ގެދޮރުވެރިކަމާ ބެހޭ ކޮމެޓީއެއް މަޖިލީހުގައި އުފައްދަނީ

މަޖިލީހުގެ ނައިބު ރައީސްކަމުގެ މަގާމަށް އިއްޔެ އިންތިހާބު ކުރި އަހުމަދު ނާޒިމް -- ފޮޓޯ: މަޖިލިސް

މަޖިލީހުގެ ނައިބު ރައީސްކަމުގެ މަގާމަށް އިއްޔެ އިންތިހާބު ކުރި އަހުމަދު ނާޒިމް -- ފޮޓޯ: މަޖިލިސް

އަންނަ މަސް ނިމުމުގެ ކުރިން ގެދޮރުވެރިކަމާ ބެހޭ ކޮމެޓީއެއް މަޖިލީހުގައި އުފައްދަވާނެ ކަމަށް މަޖިލީހުގެ ނައިބު ރައީސް، އަހުމަދު ނާޒިމް ވިދާޅުވެއްޖެ އެވެ.

ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) ގައި ވާހަކަ ދައްކަވަމުން ނާޒިމް ވިދާޅުވީ ގެދޮރުވެރިކަމާ ބެހޭ ކޮމެޓީއެއް ވުޖޫދު ކުރުމުގެ ބޭނުމަކީ ގެދޮރުވެރިކަމާ ގުޅޭ މައްސަލަތައް ދިރާސާކޮށް އެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުން ކަމަށެވެ. އެގޮތުން ފާއިތުވި މުއްދަތުގައި ގެދޮރުވެރިކަމާ ގުޅޭ ކަންކަން ކުރިއަށް ގެންގޮސްފައި ހުރި ގޮތާ މެދު ރައްޔިތުންގެ އޮތް ހިތްހަމަ ނުޖެހުންތަކަށް ވެސް ހައްލު ލިބިގެންދާނެ ކަމަށެވެ.

"މިހާރު ވެރިކަން ކުރާ ޕާޓީން (ޕީއެންސީން) ބޭނުންވޭ ގެދޮރުވެރިކަމާ ބެހޭ ކޮމެޓީއެއް މުޅިން އަލަށް ތައާރަފު ކުރަން ،އެހެން ނަމަވެސް އެކަން މިއަދު [އިއްޔެ] ކުރެވޭ ގޮތް ނުވީ، ސަބަބަކީ އެއީ ގެދޮރުވެރިކަމާ ބެހޭ ބައެއް ކަންތައްތަކުގެ މެންޑޭޓު އޮތް ބައެއް ކޮމެޓީ މިހާރު ވެސް އެބަހުރި، އެހެންވީމާ އެ ކޮމެޓީތަކުގެ މެންޑޭޓާ ކުޅެ އެކަންތައްތައް ބަދަލު ކުރާހާ ވަގުތެއް މިއަދަކު ނެތް އެހެންވީމަ އަޅުގަނޑުމެން އާންމު ކޮމެޓީގެ ފަރާތުން މަޖިލީހުގެ ގަވާއިދަށް ގެންނަ ބަދަލުތަކުގެ ތެރޭގައި ޖޫން މަސް ނިމެންވާއިރަށް އެ ކޮމެޓީ ވެސް ވުޖޫދަށް ގެންވޭނެކަމަށް އަޅުގަނޑުމެން މި ބަލަނީ، މަޖިލީހުގެ އައު ގަވާއިދާ އެއްކޮށް،" ނާޒިމް ވިދާޅުވި އެވެ.

ނާޒިމް ވިދާޅުވީ އަލަށް އުފައްދަވާ ގެދޮރުވެރިކަމާ ބެހޭ ކޮމެޓީއަށް އެކަމާ ބެހޭ ހުރިހާ މައްސަލަތަކެއް ހުށަހެޅުމުން އެ މައްސަލަތައް ދިރާސާކޮށް ހައްލު ކުރުމަށް މަގު ކޮށިގެންދާނެ ކަމަށެވެ.

އެ ކޮމެޓީ ވުޖޫދު ކުރުމަށްޓަކައި މަޖިލީހުގެ ގަވާއިދަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށާއި މަޖިލީހުގެ ގަވާއިދު އިސްލާހު ކުރުމުގެ މަސައްކަތް އިއްޔެ އާންމު ކޮމެޓީއާ ހަވާލުކޮށްފައިވާނެ ކަމަށާއި އަންނަ ހޯމަ ދުވަހު ބާއްވާ ޖަލްސާގައި މަޖިލީހުގެ ކޮމެޓީތައް އިއުލާނު ކުރެވޭނެ ކަމަށް ނާޒިމް ވިދާޅުވި އެވެ.

"އެގޮތަށް ކޮމެޓީއަކާ މިފަަދަ ހައްސާސް މައްސަލައެއް ހަވާލު ކުރީމާ އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި ދާއިމީ ހައްލެއް މި މައްސަލައަށް ގެނައުމަށް ވެސް އެޅިގެންދާނެ ވަރަށް ބޮޑު ބާރެއް،" ނާޒިމް ވިދާޅުވި އެވެ.

"އެހެންވީމާ އެ ކޮމެޓީ ވާނެ އެ މައްސަލަ ހައްލުކޮށް މިހާރު ހުރި މައްސަލަތައް ދެނެގަނެ، އެކަންކަން ހައްލު ކޮށްދެން މަގުފަހިކޮށްދޭނެ ބަޔަކަށް އަލަށް އުފެދޭ ކޮމެޓީ ވާނެ."

ގެދޮރުވެރިކަމާ ބެހޭ ހާއްސަ ކޮމެޓީއެއް އެކުލަވައިލާ ވާހަކަ ނާޒިމް ދެއްކެވިއިރު، މިދިޔަ ސަރުކާރުން ދޫކުރި ފުލެޓާއި ގޯތިތައް ހަވާލު ކުރުން ލަސްވާތީ އެކަމުގެ ޝަކުވާ ވަނީ އިންތިހާއަށް ބޮޑުވެފަ އެވެ.

މިދިޔަ ސަރުކާރުން ވަނީ ގެދޮރުވެރިޔާ ސްކީމަށް އެދި ހުށަހެޅި މީހުން ގެ ތެރެއިން ޝަރުތު ހަމަވާ ހުރިހާ އެންމެންނަށް ފުލެޓު ދޭން ނިންމައިފަ އެވެ. ފުލެޓުތަކަށް އެދި ހުށަހެޅި 20،697 މީހުންގެ ތެރެއިން 15،046 މީހުންގެ ޝަރުތު ހަމަވި އެވެ.

ޝަރުތު ހަމަވި މީހުންގެ ތެރެއިން ފުރަތަމަ 4000 ފުލެޓު ލިބޭ މީހުންގެ ގޮތުގައި މިދިޔަ ސަރުކާރުން ކަނޑައެޅީ ތިން ކޮޓަރީގެ އެޕާޓުމަންޓަށް ޝަރުތު ހަމަވާ މީހުންގެ ތެރެއިން 76 އަކަށް ވުރެ މަތިން ޕޮއިންޓު ލިބުނު މީހުންނާއި ދެ ކޮޓަރީގެ އެޕާޓުމަންޓަށް ޝަރުތު ހަމަވާ މީހުންގެ ތެރެިން 73 އަކަށްށްވުރެ މަތިން ޕޮއިންޓު ލިބުނު މީހުންނަށެވެ.

ނަމަވެސް ގެދޮރުވެރިޔާގެ ދަށުން ފުލެޓުތައް ދޫކޮށްފައިވާ ގޮތް ތަހުގީގު ކުރުމަށްފަހު އޭސީސީން ބުނެފައި ވަނީ މިދިޔަ ސަރުކާރުން އިއުލާނު ކުރި ފުލެޓު ލިސްޓުގައި ޝަރުތު ފުރިހަމަވެ، އެއްވެސް މައްސަލައެއް ފާހަގަކުރެވިފައި ނުވާ ފޯމުތަކުގެ ނިސްބަތަކީ 20.7 ޕަސެންޓު ކަމަށާއި، އަދި ޝަރުތު ފުރިހަމަވީީ ނަމަވެސް މައްސަލަ ހުރި ފޯމުތަކުގެ ނިސްބަތަކީ 19.7 ޕަސެންޓު ކަމަށެވެ.

އެ ރިޕޯޓާ ގުޅިގެން ވަކި ގޮތެއް އަދި ސަރުކާރުން ނިންމާފައި ނުވާއިރު، ފުލެޓުތައް ދޫކުރާނެ ގޮތެއް ކަނޑައަޅަން ހައުސިން މިނިސްޓަރީން ވަނީ ކޮމެޓީއެއް އެކުލަވައިލައިފަ އެވެ. ނަމަވެސް އެ މައްސަލަ ބަލަމުންދާކަމަށް ބުނުން ފިޔަވައި އިތުރު އެއްވެސް ތަފުސީލެއް މިހައިތަނަށް ހާމަކޮށްފައެއް ނުވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox