ތަނެއްގައި ހަމަޖެހުން ގާއިމުވާނީ އެ ބައެއްގެ އަހުލާގީ މިންގަނޑު ރަނގަޅު ގޮތުގައި ހުރެގެން: އަބްދުއްރަހީމް

20 ވަނަ މަޖިލީހުގެ ރައީސް، އަބްދުއްރަހީމް އަބްދުﷲ -- ފޮޓޯ: މިރާޝް ނާޝިމް / އަދަދު

20 ވަނަ މަޖިލީހުގެ ރައީސް، އަބްދުއްރަހީމް އަބްދުﷲ -- ފޮޓޯ: މިރާޝް ނާޝިމް / އަދަދު

ތަނެއްގައ ހަމަޖެހުން ގާއިމުވާނީ އެ ބައެއްގެ ތެރޭގައި އަހުލާގީ މިންގަނޑު ރަނގަޅު ހޮތުގައި ހިފެހެއްޓިގެން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.

އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް) އިން ހުޅުމާލޭގައި އެޅުމަށް ހަމަޖެހިފައިވާ ސަނާބިލް އިމާރާތުގެ ފައިސާ ހޯދުމަށް ސުކޫކް ވިއްކުން އިފްތިތާހްކުރަން އިއްޔެ ބޭއްވި ރަސްމިއްޔާތުގައި އަބްދުއްރަހީމް ވިދާޅުވީ ގައުމުގެ އެންމެން ވެސް ބޭނުންވާ ބަދަލަކީ އިސްލާމީ ރިވެތި އަސޫލުތަކުގެ މަތީގައި ބިނާވެފައި ތިބި ދަރީންތަކެއް ދިވެހި މުޖުތަމައުއިން ފެނުން ކަމަށެވެ.

"ތަނެއްގައި ހަމަޖެހުން ގާއިމުވާނީ އެ ބައެއްގެ އަހުލާގީ މިންގަނޑު ރަނގަޅު ގޮތުގައި ހުރެގެން، ރަނގަޅު އަހުލާގެއްގެ މަތީގައި އަޅުގަނޑުމެންނަށް ދެމިތިބެވިގެން ނޫނިއްޔާ ތަނެއްގައި ސުލްހަވެރިކަން ވެސް އަދި އަމާންކަން ވެސް އަދުލުވެރިކަން ވެސް ގާއިމު ކުރެވިގެން ހިނގައިދާނެ ކަމަކަށް އަޅުގަނޑަކަށް ގަބޫލެއް ނުކުރެވޭ،" އަބްދުއްރަހީމް ވިދާޅުވި އެވެ.

އެންމެ މުހިންމު ކަމަކީ މުޖުތަމައުގައި ހަމަޖެހުން ގާއިމު ކުރުންކަން ފާހަގަކުރައްވައި އަބްދުއްރަހީމް ވިދާޅުވީ އިސްލާމިކް ޔުނިވާސިޓީއަކީ ގައުމު ހަމަ މަގަށް އެޅުވުމުގައި ރާއްޖެއަށް އެންމެ މުހިންމު އެންމެ އަގުހުރި ހިދުމަތްތަކެއް ކޮށްދެވޭނެ އެއް މުއައްސަސާ ކަމަށެވެ.

އެގޮތުން އެމަނިކުފާނު ވަނީ އިސްލާމިކް ޔުނިވާސިޓީން ދަސްވެނިވި ދަރިވަރުން މިހާރު ވެސް މުޖުތަމައުގައި ދައްކަމުން ގެންދާ ނަމޫނާއަށް މިސާލު ޖައްސަވައިފަ އެވެ.

"މި ހިޔާވަހިކަމުގެ ދަށުން ނުކުންނެވި ދަރިވަރުންގެ ނުވަތަ މިއަދު އިސް މަގާމުތަކުގައި ތިއްބެވި ބޭފުޅުންގެ އަހުލާގުގެ ރިވެތިކަން، ސައްތައިން ސައްތަ މުސްލިމު ދިވެހި މި ގައުމުގައި އަޅުގަނޑުމެން ބޭނުންވެގެން މިއުޅޭ އެންމެ މުހިންމު ބަދަލަކީ މި މުޖުތަމައު އިސްލާމީ ރިވެތި އުސޫލުތަކުގެ މަތީގައި ބިނާވެފައި ތިބި ދަރިންތަކެއް ފެނިގެންދިޔުން،" އަބްދުއްރަހީމް ވިދާޅުވި އެވެ.

އަބްދުއްރަހީމްގެ ވާހަކަކޮޅުގައި ވަނީ އިސްލާމިކް ޔުނިވާސިޓީ ކުރިއެރުވުމަށް މި ސަރުކާރުގެ ފުރިހަމަ އެއްބާރަުލުން ލިބޭނެ ކަމުގެ ޔަގީންކަން ދެއްވައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox