ދިގު ވާހަކަ: ނިމުތު

ދިގު ވާހަކަ: ނިމުތު

ތޫނު ހިމަ ތަދެއް ކަނދުރާމަތިން ކަނާއަތު ބޮނބިފަޅިއާ ދިމާއަށް ދުވެލަދުވެލާ ހުއްޓެވެ. ހަށިގަނޑު ތެދުކޮށްލީމެވެ. ލުޔެއް ނުވިއެވެ. ބަދަލެއް ނައެވެ. ދެފަރާތަށް ބޯ އަރިކޮށްލީމެވެ. ކަނދުރާއާއި މައިކަށްޓާ ގުޅޭ ހިސާބުގައި ހުރި ތަދު އަމާންދިނެވެ. ސްކުރީނަށް ގެއްލި ދުނިޔެމަތިން ހަނދުމަނެތިފައި އިނުމުން ހަށިގަނޑުން އެކަމުގެ އިންޒާރު ދެނީކަމަށް ހިތްބުންޏެވެ.

ގަޑިއަށް ބަލައިލެވުނެވެ. މެންދަމުން އަލިވެ ދޭއް ޖަހަނީއެވެ. ކުރަމުން ދިޔަ މަސައްކަތް ވެސް ކުޑައަޑިވީއެވެ. ދެން އޮތީ ފަހު މަންޒަރެވެ. އޭރުން، މުޅި މަސައްކަތުން އަތްދޫކޮށްލެވޭނެއެވެ. ހިތްވަރެއް ކޮށްލައިފިނަމަ ބައިގަޑިއެއްހާ އިރުން ނިންމައިލެވޭނެއެވެ. ވަރުބަލިކަން އިހުސާސްވިއެވެ. ބަނޑަށް އެނގުންވިއެވެ. ބަދިގެއަށް މިސްރާބު ޖެހީމެވެ.

ޖޯޑުނަގައި ސަމުސާ އަތަށް ހެޔޮކޮށްލީމެވެ. ގަހުވަދަޅު ހަލުވާލަމުން މަތި ނެގީމެވެ. މާޔޫސްވިއެވެ. ދަޅު އަރިކޮށްލީމެވެ. ސަމުސަލުން ދަޅުގެ ފޫކަހައިލީމެވެ. ފުން ނޭވާއެއް ބޭރުކޮށްލެވުނެވެ. މި ވަރުން ފުއްދައިލާނީއޭ ހިތަށް އެރިއެވެ. ނެގުނު އެތިކޮޅު ޖޯޑަށް އަޅައި ފޫފޮރުވޭވަރަށް ހޫނު ފެންފޮދެއް އަޅައި ގިރައިލީމެވެ. ހިތުގެ ޝަކުވާތަކާ އެއްވަރަށް ސަމުސާގެ މިޔުޒިކީ އަޑުއިވެމުން ދިޔައެވެ. އެއް ކޯވަރުން ފުއްދައިލީމެވެ.

ކޮޓަރިއަށް ވަދެ ބަލައިލެވުނެވެ. ނިދީގެ ކުންނުގައި މިޔުޒިކު ކުޅެމުންދިޔަ ސާރާގެ މޫނަށް ބަލައިލެވުނެވެ. އެނދުގައި އޮތް ދެ އަހަރަށްދާ ފާލިހާއި ތިން އަހަރުގެ ޝާޒް ފެނުމުން ހިނިތުން ވެވުނެވެ. އެއީ އަހަރެންގެ ދުނިޔެއެވެ. ނިދި ޤުރުބާން މި ކުރަނީ އެމީހުންނަށް ޓަކައެވެ. ދަރީންގެ މާދަމާއަށް ޓަކައެވެ.

އަހަރެން ކަހަލަ އަމިއްލަ ހިޔާވަހިކަމެއް ނެތް މީހަކަށް މާލެއަކީ ވޭނެކެވެ. އަހުވައެކެވެ. މަސް ފެށޭއިރު ޖަމާވާ ފައިސާކޮޅު، ލޮލަށް ނުފެނި ޖަމާކޮށްލަން މި ޖެހެނީ ހިލޭ މީހަކަށެވެ. ގޭތެރެ ހަމައަކަށް އެޅުވުމަށާއި ބިލްތަކަށް ކާންދޭން ޖެހެނީ ދެވަނަ ވަޒީފާއަކުންނެވެ. އާއިލާއާއެކު އުފާވެރި ވަގުތުކޮޅެއް ހޯދަން ބޭނުންނަމަ ދެން މި ޖެހެނީ ކުދިކުދި މަސައްކަތުން އިތުރުކުރާށެވެ. އަހަންނަކީ ބިނާރާއި ގެދޮރުކުރެހުމަށް ޝައުޤުވެރިކަން ހުންނަ، އެ ދާއިރާގައި ހޭކެމުން، ގޭނެމުން ދިރިއުޅުން ބިނާކުރާ މީހެކެވެ. ނިދުމުގެ ކުރިން ތިން ގަޑިއެއްހާއިރު ހުސްކުރާން މި ޖެހެނީ އެކި ގޮތްގޮތުން އަމިއްލައަށް ހޯދާ މަސައްކަތްތަކަށެވެ.

"ފަރޫހް!" ނިދިމޯޅީގައި އޮވެ ސާރާ ގޮވާލިއެވެ. "ފަތިހު ހޭލަން ޖެހޭނެއްނު."

ފުން ނޭވާއެއް ބޭރުކޮށްލެވުނެވެ. ސާރާގެ މޫނަށް ބަލައިލެވުނެވެ. އޭނާ އޮތީ ލޯ މަރައިގެންނެވެ. އިރުކޮޅެއް ނުވަނީސް ސާރާގެ ނިދީގެ އަޑުން ކޮޓަރި ގުގުމައިލިއެވެ. އެއީ އޭނާގެ އާދައެވެ. އިރުއިރު ކޮޅާ ހޭލާނެއެވެ. ގޮވާލާނެއެވެ. އަހަރެން ހަރަކާތްތައް ބަލާނެއެވެ. އަނތްބެއްގެ މަޤާމަށް ސާރާއަކީ ފަސްމީރުކުރިރުކެކެވެ. އޭނާގެ މައިވަންތަ އުނގަކީ އުފާވެރިކަމުގެ މަކާނެކެވެ. ނިޔަނެތިކަމުގެ ކުންނެވެ.

ދުވަހީ ތާވަލު ބޮލަށް ލައިގެން، އެއްތަނުގައި ދެފައި ނުޖެހި އަހަންނަށް މިހެން އުޅެވެނީ ސާރާ ހިތްވަރުދޭތީއެވެ. އިހުސާންތެރިކަމާއެކު އިހުސާސްތައް ދަންނާތީއެވެ. އެއް ޚިޔާލުން ދުނިޔެ ބިނާކުރުމުގައި މަދަދުވެރިވާތީއެވެ.

ދެވަނަ ފަހަރަށް ސާރާ ގޮވާލިއެވެ. އަހަންނަށް ބަލައިލެވުނީ މޭޒުމަތީގައި ހުރި ލެޕްޓޮޕްގެ ސްކުރީނަށެވެ. ދިރުންލިބެމުން ދިޔަ މަންޒަރުތަކަށެވެ. ޚިޔާލީ އެ ތަސައްވަރަށެވެ.

އާއެކެވެ. ލޮލަށް ފެންނަވަރު މި ކުރަނީ ވެރިއެއްގެ ތަސައްވަރީ މަންޒިލެކެވެ. ނަމަވެސް އަހަރެންގެ ޚިޔާލެވެ. ވިސްނުމެވެ. މިއީ ބިނާވެށީގެ ދާއިރާއިން ރާއްޖޭ ފަޚުރުވެރިވާނެ ފަދަ ސަހަރެކެވެ. އެފަދަ ބިނާތަކެވެ. މަތިންނާއި ތިރިންނާއި އަޑީން ގުޅިފައިވާ އަވަށްތަކެވެ. ދެވަނައެއް ނެތް އުއްމީދެކެވެ. މިރޭ ދިރުން މި ގެންނަނީ އެ ސަހަރުގެ އަމާންކަމުގެ ފަސްލަށެވެ. އެ ބާބަށެވެ. މިއީ މާދަމާގެ ރާއްޖެއެވެ. ހިތުގެ ޝިކާޔަތުގެ ހައްލެވެ.

މަޑުމަޑުން ދެ ލޯ މަރައިލީމެވެ. އޭރުއްސުރެ، ކަނދުރާމަތިން ދުވެދުވެ ހުރި ހިމުން ތަދާއި ނަގައިގަތް ދިލަގަނޑުގެ އައްސި އާލާވި ކަހަލައެވެ. އެ ތޫނު ހިމަ ތަދަށް ތަސައްލީއެއް ލިބޭތޯ އަނެއްކާ ވެސް ހަރަކާތްކޮށްލީމެވެ. ބުރަކަށި ތެދުކޮށްލާ މޯޅިއަކަށް ދެމިލީމެވެ. ލުޔެއް ނުލިބުނެވެ. ކޮޅަށް ތެދުވެވުނީ ބޭއިޚްތިޔާރުގައެވެ. ލޮލަށް ބަރުޖެހެމުން ދިޔުމުންނެވެ.

ލެޕްޓޮޕާއި ލެޕްޓޮޕެވެ. މަސައްކަތާއި މަސައްކަތެވެ. އެނދާ ދިމާއަށް ދަމާ ގެންދިޔައީ ނޭނގޭ ބާރަކުންނެވެ. އެނދު ފެނުނު އިރު ދެ ލޯ މެރިއްޖެއެވެ. އިސާހިތަކު ނިދީގެ ވާދީއަށް ގެނބި ގަނެވިއްޖެއެވެ.

މަތިން އިވުނު ބޫންއަޑާއެކު ސިހިފައި ބަލައިލެވުނެވެ. ހީވީ ރަނގަޅަށެވެ. އިވުނީ ސައިރަންގެ ބާރު އަޑުފަށްގަނޑެވެ. އަޑު އައީ ކަނާއަތު ކަންފަތާ ދިމާ މަތިންނެވެ. އޭރު ކުޑަކުޑަ ޑްރޯނެއް ބޯމަތިން މޫނާހަމައަށް ތިރިވަނީއެވެ. އަހަންނަށް ކިޔައިލެވުނީ ތާނައިން ލިޔެފައިވާ އެ އުޅަނދުގެ ނަމެވެ.

"އާނ! އަހަންނަކީ މި ވިލީގެ ފުލުހުންގެ ފާރަ ގެމައިގެ 'ސައްލޯ'. މި ވިލީގެ އުސޫލުތަކާއި ގަވާއިދުތަކާ މުޙައްމަދު ފަރޫހް ހިލާފުވެއްޖެ،" އުޅަނދުން އިވުނީ، ބަރުބަރު ފިރިހެން އަޑެކެވެ. "ތަޙްޤީޤު ނިމެންދެން އަޅުގަނޑުމެންގެ ބެލުމުގެ ދަށަށް ގެންދިޔުމުގެ ކޯޓު އަމުރު އޮންނާނެ ތިޔަބޭފުޅާގެ މެއިލްގައި."

އަހަންނަށް ދެ ލޯ ބޮޑުކޮށްލެވުނެވެ. ފާޑަކަށް ބަލަން ހުރެވުނީއެވެ. މަސްނޫޢީ އުޅަނދުތަކުން މީހުން ހިފާ ހައްޔަރު ކުރާން ފެށީ ހެއްޔެވެ؟ އަމާންކަން ބެލެއްހެއްޓުމަށް ފަންނިއްޔާތު ފައްކާކުރީ ހެއްޔެވެ؟ ހިތަށް ތިލަވި ސުވާލު ދުލުން ބޭރުވިއެވެ. ލަހެއް ނުވެ ޖަވާބު އިވުނެވެ. ހުރިހާ ސުވާލަކަށް ޖަވާބުދެނީ ސައްލޯއެވެ. ސައްލޯއަކީ އަމާންކަން ބެލެއްޓުމުގައި ޤާނޫނީ ބާރުދީގެން އުފަންކޮށްފައިވާ ދިވެހީންގެ އަމިއްލަ އީޖާދެއްކަމަށް ބުނެދިނެވެ. އެއީ ކުޑަކުޑަ އުޅަނދެކެވެ. އެ ގެމައިގައި އެކި އުޅަނދުތައް ހަރަކާތްކުރާނެ ކަމަށް ބުނެދިނެވެ.

ސައްލޯގެ ކުޅަދާނަކަން ފެނިފައި އަހަންނަށް ހުރެވުނީއެވެ. ހައިރާން ވެފައެވެ. ފާޑަކަށް ބަސް ހުއްޓިފައެވެ. ސައްލޯގެ ކެމެރާ އަހަރެންގެ މޫނާ ކައިރިކޮށްލިއެވެ. މޫނުގެ ފޮޓޯއެއް ނެގިއެވެ. މައުލޫމާތުތައް ކަމާބެހޭ މަރުކަޒަށް ފޮނުވިކަން އިޢުލާންކުރިއެވެ. އަހަންނަށް ކުރެވުނު ކުށަކީ ކޮބައިތޯ ސުވާލުކޮށްލެވުނެވެ. ސުވާލު ތަކުރާރުކޮށްލީމެވެ.

"ޤާނޫނު ނަންބަރު 34/2030ގެ ހާގައި ބަޔާންކޮށްފައިވާ ގޮތާ ޚިލާފަށް މަގުމައްޗަށް ކުނިއެޅުން. ސުޕާރީ ޕެކެޓު ދުވާރު މައްޗަށް ވައްޓައިލުން. ޤާނޫނު ނަންބަރު 9/2040ގެ ނޫނުގައިވާ ގޮތާ ޚިލާފަށް އާއްމު ސަރަހައްދުތަކުގައި ދުންފަތުގެ އިސްތިއުމާލުކުރުން. މަގުމަތީގައި ވޭޕްކުރުން."

"ކުދިކުދި ކަންކަން ވެސް މަނާވީތަ؟" އަހަންނަށް އަހައިލެވުނެވެ.

ވާހަކަ ނުނިމެނީސް ސައްލޯ ފެށިއެވެ. ތަހުޒީބު ވެށްޓެއްގައި އެއީ ކުދިކުދި ކަންކަން ނޫންކަމަށް ބުނެދިނެވެ. އަދި ޤާނޫނު ތަޞްދީޤުކޮށް ގެޒެޓުކުރުމާއެކު ދިވެހިރާއްޖޭގައި ދިރިއުޅޭ ކޮންމެ މީހެއްގެ މޮބައިލް އާލާތްތަކާއި އެމީހެއްގެ ސުމޭކީ އެކައުންޓަށް އެ ޤާނޫނެއްގެ އޯޑިއޯ، ވީޑިއޯގެ އިތުރުން، ލިޔުމުގެ ނަކަލެއް ފޮނުވާން ފެށިފަހުން ދަހަރެއް ފާއިތުވިކަން ހަނދުމަކޮށްދިނެވެ. ޤާނޫނަށް އަދާހަމަވުމަކީ ފަރުދީ ޒިންމާކަމުގައި ބުނެދިނެވެ.

"އަމުރަށް ކިޔަމަންނުވާނަމަ، ބާރުގެ ބޭނުންކޮށްގެން ފިޔަވަޅު އަޅާނެ ވާހަކަދަންނަވަން." އެންމެފަހުން ސައްލޯ އިންޒާރުދޭން ފެށިއެވެ.

"ފިޔަވަޅު؟" އަހަރެން ދެ ލޯ ބޮޑުކޮށްލީމެވެ.

"ގޭސް ޖެހުން. ގޭސް ޖަހާނީ އަމުރަށް ކިޔަމަން ނުވީމަ،" ސައްލޯގެ ރާގު ބަދަލުވިއެވެ. "އެހައި ހިސާބުން ފުރަތަމަ ކުށް އެ ސާބިތުވީ. އަމުރަށް ކިޔަމަން ނުވެއްޖެނަމަ ދިހަ ދުވަހުގެ ޖަލު ހުކުމެއް އަންނާނެ. ފުރަތަމަ ތަންފީޒުކުރާނީ އަމުރަށް ކިޔަމަން ނުވުމުގެ ކުށުގެ އަދަބު."

(ނުނިމޭ)

ފަހުގެ ޚަބަރު

ބޮމުގެ އިންޒާރަކާ ގުޅިގެން ކޮންސެޓް ކުއްލި ގޮތަކަށް ކެންސަލް

އެމެރިކާގެ ކަންޓްރީ މިއުޒިކް ތަރި އެލާ ލެންގްލީ، އޮކްލަހޯމާގައި ބޭއްވުމަށް ހަމަޖެހިފައި އޮތް ކޮންސެޓެއް ބޮމުގެ އިންޒާރަކާ ގުޅިގެން ކުއްލި ގޮތަކަށް ކެންސަލްކޮށްފިއެވެ. މި ފިޔަވަޅު އެޅީ ސަޕޯޓަރުންނާއި މުވައްޒަފުންގެ ސަލާމަތަށްޓަކައި ކަމަށް އޭނާ ބުނެފައިވާއިރު، ފުލުހުން ދަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.

ކިނބިއްސެއްގެ ބާރުމިން: ހީކުރާ ވަރަށް ވުރެ މާ ބާރުގަދަ!

ކިނބިއްސަކީ ނޭވާލާ ނިޒާމަށް ވަންނަ ބޭރުގެ މާއްދާތަކުން ހަށިގަނޑު ސަލާމަތްކުރުމަށްޓަކައި މަސައްކަތްކުރާ ބާރުގަދަ ނިޒާމެކެވެ. ކިނބިއްސެއްގެ އަޑު ގާތްގަނޑަކަށް 90 ޑެސިބެލްއަށް އަރާއިރު، އޭގެ ވައިގެ ދުވެލި ގަޑިއަކު 100 މޭލުގެ ބާރުމިނުގައި ހުރެ، އޭގެން ބޭރުވާ ފެންތިކިތައް 26 ފޫޓު ދުރަށް ދަތުރުކުރެއެވެ.

އެއްވަނަ ލިބުނީ އޭއައި ވީޑިއޯއަކަށް ކަން ފަޅައިއަރައިފި

ނިކޮންގެ 'ސްމޯލް ވޯލްޑް އިން މޯޝަން' މުބާރާތުން އެއްވަނަ ހޯދި ވީޑިއޯއަކީ ޖެނެރޭޓިވް އޭއައި ބޭނުންކޮށްގެން އުފައްދާފައިވާ އެއްޗެއްކަން ފަޅާއެރުމުން، އެ ފަރާތް މުބާރާތުން ވަނީ ޑިސްކޮލިފައިކޮށްފައެވެ. ސައިންޓިސްޓުންތަކެއް ހުށަހެޅި ޝަކުވާތަކާ ގުޅިގެން ހިންގި ތަހުގީގަށްފަހު ނިކޮންއިން މި ނިންމުން ނިންމީ، މުބާރާތަށް ހުށަހަޅާ އުފެއްދުންތަކުގައި އޭއައި ބޭނުންކުރުމަކީ ގަވާއިދާ ހިލާފު ކަމަކަށް ވާތީއެވެ.

ބޮލީވުޑްގެ ލެޖެންޑަރީ އެކްޓަރު ނާނާ ޕަޓޭކަރު މަރުވެއްޖެ

ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ނާނާ ޕަޓޭކަރު އުމުރުން 75 އަހަރުގައި ހާޓް އެޓޭކެއް ޖެހިގެން ގޯއާގައި ހުންނަ އޭނާގެ ގޭގައި މަރުވެއްޖެއެވެ. އިންޑިއާގެ ގައުމީ ފިލްމީ އެވޯޑްތައް ހާސިލްކޮށްފައިވާ މި ހުނަރުވެރި ތަރި މަރުވިއިރު، އޭނާ ވަނީ ސީރިއަސް އަދި ކޮމެޑީ ރޯލުތަކުން ބޮޑު މަގުބޫލުކަމެއް ހޯދާފައެވެ.

އެންމެ ގިނަ ޕެންގުއިން އުޅޭ ރަށުން އާބާދީގެ ބޮޑުބައެއް ނެތިގޮސްފި

ދުނިޔޭގައި އެންމެ ގިނައިން ޕެންގުއިން އުޅޭ ޒަވޮޑޮވްސްކީ އައިލެންޑުގެ "ޗިންސްޓްރެޕް" ޕެންގުއިންގެ އާބާދީ 63 އިންސައްތަ މަދުވެފައިވާކަން އާ ދިރާސާއަކުން ދައްކައިފިއެވެ. މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކާނާ ލިބުން ދަތިވެ، މި ބާވަތުގެ ޕެންގުއިން ނެތިދިއުމުގެ ބިރު އޮތްއިރު، އެ ރަށުގައި އުޅޭ "މެކަރޯނީ" ޕެންގުއިންގެ އާބާދީ ދަނީ އިތުރުވަމުންނެވެ.

މައިކަލް ޖެކްސަންގެ ޖެކެޓާއި މާކަރީގެ ނޯޓުފޮތް ވިއްކާލައިފި

މައިކަލް ޖެކްސަން ބޭނުންކުރި މިލިޓަރީ ޖެކެޓާއި، ފްރެޑީ މާކަރީ ލަވަތައް ލިޔެފައިވާ ނޯޓުފޮތް ހިމެނޭހެން މަޝްހޫރު ފަންނާނުންގެ ބައެއް ތަކެތި ނީލަމެއްގައި ބޮޑު އަގުގައި ވިއްކާލައިފިއެވެ. މީގެ އިތުރުން ޖޯން ލެނަންގެ އަވިއައިނަކާއި، ނޮއެލް ގަލަގާ ބޭނުންކުރި ގިޓާ ދުނިޔޭގެ ރެކޯޑް އަގަކަށް މި ނީލަމުގައި ވަނީ ވިކިފައެވެ.

ކެއުމަށްފަހު ލޭގައި ހަކުރު މަތިވުމަކީ ކަންބޮޑުވާންޖެހޭ ކަމެއްތަ؟

ކެއުމަށްފަހު ނުވަތަ ކަސްރަތު ކުރުމުން ލޭގައި ހަކުރުގެ މިންވަރު ވަގުތީގޮތުން މަތިވުމަކީ ހަށިގަނޑުގައި ގުދުރަތީ ގޮތުން ހިނގާ އާދައިގެ ކަމެކެވެ. ނަމަވެސް ހަކުރުބަލި ހުންނަ މީހުންގެ ހަށިގަނޑުގައި އިންސިއުލިން މަސައްކަތްކުރާ މިންވަރު ދަށްވުމުގެ ސަބަބުން، މިގޮތަށް ހަކުރު މަތިވުމަކީ ނުރައްކާތެރި ކަމަކަށް ވެދާނެއެވެ. އެހެންކަމުން ބަލި ހުންނަ މީހުން ކެއުމާއި ކަސްރަތަށް ސަމާލުވެ، ގަވާއިދުން ހަކުރު ޗެކްކުރުން މުހިންމެވެ.

Newsletter

Get the latest news delivered straight to your inbox