ސަރުކާރަށް މާލީ ގޮންޖެހުންތައް މެނޭޖު ނުކުރެވޭ، ބަޖެޓަށް ޔަގީންކުރި 700 މިލިއަން ޑޮލަރު ވެސް ނުހޯދުނު: އަމީރު

ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު. މި ސަރުކާރަށް މާލީ ހާލަތާ ގުޅޭ ހުރިހާ މައުލޫމާތެއް އިންތިގާލީ މަރުހަލާގައި އެެރުވި ކަމަށް ވިދާޅުވި ---- ފޮޓޯ: އެމްޑީޕީ

ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު. މި ސަރުކާރަށް މާލީ ހާލަތާ ގުޅޭ ހުރިހާ މައުލޫމާތެއް އިންތިގާލީ މަރުހަލާގައި އެެރުވި ކަމަށް ވިދާޅުވި ---- ފޮޓޯ: އެމްޑީޕީ

އިންތިގާލީ މަރުހަލާގައި ސަރުކާރުގެ މާލީ ހާލަތާ ގުޅޭ ހުރިހާ މައުލޫމާތެއް މިވަގުތު ވެރިކަމުގައި ތިއްބެވި ބޭފުޅުންނާ ހިއްސާކުރެއްވި ކަމަށާއި ބަޖެޓު ސަޕޯޓުގެ ގޮތުގައި ބޭނުންވާ 700 މިލިިއަން ޑޮލަރު ހަމަޖެހިފައިވާ ކަމުގެ ޔަގީންކަން އެ ބޭފުޅުން ދެއްވި ނަމަވެސް މާލީ ގޮންޖެހުންތައް މެނޭޖު ނުކުރެވޭ ކަމަށް މިދިޔަ ސަރުކާރުގެ ފިނޭންސް މިނިސްޓަރަކަށް ހުންނެވި އިބްރާހިމް އަމީރު ވިދާޅުވެއްޖެ އެވެ.

ސަރުކާރުގެ މާލީ ހާލަތު ގޯސްވެ އިސްލާހީ ފިޔަވަޅުތަކެއް އަޅުއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ދާދިފަހުން ވަނީ އިއުލާން ކުރައްވާފަ އެވެ. މި ސަރުކާރުގެ ވެރިން ވިދާޅުވަމުންދާ ގޮތުގައި މި ހާލަތަށް ގައުމު ވެއްޓުނީ މިދިޔަ ސަރުކާރުން އަމަލުކުރި ގޮތުންނެވެ.

މިއަދު އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ވާހަކަތަކަށް ރައްދު ދެއްވަމުން އަމީރު ވިދާޅުވީ ދިމާވި އޭރު ރާއްޖޭގެ އިގުތިސޯދަށް ދިމާވީ "ވަރަށް ބޮޑު ބަލިމަޑުކަމެއް" ކަމަށާއި އެ ކަންކަމަށް "ބޭސްފަރުވާ ކުރީ ސައިޑް އިފެކްޓްތައް ހުންނާނެކަން" އެނގި ތިބެ ކަމަށެވެ. ނަމަވެސް, އެ "ސައިޑް އިފެކްޓްތަކަށް" ބޭސްފަރުވާ ކުރަން މިއަދު ތިބީ އެހެން ބައެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"އިންތިހާބުން ބަލިވުމުން ސަޕްލިމެންޓަރީ ބަޖެޓަށް ފައިސާ ހޯދަން އަޅުގަނޑުމެންނަށް ދަތިވި. އޭރު ވާހަކަ ދެއްކިން ޓްރާންސިޝަން ޕީރިއަޑްގައި. އެ ބޭފުޅުން ހަމަ ވަރަށް ޔަގީންކަން ދިން 200 މިލިއަން ޑޮލަރު ލިބޭނެ ކަމަށް. ހަމަ ނޮވެމްބަރު 17 ގައި ހުވާ ކުރާ ހިސާބުގައި 200 މިލިއަން ޑޮލަރު ލިބޭނެ ގޮތަށް ވާހަކަ ދެކެވުނީ," އަމީރު ވިދާޅުވި އެވެ.

އޭގެ އިތުރުން މިއަހަރުގެ ބަޖެޓަށް ބޭނުންވާ ފައިސާ ވެސް ހޯއްދަވާނެ ކަމަށް ވެސް ވަރަށް ޔަގީންކަމާ އެކު އެ ބޭފުޅުން ވިދާޅުވި ކަމަށް އަމީރު ހާމަކުރެއްވި އެވެ.

"މި ބޭފުޅުންނަށް މި އުޅެނީ މާލީ ގޮންޖެހުންތައް މެނޭޖު ނުކުރެވިގެން. ޓްރާންސިޝަން މަރުހަލާގައި ހުރިހާ ބޭފުޅުން ވެސް ވަރަށް ޔަގީންކަމާއެކު ސަޕްލިމެންޓަރީ ބަޖެޓަށް 200 މިލިއަން, އެންމެ މަދުވެގެން 2024 ވަނަ އަހަރު ބަޖެޓަށް 500 މިލިއަން ޑޮލަރު ހޯދާނެ ކަމަށް ވަރަށް ޔަގީންކަމާއެކު ފާހަގަކުރަމުންދިޔައީ," އޭނާ ވިދާޅުވި އެވެ. "އެ ބޭފުޅުންނަށް ހޯދުނު އިތުރު އެއްވެސް ފައިސާއެއް ނެތް."

އޭނާ ވިދާޅުވި ގޮތުގައި މިވަގުތު ވެރިކަމުގައި ތިއްބެވި ބޭފުޅުން އޭރު ފައިސާ ލިބޭނެ ކަމުގެ ޔަގީންކަން ދެއްވީ އީމެއިލް މެދުވެރިކޮށް ލިބިފައި ހުރި ޕްރޮޕޯސަލްތަކެއްގެ މައްޗަށް ބިނާކޮށެވެ.

"އީމެއިލް ޒަރިއްޔާއިން އަންނާނެ ކޮންމެވެސް އެފްރިކާގެ ގައުމެއްގައި ޕްރިންސެއް އެއް ބިލިއަން ޑޮލަރުގެ ޕްރޮޕޯސަލްއެއް އެބައޮތޭ. ވަރަށް ގިނަ ޕްރޮޕޯސަލް ހިފައިގެން އަސްލު މިދިޔަ ހަތް މަސް ދުވަހު މިއުޅެނީ. ހަތް މަސްވީއިރު އަދި ކިރިޔާ މި އެނގުނީ މިއީ ރަނގަޅު ޕްރޮޕޯސަލްތަކެއް ނޫންކަން," އަމީރު ވިދާޅުވި އެވެ.

"އެންމެން މި ދުވީ މި ޕްރޮޕޯސަލްތައް ހިފައިގެން ފައިސާ ހޯދުމަށް. މި ވާހަކަތައް ޔަގީން ކަމާއެކު ދެއްކީ, އެ ޔަގީންކަމުގެ މައްޗަށް ހުވާ ކުރުމަށް ފަހު ވެސް ބޮޑެތި ވައުދުތައް ވަމުންދިޔައީ."

އިންތިގާލީ މަރުހަލާގައި މިވަގުތު ވަޒީރުންގެ މަޖިލީހުގައި ތިއްބެވި ބޭފުޅުންނާއި އެ ބޭފުޅުންގެ މުޅި ޓީމާއި ރާއްޖޭގެ މާލީ ހާލަތުގެ މައުލޫމާތު އަމިއްލައަށް ހިއްސާކުރި ކަމަށް އަމީރު ވިދާޅުވި އެވެ. އެ ބޭފުޅުންގެ ޖަވާބެއްގެ ގޮތުން މާލީ ރިފޯމުތައް ފުރަތަމަ ދައުރުގައި ނުކުރާނެ ކަމަަށް ވިދާޅުވި ކަމަށް އަމީރު މިއަދު ހާމަކުރެއްވި އެވެ.

"އަމީރޭ, ތިއީ ތިމަންނަމެން ފުރަތަމަ ޓާމުގައި ކުރާނެ ކަންކަމެއް ނޫނޭ. ދެވަނަ ޓާމުގައި ތި ކަންކަން ކުރާނީ. އާސަންދަ ރިފޯމާއި ސަބްސިޑީ ރިފޯމުގެ ވާހަކަ ދެއްކީމައި އެ ބޭފުޅުން ވިދާޅުވީ. އެ ބޭފުޅުންނަށް ވަރަށް ބޮޑަށް ޔަގީންވެފައި އޮތީ ފައިސާ ހޯދޭނެ ކަމަށް. އަދި މިދިޔަ ހަތް މަސް ތެރޭ ބޭރުން އެއް ޑޮލަރު ވެސް ލިބިފައި ނެތް," އަމީރު ވިދާޅުވި އެވެ.

"ޓްރާންސިޝަން މުއްދަތުގައި މުޅި ދައުލަތުގެ ހުރިހާ އެއްޗެއް ކިޔައިދިނިން. އެހެންވީމާ ނޭނގި ނުހުންނާނެ. މާލީ ގޮންޖެހުންތައް ނެތްކަން ނޭނގި ނުހުންނާނެ."

ދައުލަތުގެ ދަރަނި ރީސްޓްރަކްޗާ ކުރުމަށް ދިޔުމަށް އަދި ގާތްވެސް ނުވާ ކަމަށާއި މާލީ ގޮންޖެހުންތައް ރަނގަޅު ކުރުމަށް ސަރުކާރުގެ އަމަލުތައް ބަދަލުވާން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ. އެގޮތުން, ރައްޔިތުންނަށް އިތުރު ބުރައެއް އުފުލަން ޖެހޭނީ ސަރުކާރުގެ ހަރަދުތައް ކުޑަ ކުރުމަށް ފަހު ކަމަށް އޭނާ ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox