ރާއްޖޭގައި ހުކުރު ކުރާ ހުރިހާ މިސްކިތެއްގައި ހަނިއްޔާގެ މައްޗަށް ޣައިބަށް ކަށުނަމާދު ކުރަން އެދިއްޖެ

ރާއްޖޭގައި ހުކުރު ކުރާ ހުރިހާ މިސްކިތެއްގައި ހަނިއްޔާގެ މައްޗަށް ޣައިބަށް ކަށުނަމާދު ކުރަން އެދިއްޖެ

ހަމާސްގެ ލީޑަރު، އިސްމާއީލް ހަނިއްޔާގެ މައްޗަށް މިއަދުގެ ހުކުރު ނަމާދަށް ފަހު ޣައިބަށް ކަށުނަމާދުކޮށް ދިނުމަށް އަދާލަތު ޕާޓީން އެދިއްޖެ އެވެ.

ހަނިއްޔާ ޝަހީދުކޮށްލީ އިރާނުގެ އައު ރައީސް ހުވާ ކުރެއްވުމުގެ ރަސްމިއްޔާތަށް އެ ގައުމުގެ ވެރި ރަށް، ތެހެރާނަށް ވަޑައިގެން ހުންނަވަނިކޮށް ބުދަ ދުވަހުގެ ފަތިހު އެވެ. ހަނިއްޔާ ޝަހީދުކޮށްލި ހަމަލާ ދީފައި ވަނީ އޭނާ ހުންނެވި އިމާރާތަށް ދިން ހަމަލާއެއްގަ އެވެ. އެ ހަމަލާގައި ހަނިއްޔާގެ ބޮޑީ ގާޑެއް ވެސް ޝަހީދުވެފައިވެ އެވެ.

ހަނިއްޔާގެ މައްޗަށް ޣައިބަށް ކަށުނަމާދު ކޮށް ދިނުމަށް އެދި އަދާލަތު ޕާޓީން، އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމަށް ފޮނުވި ސިޓީގައި ބުނެފައި ވަނީ ހަނިއްޔާ އަކީ ފަލަސްތީނުގެ މިނިވަންކަމާއި އިސްލާމީ އުންމަތަށްޓަކައި މަތިވެރި ގުރުބާނީތަކެއް ވެވަޑައިގެންނެވި އަބުޠާލެއް ކަމަށާއި، އެފަދަ ބޭފުޅުންގެ އަގު ވަޒަން ކުރުމަކީ އުންމަތުގެ ކޮންމެ ފަރުކު ވެސް ކުރަންޖެހޭ ކަމެއް ކަމަށެވެ.

"ހާއްސަކޮށް އިސްލާމީ ގައުމުތަކުގެ އިސްލާމީ މުއައްސަސާތަކަކީ މިކަމުގައި އިސް ނެގުން އެންމެ އައުލާވެގެންވާ ފަރާތްތައް ކަމުގައި ވީހިނދު ޝަހީދު އަލްޤާއިދާ އިސްމާއީލް ހަނިއްޔާގެ މައްޗަށް ޣައިބަށް ކަށުނަމާދު ކޮށް ދިނުމަކީ އެ މަނިކުފާނާއި ފަލަސްތީނުގެ ރައްޔިތުންނާއި އަދި އިސްލާމީ އުންމަތުގެ ހައްގުގައި ކުރަންޖެހޭ ކަމެއް ކަމުގައި ދެކެމެވެ،" އެ ސިޓީގައި ބުނެފައިވެ އެވެ.

އެހެންވެ، ދިވެހިރާއްޖޭގައި ހުކުރުކުރާ ހުރިހާ މިސްކިތެއްގައި މިއަދުގެ ހުކުރު ނަމާދަށް ފަހު ހަނިއްޔާގެ މައްޗަށް ޣައިބަށް ކަށުނަމާދު ކުރުމުގެ އިންތިޒާމު ހަމަޖައްސައި ދެއްވުމަށް އެ ޕާޓީން އެދެ އެވެ. ނަމަވެސް އެ އިންތިޒާމު ހަމައްސާފައިވާކަން އިސްލާމިކް މިނިސްޓްރީން ހާމައެއް ނުކުރެ އެވެ.

ހަނިއްޔާ އަށް ދިން ހަމަލާގެ ޒިންމާ އަދި އެއްވެސް ފަރާތަކުން އުފުލައިފައެއް ނުވެ އެވެ. ނަމަވެސް އެއީ އިޒްރޭލުން ދިން ހަމަލާއެއް ކަމަށް ހަމާސްއިން ވަނީ ތުހުމަތުކޮށްފަ އެވެ.

އެ ހަމަލާ ގިނަ ގައުމުތަކަކުން ކުށްވެރި ކުރަމުން ދިޔައިރު، ދިވެހި ސަރުކާރުން އެ ކަމާ ގުޅޭ ގޮތުން ބަހެއް ބުނީ، އެ ހަމަލާ ދިވެހި ސަރުކާރުން ކުށްވެރި ނުކުރާތީ އާންމުން ފާޑުކިޔަމުން ދަނިކޮށެވެ.

ހަނިއްޔާ އަށް ދިން ހަމަލާ ރާއްޖެއިން ކުށްވެރި ނުކޮށްގެން، ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ހާޒިރު ވެސް ސަރުކާރަށް ފާޑުވިދާޅުވި އެވެ.

ނަމަވެސް ފޮރިން މިނިސްޓްރީން ބަޔާން ނެރުނީ ހަނިއްޔާގެ ޖަނާޒާ ބާއްވައި ނިމުނު ފަހުންނެވެ.

ތެހެރާނުގައި އިއްޔެ ބޭއްވި ޖަނާޒާގައި ގިނަ އަދަދެއްގެ މީހުން ބައިވެރިވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox