ހުލާސާކޮށް: ތައުލީމީ މަރުހަލާގައި ޒަވާޖީ ހަޔާތަށް ހޭލުންތެރިކުރަން ޖެހޭ

ހުލާސާކޮށް: ތައުލީމީ މަރުހަލާގައި ޒަވާޖީ ހަޔާތަށް ހޭލުންތެރިކުރަން ޖެހޭ

ފެމިލީ ކޯޓަށް ހުށަހަޅާ މައްސަލަތަކަށް ބަލާއިރު، ޒަވާޖީ ހަޔާތަށް ޒުވާން ޖީލުގެ ހޭލުންތެރިކަން ކުޑަކަން އެނގޭ ކަމަށާއި އެކަން ހައްލުކުރުމަށް ތައުލީމީ މަރުހަލާގައި ޒަވާޖީ ހަޔާތަށް ހޭލުންތެރިކުރުވަން ޖެހޭ ކަމަށް ފެމިލީ ކޯޓުގެ އިސްގާޒީ އިބްރާހީމް މާހިރު އިއްޔެ ވިދާޅުވި އެވެ.

އިއްޔެ ފާހަގަ ކުރި ބައިނަލް އަގުވާމީ އާއިލާތަކުގެ ދުވަހުގެ މުނާސަބާގައި ނެރުއްވި ބަޔާނެއްގައި ގާޒީ މާހިރު ވިދާޅުވީ ގިނަ ކައިވެނިތައް ރޫޅެން ދިމާވާ ސަބަބުތަކަށް ބަލާއިރު، ޖެހޭ މައްސަލައިގެ ބޮޑުމިނަށް ވުރެ މައްސަލަ ހައްލު ނުވެ ހޭދަވާ މުއްދަތު ދިގުވުން ފާހަގަ ކުރެވޭ ކަމަށެވެ. އެފަދަ މައްސަލަތައް ހައްލުކުރަން އެކަށީގެންވާ މަސައްކަތްތަކެއް ނުކުރެވޭކަން ފާހަގަކުރެެވޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ފެމިލީ ކޯޓަށް ހުށަހެޅޭ މައްސަލަތަކަށް ބަލާއިރު، ޒަވާޖީ ހަޔާތަށް މިއަދުގެ ޒުވާންޖީލުގެ ހޭލުންތެރިކަން ކުޑަކަން ފާހަގަކުރެވޭ. މިހާލަތު ރަނގަޅުކުރުމަށް ޓަކައި ތައުލީމީ މަރުހަލާގައި ޒަވާޖީ ހަޔާތަށް ހޭލުންތެރިކަން އިތުރުކުރަން ޖެހޭ ކަމަށް ދެކެން،" ބަޔާނުގައި ގާޒީ މާހިރު ވިދާޅުވި އެވެ.

ވަރިކުރަން އެދި ފެމިލީ ކޯޓަށް ހުށަހަަޅާ މައްސަލަތަކުގައި ވަރިކުރަން ހުށަހަޅަނީ "އަނބިމީހާ ކިޔަމަންނުވާތީ" ކަަމަށް، ގިނަ ފިރިހެނުން ބުނާ ކަަމަށާއި ގިނަ އަންހެނުން ހުށަހަޅާ ސަބަބަކީ "ފިރިމީހާ އަނބިދަރިންނަށް އަޅައިނުލުން" ކަަން ބަޔާނުގައި ގާޒީ މާހިރު ފާހަގަކުރެއްވި އެވެ.

"ރަށްޓެހިންނާ އެކު ކޮފީތަކުގައި އެތައް ވަގުތެއް ފިރިމީހާ ހޭދަކުރާ އިރު، އަނބިމީހާއަށް ވަގުތު ނުދޭ ކަމަށް ބުނޭ. އަނބިމީހާގެ އުދާސްތައް ބޭރުކޮށްލަން، އޭނާގެ ވާހަކަ އަހާނެ ކަންފަތެއް ގޭތެރޭގައި ނުލިބޭކަމީ ވަރަށް ގިނަ އަންހެނުންކުރާ ހައްގު ޝަކުވާއެއް،" ބަޔާނުގައި ގާޒީ ވިދާޅުވި އެެވެ.

ވަރި ގިނަވާ ސަބަބެއްގެ ގޮތުގައި ފެމިލީ ކޯޓަށް މި ފަހުން ފާހަގަކުރެވިފައިވާ އަނެއް ސަބަބަކީ އަންހެނުންގެ ހައްގުތައް ހޯދައިދިނުމުގެ ނަމުގައި، ކައިވެނިތައް ރޫޅައިލަން (ބަޔަކު) ހިތްވަރު ދިނުމެވެ. އެގޮތަށް ކަންތައް ކުރުުމުން އަންހެނުން އިތުރަށް ނިކަމެތިވެ، ކުޑަކުދިންގެ ހައްގުތަކުން ދަރިން މަހުރޫމުވާ ކަން ފާހަގަކުރެވޭ ކަމަށް ވެސް އެކޯޓުން ފާހަގަކުރެ އެވެ.

މުހިއްމު ބައެއް ހަބަރު

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox