ފޮތި ނެޕީ ބޭނުން ކުރަން ބާރުއަޅަން ނ. މަގޫދޫގައި "ބުޑު ފޮތި" ނަމުގައި ޕްރޮގުރާމެއް ފަށައިފި

މަގޫދޫގައި މިއަދު ފެށި "ބުޑު ފޮތި" ޕުރޮގުރާމުގެ ބައިވެރިންނަށް ހަދިޔާ ކުރި ނެޕީތައް -- ފޮޓޯ: މަގޫދޫ ކައުންސިލް

މަގޫދޫގައި މިއަދު ފެށި "ބުޑު ފޮތި" ޕުރޮގުރާމުގެ ބައިވެރިންނަށް ހަދިޔާ ކުރި ނެޕީތައް -- ފޮޓޯ: މަގޫދޫ ކައުންސިލް

ޕްލާސްޓިކުގެ ބަދަލުގައި ފޮތި ނެޕީ ބޭނުން ކުރުމަށް ބާރު އަޅަން "ބުޑު ފޮތި" ނަމުގައި ހާއްސަ ޕްރޮގުރާމެއް ނ. މަގޫދޫގައި ފަށައިފި އެވެ.

ތިން މަސްދުވަހަށް ކުރިއަށް ގެންދާ އެ ޕްރޮގުރާމު ހިންގަނީ މަގޫދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީއާއި އެރަށު ކައުންސިލާއި ސިއްހީ މަރުކަޒުގެ އިތުރުން ސޮނެވާ ނަމޫނާގެ އެހީތެރިކަމާ އެކު އެވެ.

އެ ޕްރޮގުރާމުގައި މަގޫދޫގައި ތިބި ނެޕީ ޖަހާ ހުރިހާ ކުދިންގެ އާއިލާތަކުން ބައިވެރިވެ އެވެ. މަގޫދޫގެ 32 އާއިލާއެއްގައި ނެޕީ ޖަހާ އުމުރުގެ ކުދިން ތިބެ އެވެ. އެ ހުރިހާ އާއިލާއަކަށް ވެސް "ބުޑު ފޮތި" ޕްރޮގުރާމުގެ ދަށުން ދޮވެގެން ބޭނުން ކުރެވޭ ނެޕީ ކިޓެއް ވަނީ ހަދިޔާ ކޮށްފަ އެވެ.

ދަރިންނަށް ރައްކާތެރި ސިއްހަތާއި ވެށްޓެއް ކަށަވަރު ކުރުމަށް މަސައްކަތްކޮށް އެކަމަށް ބާރުއަޅާ އާދަތައް އިސް ކުރުމަށް ޕްރޮގުރާމުގައި ބައިވެރިވި ހުރިހާ އެންމެން އެއްބަސްވުމެއްގައި ސޮއި ކުރި އެވެ.

ބުޑު ފޮތި ޕްރޮގުރާމު ފެށީ އެއްފަހަރު ބޭނުން ކޮށްފައި އެއްލާލާ ނެޕީ ބޭނުންކުރާ ގޮތާ ގުޅޭގޮތުން މަގޫދޫގައި ސާވޭއެއް ކުރިއަށް ގެންދިޔުމަށް ފަހު އެވެ.

އެ ސާވޭއިން ދައްކާ ގޮތުން މަހެއްގެ މައްޗަށް އެއްފަހަރު ބޭނުން ކޮށްފައި އުކާލާ ނެޕީ ގަތުމަށް ތުއްތު ކުއްޖަކު ބަލާ އާއިލާއަކުން މަހަކު 831ރ. ހަރަދު ކުރެ އެވެ. އެއީ ތިން އަހަރު ދުވަހަށް ބަލާނަމަ 30،000ރ. އެވެ.

މަގޫދޫގައި ތުއްތު ކުއްޖެއްގެ ނެޕީ އެވަރެޖުކޮށް ހަތަރު ފަހަރު ބަދަލު ކުރާކަމަށް އެ ސާވޭއިން ދައްކަ އެވެ. އެ އަދަދުން ތިން އަހަރަށް ބަލާނަމަ އެއީ 4320 ނެޕީ އެވެ.

ކުނި ނައްތާލުމުގެ މައްސަލައަކީ މަގޫދޫގައި ގޮންޖެހުންތަކެއް ހުރިކަން ފާހަގަކޮށް ސާވޭގައި ބުނެފައި ވަނީ އެރަށުގެ މިހާރު ތިބި ތުއްތު ކުދިން ބެނުން ކޮށްފައި އުކާލާ ނެޕީން ތިން އަހަރު ތެރޭގައި ހަ ވޮލީ ކޯޓު ފޮރުވައިލެވޭ ވަރަށް ކުނި އުފައްދާ ކަމަށެވެ.

ބުޑު ފޮތި ޕްރޮގްރާމާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސް މާޖިދާ ހަސަން ވިދާޅުވީ، ކުނި ނައްތާލުމުގައި އެންމެ ބޮޑު އުނދަގުލެއް ކުރިމަތި ވަނީ ނެޕީ ކުނީގެ ސަބަބުން ކަމަށެވެ. އަދި ނެޕީ ކުނި ޖަމާވެފައި ހުރުމަކީ ސިއްހީ ނުރައްކަލެއް ކުރިމަތިވުމުގެ ފުރުސަތު އޮންނަ ކަމެއް ކަމަށް ވެސް މާޖިދާ ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ ދަރިންނަށް މިއަށްވުރެ ދެމެހެއްޓެނިވި މާހައުލެއް ގާއިމުކުރުމާ އެކު، މި މައްސަލަ ހައްލުކުރުމަށް ބުޑު ފޮތި ކެމްޕޭނުން ހުށަހަޅަނީ އުއްމީދީ ހައްލެއް، އަޅުގަނޑުމެންނަށް އުފާވެރިކަން ލިބެނީ މި ޕްރޮގްރާމު މެދުވެރިކޮށް ބެލެނިވެރިންނަށް ދަރިންގެ ސިއްހަތައް އެންމެ ރައްކާތެރި ގޮތްތަކާއި އަދި ތަކެއްޗާއި ބެހޭ މައުލޫމާތު ލިބި އެތަކެތި ފަސޭހައިން ލިބޭނޭ ގޮތް ފަހިވެގެންދާނެތީ," މާޖިދާ ވިދާޅުވި އެވެ.

ބުޑު ފޮތި ޕްރޮގުރާމުގެ ތެރެއިން މަގޫދޫގައި ރީޓެއިލް ވިޔަފާރި ކުރާ ފިހާރަތަކަށް ދޮވެގެން ބޭނުންކުރާ ފޮތި ނެޕީއާ ގުޅޭ މައުލޫމާތު ދީފައިވެ އެވެ. އަދި ޕްރޮގުރާމުގެ ތެރެއިން ފޮތި ނެޕީ ރާއްޖެ އެތެރެކޮށް ހޯލްސޭލް ކުރާ، ޒީރޯ ވޭސްޓު މޯލްޑިވްސްއަށް ތައާރަފު ކޮށްދިނުމަށް ވެސް ނިންމައިފައިވެ އެވެ.

އެ ޕްރޮގުރާމުގެ ސަބަބުން އެއްފަހަރު ބޭނުން ކޮށްފައި އުކާލާ ތަކެތީގެ ބަދަލުގައި ގިނަ ފަހަރު ބޭނުން ކުރެވޭ ތަކެތި ފަސޭހައިން ލިބޭނެ ގޮތް ހަދައިދިނުމުގެ މުހިންމުކަން ފާހަގަވެގެންދާނެ ކަމަށެވެ.

އަދި ބުޑު ފޮތި ޕްރޮގުރާމުގެ ސަބަބުން ސަރުކާރާއި އަމިއްލަ ފަރާތްތަކުން ވެސް އެއްފަހަރު ބޭނުންކުމަށްފަހު އުކާލާ ތަކެތި ބޭނުން ކުރާ މިންވަރު މަދު ކުރުމަށް މަސައްކަތް ކުރާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ސޮނެވާ ނަމޫނާގެ ރެޑިއުސް މެނޭޖަރު ހަދީޖާ ހާމިދު ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ އުއްމީދަކީ މި މަސައްކަތުގެ ސަބަބުން ސަރުކާރާއި އަމިއްލަ ފަރާތްތަކުންވެސް އެއްފަހަރު ބޭނުންކޮށް އުކާލާ، ތިމާވެއްޓަށް ގެއްލުންދެނިވި ތަކެތި މަދުކުރުމަށް، އިތުރު މަސައްކަތްތަކެއް ކުރެވިގެންދިޔުން." ހަދީޖާ ވިދާޅުވި އެވެ.

"ބުޑު ފޮތި" ޕްރޮގުރާމު ކާމިޔާބު ޕްރޮގުރާމަކަށް ހެދުމަށްޓަކައި އޭގައި ބައިވެރިވާ މެންބަރުން ހިމެނޭ ސަޕޯޓު ގުރޫޕެއް އެކުލަވައިލި އެވެ. އެ ގުރޫޕުގެ ބޭނުމަކީ ޕްރޮގުރާމުގެ ބައިވެރިންގެ ތަޖުރިބާ އެހެން ބައިވެރިންނާ ހިއްސާކޮށް އެކަކު އަނެކަކުގެ ކިބައިން ދަސްކޮށް އެހީތެރިކަން ފޯޜުކޮށްދިނުމެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަދާލަތުން މުއިއްޒާއެކު ކޯލިޝަން ހަދަން ފާސްކޮށްފި

މި ދައުރުގެ ބާކީ އޮތް މުއްދަތުގައި ސަރުކާރުގައި ބައިވެރިވުމަށާއި، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް މުއިއްޒަށް ތާއީދުކޮށް ޕީއެންސީއާއެކު ކޯލިޝަން ހެދުމަށް އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ފާސްކޮށްފިއެވެ. މި ނިންމުމާއެކު ސަރުކާރުގެ އިސް މަގާމުތައް އެ ޕާޓީއަށް ދިނުމަށް ހަމަޖެހިފައިވާއިރު، ކޯލިޝަން އެއްބަސްވުމުގައި ސޮއިކުރުމުގެ ބާރު މިހާރު ވަނީ ޕާޓީގެ ރައީސަށް އަރުވާފައެވެ.

ދޮގުހެދުމުން ދުރުވުމަށް މުއިއްޒު އިލްތިމާސްކުރައްވައިފި

ދޮގުހެދުމާއި، ޣީބަބުނުމާއި، ފުރައްސާރަކުރުން ފަދަ ނުބައި ސިފަތަކުން ދުރުހެލިވެ މުޖުތަމައު ތާހިރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިލްތިމާސްކުރައްވައިފިއެވެ. "އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު" އިފްތިތާހުކޮށްދެއްވަމުން ރައީސް ވިދާޅުވީ، ރާއްޖެއަށް ބޭނުންވަނީ އުމްރާނީ ތަރައްގީގެ އިތުރުން ދިވެހިންގެ ފިކުރާއި އަހުލާގު ބިނާކުރުމުގެ މާނަވީ ތަރައްގީ ކަމަށެވެ.

އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު އިފުތިތާހުކޮށްފި

މުޖުތަމައުގައި އެކަކު އަނެކަކަށް އިހުތިރާމްކުރުމުގެ ސިފަ އާލާކުރުމަށް ސަރުކާރުން ފެށި ގައުމީ މަޝްރޫއު ރައީސުލްޖުމްހޫރިއްޔާ އިފުތިތާހުކޮށްދެއްވައިފިއެވެ. މި މަޝްރޫއުގެ މަގުސަދަކީ އިޖުތިމާއީ އަގުތަކާއި އަދަބުވެރިކަން ދިރުވައި އާލާކުރުން ކަމަށްވީ ނަމަވެސް، މި ރަސްމިއްޔާތަށް މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކުރުމާއި ދުވާ ޓްރެކް ބަންދުކުރުމުން އާންމުންގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

ޕީއެންސީ އާއެކު ކޯލިޝަން ހެދުމަށް އަދާލަތުން މަޝްވަރާކުރަނީ

ވެރިކަން ކުރާ ޕީއެންސީން ދީފައިވާ ދައުވަތަކަށް، އެ ޕާޓީއާއެކު ކޯލިޝަން ހެދުމާ ގުޅޭގޮތުން އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ދަނީ މަޝްވަރާ ކުރަމުންނެވެ. މިކަމާ މެދު އަދި ވަކި ގޮތެއް ނުނިންމި ނަމަވެސް، އަދާލަތު ޕާޓީގެ މިހާރުގެ ލީޑާޝިޕްގެ ވިސްނުން ހުރީ ސަރުކާރާ ގުޅިގެން ކުރިއަށް ދިއުމަށެވެ.

އިހުތިރާމް ކެމްޕެއިންގައި ބައިވެރިވާން މަޖުބޫރުކުރަނީ

ސަރުކާރުން ފަށާ "އިހުތިރާމް އަދާކުރުމުގެ ގައުމީ ކެމްޕެއިން" ލޯންޗުކުރުމުގެ ރަސްމިއްޔާތަށް ސިވިލް ސާވިސް މުވައްޒަފުންނާއި ކުންފުނިތަކުގެ މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކޮށް، ހާޒިރީ ބެލުމަށް ވަނީ އަންގާފައި. މިރޭ ބާއްވާ މި ހަރަކާތުގައި ބައިވެރިވުމަށް ސިވިލް ސާވިސް ކޮމިޝަނުންނާއި އޮފީސްތަކުގެ ވެރިން މުވައްޒަފުންނަށް ދަނީ އަންގަމުން.

ކޮޕް ސަމިޓަށް ފަހު މުއިއްޒު މާލެ ވަޑައިގެންފި

ސަމިޓުގެ ހަވާސާގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ އެކި ގައުމުތަކުގެ އިސްވެރިންނާއި، ބައިނަލްއަގުވާމީ ޖަމްއިއްޔާތަކުގެ ވެރިންގެ އިތުރުން މޫސުމާ ގުޅުންހުރި ދާއިރާތަކުގައި މަސައްކަތްކުރައްވާ އިސް ފަރާތްތަކާ ބައްދަލުކުރައްވައި، ރާއްޖެއަށް މުހިންމު ދާއިރާތަކުން މަޝްވަރާ ކުރައްވާފަ އެވެ.

އުޝާމާއި "ބްރަދާ އަބްދުﷲ"ގެ އިސްތިއުފާ އަށް އިމްރާން ގޮވާލައިފި

ބީލަމަކަށް ނުލައި ރަސްމާލެ ދޫކޮށްލުމުގައި ބޮޑެތި ޚިޔާނާތްތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރައްވައި، ބަންޑާރަ ނައިބު އަހުމަދު އުޝާމާއި "ބްރަދާ އަބްދުﷲ" އިސްތިއުފާ ދެއްވުމަށް ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގޮވާލައްވައިފިއެވެ. އިމްރާން ތުހުމަތުކުރެއްވި ގޮތުގައި ޔޫއޭއީގެ މަހުޖަނު އަލައްބާރު އަތުން "ބްރަދާ އަބްދުﷲ" އަށް ގިނަ އަދަދެއްގެ ފައިސާ ލިބިފައިވާ ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox