ކުޑަކުދިންނާމެދު ލާއިންސާނީ އަމަލުތައް ހިންގާ ގައުމުތަކުގެ "ބްލެކް ލިސްޓް" އަށް އިޒްރޭލު

އިޒްރޭލުން ގާޒާއި ހިންގަމުންދާ ގަތުލްއާންމުގައި ކުޑަކުދިންތަކެއް: އދ އިން ވަނީ ކުޑަކުދިންނަށް ލާއިންސާނީ އަމަލުތައް ހިންގާ ގައުމުތަކުގެ "ބްލެކް ލިސްޓް" އަށް އިޒްރޭލު ލާން ނިންމާފައި -- ފޮޓޯ: ގެޓީ

އިޒްރޭލުން ގާޒާއި ހިންގަމުންދާ ގަތުލްއާންމުގައި ކުޑަކުދިންތަކެއް: އދ އިން ވަނީ ކުޑަކުދިންނަށް ލާއިންސާނީ އަމަލުތައް ހިންގާ ގައުމުތަކުގެ "ބްލެކް ލިސްޓް" އަށް އިޒްރޭލު ލާން ނިންމާފައި -- ފޮޓޯ: ގެޓީ

ކުޑަކުދިންނާމެދު ލާއިންސާނީ އަމަލުތައް ހިންގާ ގައުމުތަކުގެ "ބްލެކް ލިސްޓް" އަށް އިޒްރޭލު އިތުރުކުރަން އދ އިން ނިންމައިފި އެވެ.

އިޒްރޭލުން އދ އަށް ކަނޑައަޅުއްވާފައި ހުންނަވާ އެމްބެސެޑަރު ގިލާޑް އެރްދާން ވިދާޅުވީ ކުޑަކުދިންނާމެދު ލާއިންސާނީ އަމަލުތައް ހިންގާ ލިސްޓަށް އިޒްރޭލު ލާން ނިންމިކަން ޔޫއެންގެ ސެކެޓްރީ ޖެނެރަލް އެންޓޯނިއޯ ގުޓިއަރޭޒް ރަސްމީކޮށް އަންގަވާފައިވާ ކަމަށެވެ.

އިޒްރޭލުގެ އެމްބެސެޑަރު ވަނީ އދ ގެ މި ނިންމުމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ، ބްލެކް ލިސްޓަށް ލާން ޖެހެނީ ގުޓިއަރޭޒް ކަމަށާއި، ގުޓިއަރޭޒް އިޒްރޭލާ ދެކޮޅަށް ހިންގާ ޓެރެރިޒަމްގެ އަމަލުތަކަށް ހިތްވަރު ދެމުން ކަމަށެވެ.

ނަމަވެސް ގުޓިއަރޭޒްގެ ތަރުޖަމާން ސްޓެފަން ދުޖަރިކް ވިދާޅުވީ އިޒްރޭލުގެ އަމަލުތައް ކުށްވެރިކުރާ ކަމަށާއި ލިސްޓަށް އިޒްރޭލު ލާން މަސައްކަތް ކުރަނީ ރަނގަޅަށް ކަމަށެވެ.

އދ ގެ ނިންމުމަށް ފަލަސްތީނުގެ ކަމާބެހޭ ފަރާތްތަކުން ވަނީ މަރުހަބާ ކިޔާފަ އެވެ. އަދި އިޒްރޭލުން ދަނީ ފަލަސްތީނުގެ ކުޑަކުދިންނަށް އަމާޒުކޮށް ލާއިންސާނީ ގިނަ އަމަލުތައް ހިންގަމުން ކަމަށް ވެސް ބުނި އެވެ.

އިޒްރޭލުން ފަލަސްތީނުގައި ހިންގަމުންދާ ގަތުލްއާންމުގައި މިހާތަނަށް 36،700 އަށްވުރެ ގިނަ މީހުން ވަނީ މަރާލާފަ އެވެ. އަދި އޭގެ ތެރޭގައި 15،500 އަށްވުރެ ގިނަ ކުޑަކުދިން ހިމެނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox