އަބްދުއްރަހީމްގެ ދަރިކަނބަލުން ސާޖިދާ ސްޓެލްކޯގެ ބޯޑަށް އައްޔަންކޮށްފި

ސާޖިދާ އަދި ފިރިކަލުން އާދަމް ޒާހިރު : ސާޖިދާ ވަނީ މިދިޔަ މަހު ސްޓެލްކޯގެ ބޯޑަށް އައްޔަންކޮށްފަ - ފޮޓޯ: ޓުވިޓާ

ސާޖިދާ އަދި ފިރިކަލުން އާދަމް ޒާހިރު : ސާޖިދާ ވަނީ މިދިޔަ މަހު ސްޓެލްކޯގެ ބޯޑަށް އައްޔަންކޮށްފަ - ފޮޓޯ: ޓުވިޓާ

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ގެ ދަރިކަނބަލުން މަރިޔަމް ސާޖިދާ، ސަރުކާރުގެ ކަރަންޓު ކުންފުނި (ސްޓެލްކޯ) ގެ ބޯޑު މެންބަރުކަމަށް އައްޔަންކޮށްފި އެވެ.

އެ ކުންފުނީގެ ވެބްސައިޓުގައިވާ ގޮތުން ސާޖިދާ އެ މަގާމަށް އައްޔަން ކުރީ މެއި 27، ގަ އެވެ. ސާޖިދާ އަކީ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ފެލިދޫ ދާއިރާގެ މެންބަރު އާދަމް ޒާހިރުގެ އަނބިކަނބަލުންވެސް މެ އެވެ.

ސްޓެލްކޯގެ ވެބްސައިޓުގައި ބުނެފައިވާ ގޮތުން ސާޖިދާ، އެ ކުންފުނީގެ ބޯޑަށް އައްޔަންކޮށްފައިވަނީ ނޮން އެގްޒެކެޓިވް ޑިރެކްޓަރެއްގެ ގޮތުގަ އެވެ.

މީގެއިތުރުން، ވެބްސައިޓުގައި ހިއްސާކޮށްފައިވާ ކުރު ވަނަވަރުގައި ބުނެފައިވާ ގޮތުން ސާޖިދާ ވަނީ އިނގިރޭސިވިލާތުގެ ކޮވެންޓަރީ ޔުނިވާސިޓީ އިން ބިޒްނަސް އެޑްމިނިސްޓްރޭޓިވް ދާއިރާއިން މާސްޓާސް އަދި އެ ގައުމުގެ ހާޓްފަޑްޝާ ޔުނިވަސިޓީން އެކައުންޓިން ދާއިރާއިން ބީއޭ އެއްވެސް ހާސިލް ކުރައްވާފަ އެވެ.

އަދި ސާޖިދާ ވަނީ އެކައުންޓިން ދާއިރާއިން ގިނަ އަހަރުތަކެއްގެ ތަޖުރިބާ ހާސިލްކުރައްވާފައި ކަމަށްވެސް ބުނެފައިވެ އެވެ.

ކުންފުނީގެ ބޯޑު މެންބަރުކަން ސާޖިދާއަށް ލިބުމާ ގުޅިގެން ސްޓެލްކޯއިން ކުރި ސޯޝަލް މީޑިއާ ޕޯސްޓަށް ވަނީ ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެފަ އެވެ. އެގޮތުން މަޖިލިސް ރައީސްގެ އާއިލީ ބޭފުޅަކަށް މަގާމެއް ދިނުމާއި ނިމިދިޔަ ދެ މަހުގެ ކަރަންޓު ބިލު ބޮޑުވުމާ ގުޅުވާ ގިނަ ބަޔަކު ވަނީ ކުންފުންޏަށް ފާޑުކިޔާފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox