ޔޫރަޕް ކޮލިޓީގެ ހަތް ބޭހެއް ގަނޑުކޮށް އެތެރެކޮށް ސަރުކާރުން ވިއްކަން ފަށައިފި

ހުޅުމާލޭގައި ހުންނަ އެސްޓީއޯގެ ފާމަސީއެއް: ޔޫރަޕް ކޮލިޓީގެ ހަތް ބޭހެއް ބަލްކްކޮށް އެތެރެކޮށްފި

ހުޅުމާލޭގައި ހުންނަ އެސްޓީއޯގެ ފާމަސީއެއް: ޔޫރަޕް ކޮލިޓީގެ ހަތް ބޭހެއް ބަލްކްކޮށް އެތެރެކޮށްފި

ޔޫރަޕްގެ ގައުމުތަކުގައި ބޭނުން ކުރުމަށް އެ ގައުމުތަކުގެ ސިއްހީ އިދާރާތަކުން ހުއްދަ ދީފައިވާ ކޮލިޓީ ބޭސްތައް ގަނޑުކޮށް ރާއްޖެ ގެނައުމުގެ މަސައްކަތް ފަށައި ފުރަތަމަ މަރުހަލާއަށް ހަތް ބޭހެއް ގަނޑުކޮށް އެތެރެކޮށް ވިއްކަން ފަށައިފި އެވެ.

މި ކަން އިއުލާންކޮށް ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ)އާއި، ދައުލަތުގެ ހެލްތު އިންޝުއަރެންސް ހިންގާ އާސަންދަ ކުންފުންޏާއި ފުޑް އެންޑް ޑްރަގް އޮތޯރިޓީއާއި، ފިނޭންސް މިނިސްޓްރީއާއި، ހެލްތު މިނިސްޓްރީ، އަދި އެސްޓީއޯ ގުޅިގެން ޖޮއިންޓް ސްޓޭޓްމަންޓެއް ނެރެފަ އެވެ.

އެ ސްޓޭޓްމަންޓްގައި ވެސް ބުނެފައިވާ ގޮތުން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކެބިނެޓުން ފާސްކޮށް ނިންމަވާފައިވާ އާ ސިޔާސަތުގެ ދަށުން ރާއްޖެ އެތެރެކޮށް ބޭނުން ކުރެވޭނީ ޔޫރަޕްގެ ގައުމުތަކުގައި ބޭނުން ކުރުމަށް އެ ގައުމުތަކުގެ ސިއްހީ އިދާރާތަކުން ހުއްދަ ދީފައިވާ ކޮލިޓީ ބޭސް އެކަންޏެވެ.

މި ސިޔާސަތު ތަންފީޒު ކުރުމުގެ މަސައްކަތް މިއަދުން ފެށިގެން ފަށާފައިވާ ކަމަށް ޖޮއިންޓް ސްޓޭޓްމަންޓްގައިވެ އެވެ. އެ ގޮތުން ދެ މަރުހަލާއަކަށް ބަހާލައިގެން، އެސްޓީއޯއިން ރީޓެއިލްކޮށް އަދި ހޯލްސޭލްކޮށް އެ ބޭސްތައް ވިއްކަން ނިންމާފައިވާ ކަމަށާއި ފުރަތަމަ ތައާރަފު ކުރެވޭ ހަތް ބޭސް މިހާރު ލިބެން ހުންނާނެ ކަމަށް އޭގައި ބުނެފައިވެ އެވެ.

ސިޔާސަތަށް ގެނެވުނު މި ބަދަލާ ގުޅޭ ގޮތުން ސިއްހީ ދާއިރާގައި މަސައްކަތްކުރާ ހުރިހާ ޑޮކްޓަރުންނަށް ވެސް ފޯރުކޮށްދެވިފައިވާ ކަމަށް ބަޔާނުގައިވެ އެވެ. އަދި ބަދަލަށް އަހުލުވެރިވެ ތައްޔާރުވުމަށް ބޭނުންވާ ފަރާތްތަކަށް އެކަށޭނަ ވަގުތު ދިނުމުގެ ގޮތުން އަންނަ އޮކްޓޯބަރު މަހާ ހަމައަށް އަހުލުވެރި ކުރުމުގެ ޕްރޮގްރާމްތައް ހިންގާނެ ކަމަށް ބަޔާނުގައި ބުނެފައިވެ އެވެ.

މިހާރު އެތެރެކޮށްފައިވާ ބޭސްތަކުގެ ފުލް ކަވަރޭޖް އާސަންދަ ހިދުމަތުން ލިބޭނެ ކަމަށް ވެސް ބަޔާނުގައި ބުނެފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox