ބޫންސް ބިސްޓްރޯގެ ސިއްހަތަށް ފައިދާހުރި ކެއުންތައް ގެއާ ހިސާބަށް ގެނެސްދޭނެ

ބޫންސްއިން ޑެލިވާ ކޮށްދޭ ބައެއް ކެއުންތައް --

ބޫންސްއިން ޑެލިވާ ކޮށްދޭ ބައެއް ކެއުންތައް --

ބިޒީ ޝެޑިއުލްގެ ސަބަބުން ސިއްހަތަށް ރަނގަޅު ކާނާ ތައްޔާރުކޮށްލައިގެން ކާން ވަގުތު ނުވަނީތަ؟ ނޫނީ އޮފީސް ގަޑީގައި ކައިރީގަ ހުންނަ ކެފޭތަކުން ލިބެންހުރީ ތެޔޮ ހެދިކާއަށްވާތީ، ނުކައި ހުންނަންޖެހެނީތަ؟

ތިފަދަ ހުރިހާ މައްސަލައަކަށް ހައްލުގެނެސްދީ، ބޫންސް ބިސްޓްރޯއިން ވަނީ ސިއްހަތަށް ރަނގަޅު ކެއުން ހިމެނޭ އެކި ވައްތަރުގެ ކެއުންތައް ޑެލިވަރީ ކޮށްދިނުމުގެ ހިދުމަތް ފަށާފަ އެވެ.

ސިއްހަތަށް ރަނގަޅު ކެއުންތައް ހުރި ތަނަކަށް ގެންގޮސްދިނުމުގެ ހިދުމަތާއިއެކު ބޫންސް ބިސްޓްރޯއިން ފޯރޮކޮށްދޭން ފަށާފައިވާ ހިދުމަތަކީ، ދުޅަހެޔޮ ސިއްހަތަކަށް ފަހިވާގޮތަށް ކެއުން ބައްޓަންކުރަން ބޭނުންވާ ފަރާތްތަކަށް މާލެ ސަރަހައްދުން ލިބެންހުރި އެންމެ ރަނގަޅު ފުރުސަތެކެވެ.

ދެވީނާ މަގުގައި ހުންނަ މއ. ދުނބުރިގޭގައި ހުންނަ ބޫންސް ބިސްޓްރޯއަށް އޮންލައިންކޮށް އަދި 7781346 ނަންބަރަށް ގުޅައިގެން އޯޑަރު ކުރެވެ އެވެ. އެ ނަންބަރަށް ވަޓްސްއަޕް ކޮށްގެން ވެސް އޯޑަރު ކުރެވެ އެވެ.

ބޫންސްއިން ކެއުންތައް ޑެލިވަރީ ކޮށްދޭ ގަޑިތައް
ބޫންސްއިން ކެއުންތައް ޑެލިވަރީ ކޮށްދޭ ގަޑިތައް

ބޫންސްއިން ކެއުންތައް ޑެލިވަރީ ކޮށްދޭ ގަޑިތައް

ބޫންސް ބިސްޓްރޯއިން ބުނީ އެތަނުން ތައްޔާރުކުރާ ކެއުންތަކުގައި ބޭނުންކުރަނީ ފެންވަރު ރަނގަޅު އިންގްރީޑިއަންޓްސް ކަމަށާއި ތަފާތު އޮޕްޝަންތައް ލިބެން ހުންނާނެ ކަމަށެވެ.

ހަފުތާގެ ތެރެއިން ހުކުރު އަދި ހޮނިހިރު ފިޔަވައި ކޮންމެ ދުވަހަކަށް، މެންދުރު އަދި ރޭގަނޑުގެ ކެއުން ހިމެނޭގޮތަށް ތައްޔާރުކޮށްފައިވާ މެނޫގައި ހަށިގަނޑުގެ ބަރުދަން ލުއިކުރުމާއި، ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް ބޭނުންވާ މާއްދާތައް ހިމެނޭ ބައިތައް ހިމެނިފައިވާ، ދިވެހިންގެ ދުލަށް ހެޔޮވަރު ރަހަތައް ހިމެނިފައިވެ އެވެ.

މެންދުރުގެ ކެއުން އޮފީސް ގަޑީގެ ބުރައިގައި އަވަދި ނެތި އުޅެންޖެހުމުން ނުކެވޭ ފަރާތްތަކާއި، ދުވަހުގެ ވަރުބަލިކަމާއެކު ރޭގަނޑަށް ރަނގަޅު ކެއުމެއް ތައްޔާރު ނުކުރެވޭ ހާލަތުގައިވެސް ބޫންސް ބިސްޓްރޯގެ ސިއްހަތަށް ފައިދާހުރި ކެއުން އޯޑަރުކޮށްގެން ބަނޑާއި، ސިކުނޑި އަދި ހަށިގަނޑަށް ހިތްހަމަޖެހުން ލިބެގެންދާ ދިއުމަކީ މި ހިދުމަތުގެ ފަސޭހަކަމުގެ އިތުރުން އުފާވެރިކަން ވެސް ގެނެސްދޭނެ ކަމެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އެޕަލް ޑުއޯ ރާއްޖޭގެ ބާޒާރަށް އެލް ސްޓޫޑިއޯއިން ތައާރަފުކޮށްފި

އެމެރިކާގެ ބާޒާރާ އެއްވަގުތެއްގައި އެޕަލްގެ ފުރަތަމަ ފަތްޖަހާލެވޭ ފޯނު "އެޕަލް ޑުއޯ" އެލް ސްޓޫޑިއޯއިން ރާއްޖެއަށް ވަނީ ތައާރަފްކޮށްފައި. މިއީ ދުނިޔޭގެ އެންމެ ފަހުގެ ޓެކްނޮލޮޖީއެއް ބައިނަލްއަގުވާމީ ބާޒާރާ އެއް ދުވަހެއްގައި ރާއްޖެއިން ލިބެން ފެށި ފުރަތަމަ ފަހަރު ކަމަށްވާއިރު، މި ފޯނަށް ބޮޑު ތަރުހީބެއް ލިބެމުންދާކަމަށް އެލް ސްޓޫޑިއޯއިން ބުނޭ.

އެމްއެޗްއޭގެ ހޯލްސޭލް ވިޔަފާރި ޑިޖިޓަލްކޮށް، އިންގިލާބީ ފަސޭހައެއ

އެމްއެޗްއޭގެ 50 އަހަރުވީ ހޯލްސޭލް ވިޔަފާރި އޮންލައިންކޮށް، މުދަލަށް އޯޑަރު ދެވޭނެ ޚާއްސަ ޑިޖިޓަލް ޕްލެޓްފޯމެއް އެ ކުންފުނިން ވަނީ ތައާރަފްކޮށްފައެވެ. މި ބަދަލާއެކު ރާއްޖޭގެ ކޮންމެ ސަރަހައްދެއްގައި ހުރެގެންވެސް ސްޓޮކް ހުރި މިންވަރު ބަލައި ފަސޭހަކަމާއެކު މުދާ ގަނެވޭނެ އިންތިޒާމު މިހާރު ވަނީ ހަމަޖެހިފައެވެ. މިއީ ޓެކްނޮލޮޖީގެ އެހީގައި ވިޔަފާރި ޒަމާނީކޮށް، ކަސްޓަމަރުންނަށް ދޭ ޚިދުމަތްތައް ހަރުދަނާކުރުމަށް އެ ކުންފުނިން އެޅި މުހިންމު ފިޔަވަޅެކެވެ.

އެކްސްޕޯގެ އިންޝުއަރެންސް ޕާޓްނަރަކަށް ދިވެހި އިންޝުއަރެންސް

މޯލްޑިވްސް އެކްސްޕޯ 2026 ގެ އޮފިޝަލް އިންޝުއަރެންސް ޕާޓްނަރަކަށް ދިވެހި އިންޝުއަރެންސް ހަމަޖައްސައި، އެކަމުގެ އެއްބަސްވުމުގައި ވަނީ ސޮއިކޮށްފައެވެ. މި އެކްސްޕޯގެ ތެރެއިން، ރާއްޖޭގެ އިގްތިސާދީ ކުރިއެރުމަށާއި ވިޔަފާރިތަކަށް އެހީތެރިވުމުގެ އިތުރުން އިންޝުއަރެންސަށް ހޭލުންތެރިކުރުވުމަށް އެ ކުންފުނިން މަސައްކަތް ކުރާނެއެވެ.

ހެޔޮ އަގުގައި މުޑުވައް ފޯރުކޮށްދޭން ޕެސްޓެއެކްސްގެ ޕްރޮމޯޝަނެއް

ކުރިއަށް އޮތް ރޯދަމަހަށް އަމާޒުކޮށް، ޕެސްޓެއެކްސް މޯލްޑިވްސް އިން އަލަށް ތައާރަފްކުރި "ޖީއާރު" ބްރޭންޑްގެ މުޑުވައްތަކުން 15 އިންސައްތައިގެ ޑިސްކައުންޓެއް ދޭން ވަނީ ފަށާފައި. ނޮވެމްބަރު މަހުގެ ނިޔަލަށް ކުރިއަށްދާ މި ޕްރޮމޯޝަނަކީ ރާއްޖޭގެ މާހައުލާ ގުޅޭ ފެންވަރު ރަނގަޅު މުޑުވައް ހެޔޮ އަގުގައި ދަނޑުވެރިންނަށް ފޯރުކޮށްދިނުމަށް ފެށި ހަރަކާތެއް.

ގާނޫނީ މައުލޫމާތާއި ކޯޓުތަކުގެ ގަޒިއްޔާތައް ތާނަ އޭއައި އިން

ތާނަ އޭއައި އިން ގާނޫނީ މައުލޫމާތާއި ކޯޓުތަކުގެ ގަޒިއްޔާތައް ފަސޭހައިން ހޯދޭނެ އައު ފީޗާއެއް ތައާރަފުކޮށް، ގާނޫނީ ދިރާސާކުރާ ފަރާތްތަކަށް ބޮޑު ލުޔެއް ހޯދައިދިން. މި ވަސީލަތަކީ ދިރާސާކުރުމަށް އެހީތެރިވެދޭ ބިންގަލެއް ކަމަށާއި، ނަމަވެސް މައުލޫމާތުގެ ސައްހަކަން ކަށަވަރުކޮށް ގާނޫނީ ވަކީލުންގެ މަޝްވަރާ ހޯދުމަށް އެ ޕްލެޓްފޯމުން އިލްތިމާސްކުރޭ.

ސްޓާ މެޑިކަލް އިން އުރަމަތީގެ ކެންސަރަށް ހޭލުންތެރިކުރުވަނީ

އުރަމަތީގެ ކެންސަރަށް ހޭލުންތެރިކުރުވުމަށް ސްޓާ މެޑިކަލްއިން ބާއްވާ ހާއްސަ ސެޝަނެއް މިރޭ 8:15 ގައި ގޯލްޑަން ވެލީގައި ބޭއްވުމަށް ވަނީ ހަމަޖެހިފަ. މި ސެޝަންގައި ބަލި ދެނެގަތުމާއި ސްކްރީން ކުރުމުގެ މުހިންމުކަމާ ގުޅޭ މައުލޫމާތު ދިނުމަށް ހަމަޖެހިފައިވާއިރު، މިއީ އާންމުންނަށް ހުޅުވާލައިގެން ކުރިއަށްގެންދާ ހަރަކާތެއް.

ޖިއޯ އިން އެންމެ ބޮޑު ހިއްސާގެ ބާޒާރަށް ފުރުސަތު ހުޅުވައިފި

މުކޭޝް އަމްބާނީގެ ޖިއޯ ޕްލެޓްފޯމްސް އިން 3.2 ބިލިއަން ޑޮލަރު ހޯދުމުގެ އަމާޒާއެކު، އިންޑިއާގެ ތާރީޚުގައި ބާއްވާ އެންމެ ބޮޑު ހިއްސާގެ ބާޒާރު އާންމުންނަށް ހުޅުވާލައިފިއެވެ. މި އައިޕީއޯ މެދުވެރިކޮށް ލިބޭ ފައިސާ ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ކުންފުނީގެ ލޯނުތައް އަނބުރާ ދެއްކުމަށާއި ޓެލެކޮމް ވިޔަފާރި އިތުރަށް ފުޅާކުރުމަށެވެ. ހިއްސާ ވިއްކަން ފެށުމުގެ ކުރިންވެސް ބޮޑެތި މުއައްސަސާތަކުގެ ފަރާތުން މި މަޝްރޫއަށް ވަނީ އާދަޔާ ހިލާފު ބޮޑު ތަރުހީބެއް ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox