އިހުސާން ވިދާޅުވީ އާންމުކޮށް މާލޭގައި ވައްކަން ކުރާ ވަގުން ދޫވެފައި ތިބީ ކޯޓުތަކުގެ އިހުތިސާސް ސާފުނުވާތީ ކަމަށް

ހޯމްލޭންޑް މިނިސްޓަރު، އަލީ އިހުސާން. މާލޭގައި އާންމުކޮށް ވައްކަން ކުރާ 46 މީހުން އެބަތިބި ކަމަށް އޭނާ ވިދާޅުވި -- ފޮޓޯ: ހޯމް މިނިސްޓަރީ

ހޯމްލޭންޑް މިނިސްޓަރު، އަލީ އިހުސާން. މާލޭގައި އާންމުކޮށް ވައްކަން ކުރާ 46 މީހުން އެބަތިބި ކަމަށް އޭނާ ވިދާޅުވި -- ފޮޓޯ: ހޯމް މިނިސްޓަރީ

މާލޭގައި އާންމުކޮށް ވައްކަން ކުރުމުގައި އާންމުކޮށް ހަރަކާތްތެރިވާ 46 މީހުން ފާއިތުވި ހަ މަސްދުވަހުގެ ތެރޭގައި 4000 ފަހަރު ހައްޔަރުކޮށް އަދި މުއާމަލާތު ކުރުމަށްފަހު ވެސް ދޫވެފައި ތިބީ ކޯޓުތަކުގެ އިހުތިސާސް ސާފު ނުވާތީ ކަމަށް ހޯމް މިނިސްޓަރު، އިހުސާން އަލީ ވިދާޅުވެއްޖެ އެވެ.

މަޖިލީހުގެ ގައުމީ ސަލާމަތަ ބެހޭ ކޮމެޓީއަށް މިއަދު އިހުސާން ކުރުމުން، އެމްޑީޕީ ޕީޖީ ގުރޫޕުގެ ލީޑަރު، އިބްރާހިމް ނާޒިލް ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން އިހުސާން ވިދާޅުވީ މާލޭގެ ވައްކަމުގެ ނެޓްވޯކުގައި ފާހަގަ ކުރެވޭ 46 މީހުން ތިބި ނަމަވެސް އެމީހުން ހައްޔަރުކޮށްގެން ބަންދުގެ މުއްދަތު ޖެހުމަށް ކޯޓުތަކަށް ގެންދިޔުމުން ކޯޓުގެ އިހުތިސާސްގެ ދަށުން އެ މައްސަލަ ނުބެލޭނެ ކަމަށް ބުނެ ދޫކޮށްލާ ކަމަށެވެ.

"މީގެ މައްސަލައަކީ އަޅުގަނޑުމެން އެމީހުން ހައްޔަރު ކޮށްގެން އެމީހުންގެ ޔޫރިން ޕޮޒިޓިވްވެގެން އެއް ކޯޓަށް ގެންދިިޔައީމާ އެމީހުން ބުނާނެ ނޫނޭ ތިއީ ޑްރަގް މައްސަލައެއް ނޫނޭ ތިއީ ކްރިމިނަކް މައްސަލައެކޭ، ކްރިމިނަލް ކޯޓަށް ގެންދިޔައީމާ ބުނެފާނެ ތިއީ ޑްރަގް މައްސަލައެކޭ، އެހެންވީމާ ގާނޫނުގައި ސާފުކޮށް ބައެއް ކަންކަން އެބަޖެހޭ ބަޔާން ކުރަން، މިކަހަލަ ހާލަތްތަކުގައި މީނާ ގެންދަން ޖެހޭނީ ކްރިމިނަލް ކޯޓަށޭ،" އިހުސާން ވިދާޅުވި އެވެ.

ފުލުހުންނަށް ގާނޫނުން ލިބިދޭ ބާރުގެ ދަށުން ބަންދުގެ މުއްދަތު ޖަހަން ކޯޓަކަށް ހާޒިރު ނުކޮށް ހައްޔަރުގައި ކުށްވެރިން ބޭތިއްބެނީ 24 ގަޑިއިރުކަން ފާހަގަ ކުރައްވައި އިހުސާން ވިދާޅުވީ ވައްކަމުގެ މައްސަލަތަކުގައި ހައްޔަރު ކުރާ މީހުން މިއޮއްހައި ދުވަހު ދޫވެފައި ތިބީ ކޯޓުތަކަށް ގެންދިޔުމުން ދިމާވާ ގޮންޖެހުމާ ގުޅިގެން ކަމަށެވެ.

ނަމަވެސް އެ 46 މީހުންގެ ތެރެއިން ވައްކަމުގެ މައްސަލަތަކުގައި އެންމެ ފާހަގަ ކުރެވޭ 21 މީހަކަށް ޓާގެޓު ކޮށްގެން މިދިޔަ ހަފުތާއިން ފެށިގެން ފުލުހުން އޮޕަރޭޝަނެއް ހިންގަމުންދާ ކަމަށް އިހުސާން ވިދާޅުވި އެވެ.

އެ އޮޕަރޭޝަނުގެ ތެރެއިން 21 މީހުންގެ ތެރެއިން 10 މީހަކު މިހާރު ނޭޝަނަލް ޑްރަގް އޭޖެންސީގެ ފަރުވާއަށް ނަގާފައިވާ ކަމަށާއި އިތުރު ހަތަރު މީހަކު އެކި މައްސަލަތަކުގައި މިހާރު ހައްޔަރު ކޮށްފައިވާ ކަމަށް ވެސް އިހުސާން ވިދާޅުވި އެވެ. ދެން ބާކީ ތިބި ހަތް މީހުން ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުންދާ ކަމަށް އިހުސާން ވިދާޅުވި އެވެ.

"ދެން މި 21 މީހުން ނަގާލީމާ ވެސް މާލެ ތެރެއަށް ބޮޑު ބަދަލެއް އަންނާނެ ކަމަށް އަޅުގަނޑު ގަބޫލު ކުރަން، އެހެންނަމަވެސް މިދެންނެވި ބާކީ މިތިބަ 46 ދޭތެރޭގައި މިތިބަ ހުރިހާ މީހުންނަކީ ވެސް އަޅުގަނޑުމެން ގާނޫނުގެ ތެރެއަށް އެމީހުން ގެނެސް ރިހެބިލިޓޭޓު ކުރަންޖެހޭ މީހުން ކަމަށް އަޅުގަނޑު ގަބޫލު ކުރަން،" އިހުސާން ވިދާޅުވި އެވެ.

ވައްކަން ކުރާ މީހުން ބަންދު ނުކުރެވޭ ސަބަބަކީ ކޯޓުތަކުގެ އިހުތިސާސް ސާފު ނުވުން ކަމަށް އިހުސާން ވިދާޅުވި ނަމަވެސް ގާނޫނުގައި މިހާރު ވެސް ހައްޔަރު ކުރެވޭ މީހުންނާ މެދު އަމަލު ކުރަންޖެހޭ ގޮތާއި ކޯޓުތަކުގެ އިހުތިސާސްގެ ތެރޭގައި ހިމެނޭ މީހުންނާއި ނުހިމެނޭ މީހުން ވަރަށް ސާފުކޮށް ލިޔެފައިވެ އެވެ.

އެގޮތުން މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ 35 ވަނަ މާއްދާގައި ޑްރަގް ކޯޓުގެ އިހުތިސާސް ހިނގާނެ ތިން ގިންތީގެ މީހުން ބަޔާން ކޮށްފައިވެ އެވެ. އެއީ:

  • މަސްތުވާތަކެތި ބޭނުންކުރުމުގެ ކުށުގެ ނުވަތަ މަސްތުވާތަކެތި ޕެޑްލްކުރުމުގެ ކުށުގެ ދައުވާ އުފުލިފައިވާ މީހުން
  • މަސްތުވާތަކެތި ބޭނުންކޮށްގެން، އޭގެ ނުފޫޒުގައި ހުރެ ކޮށްފައިވާ ޖިނާއީ ކުށެއްގެ ދައުވާ އުފުލިފައިވާ މީހުން
  • ޖިނާއީ ކުށެއްގެ ހުކުމް ތަންފީޒުކުރަމުންދާ މީހުން

މިއިން ކޮންމެ ގިންތިއެއްގެ ތެރޭގައި ހިމެނޭ މީހުންގެ ތެރެއިން ޑްރަގް ކޯޓުގެ އިހުތިސާސް ހިނގާނެ މީހުން ވަކިވަކީން އެ މާއްދާގެ ށ. އިން ރ. އަށް ބަޔާން ކޮށްފައިވެ އެވެ.

ޑްރަގް ކޯޓުގެ އިހުތިސާސް ނުހިނގާނެ މީހުންގެ ގޮތުގައި އެ ގާނޫނުގެ 36 ވަނަ މާއްދާގައި ބަޔާން ކުރަނީ ހަ ބާވަތެއްގެ ކުށްވެރިންނެވެ. އެއީ:

  • މީހަކު މެރުމުގެ ކުށް
  • ޓެރަރިޒަމްގެ ކުށް
  • ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މީހުންނާމެދު ހާއްސަ އުސޫލުތަކަކަށް އަމަލު ކުރުމުގެ ގާނޫނުގައި ކަނޑައަޅާފައިވާ ކުށެއް
  • މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ކުށް
  • ގަދަކަމުން ބަދު އަހުލާގީ އަމަލު ހިންގުމުގެ ކުށް
  • މީގެ އިތުރުން މި ކުށްތަކުގެ ތެރެއިން ކުށެއްގައި ބައިވެރިވުމުގެ ކުށް ނުވަތަ އެއިން ކުށެއް ކުރުމުގައި އެހީތެރިވުމުގެ ކުށް

މި ގާނޫނުގެ ދަށުން މީގެ ކުރިން ވެސް އެކި މައްސަލަތަކުގައި ހައްޔަރު ކުރެވޭ މީހުން ހާޒިރު ކުރަނީ އެ މައްސަލައަކާ ގުޅުންހުރި ކޯޓަކަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox