ހުލާސާކޮށް އިއްޔެ: ވުޖޫދުގައި ނެތް ގާދޫ ޕޯޓަށް މުވައްޒަފުން ހޯދުން

ލ. ގާދޫ. -- ފޮޓޯ: މިރާޝް ނާޝިމް/ އަދަދު

ލ. ގާދޫ. -- ފޮޓޯ: މިރާޝް ނާޝިމް/ އަދަދު

ހާތަނަށް އަމަލީ އެއްވެސް މަސައްކަތެއް ފަށާފައި ނުވާ ލ. ގާދޫ ވިޔަފާރި ބަނދަރުގެ އިދާރީ އެކި މަސައްކަތްތައް ކުރަން ކަމަށް ބުނެ މޯލްޑިވްސް ޕޯޓްސް ލިމިޓެޑުން ވަޒީފާތަކެއް އިއުލާނުކޮށްފި ކަމަށް އިއްޔެ ރިޕޯޓުކުރި އެވެ.

އެމްޕީއެލުން މި މަގާމުތަކަށް މީހުން ހޯދުމަށް އިއުލާނު ގެޒެޓުކޮށްފައިވަނީ އާދިއްތަ ދުވަހު އެވެ. ވަޒީފާތަކަށް ކުރިމަތިލުމުގެ މުއްދަތު މިއަދަށް ހަމަވާނެ އެވެ.

އިއުލާނުގައިވަނީ ޖުމްލަ ތިން މަގާމެކެވެ.

ކޯޑިނޭޓަ އޮޕަރޭޝަންސް އޯވަރޯލް

މި މަގާމަށް މީހަކު ހޯދަނީ ޕޯޓް ހިދުމަތް ދޭ ބަނދަރުގެ އެންމެހާ މަސައްކަތް ބެލެހެއްޓުމާއި އަދި ޑިޕާޓްމަންޓްގެ އިދާރީ ގޮތުން ކުރަންޖެހޭ އެންމެހައި މަސައްކަތްކުރުމަށް ކަމަށް ބުނެފައިވެ އެވެ. ނަމަވެސް، ގާދޫގައި އަދި ޕޯޓެއް ނެތެވެ.

އެސިސްޓަންޓް އެޑްމިނިސްޓްރޭޓިވް އެސޯސިއޭޓް

މި މަގާމަށް ތިން މީހަކު ހޯދަން އިއުލާނުކޮށްފައި ވާއިރު މަސްއޫލިއްޔަތަކީ ޕޯޓްގެ އިދާރީ އެންމެހައި މަސައްކަތްކުރުމެވެ.

އޮފީސް އެޓެންޑެންޓް

މި މަގާމަށް މީހަކު ހޯދަނީ ޑިޕާޓްމަންޓް ސާފުކުރުމުގެ އެންމެހައި މަސައްކަތްތައް ކުރުމަށް ކަމަށް ބުނެފައިވެ އެވެ. މަސައްކަތް ކުރާ ތަނުގެ ގޮތުގައި ގާދޫ އޮތް އިރު އެ ރަށުގައި އަދި އެމްޕީއެލުގެ އޮފީހެއް ނެތެވެ.

އިއުލާނުގައިވާ ގޮތުން މި މަގާމުތަކަށް ޝައުގުވެރިވާ ފަރާތްތަކުގެ ވޯކް-އިން އިންޓަވިއު މިއަދު 10:00 އިން 12:00 އާއި ދެމެދު ލ. ފޮނަދޫ ކައުންސިލް އިދާރާގައި ކުރިއަށްދާނެ އެވެ.

މިކަމުގެ މައުލޫމާތު އިނގޭ ފަރާތަކުން "އަދަދު" އަށް މައުލޫމާތު ދެމުން ބުނެފައިވަނީ ގާދޫ މަޝްރޫއުގެ އަމަލީ މަސައްކަތްވެސް އަދި ފެށިފައި ނުވާއިރު ގާދޫގައި އެމްޕީއެލްގެ އޮފީހެއް ނުވަތަ އެހެން ތަނެއްވެސް ނެތެވެ.

ސަރުކާރުން ބުނެފައި ވަނީ ގާދޫގައި އަޅަނީ ބަންކަރިންގެ ހިދުމަތް ދެވޭ ފެންވަރުގެ ޓްރާންސްޝިޕްމަންޓް ބަނދަރެއް ކަމަށެވެ. އޭގެ މަސައްކަތް ވެރިކަމުގެ ފުރަތަމަ 100 ދުވަހު ފަށާނެ ކަމަށް ވެސް ކުރިން ބުނެފައިވެ އެވެ.

މި މަޝްރޫއުގެ މައުލޫމާތު ދޭން އެމްޕީއެލުން ފުނަދޫގައި ބޭއްވި ބައްދަލުވުމެއްގައި ރައީސުލްޖުމްހޫރިއްޔާގެ އިސް ވަޒީރުގެ ހައިސިއްޔަތުން، އެ ދާއިރާއަށް ވާދަ ކުރައްވާ ކެންޑިޑޭޓު އަބްދުއްރަހީމް އަބްދުﷲ ވަނީ ބައިވެރިވެފަ އެވެ.

ގާދޫއަކީ ހިމާޔަތްކޮށްފައި އޮންނަ ރަށެކެވެ. އެ ރަށުގައި ބަނދަރު އަޅަން ނިންމުމުން ތިމާވެށީގެ ދިފާއުގައި މަސައްކަތް ކުރާ ޖަމިއްޔާތަކުން ވަނީ ކަންބޮޑުވުން ވެސް ފާޅުކޮށްފަ އެވެ.

ގާދޫ އަކީ ކުރިން މީހުން ދިރިއުޅުނު ރަށެކެވެ. އެ ރަށުގެ މީހުން ލ. ފޮނަދު އަށް ބަދަލުކުރީ 2016 ގަ އެވެ. ގާދޫގެ ދެކުނު ފަރާތާއި ހުޅަނގު ފަރާތުގެ ގޮނޑުދޮށަކީ ވެލާ، ކަހަނބު ބިސްއަޅާ، ވިހާ އާލާވާ ކަމަށް ޒަމާނުންސުރެ ފާހަގަކޮށްލެވޭ ސަރަހައްދެކެވެ. ރަށުގެ ވަށައިގެންވާ މޫދުވިނަ ސަރަހައްދުން ހަ ބާވަތެއްގެ މޫދު ވިނައާއި، 91 ބާވަތެއްގެ ފަރުމަސް ފެނިފައިވާ ކަމަށް ރެކޯޑުކުރެވިފައިވެ އެވެ. މި ހިތްގައިމު ރަށުގައި މީރު ފެން ކުޅިއެއް ވެސް އޮވެ އެވެ.

މުހިއްމު ބައެއް ހަބަރު

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox