވެ.

ރަށްރަށުގެ މަގުބައްތިތައް ބަލަހައްޓައި، މެއިންޓެއިން ކުރުމަކީ ކައުންސިލުތަކުގެ ޒިންމާއެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައުދުގެ މައްޗަށް ކުރާ ދައުވާތައް އަނބުރައި ގެންދަން ގޮވާލައިފި

އެ ޕާޓީން ބުނީ މިއީ ކައުންސިލްގެ ނިންމުމަކަށް ސައުދު ފަރުދީގޮތުން ޒިންމާކުރުވައި، އޭނާގެ މޭޔަރުކަމުގެ މަގާމު ގެއްލުވާލުމަށް ސިޔާސީ ބޭނުމެއްގައި ކުރާ ކަމެއް ކަމަށް. އަދި އެކަށީގެންވާ ހެކި ނެތް މި މައްސަލައިގެ ޝަރީއަތް އަވަސް އަރުވާލައިގެން ކުރިއަށް ގެންދިއުމަކީ ގާނޫނުއަސާސީއާ ހިލާފު ކަމެއް ކަމަށްވެސް އެމްޑީޕީން ފާހަގަކޮށްފައިވޭ.

ވެމްކޯގެ ބައެއް މުވައްޒަފުންނަށް އަދިވެސް މުސާރަ ނުދޭ

ވެމްކޯގެ ބައެއް މުވައްޒަފުންނަށް މިދިޔަ މަހުގެ މުސާރަ އަދިވެސް ނުލިބޭތީ، ބިލްތައް ނުދެއްކި ޖޫރިމަނާވުމާއި ކުލި ދެއްކުން ލަސްވުމުގެ ކަންބޮޑުވުން މުވައްޒަފުން ފާޅުކޮށްފިއެވެ. މުސާރަ ދިނުން ލަސްވާ މައްސަލަ މިދިޔަ އަހަރުން ފެށިގެން ކުރިމަތިވަމުންދާއިރު، މިހާރު ގިނަ މުވައްޒަފުންނަށް މުސާރަ ލިބެނީ ކޮންމެ މަހެއްގެވެސް 10 ވަނަ ދުވަހާ ގާތްވުމުންނެވެ.

ރަސްމާލެ ވިއްކުމާ ދެކޮޅު ހަރަކާތުން އަދާލަތަށް މަރުހަބާ ކިޔައިފި

އެ ހަރަކާތުން ބުނިގޮތުގައި، ގައުމުގެ ސަލާމަތާއި ދީނީ އެއްބައިވަންތަކަމަށް އުނިކަން ލިބޭ ގޮތަށް މި މަޝްރޫއު ކުރިއަށް ނުގެންދިއުމަށް އަދާލަތުން ގޮވާލި ގޮވާލުމަށް ފުރިހަމައަށް ތާއީދުކުރެއެވެ.

ރަސްމާލެ އެއްވުމުގައި ފައިސަލް ވެސް ބައިވެރިވަނީ

މި އެއްވުމުގައި ކުރީގެ ރައީސް ޔާމީން ވެސް ބައިވެރިވެވަޑައިގަންނަވާއިރު، މިއީ ރަސްމާލޭގެ ބޮޑު ސަރަހައްދެއް ބޭރު ކުންފުންޏަކަށް ވިއްކާލުމާ ދެކޮޅަށް ބާއްވާ ހަރަކާތެއް. ސަރުކާރުން މިހާރު ވަނީ މި މަޝްރޫއު ކުރިއަށް ގެންދިއުމަށް ބޭނުންވާ ގާނޫނީ ބަދަލުތައް މަޖިލީހަށް ހުށަހަޅައިފަ.

ދައުލަތުގެ އިއްޒަތުގެ ޝަރަފުވެރިންގެ މަޖިލީހެއް އެކުލަވާލައިފި

ރައީސް މުއިއްޒު ރިޔާސަތު ބަލަހައްޓަވާ މި މަޖިލީހަކީ މިނިވަން ދުވަހުގެ ޖަލްސާގައި އެމަނިކުފާނު ވެވަޑައިގެންނެވި ވައުދާ އެއްގޮތަށް އުފެއްދެވި މަޖިލީހެކެވެ. މީގެ އިތުރުން އެކި ދާއިރާތަކުގެ ތަޖުރިބާކާރުން ހިމެނޭ 150 މީހުންގެ ގައުމީ މަޖިލީހެއް އެކުލަވާލުމަށް ވެސް ވަނީ ނިންމާފައެވެ.

ކަނދެއް ހަލާކުވެ ޓީއެމްއޭގެ ސީޕްލޭނެއް ދިޔަވެއްޖެ

ހުޅުލޭ ސީ-ޕްލޭން ޓާމިނަލުން ފުރަން އުޅުނު ބޯޓެއް އެކްސިޑެންޓުވެ، އޭގައި ތިބި މީހުން މޫދަށް ފުންމާލި ނަމަވެސް އެއްވެސް މީހަކަށް އަނިޔާ ލިބުނު ކަމެއް މިހާތަނަށް ނޭނގޭ. މި ހާދިސާ ހިނގާފައިވަނީ ބޯޓު ފުރަންވެގެން ޑޮކުން ނައްޓާލި ވަގުތު. އަދި ކަމާބެހޭ ފަރާތްތަކުން މިހާރު ދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން.

ޒަޔަނިސްޓުންނަށް ރާއްޖޭގެ ވެލިފުކެއް ވެސް ދީގެންނުވާނެ: ހުސައިން

އޭނާ މިހެން ވިދާޅުވީ ރަސްމާލޭގެ ބޮޑު ބައެއް ބޭރު ކުންފުންޏަކަށް ދީ، އެތަނުގައި ބޭރު މީހުންނަށް ދާއިމީކޮށް ވަޒަންވެރިވެވޭ ގޮތަށް ރިއަލް އެސްޓޭޓް ބިލެއް ސަރުކާރުން ހުށަހަޅާފައިވާ ދަނޑިވަޅެއްގައެވެ.

Newsletter

Get the latest news delivered straight to your inbox