މަސްޖިދުލް އަލް ތަގުވާ އިން ހަތް ފަންކާ ވަގަށް ނަގާފައިވާ ކަމަށް މާލެ ސިޓީ ކައުންސިލުން ބުނެފި އެވެ.
އެ ކައުންސިލުން މިއަދު ވަނީ ކައުންސިލުގެ އެކްސް އެކައުންޓުގައި ވައްކަމުގެ ވީޑިއޯއެއް އާންމު ކޮށްފަ އެވެ. ވީޑިއޯއިން ފެންނަނީ އެއްވެސް މީހަކު މިސްކިތުގައި ނެތް ވަގުތު ފިރިހެނަކު މިސްކިތަށް ވަދެ ސްޓޭންޑް ފަންކާއެއް ގެންދާ ތަނެވެ.
މާލެ ސިޓީ ކައުންސިލުން މައުލޫމާތު ދޭ ގޮތުގައި ހެންވޭރު، ހިތަށް ފިނިވާ މަގުގައި ހުންނަ ތަގުވާ މިސްކިތުގައި ހުރި ހަތް ފަންކާ ވަގަށް ނަގާފައިވަނީ ތިން ރެޔެއްގެ މަތިންނެވެ.
މި މައްސަލައިގެ ވީޑިއޯ ފުޓޭޖް މިހާރު ފުލުހުންނާ ހިއްސާކޮށްފައިވާ ކަމަށް ސިޓީ ކައުންސިލުން ބުނެ އެވެ.












