ޔާމީންގެ ފައިސާ ބެހެއްޓީ ބީއެމްއެލް ވެސް ބައިވެރިވާ އެސްކްރޯ އެކައުންޓެއްގައި: އޭސީސީ

ރައީސް އަބްދުﷲ ޔާމީން: ބީއެމްއެލުން ވެސް އެސްކްރޯ އެކައުންޓުގެ ޒިންމާ ނަގަން ޖެހޭ ކަމަށް އޭސީސީގެ ވަކީލުން ވިދާޅުވި - ފޮޓޯ: އަދަދު ފައިލް

ރައީސް އަބްދުﷲ ޔާމީން: ބީއެމްއެލުން ވެސް އެސްކްރޯ އެކައުންޓުގެ ޒިންމާ ނަގަން ޖެހޭ ކަމަށް އޭސީސީގެ ވަކީލުން ވިދާޅުވި - ފޮޓޯ: އަދަދު ފައިލް

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއެކު، ކުރީގެ ރައީސް އަބްދުﷲ ޔާމީން ސޮއިކުރެއްވި އެސްކްރޯ އެއްބަސްވުމުގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަށް ދައުރެއް ދެވިފައިވާ ކަމަށް އޭސީސީގެ ވަކީލުން ހައި ކޯޓުގެ ޝަރީއަތުގައި މިއަދު ވިދާޅުވެއްޖެ އެވެ.

އެސްކްރޯ އެއްބަސްވުމުގެ މުއްދަތު ހަމަވި ފަހުން އެމަނިކުފާނުގެ އެކައުންޓަށް އެއް މިލިއަން ޑޮލަރު ޖަމާނުކޮށްދީ ހިފެހެއްޓި މައްސަލާގައި، ބީއެމްއެލާއި އޭސީސީއަށް ޔާމީނުގެ ފަރާތުން ދައުވާކޮށް ސިވިލް ކޯޓަށް މައްސަލައެއް ހުށަހަޅާފައިވެ އެވެ. ބީއެމްއެލް ވެސް ޝާމިލުވާ ގޮތަށް މައްސަލަ ބެލުމަށް ސިވިލް ކޯޓުން ނިންމުމުން ބޭންކުން އެ ނިންމުން ހައި ކޯޓުގައި އިސްތިއުނާފުކުރީ އެވެ.

މީގެ ކުރިން ހައި ކޯޓުގައި ބޭއްވި އަޑުއެހުމުގައި ބީއެމްއެލްގެ ވަކީލުން ވިދާޅުވެފައިވަނީ ބީއެމްއެލްގައި ހުޅުވީ "އެސްކްރޯ އެކައުންޓެއް" ނޫން ކަމަށާއި އެއީ އޭސީސީގެ ނަމުގައި އެ ކޮމިޝަނުގެ ބާރު ހިނގާ ގޮތަށް ހުޅުވާފައިވާ ކަރަންޓު އެކައުންޓެއް ކަމަށެވެ. ފައިސާ ދޫކުރެވޭނީ އޭސީސީން އެންގުމުން ކަމަށެވެ.

މިއަދު ބޭއްވި އަޑުއެހުމުގައި އޭސީސީގެ ވަކީލު އައިޝަތު ޝުނައިނަތު އަބްދުﷲ ވިދާޅުވީ ޔާމީނާއި އެ ކޮމިޝަނާ ދެމެދު ވެފައިވާ އެއްބަސްވުމުގައި ވެސް ސާފުކޮށް އެއީ "އެސްކްރޯ އެކައުންޓް އެގުރިމަންޓް" އެއް ކަމަށް ބަޔާންކޮށްފައިވާ ކަމަށެވެ. އޭސީސީ އާއި ސަރުކާރުން ބޭންކަށް ފޮނުވި ސިޓީތަކުގައި ވެސް ސާފުކޮށް އެ ލަފުޒު ބޭނުންކޮށް މުއާމަލާތް ކޮށްފައިވާ ކަން ވަކީލު ފާހަގަ ކުރެއްވި އެވެ.

އެއްބަސްވުމުގެ އަސްލުގެ ގޮތުގައި ތިން ދެލިކޮޕީއެއް ތައްޔާރުކުރި ކަމާއި އަސްލު ހަވާލުކުރި ފަރާތްތަކުގެ ތެރޭގައި ބޭންކު ހިމެނޭ ކަމަށް ވަކީލު ވިދާޅުވި އެވެ. ދެން ހުރި އަސްލަކީ ޔާމީނާއި އޭސީސީއަށް ނިސްބަތްވާ އަސްލު ކަމަށް އޭނާ ވިދާޅުވި އެވެ.

އެސްކްރޯ އެކައުންޓެއް ހުޅުވަން ޓްރައިޕާޓް ނުވަތަ ތިން ފަރާތް ބައިވެރިވާ އެގުރިމަންޓެއް އޮންނަން ޖެހޭ ކަމަށް ބޭންކުން ބުނި ނަމަވެސް އެގުރިމަންޓެއް ވަކި ގޮތަކަށް އޮންނަން ގާނޫނުގައި ބަޔާން ނުކުރާ ނަމަ ދެ ފަރާތުގެ ދެމެދުގައިވާ އެއްބަސްވުމަކުން ވެސް ބީއެމްއެލް ބައިވެރިވާ ގޮތަށް އެކައުންޓު ހުޅުވޭނެ ކަމަށް ވިދާޅުވި އެވެ.

ޝަރީއަތުގެ އަޑުއެހުމަށް މިއަދު ކަނޑައެޅިފައިވާ ވަގުތު ހަމަވިއިރު އޭސީސީގެ ފަރާތުން ހުށަހަޅަން ބޭނުންވާ ހުރިހާ ނުކުތާއެއް ޝަރީއަތަށް އިއްވިފައެއް ނުވެ އެވެ. އަޑުއެހުން ނިންމައިލުމުގެ ކުރިން ޔާމީނުގެ ފައިސާ ދޫކޮށްލަންވީތޯ ބޭންކުން ސުވާލު ވެސް ކުރި އެވެ. މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުން ނިންމެވީ އެ ސުވާލަށް ޖަވާބު ދިނުން ކުރިއަށް ދާނީ އޭސީސީގެ ހުރިހާ ނުކުތާއެއް އިއްވައި ނިމުމުން ކަމަށެވެ.

ޔާމީންގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅުއްވި މައްސަލާގައި އެދިވަޑައިގެންފައިވަނީ އެ ފައިސާ ބޭންކުން ހިފަހައްޓާފައިވަނީ އެކްސްކްރޯ އެއްބަސްވުމާ ހިލާފަށް ކަމަށް ކަނޑައަޅައިދިނުމަށާއި އޭގެ ސަބަބުން ލިބުނު ގެއްލުމަށް އަދުލުވެރި ބަދަލެއްގެ ގޮތުގައި އެ ފައިސާއާއެކު، އެ ފައިސާ އިންވެސްޓްމަންޓް އެކައުންޓުގައި ބެހެއްޓިނަމަ ޔާމީނަށް ލިބިވަޑައިގަންނަވާނެ ކަމަށް އަންދާޒާ ކުރެވޭ އަދަދުގެ ފައިސާ ދިނުމަށް އެންގުމަށެވެ.

ޔާމީނުގެ ވެރިކަމުގައި މި އެއްބަސްވުން އެކުލަވާލައި އެކައުންޓަށް އެއް މިލިއަން ޑޮލަރު ޖަމާކުރީ ޖޫން 10، 2018 ގަ އެވެ. އެއީ ޔާމީނުގެ ނަމުގައި އިސްލާމިކް ބޭންކުގައި ހުޅުވާފައިވާ އިންވެސްޓްމަންޓް އެކައުންޓަކަށް ޖަމާކޮށްފައިވާ އެއް މިލިއަން ޑޮލަރަކީ އޭރު ހިނގި އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ މައްސަލާގައި ހިމެނޭ ފައިސާއެއް ކަމަށް ބެލެވޭތީ އެ ކަން ސާފު ކުރެވެން ދެން ޝައްކު ކުރެވޭ ފައިސާ ބޭނުން ނުކޮށް ހިފަހައްޓާފައި ބޭއްވުމުގެ ބޭނުމުގަ އެވެ.

ކުރީގެ ރިޔާސީ ދައުރުގައި ޔާމީނަށް 11 އަހަރުގެ ޖަލު ހުކުމެއް އިއްވީ އެ ހިޔާނާތުގައި ހިމެނޭ ކަމަށް ބުނާ ވ. އާރަށް ކުއްޔަށް ދޫކުރުމުގައި ޔާމީން ރިޝްވަތު ނެންގެވި ކަމަށް ބުނާ މައްސަލާގަ އެވެ. އެ މައްސަލަ ކްރިމިނަލް ކޯޓުން އަލުން ބެލުމަށް ހައި ކޯޓުން ހުކުމް ކޮށްފައިވެ އެވެ. އޭގެ ކުރިން ވެސް ޔާމީނަށް ފަސް އަހަރުގެ ޖަލު ހުކުމެއް ދަށު ކޯޓުން އިއްވި އިރު އެ ހުކުމް ސުޕްރީމް ކޯޓުން ބާތިލްކުރި އެވެ.

ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގައި ހިނގި ކަމަށް ބުނާ ހިޔާނާތުގެ މައްސަލާގައި ވެސް ޔާމީނުގެ މައްޗަށް ދައުވާކޮށްފައިވެ އެވެ. އެ މައްސަލަ ވެސް ދަށު ކޯޓުގައި އަދި ނުނިމެ އެވެ. ކްރިމިނަލް ކޯޓަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުކުރުމުގެ ގޮތުން ހުޅުމާލޭން ކްރިމިނަލް ކޯޓަށް އިމާރާތެއް މި ފަހުން ހަމަޖެއްސި ފަހުން ވެސް މި މައްސަލައިގެ އަޑުއެހުމެއް ނުބާއްވަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox