ހުލާސާކޮށް އިއްޔެ: ޓެކްސް ނޫން އާމްދަނީ ބިލިއަނެއް ދަށަށް

ފިނޭންސް މިނިސްަޓަ މުހައްމަދު ޝަފީގު. -- ފޮޓޯ:ރައީސް އޮފީސް

ފިނޭންސް މިނިސްަޓަ މުހައްމަދު ޝަފީގު. -- ފޮޓޯ:ރައީސް އޮފީސް

ދައުލަތަށް ލިބުނު ޓެކްސް އާމްދަނީ ކުރީ އަހަރަށް ވުރެ އިތުރުވީއިރު، ޓެކްސް ނޫން އާމްދަނީ ދަށް ވެއްޖެ ކަމަށް ފިނޭންސް މިނިސްޓްރީން އެންމެ ފަހުން އާންމުކޮށްފައިވާ ހަފުތާގެ މާލީ ތަފާސްހިސާބުތަކުން ހާމަވި ކަމަށް އިއްޔެ ރިޕޯޓުކުރި އެވެ. ފިނޭންސް މިނިސްޓްރީގެ އެންމެ ފަހުގެ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯޓުން ދައްކާ ގޮތުގައި، މި މަހުގެ 6 އާ ހަމައަށް ދައުލަތަށް އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި 15.4 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ.

ދައުލަތަށް ލިބުނު އާމްދަނީގެ ބޮޑު ބަޔެއް ހިއްސާކުރަނީ ޓެކްސް އާމްދަނީ އެވެ. ޓެކްސްގެ ގޮތުގައި 12.4 ބިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ އެ މުއްދަތަށް ވުރެ 1.1 ބިލިއަން ރުފިޔާ އިތުރު އަދަދެކެވެ. ޓެކްސް އާމްދަނީ ލިބުނު ދާއިރާތަކުގެ ތެރެއިން އެކްސްޕޯޓު އިމްޕޯޓު ދާއިރާގެ ޓެކްސްތައް، އެއީ އިމްޕޯޓު ޑިއުޓީ އާއި ރޯޔަލްޓީ، ފިޔަވައި އެހެން ހުރިހާ ދާއިރާއަކުން ލިބުނު އާމްދަނީ ވަނީ އިތުރުވެފަ އެވެ. ހާއްސަކޮށް ޓޫރިޒަމް ޖީއެސްޓީ އާއި ބިޒްނަސް އެންޑް ޕްރޮޕަޓީ ޓެކްސްތަކުން ލިބުނު އާމްދަނީ ކުރީ އަހަރަށް ވުރެ ވަރަށް ބޮޑަށް އިތުރެވެ. ޓެކްސް ނޫން އާމްދަނީގެ ގޮތުގައި އެންމެ ފަހުގެ ރިޕޯޓާ ހަމައަށް 2.7 ބިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ ކުރީ އަހަރުގެ އެ މުއްދަތަށް ވުރެ 966 މިލިއަން ރުފިޔާ މަދު އަދަދެކެވެ.

ޓެކްސް ނޫން އާމްދަނީ ލިބުނު ދާއިރާތަކުގެ ތެރެއިން ޖުމްލަކޮށް ހުރިހާ ދާއިރާއަކުން ވެސް ކުރީ އަހަރާ އެއް ވަރަށް ނޫނީ އެއަށް ވުރެ ގިނައިން އާމްދަނީ ލިބިފައިވާއިރު، އެންމެ ބޮޑު ވެއްޓުމެއް ދައްކަނީ އެހެނިހެން ޓެކްސް ނޫން އާމްދަނީތަކުންނެވެ. މިދިޔަ އަހަރު މި އާމްދަނީ 853.6 މިލިއަން ރުފިޔާގައި ހުރި ނަމަވެސް މި އަހަރު އަދި ލިބުނީ 149.5 މިލިއަން ރުފިޔާ އެވެ. މިއީ 82 ޕަސެންޓުގެ ވެއްޓުމެކެވެ. އެހެނިހެން ޓެކްްސް ނޫން އާމްދަނީގެ ތެރޭގައި ހިމެނޭ އާމްދަނީއަކީ ކޮބައިކަން ސާފު ނުވާތި މިހާ ބޮޑު ތަފާތެއް އައި ސަބަބެއް އަދި ނޭނގެ އެވެ. ޓެކްސް ނޫން އާމްދަނީ މަދު ނަމަވެސް، ޓެކްސް އާމްދަނީއަށް އައި ބޮޑު ކުރިއެރުމާއެކީ ޖުމްލަ އާމްދަނީ 300 މިލިއަނަށް ވުރެ ގިނަ ރުފިޔާއިން އިތުރުވެ.

މުހިއްމު ބައެއް ހަބަރު

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox