އީސީގެ އިންތިޒާމުތަކަށް އިންޓަނޭޝަނަލް އޮބްޒާވަރުންގެ ތައުރީފް، ބުނީ އެ ގައުމުތަކަށް ނަމޫނާއެއް ކަމަށް

މަޖިލިސް އިންތިހާބުގެ އިންތިޒާމުތައް އަދި ކުރިއަށް ދިޔަ ގޮތް ބެލުމަށް ޓަކައި ހަރަކާތްތެރި ބޭރުގެ އޮބްޒާވަރުން: އީސީގެ އިންތިޒާމުތަކަށް ވަރަށް ބޮޑަށް ތައުރީފުކުރި - ފޮޓޯ: އިލެކްޝަންސް ކޮމިޝަން ފޭސްބުކް

މަޖިލިސް އިންތިހާބުގެ އިންތިޒާމުތައް އަދި ކުރިއަށް ދިޔަ ގޮތް ބެލުމަށް ޓަކައި ހަރަކާތްތެރި ބޭރުގެ އޮބްޒާވަރުން: އީސީގެ އިންތިޒާމުތަކަށް ވަރަށް ބޮޑަށް ތައުރީފުކުރި - ފޮޓޯ: އިލެކްޝަންސް ކޮމިޝަން ފޭސްބުކް

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު 2024، އޮބްޒާވް ކުރުމުގައި ހަރަކާތްތެރިވި އިންޓަނޭޝަނަލް އޮބްޒާވަރުންގެ ޕްރެސް ކޮންފެރެންސްގައި އިލެކްޝަންސް ކޮމިޝަން (އީސީ) ގެ އިންތިޒާމުތަކަށް ތައުރީފުކޮށް ވާހަކަ ދައްކައިފި އެވެ.

އިއްޔެ ހެނދުނު 8:00 އިން ހަވީރު 5:30 އަށް ވޯޓު ލުން ކުރިއަށް ގެންގޮސް އޭގެ ފަހުން ރޭގަނޑު 9:00 އާ ހަމައަށް ހުރިހާ ފޮއްޓެއްގެ ވޯޓު ގުނާ ނިންމި އިރު މުޅި އިންތިހާބުގެ ކަންކަން ދިޔައީ ވަރަށް އޮމާންކޮށެވެ. އެއްވެސް ޒާތެއްގެ ހަމަނުޖެހުމެއް ހިނގައިފައެއް ވެސް ނެތެވެ.

މި އިންތިހާބު އޮބްޒާވް ކުރުމަށް ނުވަ ގައުމަކުން 19 އޮބްޒާވަރުން ބައިވެރިވި އެވެ.

މިއަދު އިންޓަނޭޝަނަލް އޮބްޒާވަރުންގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޗީފް އޮބްޒާވަރު ޑރ. ޝަހަބުއްދީން ޔައުގޫބު ގުރައިޝީ ވިދާޅުވީ ބޭއްވީ އިންޓަނޭޝަނަލް ލެވެލްގައި ގުނައިލެވޭ ފެންވަރުގެ އިންތިޒާމުތައް ހުރި އިންތިހާބެއް ކަމަށެވެ.

އޭނާ ވަނީ ގޮނޑިތައް އަތުރާފައިވާ ގޮތުން ފެށިގެން ވޯޓުލާ މަރުކަޒުގައި ހަރަކާތްތެރިވި އިލެކްޝަންސް ކޮމިޝަންގެ އޮފިޝަލުން މުހާތަބު ކުރުމާއި އާންމުންނާ މުއާމަލާތް ކުރި ގޮތަށް ވެސް ތައުރީފުކޮށްފަ އެވެ.

"އިންތިހާބުގެ މާހައުލުން ފެނުނީ ވަރަށް ތަހުޒީބު ބައެއް، ވޯޓުލާ މަރުކަޒުތަކުގައި ތިބި އޮފިޝަލުން މުހާތަބު ކުރަނީ ވަރަށް އިހުތިރާމާއި މަޑުމައިތިރި ކަމާ އެކު،" އޭނާ ވިދާޅުވި އެވެ.

ބޫޓާން އިލެކްޝަންސް ކޮމިޝަނުން ބައިވެރިވި އޮބްޒާވަރު ގޮވިންދަރު ސްވިދީ ވިދާޅުވީ ރާއްޖޭން ބޭރުގައި ދިރިއުޅޭ ދިވެހިންނަށް ވޯޓު ލުމުގެ އިންތިޒާމުތައް އީސީން ހަމަޖައްސާފައިވާ ގޮތަކީ މުޅި ދުނިޔެއަށް އޮތް ބޮޑު ނަމޫނާއެއް ކަމަށެވެ. އެ އިންތިޒާމުތައް ދެކިފައި އޭނާއަށް އެ ކަން ވަރަށް ކަމުދިޔަ ކަމަށް ވިދާޅުވި އެވެ.

"ގިނަ ގައުމުތަކުގައި އަދިވެސް ވަރަށް ދަތީގައި އޮތް ކަމެއް އެއީ، އެހެން ގައުމުތަކުގައި އުޅޭ އެ ގައުމުގެ މީހުން އިންތިހާބުތަކުގައި ބައިވެރިކުރުން، ރާއްޖެއަށް ގޮންޖެހުންތަކެއް ހުރި ކަން ވެސް އެނގުނު، އެކަމަކު އީސީއެމްއިން ކާމިޔާބުކޮށް އެ ހިންގާ ގޮތަކީ އަހަރުމެން ގައުމުގައި ހިއްސާ ކުރާނެ ކަމެއް،" އޭނާ ވިދާޅުވި އެވެ.

ރީރަޖިސްޓްރޭޝަންގެ މަސައްކަތާއި ޓާން އައުޓަށް ވެސް ބޭރުގެ އޮބްޒާވަރުން ތައުރީފު ކުރި އެވެ. މި ފަހަރު މަޖިލިސް އިންތިހާބުގައި ވޯޓުލާ މީހުންގެ 75 އިންސައްތަ ވޯޓުލީ ނަމަވެސް މިއީ މަޖިލިސް އިންތިހާބެއްގައި ޓާން އައުޓްގެ އެންމެ ދަށް ނިސްބަތެވެ. އެހެން ނަމަވެސް މި ނިސްބަތަކީ ރަނގަޅު އަދަދެއްގެ ނިސްބަތެއް ކަމުގައި އިންޓަނޭޝަނަލް އޮބްޒާވަރުން ފާހަގަ ކުރި އެވެ.

ވިހިވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި 93 ދާއިރާއަށް މެންބަރުން އިންތިހާބު ކުރިއިރު އިންތިހާބު ކާމިޔާބު ކުރީ ވެރިކަންކުރާ ޕީއެންސީންނެވެ. ޕީއެންސީގެ ޓިކެޓުގައި ވާދަކުރި 66 ކެންޑިޑޭޓުން ގޮނޑި ކާމިޔާބުކުރި އެވެ. ސަރުކާރުން ތާއީދު ދިން، ގޮނޑި ކާމިޔާބު ކުރި އަމިއްލަ ކެންޑިޑޭޓުން ހިމެނުމުން އެ އަދަދު 70 އަށް ވުރެ މަތި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox