ޖަމީލުގެ މަރާ ގުޅޭ މައުލޫމާތު އެއްކޮށްފިން، ބަލަންޖެހޭ ކަންކަން ދަނީ ބަލަމުން: އެޗްއާރުސީއެމް

މާފުށީ ޖަލު. ޖަމީލު މަރުވެފައި އޮއްވައި ފެނުނީ އޭނާ ބަންދުކޮށްފައި ހުރި ގޮޅި ތެރޭގައި --- ފޮޓޯ: މެކްސިމަސް ފިލްމްސް

މާފުށީ ޖަލު. ޖަމީލު މަރުވެފައި އޮއްވައި ފެނުނީ އޭނާ ބަންދުކޮށްފައި ހުރި ގޮޅި ތެރޭގައި --- ފޮޓޯ: މެކްސިމަސް ފިލްމްސް

މާފުށީ ޖަލުގައި މަރުވި ށ. ފުނަދޫ, ޒަމާނީ ވިލާ, މުހައްމަދު ޖަމީލް 45, ގެ މަރާ ގުޅޭ މައުލޫމާތު އެއްކޮށްފައިވާ ކަމަށާއި އެކަމާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އިން ބުނެފި އެވެ.

ޖަމީލުގެ މަރުގައި ޝައްކުވާ ކަންކަން ހުރި ކަމަށް ބުނެ އެ މައްސަލަ ތަހުގީގު ކުރުމަށް ދަ ޑިމޮކްރެޓްސްއިން ވަނީ މިއަދު އެޗްއާރުސީއެމްއަށް ހުށަހަޅާފަ އެވެ. އެމްޑީޕީން ވެސް ވަނީ އޭނާގެ މަރާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށް ތަހުގީގު ކުރަމަށް ގޮވާލާފަ އެވެ.

"ޖަމީލުގެ ހަށިގަނޑު ބަލާ، ފޮޓޯ ނަގާ، މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ އޮފިސަރުންގެ ފަރާތުންނާއި، އާއިލާގެ ފަރާތުން މައުލޫމާތު ސާފުކޮށް، މުހައްމަދު ޖަމީލްގެ މެޑިކަލް ފައިލް ބަލާފައިވާނެ," އެޗްއާރުސީއެމް އިން މިރޭ ބުނެފައިވެ އެވެ.

Advertisement

އޭގެ އިތުރުނަށް, ޖަލަށް ޒިޔާރަތްކޮށް ގޮޅީގެ ސީސީޓީވީ ފުޓޭޖު ބަލައި އެ ޔުނިޓުގައި ތިބި ބަންދު މީހުންގެ ފަރާތުންނާއި، ޖަމީލު ކުރިން ހުރި ގޮޅީގައި ތިބި ބަންދުމީހުންގެ ފަރާތުން މައުލޫމާތު ސާފުކޮށްފައިވާ ކަމަށް އެޗްއާރުސީއެމްއިން ވަނީ ބުނެފަ އެވެ.

ޑިމޮކްރެޓުން ހުށަހެޅި މައްސަލާގައި ބުނެފައިވަނީ އޭނާގެ މަރުވީ ކަރެކްޝަންސް އޮފިސަރުން އަނިޔާކޮށް ފަރުވާ ދިނުމުގައި އިހުމާލުވުމުން ކަމަށް ބުނެ ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރަމުންދާ ކަމަށް ބުނެފަ އެވެ. އަދި, ޖަމީލަށް ލިބެން ޖެހޭ ހައްގުތައް ލިބިފައިވޭތީ ކަށަވަރުވިތޯ ބެލުމަށް ވެސް އެދިފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox