ފުލެޓުވެރިންގެ ހައްގުގައި ފަހި ޔޫނިއަނުން މަޖިލީހުގެ ރައީސްއާ ބައްދަލުކޮށް ކަންބޮޑުވުން ހިއްސާކޮށްފި

ފުލެޓުވެރިންގެ ހައްގުގައި މަސައްކަތް ކުރާ ޖަމިއްޔާ ފަހި ޔޫނިއަނުން އިއްޔެ އަބްދުއްރަހީމްއާ ބައްދަލުކުރުން -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ފުލެޓުވެރިންގެ ހައްގުގައި މަސައްކަތް ކުރާ ޖަމިއްޔާ ފަހި ޔޫނިއަނުން އިއްޔެ އަބްދުއްރަހީމްއާ ބައްދަލުކުރުން -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

މިދިޔަ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ދޫކުރި ފުލެޓުތައް ހަވާލު ކުރުން ލަސްވާ މައްސަލައިގައި ފުލެޓުވެރިންގެ ހައްގުގައި މަސައްކަތް ކުރާ ފަހި ޔޫނިއަނުން މަޖިލީހުގެ ރައީސް، އަބްދުއްރަހީމް އަބްދުﷲ އާ ބައްދަލުކޮށް ކަންބޮޑުވުންތައް ހިއްސާކޮށްފި އެވެ.

އިއްޔެ ކުރިއަށް ގެންދިޔަ އެ ބައްދަލުވުމުގައި ފަހި ޔޫނިއަނުގެ ފަރާތުން ވަނީ ފުލެޓުތައް ހަވާލު ކުރުން ލަސްވާ މައްސަލައިގައި ސަރުކާރުން އެއްވެސް މައުލޫމާތެއް ހިއްސާ ނުކުރާކަން ފާހަގަކޮށް އެކަމުގެ ޝަކުވާ މަޖިލިސް ރައީސްއާ ހިއްސާކޮށްފަ އެވެ. އަދި މަޖިލީހުގެ ރައީސްއަށް އެކަމާ ގުޅޭގޮތުން އެނގޭ މައުލޫމާތުގެ މިންވަރެއް ހިއްސާ ކޮށްދިނުމަށް ވެސް އެ ޔޫނިއަނުން އެދުނެވެ.

އެ ޖަމިއްޔާގެ ފައުންޑަރު، އިސްމާއިލް ނާއިފް އަބޫބަކުރު ވިދާޅުވީ އެ ބައްދަލުވުމުގައި ފުލެޓު ލިބުނު މީހުންނަށް ލިބުނު ތަނަކުން ލިބުނު ބަޔަކަށް ދޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވައުދު ވެވަޑައިގެންނެވި ގޮތަށް އެކަން ކުރައްވާނެ ކަމާމެދު އެއްވެސް ޝައްކެއް ނެތް ކަމުގެ ޔަގީންކަން އަބްދުއްރަހީމް ދެއްވި ކަމަށެވެ.

"މަޖިލިސް ރައީސް ވިދާޅުވީ ރައީސް މުއިއްޒުގެ ވައުދެއް ނޫންހެއްޔޭ އެއީ ދީފަ އޮތް އެއްޗެއް ދީފަ އޮތް ތަނަކުން ދޭން، އެހެންވީމާ ވައުދު ރައީސް ފުއްދަވާނެ ކަމާމެދު އެއްވެސް ޝައްކެއް ނެތޭ، ނަމަވެސް [ފުލެޓު ހޯދުމުގެ ބޭނުމުގައި] މީހަކު ގޯސް މައުލޫމާތެއް ދީފައި އޮވެއްޖެ ނަމަ އެކަން ބެލެންޖެހޭނެޔޭ،" އިސްމާއިލް ވިދާޅުވި އެވެ.

ފަހި ޔޫނިއަނުން ވެސް ގަބޫލު ކުރާ ހަމައަކީ ހައްގު ނޫން މީހަކަށް ފުލެޓު ދީގެން ނުވާނެކަން ކަމަށް އިސްމާއިލް ވިދާޅުވި އެވެ. ނަމަވެސް އެކަން ކުރަން ޖެހޭނީ ފުލެޓު ހައްގު ނޫން ކަމަށް ކަނޑައަޅާ މީހުން ހައުސިން މިނިސްޓަރީއަށް ގެންގޮސް ޖަވާބުދާރީވުމުގެ ފުރުސަތު ދިނުމަށް ފަހު ކަމަށް އިއްޔެގެ ބައްދަލުވުމުގައި ޔޫނިއަނުގެ ފަރާތުން ފާހަގަކުރި ކަމަށް އިސްމާއިލް ވިދާޅުވި އެވެ.

"3778 އެބައުޅޭ [ފުލެޓު] އެގްރިމެންޓު ދެވިފައި، އެހެންވީމާ އޭގެތެރެއިން އެއްވެސް ބަޔަކު އުނި ކުރަންޖެހޭނީ އެ އެގުރީމެންޓު ލިބުނު މީހުން ގެންގޮސްފައި އެ މީހުންނަކީ ޝަރުތު ފުރިހަމަވާ ބައެއްކަން ސާބިތު ކޮށްދިނުމަށްފަހު އޭ، އެއްވެސް ބައެއްގެ ހައްގަކަށް އުނިކަމެއް ލިބިގެން ނުވާނެޔޭ،" އިސްމާއިލް ވިދާޅުވި އެވެ.

ފަހި ޔޫނިއަނުގެ ފަރާތުން ހިއްސާކުރި ކަންބޮޑުވުންތައް އަޑުއެހުމަށްފަހު ފުލެޓުތަކާ ބެހޭ މައުލޫމާތު އިތުރަށް ހޯދުމަށްފަހު އަދި ޔޫނިއަންގެ ވެރިންނަށް ގުޅުއްވާނެ ކަމަށް އަބްދުއްރަހީމް އިއްޔެގެ ބައްދަލުވުމުގައި ވިދާޅުވިކަން އިސްމާއިލް ފާހަގަކުރެއްވި އެވެ.

ދެން ރައީސް [އަބްދުއްރަހީމް؛] ވެސް ވިދާޅުވީ ތިއީ ރަނގަޅު ވާހަކަތަކެކޭ، އެކަމަކު ތިމަންނައަކަށް ތީގައި ހުރި މައުލޫމާތުތަކެއް އަދި އެހާ ރަނގަޅަކަށް ނޭނގެޔޭ، ތީގެ މައުލޫމާތުތައް ނަގާފައި އަދި ތިމަންނަ ގުޅާނަމޭ،" އިސްމާއިލް ވިދާޅުވި އެވެ.

އިސްމާއިލް ވިދާޅުވީ ފުލެޓުތައް ދިނުން ލަސްވާ މައްސަލައިގައި މަޖިލީހުގެ މިދިޔަ ދައުރުގެ ރައީސް، މުހައްމަދު އަސްލަމްއާ ވެސް ބައްދަލު ކުރެއްވި ކަމަށެވެ. އެ ބައްދަލުވުމުގައި ޔޫނިއަނުގެ ފަރާތުން ފާހަގަކުރި ކަންބޮޑުވުންތަކާ އެއްގޮތަށް ފުލެޓުތަކުގެ ހައްގުވެރިންނަށް ހަވާލު ކުރުން އަވަސް ކޮށްދިނުމަށް އެދި ރައީސް މުއިއްޒުއަށް ސިޓީއެއް ވެސް އޭރު ފޮނުވި ކަމަށް އިސްމާއިލް ވިދާޅުވި އެވެ.

ނަމަވެސް މިއަދާ ހަމައަށް ވެސް އެ ސިޓީގެ ޖަވާބު ލިބިފައި ނުވާކަމަށް އިސްމާއިލް ވިދާޅުވި އެވެ.

މިދިޔަ ސަރުކާރުގެ ގެދޮރުވެރިޔާ ސްކީމަށް ފޯމު ހުށަހެޅި މީހުންގެ ތެރެއިން 15،046 މީހުން ޝަރުތު ހަމަވާ ކަމަށް އޭރުގެ ސަރުކާރުން ކަނޑައެޅި އެވެ. އެމްޑީޕީ ސަރުކާރުން ނިންމީ އެ ހުރިހާ އެންމެންނަށް ވެސް ފުލެޓު ދިނުމަށެވެ. ނަމަވެސް އެ ވެރިކަން ނިމުނުއިރު، ކޮންޓްރެކްޓު ކުރެވި މަސައްކަތް ފަށާފައި ވަނީ 4000 ފުލެޓުގެ އެވެ.

ރަތަމަ 4،000 ފްލެޓް ލިބޭނީ ޕޮއިންޓް ތަރުތީބުން އެންމެ ގިނަ ޕޮއިންޓު ލިބޭ މީހުނަށް ކަމަށް ކަނޑައަޅާފައިވަނިކޮށް އޭސީސީއަށް ހުށަހެޅު މައްސަލައަކާ ގުޅިގެން އެ މަސައްކަތް މަޑުޖައްސާލަން އެންގި އެވެ. އެ ސްކީމަށް ތައްޔާރުކުރި ޕޯޓަލްގެ އެކްސެސް ލިބުމުން، މައްސަލަ ތަހުގީގު ކުރުން ގެންދިޔުމަށް ފަހު، މަސައްކަތް އަލުން ފަށަން ކޮމިޝަނުން ހުއްދަ ދިނީ ފެބްރުއަރީ އެކެއްގަ އެވެ.

އޭގެ ފަހުން ފުލެޓު ލިސްޓުގެ މައްސަލަ ބަލަން ހައުސިން މިނިސްޓަރީން ވަނީ ފުލެޓު ކޮމެޓީއެއް އެކުލަވައިލައިފަ އެވެ. ނަމަވެސް އެ ކޮމެޓީ އެކުލަވައިލުމަށް ފަހު މިއަދާ ހަމައަށް އެއްވެސް މައުލޫމާތެއް ހާމަނުކުރެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖިންސީ ގޯނާގެ ތުހުމަތުގައި އަބްދުالله ޝާހިދު ހައްޔަރުކޮށްފި

ފުލުހުން ބުނެފައިވާ ގޮތުގައި ޝާހިދު ހައްޔަރުކުރީ 18 އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގަ އެވެ. އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ޝާހިދު ވަނީ ދޮގުކުރައްވާފައި.

މޯލްޑިވިއަންއިން ކިންގް އެއާ 360 މަރުކާރުގެ ބޯޓެއް ގެނެސްފި

މޯލްޑިވިއަން އާއި ނިލާ ކޮރަލް އައިލެންޑް ރިސޯޓު ގުޅިގެން، ލަގްޒަރީ ފެންވަރުގައި ފަތުރުވެރިން އުފުލުމަށް "ކިންގް އެއާ 360" މަރުކާގެ ބޯޓެއް ރާއްޖެ ގެނެސްފިއެވެ. އަށް ފަސިންޖަރުންގެ ޖާގަ ހިމެނޭ މި ބޯޓު މައިގަނޑު ގޮތެއްގައި ބޭނުންކުރާނީ އެ ރިސޯޓަށް ފަތުރުވެރިން އުފުލުމަށާއި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ޗާޓަރު ދަތުރުތައް ކުރުމަށެވެ.

ތެލުގެ ސަބްސިޑީއަށް މި އަހަރު ރެކޯޑު 4.8 ބިލިއަން ރުފިޔާ ހޭދަވާނެ

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން، މި އަހަރު ތެލުގެ ސަބްސިޑީއަށް 4.8 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ އަންދާޒާކޮށްފަ. މިއީ ކުރިން ބަޖެޓުކުރި އަދަދަށްވުރެ 2.7 ގުނަ އިތުރު އަދަދެއް ކަމަށާއި، އަންނަ އަހަރުގެ ބަޖެޓުގައި ވެސް ތެލުގެ ސަބްސިޑީއަށް ރެކޯޑު އަދަދެއް ކަމަށްވާ 3.9 ބިލިއަން ރުފިޔާ ވަނީ ހިމަނާފަ.

ރިވެލި ބީޗް ރެސްޓޯރެންޓު ހުސްކުރަން އެޗްޑީސީން އަންގައިފި

އެޗްޑީސީން ބުނީ މި ނިންމުން ނިންމާފައިވަނީ އެކަށީގެންވާ ނޯޓިސްތަކާއި ފުރުސަތުތައް ދިނުމަށްފަހު ކަމަށާއި، މިއަދުން ފެށިގެން އެ ބިމުގައި އެއްވެސް ވިޔަފާރި މުއާމަލާތެއް ނުހިންގޭނެ ކަމަށެވެ.

ރަސްމާލެ މައްސަލައިގައި ރިފަރެންޑަމްއަކަށް ދާން ހުށަހަޅައިފި

ބިދޭސީންނަށް ވަޒަންވެރިވެވޭ ގޮތަށް ރަސްމާލެއިން 500 ހެކްޓަރުގެ ބިން 99 އަހަރަށް ބޭރު ކުންފުންޏަކަށް ދިނުމާ މެދު ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް އެމްޑީޕީން މަޖިލީހަށް ހުށަހަޅައިފިއެވެ. މިފަދަ ވޯޓަކަށް ދާން ހުށަހެޅީ މި މަޝްރޫއުގެ ސަބަބުން ގައުމުގެ މަސްލަހަތަށް ބޮޑު އަސަރެއް ކޮށްފާނެތީ ކަމަށް އެ ޕާޓީން ބުނެއެވެ.

ޓެކްސް އަޅައިކަނޑައިދިނުމާ ގުޅޭ ނޫސް ބަޔާނަށް ބަދަލުތަކެއް

ވިޔަފާރިތަކަށް ސަރުކާރުން ދައްކަންޖެހޭ ފައިސާއިން ޓެކްސް ދެއްކޭނެ އިންތިޒާމު ހަމަޖެއްސިކަން ހާމަކޮށް ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބައި އުނިކޮށް އިސްލާހުކޮށްފިއެވެ. ނަމަވެސް މީރާގެ އުސޫލު ބުނާގޮތުން ކުންފުނިތަކުން ލިބެންޖެހޭ ފައިސާވެސް ޓެކްސްއަށް އަޅައިކެނޑޭނީ އެ ފައިސާއެއް ދައުލަތުގެ އިދާރާއަކުން ނުވަތަ ކުންފުންޏަކުން މީރާއަށް ޖަމާކޮށްދިނުމުންނެވެ. ސަރުކާރުން ވިޔަފާރިވެރިންނަށް ދައްކަންޖެހޭ ދަރަނިތައް ދެއްކުމަށް އެކި ތާރީޚުތައް ދިން ނަމަވެސް، އަދިވެސް އެ ފައިސާ ދައްކާ ހަލާސްކޮށްފައެއް ނުވެއެވެ.

"ތައުލީމީ ނިޒާމު ހިންގަން ޖެހެނީ ބެލެނިވެރިންނާ ޓީޗަރުން އަތުން"

ސްކޫލުތަކުގެ ބަޖެޓު ނެތުމުގެ ސަބަބުން އަސާސީ ތަކެތި ހޯދުމަށާއި އިތުރު ހަރަކާތްތައް ހިންގުމަށް ބެލެނިވެރިންނާއި މުދައްރިސުންގެ އަތުން ފަންޑު ހޯދަން މަޖުބޫރުވެފައިވާ ކަމަށާއި ސަރުކާރުން އަސާސީ ހިދުމަތްތަކުން ހަރަދު ކުޑަކުރަނީ ރައްޔިތުންގެ ލާބައަށްވުރެ ބޮޑަށް ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަފުޅު ބޭނުމަށްކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox