ބަންގްލަދޭޝްގައި ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން މޯލްޑިވިއަން އިން ޑާކާއަށް ކުރާ ދަތުރުތައް ކެންސަލްކޮށްފި

މޯލްޑިވިއަންގެ މަތިންދާ ބޯޓެއް: ގައުމީ އެއާލައިނުން ޑާކާއަށް ކުރާ ދަތުރުތައް ވަނީ ހުއްޓާލާފަ --- ފޮޓޯ: މޯލްޑިވިއަން

މޯލްޑިވިއަންގެ މަތިންދާ ބޯޓެއް: ގައުމީ އެއާލައިނުން ޑާކާއަށް ކުރާ ދަތުރުތައް ވަނީ ހުއްޓާލާފަ --- ފޮޓޯ: މޯލްޑިވިއަން

ދާހިލީ ހަމަނުޖެހުންތައް ގޯސްވެ، ބޮޑުވަޒީރު އިސްތިއުފާދީފައިވާ ބަންގްލަދޭޝްގެ ވެރިރަށް ޑާކާއަށް ގައުމީ އެއާލައިން މޯލްޑިވިއަނުން ކުރާ ދަތުރުތައް ހުއްޓާލައިފި އެވެ.

މޯލްޑިވިއަނުން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނީ މިއަދު ޑާކާއަށް އަދި ޑާކާއިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ކުރަން ޝެޑިއުލްކުރި ފުލައިޓުތައް ކެންސަލް ކޮށްފައިވާ ކަމަށެވެ. އަދި، އެ ގައުމުގެ ހާލަތު ގާތުން ބަލަމުންދާ ކަމަށް ވެސް އެއާލައިނުން ބުންޏެވެ.

"މި ހާލަތުގައި އަޅުގަނޑުމެންގެ ފަސިންޖަރުންނަށް ފުރިހަމަ އެހީތެރިކަން ދޭނަން، އެންމެ މުހިންމު ކަމަކީ ފަސިންޖަރުންނާއި ކުންފުނީގެ ކްރޫއިންގެ ރައްކާތެރިކަން،" މޯލްޑިވިއަންގެ ޕޯސްޓުގައިވެ އެވެ.

މީގެ ދެތިން ހަފުތާ ކުރިން އެ މުޒާހަރާތައް ފެށީ 1971 ގައި ޕާކިސްތާނާ ދެކޮޅަށް ހަނގުރާމަކުރި އެ ގައުމުގެ އަސްކަރިއްޔާގެ މީހުންނަށް ސަރުކާރުން ދޭ 30 ޕަސަންޓުގެ ވަޒީފާގެ ކޯޓާ ބަދަލު ކުރުމަށެވެ. ނަމަވެސް ސަރުކާރުގެ އެ ނިންމުން ބަދަލުކޮށް، ބަންގްލަދޭޝްގެ ސުޕްރީމް ކޯޓުން ވަނީ ފަސް ޕަސަންޓަށް ކޯޓާގެ އަދަދު ކުޑަކޮށްފަ އެވެ.

މި މުޒާހަރާތަކުގެ ބައިވެރިންނާ ދެކޮޅަށް އެ ގައުމުގެ ސިފައިން ބާރުގެ ބޭނުންކުރުމުގެ ސަބަބުން 300 އަށްވުރެ ގިނަ މީހުން މަރުވި އެވެ. ހަސީނާ އިސްތިއުފާ ދެއްވުމުގެ ކުރިއަށް ހިނގި 24 ގަޑިއިރުގެ ތެރޭގައި އެކަނިވެސް 100 މީހުން މަރުވި އެވެ.

ގިނަ ބަޔަކު ހައްޔަރުވެސް ކުރި މި މުޒާހަރާގެ ބައިވެރިން އިއްޔެ މެންދުރުފަހު ޑާކާގައި ހުންނަ ހަސީނާގެ ރިޔާސީ ގަނޑުވަރަށް ވަދެގަތެވެ. އޭރު، ބަންގްލަދޭޝްގައި އެންމެ ގިނަ ދުވަހު ވެރިކަން ކުރެއްވި ހަސީނާ ވަނީ އެ ތަން ދޫކޮށް ފިއްލަވާފަ އެވެ. އިސްތިއުފާ ދެއްވުމަށްފަހު އޭނާ މިހާރު ވަނީ ގައުމު ދޫކޮށް އިންޑިއާއަށް ވަޑައިގެންފަ އެވެ.

ބަންގްލަދޭޝްގައި 91 ދަރިވަރުންނާ އެކު ޖުމުލަ 119 ދިވެހިން ތިބި ކަމަށް ސަރުކާރުން ބުނާއިރު އެ މީހުން ސަމާލުވުމަށް ދެ ފަހަރެއްގެ މަތިން ފޮރިން މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފަ އެވެ. އަދި ހަމަނުޖެހުންތައް ކުރިއަށްދިޔަ ނަމަވެސް ދިވެހިންގެ ހާލު ރަނގަޅު ކަމަށް އެ ވުޒާރާއިން ތަކުރާރުކޮށް ބުނެފައިވެ އެވެ.

titledesc

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox