އެޑިއުކޭޝަން މިނިސްޓްރީގައި 32 ސިޔާސީ މުވައްޒަފުން، މުސާރައަށް މަހަކު މިލިއަނެއް

އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު: އެ މިނިސްޓްރީން ސިޔާސީ މުވައްޒަފުންގެ އަދަދު ހާމަކުރީ އެ މައުލޫމާތު ދޭން އައިކޮމް އިން އެންގުމުން --- ފޮޓޯ: ރައީސް އޮފީސް

އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު: އެ މިނިސްޓްރީން ސިޔާސީ މުވައްޒަފުންގެ އަދަދު ހާމަކުރީ އެ މައުލޫމާތު ދޭން އައިކޮމް އިން އެންގުމުން --- ފޮޓޯ: ރައީސް އޮފީސް

ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން މެއި މަހުގެ ދެވަނަ ދުވަހާ ހަމައަށް މިނިސްޓްރީ އޮފް އެޑިއުކޭޝަނަށް 32 ސިޔާސީ މުވައްޒަފުން އައްޔަނު ކޮށްފައިވާ ކަމަށް އެ މިނިސްޓްރީން މައުލޫމާތު ދީފި އެވެ.

މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން "އަދަދު" ނޫހުން ވަނީ ނޮވެމްބަރު 17, 2023 އިން މެއި 1, 2024 އާ ހަމައަށް އެ މިނިސްޓްރީގައި ތިބި ސިޔާސީ މުވައްޒަފުންގެ މައުލޫމާތު ހޯދުމަށް އެދިފަ އެވެ.

މެއި 2، ގައި އެދުނު މި މައުލޫމާތު ދިނުމަށް ގާނޫނުން ލާޒިމުކުރާ މުއްދަތުގައި މިނިސްޓްރީން ޖަވާބެއް ނުދިނެވެ. އެ މައްސަލާގެ އަޑުއެހުމެއް ތާވަލުކުރުމާއެކު ޖުލައި 18، ގައި އެޑިއުކޭޝަން މިނިސްޓްރީން ވަނީ ދެވަނަ ޖަވާބެއް ދީފަ އެވެ.

އެ ޖަވާބުގައި ބުނެފައިވަނީ މައުލޫމާތު ހޯދާ ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ "31 ވަނަ މާއްދާގެ (1) ވަނަ ނަންބަރަށް ރިއާޔަތްކޮށް އެދިލައްވާފައިވާ މައުލޫމާތު ދެވެން ނެތް," ކަމަށެވެ. ނަމަވެސް ޖެހިގެން އައި ހަފުތާ މި މައްސަލާގައި ބޭއްވި ދެވަނަ އަޑުއެހުމުގައި އައިކޮމް އިން ވަނީ އެ މައުލޫމާތު ހިއްސާކުރުމަށް މިނިސްޓްރީއަށް އަންގާފަ އެވެ.

އެ އަޑުއެހުމުގައި، މައުލޫމާތު ދެވެން ނެތް ކަމަށް ބުނެ ޖަވާބު ފޮނުވީ މައުލޫމާތު ނުދިނުމުގެ ނިޔަތުގައި ނޫން ކަމަށްވެސް އެޑިއުކޭޝަންގެ އިންފޮމޭޝަން އޮފިސަރު ވިދާޅުވި އެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ ސިޔާސީ މަގާމުތަކުގެ އަދަދާއި ލިބޭ މުސާރަ

  • މިނިސްޓަރު - 58,500ރ.
  • ހަ ސްޓޭޓް މިނިސްޓަރުން - މީހަކަށް 43,500ރ
  • 13 ޑެޕިއުޓީ މިނިސްޓަރުން - މީހަކަށް 31,500ރ.
  • ނުވަ ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރުން - މީހަކަށް 25,500ރ.
  • ތިން ޕޮލިޓިކަލް ޑިރެކްޓަރުން - 20،500ރ.

މި މައުލޫމާތަށް ބަލާއިރު އެ މިނިސްޓްރީގެ ސިޔާސީ މުވައްޒަފުންގެ މުސާރަ ދިނުމަށް މަހެއްގެ މައްޗަށް މިލިއަނަކަށްވުރެ ގިނަ ރުފިޔާ ހަރަދުވާނެ އެވެ. އެއީ، އަހަރެއްގެ މައްޗަށް ބަލާނަމަ، އެއީ 12.2 މިލިއަން ރުފިޔާ އެވެ. ފަސް އަހަރަށް ހިސާބުކުރާ ނަމަ 61.2 މިލިއަން ރުފިޔާ އެވެ.

މި ސަރުކާރު ވެރިކަމަށް އައީ ސިޔާސި މުވައްޒަފުންގެ އަދަދު 700 އަށްވުރެ ގިނަ ނުކުރާނެ ކަމުގެ ވައުދާ އެކު އެވެ. ނަމަވެސް، މި ނޫހަށް މިހާތަނަށް 18 ވުޒާރާގައި އެކަނިވެސް 799 ސިޔާސީ މުވައްޒަފުން ތިއްބެވެ. އެޑިއުކޭޝަނާއެކު އެ އަދަދު ވަނީ 831 އަށް އަރާފަ އެވެ.

ސިޔާސީ މުވައްޒަފުންގެ ތެރޭގައި ރައީސް އޮފީހާއި މުލީއާގެ އަދި ހިލާލީގޭގެ މުވައްޒަފުންވެސް ހިމެނެ އެވެ. ނަމަވެސް، ސަރުކާރުގެ ސިޔާސީ މުވައްޒަފުންގެ ޖުމްލަ އަދަދު ރަސްމީކޮށް ހާމަކުރުމަށް ރައީސް އޮފީހުން ވަނީ ތަކުރާރުކޮށް ދެކޮޅު ހަދައިފަ އެވެ.

ވައުދާ ހިލާފުވެފައިވީ ނަމަވެސް، ސިޔާސީ މުވައްޒަފުންގެ ގޮތުގައި މިހާރު ތިބި މީހުންގެ އިތުރަށް، އަދިވެސް ސިޔާސީ މަގާމުތަކަށް މީހުން އައްޔަން ކުރާނެ ކަމުގެ އިޝާރާތެއް ވެރިކަންކުރާ ޕީއެންސީގެ އިސްވެރިން ވަނީ ޖުލައި 31، ގައި ދީފަ އެވެ.

އިތުރަށް ކިޔާލުމަށް

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox