ކައުންސިލް ގްރާންޓް އަވަސްކުރަން އެލްޖީއޭން ފިނޭންސް މިނިސްޓްރީގައި އެދިއްޖެ

ފިނޭންސް މިނިސްޓަރު ޝަފީގު: ކައުންސިލްތަކުގެ ބްލޮކް ގްރާންޓް އަވަސްކޮށްދިނުމަށް އެލްޖީއޭއިން ފިނޭންސްގައި ދަންނަވައިފި - ފޮޓޯ: ރައީސް އޮފީސް

ފިނޭންސް މިނިސްޓަރު ޝަފީގު: ކައުންސިލްތަކުގެ ބްލޮކް ގްރާންޓް އަވަސްކޮށްދިނުމަށް އެލްޖީއޭއިން ފިނޭންސްގައި ދަންނަވައިފި - ފޮޓޯ: ރައީސް އޮފީސް

ކައުންސިލްތަކަށް ދައުލަތުން ދޫކުރާ ބްލޮކް ގްރާންޓް ލިބުން ލަސްވާތީ، އެ ކަން އަވަސްކޮށްދިނުމަށް ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން ފިނޭންސް މިނިސްޓްރީގައި އެދިއްޖެ އެވެ.

ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގަށް އެޑްރެސްކޮށް، އެލްޖީއޭގެ ޑިރެކްޓަރު ޖެނެރަލް އާދަމް ޝަރީފު އަހުމަދު ސޮއިކުރައްވައި ފޮނުވި ސިޓީގައި ވަނީ ބްލޮކް ގްރާންޓް ޖަމާވުން ލަސްވުމުގެ އިތުރަށް ފިނޭންސްއާ ގުޅަން ދަތިތަކެއް ހުރި ކަމުގެ ޝަކުވާ ކައުންސިލްތަކުން ލިބެމުން އަންނަ ކަމަށެވެ.

ކައުންސިލްތަކުގެ މުވައްޒަފުންގެ މުސާރައާއި ބައެއް އިދާރީ ހަރަދުތައް ހަމަޖައްސަނީ މަހުން މަހަށް ލިބޭ ބްލޮކް ގްރާންޓުންނެވެ. ބްލޮކް ގްރާންޓް ލަސްވާތީ ކައުންސިލްތަކުގެ މުވައްޒަފުންނަށް މުސާރަ ދިނުމުގައި ދަތިތަކެއް އުޅޭ ކަމުގެ ޝަކުވާ ވަނީ މި ފަހުން ބޮޑުވެފަ އެވެ.

Advertisement

"ކައުންސިލްތަކުގެ ބްލޮކް ގްރާންޓް ކުރިއާލާ ކައުންސިލްތަކަށް ޖަމާކޮށްދެއްވުން އެދެން، އެއްވެސް ސަބަބަކާ ހުރެ ކައުންސިލެއްގެ ބްލޮކް ގްރާންޓް ހިފަހައްޓާނަމަ، ހިފަހައްޓާ ސަބަބު އެ ކައުންސިލަކަށް އަދި މި އޮތޯރިޓީއަށް އެނގޭނެ އިންތިޒާމު ހަމަޖައްސަވައިދެއްވުމަށް އެދި ދެންނެވިން،" ސިޓީގައިވެ އެވެ.

ވ. އަތޮޅު ކައުންސިލުގެ ރައީސް ޝުޖާއު އަލީ ވިދާޅުވީ މިދިޔަ ނޮވެމްބަރު، 2024، އިން ފެށިގެން ކޮންމެ މަހަކު ވެސް ފައިސާ ލިބުން ލަސްވާ ކަމަށެވެ. އަދި އެ މުއްދަތު ދިގުލައިގެން ގޮސް ފައިސާ ނުލިބި މަސް ދުވަސްވާ ކަން ފާހަގަކުރެއްވި އެވެ.

"ނޮވެމްބަރުން ފެށިގެން ފައިސާ ޖަމާނުވެ ލަސްވަމުން ގޮސް މިހާރު މަސް ދުވަސް އެބަވޭ. އަޅުގަނޑުމެން ދެން މިޖެހެނީ ހަރަދުތަކަށް ކައުންސިލުގަ އޭރު ހުންނަ ފައިސާކޮޅުން ނުވަތަ މަޝްރޫއުތައް މަޑުޖައްސާފަ އެ ފައިސާ ބޭނުންކުރަން،" ޝުޖާއު ކަންބޮޑުވުން ފާޅުކުރެއްވި އެވެ.

ޝުޖާއުގެ އިތުރުން ވެސް ބައެއް ކައުންސިލްތަކުން މި ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ.

ލާމަރުކަޒީ އުސޫލުން އިދާރީ ދާއިރާތައް ހިންގަން ފެށި ފަހުން އަބަދުވެސް ކައުންސިލްތައް ހިންގުމުގައި ހުންނަ އެކި ދަތިތަކުގެ ވާހަކަ ދެކެވެ އެވެ. ކައުންސިލްތައް ބާރުވެރިކުރުމަކީ، މައި ދެ ސިޔާސީ ޕާޓީން ވެސް ހުށަހަޅާ ބޮޑު ވައުދެކެވެ. މި ސަރުކާރު ވެސް އެކުލަވާލީ އެ ކަމަށް ގިނަ ވައުދުތަކެއް ހުށަހަޅައިގެނެވެ.

ކައުންސިލުތައް ބާރުވެރިކުރުމަށް ގިނަ މަސައްކަތްތަކެއް ވެސް މި ސަރުކާރުން ވަނީ އިއުލާނުކޮށްފަ އެވެ. ލާމަރުކަޒީ ނިޒާމު ހަރުދަނާ ކުރުމަށް، ގާނޫނަށް ގެންނަން ޖެހޭ އިސްލާހުތަކާ ގުޅޭ ގޮތުން އިލްމީ އަދި ރައްޔިތުންގެ ހިޔާލުތައް ހޯދުމުގެ ބޮޑު ދިރާސާއެއް މި މަހުގެ ތެރޭގައި ފަށަން ވެސް ނިންމާފައިވެ އެވެ.

ރަށްރަށުގައި ހިންގާ ގެސްޓުހައުސްތަކަށް ލޯކަލް ޓޫރިޒަމްގެ ތެރެއިން ލިބޭ ޓީޖީއެސްޓީން ވަކި ޕަސަންޓެއް ކައުންސިލްތަކުގެ އާމްދަނީއަށް އިތުރު ކުރުމަށް ލާމަރުކަޒީ ގާނޫނު އަދި ޓޫރިޒަމް ގާނޫނަށް އިސްލާހު ގެނައުމަށް ވެސް ސަރުކާރުން ނިންމާފައިވެ އެވެ.

ފަޅުރަށްތައް ކުއްޔަށް ދޫކުރާ މުއްދަތު 25 އަހަރަށް އިތުރުކޮށްދިނުމާއި ކައުންސިލުތަކުގެ ބަޖެޓު އިތުރުކުރުމާއެކު، ކައުންސިލުތަކަށް އޮފީސް އިމާރާތްތައް އަޅައިދިނުމަކީ ވެސް މި ސަރުކާރުން ކައުންސިލުތަށް ބާރުވެރިކުރުމަށް ކުރަން ނިންމާފައިވާ ކަންކަމެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައުދުގެ މައްޗަށް ކުރާ ދައުވާތައް އަނބުރައި ގެންދަން ގޮވާލައިފި

އެ ޕާޓީން ބުނީ މިއީ ކައުންސިލްގެ ނިންމުމަކަށް ސައުދު ފަރުދީގޮތުން ޒިންމާކުރުވައި، އޭނާގެ މޭޔަރުކަމުގެ މަގާމު ގެއްލުވާލުމަށް ސިޔާސީ ބޭނުމެއްގައި ކުރާ ކަމެއް ކަމަށް. އަދި އެކަށީގެންވާ ހެކި ނެތް މި މައްސަލައިގެ ޝަރީއަތް އަވަސް އަރުވާލައިގެން ކުރިއަށް ގެންދިއުމަކީ ގާނޫނުއަސާސީއާ ހިލާފު ކަމެއް ކަމަށްވެސް އެމްޑީޕީން ފާހަގަކޮށްފައިވޭ.

ވެމްކޯގެ ބައެއް މުވައްޒަފުންނަށް އަދިވެސް މުސާރަ ނުދޭ

ވެމްކޯގެ ބައެއް މުވައްޒަފުންނަށް މިދިޔަ މަހުގެ މުސާރަ އަދިވެސް ނުލިބޭތީ، ބިލްތައް ނުދެއްކި ޖޫރިމަނާވުމާއި ކުލި ދެއްކުން ލަސްވުމުގެ ކަންބޮޑުވުން މުވައްޒަފުން ފާޅުކޮށްފިއެވެ. މުސާރަ ދިނުން ލަސްވާ މައްސަލަ މިދިޔަ އަހަރުން ފެށިގެން ކުރިމަތިވަމުންދާއިރު، މިހާރު ގިނަ މުވައްޒަފުންނަށް މުސާރަ ލިބެނީ ކޮންމެ މަހެއްގެވެސް 10 ވަނަ ދުވަހާ ގާތްވުމުންނެވެ.

ރަސްމާލެ ވިއްކުމާ ދެކޮޅު ހަރަކާތުން އަދާލަތަށް މަރުހަބާ ކިޔައިފި

އެ ހަރަކާތުން ބުނިގޮތުގައި، ގައުމުގެ ސަލާމަތާއި ދީނީ އެއްބައިވަންތަކަމަށް އުނިކަން ލިބޭ ގޮތަށް މި މަޝްރޫއު ކުރިއަށް ނުގެންދިއުމަށް އަދާލަތުން ގޮވާލި ގޮވާލުމަށް ފުރިހަމައަށް ތާއީދުކުރެއެވެ.

ރަސްމާލެ އެއްވުމުގައި ފައިސަލް ވެސް ބައިވެރިވަނީ

މި އެއްވުމުގައި ކުރީގެ ރައީސް ޔާމީން ވެސް ބައިވެރިވެވަޑައިގަންނަވާއިރު، މިއީ ރަސްމާލޭގެ ބޮޑު ސަރަހައްދެއް ބޭރު ކުންފުންޏަކަށް ވިއްކާލުމާ ދެކޮޅަށް ބާއްވާ ހަރަކާތެއް. ސަރުކާރުން މިހާރު ވަނީ މި މަޝްރޫއު ކުރިއަށް ގެންދިއުމަށް ބޭނުންވާ ގާނޫނީ ބަދަލުތައް މަޖިލީހަށް ހުށަހަޅައިފަ.

ދައުލަތުގެ އިއްޒަތުގެ ޝަރަފުވެރިންގެ މަޖިލީހެއް އެކުލަވާލައިފި

ރައީސް މުއިއްޒު ރިޔާސަތު ބަލަހައްޓަވާ މި މަޖިލީހަކީ މިނިވަން ދުވަހުގެ ޖަލްސާގައި އެމަނިކުފާނު ވެވަޑައިގެންނެވި ވައުދާ އެއްގޮތަށް އުފެއްދެވި މަޖިލީހެކެވެ. މީގެ އިތުރުން އެކި ދާއިރާތަކުގެ ތަޖުރިބާކާރުން ހިމެނޭ 150 މީހުންގެ ގައުމީ މަޖިލީހެއް އެކުލަވާލުމަށް ވެސް ވަނީ ނިންމާފައެވެ.

ކަނދެއް ހަލާކުވެ ޓީއެމްއޭގެ ސީޕްލޭނެއް ދިޔަވެއްޖެ

ހުޅުލޭ ސީ-ޕްލޭން ޓާމިނަލުން ފުރަން އުޅުނު ބޯޓެއް އެކްސިޑެންޓުވެ، އޭގައި ތިބި މީހުން މޫދަށް ފުންމާލި ނަމަވެސް އެއްވެސް މީހަކަށް އަނިޔާ ލިބުނު ކަމެއް މިހާތަނަށް ނޭނގޭ. މި ހާދިސާ ހިނގާފައިވަނީ ބޯޓު ފުރަންވެގެން ޑޮކުން ނައްޓާލި ވަގުތު. އަދި ކަމާބެހޭ ފަރާތްތަކުން މިހާރު ދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން.

ޒަޔަނިސްޓުންނަށް ރާއްޖޭގެ ވެލިފުކެއް ވެސް ދީގެންނުވާނެ: ހުސައިން

އޭނާ މިހެން ވިދާޅުވީ ރަސްމާލޭގެ ބޮޑު ބައެއް ބޭރު ކުންފުންޏަކަށް ދީ، އެތަނުގައި ބޭރު މީހުންނަށް ދާއިމީކޮށް ވަޒަންވެރިވެވޭ ގޮތަށް ރިއަލް އެސްޓޭޓް ބިލެއް ސަރުކާރުން ހުށަހަޅާފައިވާ ދަނޑިވަޅެއްގައެވެ.

Newsletter

Get the latest news delivered straight to your inbox