ބޮޑުހިތި ތިލަ އާއި އޮއްކޮބޭ ތިލަ ހިމާޔަތްކޮށްފި

ކ. ބޮޑުހިތި ތިލަ: ހިމާޔަތް ކޮށްފައިވާ ތަނެއް ކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން ވަނީ ކަނޑައަޅާފައި

ކ. ބޮޑުހިތި ތިލަ: ހިމާޔަތް ކޮށްފައިވާ ތަނެއް ކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން ވަނީ ކަނޑައަޅާފައި

ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމުގެ ގޮތުން ކ. ބޮޑުހިތި ތިލަ އާއި ކ. އޮއްކޮބޭ ތިލަ އަކީ ހިމާޔަތްކޮށްފައިވާ ސަރަހައްދެއް ކަމަށް މިއަދު ކަނޑައަޅައިފި އެވެ.

އެންވަޔަރަމަންޓް މިނިސްޓްރީން ބުނީ އެ ދެ ތިލަ ހިމާޔަތްކުރަން ނިންމީ މިނިސްޓްރީއަށް ލިބިފައިވާ ބާރުގެ ދަށުން ކަމަށާއި އެ ސަރަހައްދު ބެލެހެއްޓުމުގައި އަމަލު ކުރާނީ ގުދުރަތީ ނުވަތަ ތަބީއީ ގޮތުގައި ރައްކާތެރިކޮށް ދަމަހައްޓާ ތަންތަނާ ބެހޭ ގަވާއިދަށް ކަމަށެވެ.

ބޮޑުހިތި ތިލަ ސަރަހައްދަކީ މާލެ އަތޮޅުގެ ހުޅަނގު ފަރާތުގައިވާ ސަރަހައްދެކެވެ. އެ ތިލައަކީ ކ. ރަސްފަރި އާއި ކ. އުލާނީ ފަޅާއި ދޭތެރޭގައިވާ ކަނޑުއޮޅި މެދުގައިވާ ތިލައެކެވެ. އެގޮތުން ގިނަ އަދަދެއްގެ މުރަކަ އާއި ފަރުމަސް އަދި ކަނޑުމަސް ދިރިއުޅެމުންދާ ތަނެކެވެ.

އެ ސަރަހައްދަކީ އިރުވައި މޫސުމުގައި ގިނަ އަދަދެއްގެ އެންމަޑި ސާފުވުމަށް އެއްވެއުޅޭ ސަރަހައްދެއް ކަމަށް ވަނީ ރެކޯޑު ކުރެވިފަ އެ ތިލައަކީ މިހާރު ވެސް އާންމު ގޮތެއްގައި ދިވެހިންނާއި ޓޫރިސްޓު ފީނުމަށް ބޭނުންކުރާ ތަނެކެވެ.

އޮއްކޮބޭ ތިލައަކީ މާލެ އަތޮޅުގެ އިރުމަތީފަރާތުގައި އޮންނަ ސަރަހައްދެކެވެ. އެ ސަރަހައްދަކީ ގިނަ އަދަދެއްގެ ހޮހަޅަ އާއި "އޯވާހޭންގްސް" ހެދިފައިވާ ދިރޭ މުރަކައިގެ އިންސައްތަ ބޮޑު ސަރަހައްދެކެވެ.

އެގޮތުން އެކި ބާވަތްތަކުގެ ފަރުމަހާއި، މުރަކަ، ގައު އަދި އެކި ކުލަކުލައިގެ "ސޮފްޓް ކޮރަލް" އެ ސަރަހައްދުގައި ގިނަ އަދަދަކަށް ފެނިފައިވެ އެވެ. ދިރާސާތަކުން ދައްކާ ގޮތުގައި އެ ސަރަހައްދުން 73 ބާވަތެއްގެ މަސް ދިރިއުޅެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox