ހަނިއްޔާ ޝަހީދުކޮށްލުން ރާއްޖެއިން ކުށްވެރި ކުރީ އޭނާގެ ޖަނާޒާ ވެސް ބޭއްވިފަހުން

ފޮރިން މިނިސްޓަރީގެ އިސް ބޭފުޅުންނާ އެކު ރައީސް ޑރ. މުހައްމަދު މުއިއްޒު --- ފޮޓޯ: ރައީސް އޮފީސް

ފޮރިން މިނިސްޓަރީގެ އިސް ބޭފުޅުންނާ އެކު ރައީސް ޑރ. މުހައްމަދު މުއިއްޒު --- ފޮޓޯ: ރައީސް އޮފީސް

ހަމާސްގެ ލީޑަރު، އިސްމާއިލް ހަނިއްޔާއަށް ހަމަލާދީ ޝަހީދުކޮށްލުން ކުށްވެރިކޮށް ރާއްޖޭގެ ފޮރިން މިނިސްޓަރީން ދެންމެ ބަޔާނެއް ނެރެފި އެވެ.

އެ ބަޔާން ނެރުނުއިރު، މިއަދު ހެނދުނު ވަނީ ހަނިއްޔާގެ ޖަނާޒާ ވެސް ބާއްވައިފަ އެވެ.

ފޮރިން މިނިސްޓަރީން މިއަދު ނެރުނު ބަޔާނުގައި ބުނީ އިއްޔެ ރޭ ހަނިއްޔާއަށް ދިން ހަމަލާ ކުށްވެރި ކުރާ ކަމަށެވެ.

"އިރާނުގައި ހުންނަވަނިކޮށް ހަމާސްގެ ޕޮލިޓިކަލް ބިއުރޯގެ ޗީފް، އިސްމާއިލް ހަނިއްޔާ އަވަހާރަކޮށްލުން ދިވެހިރާއްޖޭގެ ސަރުކާރުން ކުށްވެރި ކުރަން،" ފޮރިން މިނިސްޓަރީން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.

ފޮރިން މިނިސްޓަރީން ބަޔާނެއް ނެރެފައި މިވަނީ އެ ހަމަލާ އާ ގުޅިގެން ރާއްޖެއިން އެއްވެސް ބަހެއް ބުނެފައި ނުވާތީ އެކަމަށް އާންމުންގެ ނުރުހުން އަމާޒުވިފަހުންނެވެ. ހަނިއްޔާއަށް ދިން ހަމަލާ އާ ދެކޮޅަށް ދުނިޔޭގެ ބޮޑެތި ގައުމުތަކުން ވަނީ އިއްޔެ ބަސް ބުނެފަ އެވެ. އޭގެތެރޭގައި ރާއްޖޭގެ އަވަށްޓެރި ސްރީލަންކާ އާއި ޕާކިސްތާން ވެސް ހިމެނެ އެވެ.

ހަނިއްޔާ ޝަހީދުކޮށްލާފައި ވަނީ އިރާނުގެ އައު ރައީސް ހުވާ ކުރެއްވުމުގެ ރަސްމިއްޔާތަށް އެގައުމުގެ ވެރި ރަށް، ތެހެރާނަށް ވަޑައިގެން ހުންނަވަނިކޮށް އިއްޔެ ރޭ ފަތިހު އެވެ. ހަނިއްޔެ ޝަހީދުކޮށްލި ހަމަލާ ދީފައި ވަނީ އޭނާ ހުންނެވި އިމާރާތަށް ދިން ހަމަލާއެއްގަ އެވެ. އެ ހަމަލާގައި ހަނިއްޔާގެ ބޮޑީ ގާޑެއް ވެސް ޝަހީދުފައިވެ އެވެ.

ހަނިއްޔާ އަށް ދިން ހަމަލާގެ ޒިންމާ އަދި އެއްވެސް ފަރާތަކުން އުފުލައިފައެއް ނުވެ އެވެ. ނަމަވެސް އެއީ އިޒްރޭލުން ދިން ހަމަލާއެއް ކަމަށް ހަމާސްއިން ވަނީ ތުހުމަތުކޮށްފަ އެވެ. ހަމަލާ އާ ގުޅިގެން އިރާނުގެ ރޫހާނީ ލީޑަރު، އާޔަތުﷲ ހާމަނާއީ ވަނީ ރައްދުގައި އިޒްރޭލަށް ހަމަލާ ދިނުމަށް އެގައުމުގެ ސިފައިންނަށް އަންގައިފަ އެވެ.

ފޮރިން މިނިސްޓަރީން މިއަދު ނެރުނު ބަޔާނުގައި ގާޒާގައި ހިނގަމުންދާ ޖެނޮސައިޑް ސިފަކޮށްފައި ވަނީ ކާރިސާއެއް ގޮތަށެވެ. ދެ ޖުމުލަ ހިމެނޭ ބަޔާނުގައި "ޖެނޮސައިޑް" ލަފުޒު ވެސް އަދި އިޒްރޭލުގެ ނަން ވެސް ހިމަނައިފައެއް ނުވެ އެވެ.

ބަޔާނުގައި ގޮވާލައިފައި ވަނީ ބައިނަލްއަގުވާމީ ގާނޫނުތައް ނަގަހައްޓައިގެން ގާޒާގައި ހިނގަމުންދާ "ކާރިސާ" އަށް ދާއިމީ ހައްލެއް ހޯދައިދިނުމަށް ހުރިހާ ގައުމަކުން މަސައްކަތް ކުރުމަށް އެދި ރާއްޖެއިން ގޮވައިލާ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox