ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އިން ފުރައިގެން އިންޑިއާއަށް ދާން ދަތުރުފެށި މޯލްޑިވިއަންގެ ބޯޓެއް އެނބުރި ވީއައިއޭ އަށް ޖައްސައިފި އެވެ.
މޯލްޑިވިއަންގެ މީޑިއާ އޮފިޝަލް 'އަދަދު' އަށް ވިދާޅުވި ގޮތުގައި ވީއައިއޭއިން ފުރައިގެން ދިޔަތާ ކުޑަ އިރުކޮޅެއް ތެރޭ ފްލައިޓު އަނބުރާ އައިސްފައިވާ ކަމަށާއި, ފްލައިޓަށް ދިމާވި ސީދާ މައްސަލަ އަދި ދެނެގަނެވިފައި ނުވާ ކަމަށެވެ.
އޭނާ ވިދާޅުވީ, ޓެކްނިކަލް މައްސަލައަކާހެދި ފްލައިޓް ގްރައުންޑް ކުރަން ޖެހުމުން, އޭގައި ތިބި ފަސިންޖަރުން ގެއަށް ފޮނުވާލާފައިވާ ކަމަށެވެ.
ފްލައިޓަށް ދިމާވި މައްސަލަ ދެނެގަނެވުމުން, އިތުރު ތަފްސީލު ތަސްމީކޮށް މީޑިއާއާ ހިއްސާ ކުރުމަށް ތައްޔާރުވަމުން އަންނަ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.
ޓެކްނިކަލް މައްސަލައަކާހެދި އަނބުރާ އަންނަން ޖެހުނީ މޯލްޑިވިއަންގެ އެއާބަސް A320 އެވެ. އެއީ ފްލައިޓު Q2700 ގައި އިންޑިއާގެ ޓްރިވެންޑްރަމަށް ދަތުރުކުރި ފްލައިޓެކެވެ.












