އަޒްމީލްއަށް ފަރުވާދިނުން ލަސްވި މައްސަލަ ބަލަނީ އެންޓި ޓޯޗާ ގާނޫނުގެ ދަށުން: އެޗްއާރްސީއެމް

އަޒްމީލް ވެއްޓުނު ކަމަށް ބުނާ އިމާރާތް: އޭނާ ވެއްޓުނީ އިމާރާތުގެ ފުރަތަމަ ފަންގިފިލާއިން، ވެއްޓި އޭނާއަށް އަނިޔާވުމުން ފުލުހުން ވަނީ ފަރުވާ ލަސްކޮށްފައި -- ފޮޓޯ: އަދަދު

އަޒްމީލް ވެއްޓުނު ކަމަށް ބުނާ އިމާރާތް: އޭނާ ވެއްޓުނީ އިމާރާތުގެ ފުރަތަމަ ފަންގިފިލާއިން، ވެއްޓި އޭނާއަށް އަނިޔާވުމުން ފުލުހުން ވަނީ ފަރުވާ ލަސްކޮށްފައި -- ފޮޓޯ: އަދަދު

ފުލުހުންގެ ބެލުމުގެ ދަށުން ޑްރަގު ކޯޓަށް ގެންދަން އުޅުނު މީހަކު އިމާރާތެއްގެ އެއްވަނަ ފަންގިފިލާއިން ވެއްޓި އަނިޔާވި މައްސަލަ ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް) އިން ބަލަމުންދަނީ އެންޓި ޓޯޗާ ގާނޫނުގެ ދަށުން ކަމަށް އެ ކޮމިޝަނުން ބުނެފި އެވެ.

އެންޓި ޓޯޗާގެ ގާނޫނުގެ ދަށުން ކުށެއް ސާބިތުވެއްޖެނަމަ އެއީ ޖިނާއީ ކުށެކެވެ. އެ ގާނޫނުގެ ދަށުން ދައުވާ ކުރުމާއި ބަދަލު ހޯދުމުގެ ފުރުސަތު ލިބެ އެވެ. އަދި އެ ގާނޫނުގެ ދަށުން ގިނަ ހައްގުތަކެއް އަނިޔާ ލިބޭ ފަރާތްތަކަށް ލިބެ އެވެ.

ޖުލައި، 15 ގައި އިމާރާތުގެ މަތިން ވެއްޓި އަނިޔާވީ އަޒްމީލް ޖަލީލު، 38 އެވެ. އެ ހާދިސާ އެ ދުވަހު ހިނގީ މެންދުރު 2:15 ހާއިރެވެ. ނަމަވެސް އޭނާއަށް ފަރުވާ ދިނުމަށް ހޮސްޕިޓަލަށް ގެންދިޔައީ އެ ދުވަހު ހަވީރު 4:20 ހާއިރެވެ.

Advertisement

އަޒްމީލްގެ އާއިލާއިން ބުނީ އެ ހާދިސާގައި އަޒްމީލްގެ ބޯ ފަޅައިގެން ގޮސް ސިކުނޑިއަށް ލޭ އެޅުމުގެ އިތުރުން، މައިބަދައިން ދެ ތަނެއް ފްރެކްޗާވެފައިވާ ކަމަށާއި ހާލު ސީރިއަސް ކަމުން މި ވަގުތު އޮތީ ވެންޓިލޭޓަރުގައި ކަމަށެވެ.

އެޗްއާރްސީއެމްގެ ސީނިއާ މީޑިއާ އޮފިސަރު އަލީ ޒާޖިލް ޝަހީދު "އަދަދު" އަށް ވިދާޅުވީ ފުލުހުންގެ ފަރާތުން އެ މައްސަލަ އެ ކޮމިޝަންގެ ސަމާލުކަމަށް ގެނައުމާއެކު، މައްސަލަ އެންޓި ޓޯޗާ ގާނޫނުގެ ދަށުން ތަހުގީގު ކުރަމުންދާ ކަމަށެވެ.

"މި މައްސަލަ އާއިލާގެ ފަރާތުން ކޮމިޝަނަށް ހުށަހަޅާފައި ނުވި ނަމަވެސް، މި މައްސަލައިގެ ތަހުގީގަށް އާއިލާއާ ވާހަކަ ދައްކާފައިވާނެ،" އޭނާ ވިދާޅުވި އެވެ.

މައްސަލައިގެ ތަހުގީގު ވީހާވެސް އަވަހަށް ނިންމުމަށް ކޮމިޝަނުން މަސައްކަތް ކުރަމުން އަންނަކަން ފާހަގަކުރައްވާ ޒާޖިލް ވިދާޅުވީ ތަހުގީގު ނިމުމުން ފާހަގަވާ ކަންތައްތައް ކަމާ ގުޅުންހުރި އިދާރާތަކުގެ ސަމާލުކަމަށް ގެންނާނެ ކަމަށެވެ.

އެންޓި ޓޯޗާގެ ގާނޫނު ބުނާގޮތުން ޓޯޗާގެ އަމަލެއް ކޯޓުގައި ސާބިތުވެއްޖެނަމަ، އެކަމުގެ ޒިންމާ އުފުލަން ޖެހޭ މީހާ ނުވަތަ ބަޔަކު އެ ހުކުމަށް ބިނާކޮށް، އަނިޔާ ލިބުނު މީހާއަށް ގާނޫނުގައިވާ ގޮތުގެ މަތިން ބަދަލު ލިބިދިނުމުގެ ހައްގު ލިބިގެންވެ އެވެ.

އެގޮތުން، މި މައްސަލައިގައި އަޒްމީލްގެ ފަރުވާ ލަސްކޮށް، ފުލުހުން އިހުމާލުވިކަން ސާބިތުވެއްޖެނަމަ، ލިބުނު ގެއްލުމަށް އަޒްމީލްގެ ފަރާތުން ކޯޓަށް ހުށަހަޅައިގެން ބަދަލު ހޯދުމުގެ ފުރުސަތު ލިބޭނެ އެވެ. އަދި އެޗްއާރްސީއެމްއަށް ބަދަލު ހޯދައި ދިނުމަށް އެދި ވެސް ދައުވާ ކުރެވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިކުއިޓީ ހިލޭ ކުރާ ޕްރޮގްރާމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

އެ ޕްރޮގްރާމުގެ ދަށުން މާލޭގައި ގެދޮރު އިމާރާތް ކުރަން ބޭނުންވާ ނަމަ އެއް މިލިއަން ރުފިޔާއާ ހަމައަށް ސަރުކާރުން ހިލޭ ފައިސާ ދޭނެ އެވެ. އަދި ރަށެއްގައި ނަމަ ދެ ލައްކަ ރުފިޔާއާ ހަމައަށް ހިލޭ ފައިސާ ދޭނެ އެވެ.

ބީއެމްއެލްގެ ހައުސިން ލޯނުގެ އިކުއިޓީ ކުޑަކޮށްފި

ތިން މިލިއަން ރުފިޔާ ނުވަތަ އެއަށް ވުރެ ދަށުގެ ލޯނުތަކަށް ނަގާ އިކުއިޓީ ފަސް ޕަސެންޓަށް ކުޑަކުރުމުގެ އިތުރުން ލޯނު ދޫކުރާއިރު ރަހުނެއް ވެސް ބަހައްޓާކަށް ނުޖެހޭނެ އެވެ. މީގެ ކުރިން އިކުއިޓީއަށް ލޯނުގެ 20 ޕަސެންޓު ނަގަ އެވެ.

ރަސްމާލެ ހާއްސަ ވެފައި އޮންނަންވާނީ ދިވެހިންނަށް: ޔާމީން

ރަސްމާލެ މަޝްރޫއަކީ ދިވެހިންގެ ބޯހިޔާވަހިކަމަށް އަމާޒުކޮށްފައިވާ ކަމަކަށްވާތީ، އެ ބިންތައް ބޭރުގެ ފަރާތްތަކަށް ވިއްކާލުމާ ކުރީގެ ރައީސް ޔާމީން ދެކޮޅު ހައްދަވައި ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. ދިވެހިންގެ ފައިސާއިން ހިންގާ މަޝްރޫއަކުން ބޭރު ބަޔަކަށް ފުރުސަތު ދިނުމަކީ ދިވެހިން ދެވަނަ ދަރަޖައިގެ ރައްޔިތުންނަށް ވެގެންދާނެ ކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ރަސްމާލެއިން ބޮޑު ސަރަހައްދެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމަށް ސަރުކާރުން ނިންމާފައިވާ ނިންމުމަށް ޔާމީން ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

މިއަހަރު ސަބްސިޑީއަށް ޖެހީ 2.9 ބިލިއަން، މިހާރު 4.3 ހަރަދުވެއްޖެ

"އެގޮތުން އަޅުގަނޑުމެން މި އަހަރަށް ބަޖެޓުކޮށްފައި ވަނީ 2.9 ބިލިއަން. އެހެން ނަމަވެސް މިހާތަނަށް 4.3 ބިލިއަން ސަބްސިޑީޒްގެ ގޮތުގައި އަޅުގަނޑުމެންނަށް ހަރަދު ކުރަންޖެހިފައިވޭ،" ޒަރީރު ވިދާޅުވި އެވެ.

ސުކޫކަށް ފައިސާ ދެއްކި ގޮތުގެ ތަފްސީލު މިނިސްޓަރު ހާމަކޮށްފި

"އަޅުގަނޑުމެން ސުކޫކަށް ފައިސާ ދެއްކުމަށް މި ބޭނުން ކުރީ 350 މިލިއަން ޑޮލަރު ސޮވަރިން ޑިވެލޮޕްމަންޓް ފަންޑުގެ ތެރެއިން. އަދި ހަމަ އެއާއެކު ދައުލަތުގެ ރިޒާވުން 175 މިލިއަން ޑޮލަރު އެކަމުގައި ބޭނުން ކުރެވިފައިވޭ،" ޒަރީރު ވިދާޅުވި އެވެ.

ރައީސްގެ ދަތުރުގައި ބޮޑުވަޒީރު ޝެހެބާޒްއާ ބައްދަލު ކުރައްވާނެ

ރައީސް އޮފީހުން ބުނީ ރައީސް މުއިއްޒު ޕާކިސްތާނަށް ކުރައްވާ ދަތުރަކީ ބޮޑުވަޒީރު ޝެހެބާޒްގެ ދައުވަތަކަށް ކުރައްވާ ދަތުރެއް ކަމަށެވެ. ޕާކިސްތާނުގެ ރައީސް އާއި ބޮޑުވަޒީރުގެ އިތުރުން އެ ގައުމުގެ އިސް އެހެން ބައެއް އޮފިޝަލުންނާ ވެސް މުއިއްޒު ބައްދަލު ކުރައްވާނެ ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.

ރަސްމާލެ ޕްރޮޖެކްޓު ހުއްޓާލަންޖެހޭ ކަމަށް ދިރާސާގައި ބުނެފި

"ގާނޫނީ ގޮތުން މި ޕްރޮޖެކްޓު މަޑުޖައްސާލުމުގެ ބާރު ސަރުކާރަށް އަދިވެސް އެބަ އޮތް. އަދި މި ޕްރޮޖެކްޓު މަޑުޖައްސާލުމަކީ ސަރުކާރަށް ގާނޫނީ ގޮތުން ލާޒިމް ކަމެއް. ޕްރޮޖެކްޓު އިތުރަށް ކުރިއަށްގެންދަންޖެހޭނީ އަލުން ނެގޯޝިއޭޓްކޮށްގެން،" އެ ދިރާސާގައި ބުނެފައިވެ އެވެ.

Newsletter

Get the latest news delivered straight to your inbox