ދަތުރުފަތުރު ކުރުމަށް އުނދަގޫވާ ގޮތަށް ޕާކުކޮށްފައިވާ 163 ވެހިކަލެއް މިދިޔަ ދެ ދުވަހުގެ ތެރޭގައި ޓޯ ކޮށްފައިވާ ކަމަށް ފުލުހުން އިއްޔެ ބުންޏެވެ.
މި އުޅަނދުތައް ނެގީ ބުރާސްފަތި އަދި ހުކުރު ދުވަހު އެވެ. ޓޯކުރި ގިނަ އުޅަނދުތަކަކީ ބޮޑުތަކުރުފާނު މަގު ކަޅުތުއްކަލާ ކޮށި ކައިރިން ފެށިގެން ފަތާ ޓްރެކާ ހަމައަށް ޕާކުކޮށްފައި އޮތް އުޅަނދުތަކެވެ.
އެ ސަރަހައްދުން 84 އުޅަނދު ނެގިއިރު، އަމީނީ މަގާއި, އިއްޒުއްދީން މަގުން 79 އުޅަނދެއް ނެގި ކަމަށް ފުލުހުން ބުނެފައިވެ އެވެ.













