އެފްއޭއެމުން އިސްކަންދޭންވީ ކޮރަޕްޝަން ނައްތާލުމަށް: ނިސްތާރު

Apr 17, 2024, 5:36 AM
ކްލަބް ގްރީން ސްޓްރީޓްސްގެ ކޯޗު އަލީ ނިސްތާރު މުހައްމަދު.--- ފޮޓޯ: އަދަދު ފައިލް ފޮޓޯ

ކްލަބް ގްރީން ސްޓްރީޓްސްގެ ކޯޗު އަލީ ނިސްތާރު މުހައްމަދު.--- ފޮޓޯ: އަދަދު ފައިލް ފޮޓޯ

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އެންމެ ބޮޑު އިސްކަމެއް ދީގެން ކުރަންވީ ކަމަކީ އެ އިދާރާއިން ކޮރަޕްޝަން ނައްތާލުމަށް ކަމަށާއި އެ އަށް ފަހު، ދިވެހި ކުޅުންތެރިންނާއި ކޯޗުން އަދި އެޑްމިނިސްޓްރޭޓަރުންނަށް ފުރުސަތު ފަހިވާގޮތަށް ކަންކަން ކުރިއަށްގެންދަން ކްލަބް ގްރީން ސްޓްރީޓްސްގެ ހެޑް ކޯޗު އަލީ ނިސްތާރު މުހައްމަދު ގޮވާލައިފި އެވެ.

އެފްއޭއެމް އިން "ޖޮބްސް4ފުޓްބޯލް" ގައި އިއުލާނުކުރި ޓެކްނިކަލް ވަޒީފާތަކަށް 600 އަށް ވުރެ ގިނަ ހުށަހެޅުން ލިބުނު ކަމަށް އެ އެސޯސިއޭޝަންގެ ސޯޝަލް މީޑިއާ ޗެނަލްތައް މެދުވެރިކޮށް ވަނީ މައުލޫމާތު އާންމުކޮށްފަ އެވެ. އަދި މިއީ ވަރަށް ބޮޑު މަސައްކަތެއްގެ ގޮތުގައި ދޭހަވާ ގޮތަށް، އެފްއޭއެމްގެ ޓެކްނިކަލް ޑިރެކްޓަރު، ޕޯލް ސްމޯލީ ވެސް އަންނަނީ މީޑިއާގައި ވާހަކަ ދައްކަމުންނެވެ.

އެ އަށް ރައްދުދީ، ފުރަތަމަ ޑިވިޝަނުގެ ކޯޗިންގައި ގިނަ އަހަރުތަކެއް މަސައްކަތް ކޮށްފައިވާ ކޯޗު، ނިސްތާރު ބުނީ، ރަނގަޅަށް ކުޅެގެން ކުރިއަރާނެ ހަރުދަނާ ޕްލެޓްފޯމެއް ނެތި ފުޓްބޯޅަ ކުރިއަށްދާނެ މިސްރާބެއް ނުފެންނާނެ ކަމަށެވެ.

Advertisement

"އެންމެ ފުރަތަމަ ކަމަކަށް ޓުވާޑްސްފިއުޗާ (އެފްއޭއެމްގެ ޕްލޭން)ގެ ކަންކަން ބަދަލުކުރަންވީ ކޮރަޕްޝަން ނައްތާލުމަށް. ދެން ލިސްޓެއް ހަދަންވީ މިދިޔަ ފަސް އަހަރު ތެރޭ ފެއިލްވި ހުރިހާ ޕްރޮޖެކްޓެއްގެ. ދެން ބަލަންވީ އޭގެއިން މާލީ މަންފާ ކުރީ ކޮންބަޔަކަށްތޯ. އެ ބަޔަކު ހޯދައި އެއީ ކޮންމެ ބަޔަކު ކަމަށް ވިޔަސް އެބަޖެހޭ ފުޓްބޯޅައިގެ ކަންކަމުން އެކަހެރިކުރަން، އެއީ، މެޗު ފިކްސްކުރާ މީހުންނާ މެދު އަމަލުކުރާ އުސޫލުން ނަމަވެސް،" ނިސްތާރު، އޭނާގެ ފޭސްބުކް އެކައުންޓް މެދުވެރިކޮށް ލިޔެފައިވެ އެވެ.

ކުރިން، އއ. މާޅޮސް އާއި ށ. ފޯކައިދޫ އަށް ފުރަތަމަ ޑިވިޝަނުގައި ކޯޗުކަން ކޮށްދިން ނިސްތާރު ބުނީ، ދިވެހި ފުޓްބޯޅައިގެ ހައްގުގައި އެތައް މަސައްކަތްކުރި މީހުންނަށް ލިބެންޖެހޭ މުސާރަ އަދާކޮށްފައި ނޫނީ ބޮޑު ނަންތަކެއް ކިޔާ ބޭރު ބަޔަކަށް ވަޒީފާ ދިނުމަކީ ހައްލެއް ނޫން ކަމަށެވެ.

"އިހުތިރާމް ކުރަންވީ ދިވެހި ކުޅުންތެރިންނާއި ކޯޗުން އަދި އެޑްމިނިސްޓްރޭޓަރުން ކުރާ ބުރަ މަސައްކަތަށް. ދެން، މީހުން ނަގަންވީ ބޭނުންވާ މަސައްކަތަށް އެންމެ ރަނގަޅު މީހާ، މީހުން މަގާމުތަކަށް ހޯދަންވީ ހަމުގެ ކުލަަޔަށް ނޫނީ ނިސްބަތްވަނީ ކޮން ގައުމަކަށްތޯ ބަލާފައެއް ނޫން،" ނިސްތާރު ލިޔެފައިވެ އެވެ.

އޭނާ ބުނީ މި ވޭތުވެދިޔަ ތަނުގައި، އެފްއޭއެމް އިން ގައުމީ ޓީމުގެ ކޯޗަކަށް ގެނައި، އިޓަލީ ގައުމީ ޓީމުގެ ކުރީގެ ކުޅުންތެރިޔާ، ފްރެންޗެސްކޯ މޮރިއޭރޯ އާއި ޓެކްނިކަލް ޑިރެކްޓަރަކަށް ގެނައި، އިނގިރޭސިވިލާތަށް ނިސްބަތްވާ ޖުދާން އަލީ ފަދަ، ބޮޑު މުސާރަ ދިން މީހުންނަށް ހާސިލްކުރެވުނު އެއްވެސް ނަތީޖާއެއް ނެތެވެ.

މާލީ ގޮތުން ބަލާއިރު، ރާއްޖޭގެ ފުޓްބޯޅަ ބޮޑުތަނުން އަޑިއަޅާލައިފައި އޮތްއިރު، އެފްއޭއެމް ހިންގުމުގައި ވެސް އެތައް މައްސަލައެއް އޮތީ ކުރިމަތިވެފަ އެވެ. އެފްއޭއެމް އިން އެ ތަނުގެ މުވައްޒަފުންނަށާއި ކްލަބްތަކަށް ދޭން ޖެހޭ މުސާރަ އާއި ފައިސާ ބަރާބަރަށް ދީފައިނުވެ އެެވެ. އަނެއްކޮޅުން، އެފްއޭއެމް އިން އަމިއްލަ ކުންފުނިތަކާ އެކު ކޮށްފައިވާ އެކި މުއާމަލާތްތަކުގައި، ކޮންޓްރެކްޓް ހަދައިގެން އެއްބަސްވި ގޮތަށް ފައިސާގެ ކަންކަން ނިންމާފައިނުވެ އެވެ. އެހެންވެ، އެކި ކުންފުނިތަކުން ވަނީ ކޯޓަށް މައްސަލަ ހުށަހަޅައިފަ އެވެ.

ކޯޓުން އަންނަނީ ފަހަރަކު މައްސަލައެއް ގޮތަށް އެފްއޭއެމްގެ މައްޗަށް ފައިސާ ދައްކަން ހުކުމްކުރަމުންނެވެ. އެކަމަކު، އެފްއޭއެމްގައި އެ ފައިސާ ދެއްކޭނެ ފަދަ ވެސް ނެތެވެ.

މި ވަގުތު ދިވެހި ފުޓްބޯޅަ އޮތް ހާލަތަށް ބަލާއިރު، ދުނިޔޭގެ މައި ފުޓްބޯޅަ އިދާރާ، ފީފާ އާއި އޭޝިއާގެ ފުޓްބޯޅަ ފެޑެރޭޝަން، އޭއެފްސީން އަންގައިގެން، އެފްއޭއެމްގެ އިންތިހާބުގެ ކަންކަން އޮތީ މަޑުޖައްސާލައިފަ އެވެ. އެފްއޭއެމްގެ މައްސަލަ ބަލަން ވަރަށް އަވަހަށް ފީފާގެ ޓީމެއް ރާއްޖެ އަންނަ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގައްދޫ ބަލިކޮށް ވިކްޓަރީ އަށް ލީގުގެ އެއް ވަނައިގައި ލީޑެއް

ދިވެހި ޕްރިމިއާ ލީގުގައި ގައްދޫ ޓީމު 2-0 އިން ބަލިކޮށް، ވިކްޓަރީ ސްޕޯޓްސް ކްލަބުން ތާވަލުގެ އެއް ވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. މި މެޗުގައި ވިކްޓަރީގެ ލަނޑުތައް އައްމަޑޭ އާއި މާއި ކާމިޔާބުކޮށްދިންއިރު، އަނިޔާގެ ސަބަބުން ކުޅުމާ ދުރުގައި ހުރި ތަޖުރިބާކާރު ކުޅުންތެރިޔާ އަކޫ ވަނީ ދެ އަހަރަށް ފަހު އަލުން ކުޅުމަށް އެނބުރި އައިސްފައި

އާސެނަލަށް މުހިންމު މޮޅެއް، ޔުނައިޓެޑްގެ ދަށް ރެކޯޑް ކުރިއަށް

އިނގިރޭސި ޕްރިމިއާ ލީގުގައި އާސެނަލުން ނޮޓިންހަމް ފޮރެސްޓް ބަލިކޮށް ތާވަލުގެ ދެވަނައަށް ޖެހިލިއިރު، ލީޑްސްއާ އެއްވަރުވެ މެންޗެސްޓާ ޔުނައިޓެޑުން ވަނީ ފާއިތުވި 40 އަހަރުގެ އެންމެ ދަށް ފެށުން ރެކޯޑްކޮށްފައި. މިރޭގެ އެހެން މެޗުތަކަށް ބަލާއިރު ބްރައިޓަން އާއި ބޯންމައުތުން ވަނީ ބޮޑު މޮޅެއް ހޯދާފައި

އިންފަންޓީނޯ ނުރަސްމީ ދަތުރުފުޅެއްގައި ބަންގްލަދޭޝް އަށް

ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ މޮރޮކޯއިން ބޫޓާނަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ބަންގްލަދޭޝްގައި މަޑުކުރައްވައި، އެ ގައުމުގެ ފުޓްބޯޅަ ފެޑެރޭޝަންގެ އިސްވެރިންނާ ބައްދަލުކުރައްވައިފި.

ޗެލްސީގެ ކީޕަރު މާޓިނޭޒް ދަތްދޮޅީގެ އޮޕަރޭޝަނެއް ކޮށްފި

އެވަޓަންއާ ދެކޮޅަށް ކުޅުނު މެޗުގައި ޗެލްސީގެ ކީޕަރު މާޓިނޭޒްގެ ދަތްދޮޅިއަށް ލިބުނު އަނިޔާއަކާ ގުޅިގެން އޭނާ ވަނީ ކާމިޔާބު އޮޕަރޭޝަނެއް ކޮށްފައި. މި އަނިޔާގެ ސަބަބުން ކުރިއަށް ހުރި މުހިންމު މެޗުތަކެއް އޭނާއަށް ގެއްލޭނެތީ، ބަދަލުގައި ދެން ފެންނާނީ ޒުވާން ކީޕަރު މައިކް ޕެންޑާސް.

ކޯޗަކަށް ޝާކިއްޓެ، ވޯލްޑް ކަޕަށް ރާއްޖެ ސްކޮޑު ފައިނަލްކޮށްފި

މި މަހު އަޒަރުބައިޖާންގައި ބާއްވާ 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ވާދަކުރާ ރާއްޖޭގެ ޓީމުގެ ކޯޗަކަށް އަހުމަދު ޝާކިރު (ޝާކިއްޓެ) ހަމަޖައްސައި، މުބާރާތަށްދާ ސްކޮޑު ފައިނަލްކޮށްފި. ފީފާގެ ހުރިހާ މެމްބަރު ގައުމުތަކަށް ފުރުސަތު ދީގެން ކުރިއަށްގެންދާ މި މުބާރާތުގައި ރާއްޖެ ހިމެނެނީ ފްރާންސާއި ސައުތު އެފްރިކާ ފަދަ ގައުމުތަކާ އެކު އެއް ގްރޫޕެއްގައި

ސްޓްރާސްބޯ ބަލިކޮށް ޕީއެސްޖީ އަށް ޖެހިޖެހިގެން ހަ ވަނަ މޮޅު

ފްރެންޗް ލީގުގައި ރޭ ކުޅުނު މެޗުން ސްޓްރާސްބޯ އަތުން 3-1 އިން މޮޅުވެ، ޕީއެސްޖީން ހުރިހާ މުބާރާތެއްގައި ޖެހިޖެހިގެން ހަވަނަ މޮޅު ހޯދައިފި. ސްޓްރާސްބޯއިން ފުރަތަމަ ލަނޑު ޖަހާފައިވަނިކޮށް، ޕީއެސްޖީން މެޗުގެ ނަތީޖާ އަނބުރާލީ ފަހު 15 މިނެޓުގެ ތެރޭގައި ޖެހި ތިން ގޯލުން.

ބެޓިސް ބަލިކޮށް ބާސެލޯނާ ފަސްބެލުމެއްނެތި ކުރިއަށް

ސްޕެނިޝް ލީގުގައި ރެއާލް ބެޓިސް 5-2 އިން ބަލިކޮށް، ބާސެލޯނާ އިން ޖެހިޖެހިގެން ނުވަ ވަނަ މެޗުން މޮޅުވެ ތާވަލުގެ އެއްވަނައިގައި ސައްތަ އިން ސައްތަ ރެކޯޑެއް ދަމަހައްޓައިފި. މި މެޗުގައި ބާސެލޯނާގެ ލަމީން ޔަމާލް، ރޮޑްރީ، ޖީސޫސް، އެރިކް ގާސިއާ އަދި އޮލްމޯ ލަނޑުތައް ކާމިޔާބުކުރި

Newsletter

Get the latest news delivered straight to your inbox