ބޮޑު ދެ މައްސަލައެއްގެ ތުހުމަތުގައި ބަޔަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނި ވާހަކަ އިއްޔެ ރިޕޯޓުކުރި އެވެ.
އެއް މައްސަލައަކީ މާލޭގެ ގެސްޓް ހައުސްއެއްގައި ރަހީނުކޮށްގެން ގެންގުޅުނު ނޭޕާލް ފިރިހެނަކު ސަލާމަތްކޮށް، އެ މައްސަލައިގައި ތުުހުމަތު ކުރެވޭ ބަންގްލަދޭޝްގެ ދެ ފިރިހެނަކު ހައްޔަރު ކުރުމެވެ.
ފުލުހުން ބުނީ ނޭޕާލް މީހާ ބަންދުކޮށްގެން ގެންގުޅުނީ މާފަންނުގައި ހުންނަ ގެސްޓް ހައުސްއެއްގައި ކަމަށެވެ. ނަމަވެސް އެއީ ކިހާ ދުވަހެއް، އަދި ކޮން ބޭނުމެއްގައި ކަމެއް ފުލުހުން ހާމައެއް ނުކުރެ އެވެ.
ފުލުހުންގެ ތަރުޖަމާނު އަހުމަދު ޝިފާން ވިދާޅުވީ ރަހީނުކޮށްފައި ހުރި މީހާ އަށް އަނިޔާއެއް ލިބިފައި ނެތް ކަމަށެވެ.
ދެ ވަނަ މައްސަލައަކީ ބްލެކްމެއިލްކޮށް ފޭރުމުގެ ތުހުމަތުގައި ބަޔަކު ހައްޔަރު ކުރުމެވެ.














