ހުލާސާކޮށް އިއްޔެ: ޗައިނާގެ ރިސާޗު އުޅަނދު "ރަތް ރޮނގު"ގެ އެތެރޭގައި!

ޗައިނާގެ ރިސާޗު އުނޅަދު ރާއްޖޭގެ އިގުތިސޯދީ ސަރަހައްދަށް ވަދެފައިވާކަމުގެ ސެޓެލައިޓް ފޮޓޯ އަދި އެ އުޅަނދު.

ޗައިނާގެ ރިސާޗު އުނޅަދު ރާއްޖޭގެ އިގުތިސޯދީ ސަރަހައްދަށް ވަދެފައިވާކަމުގެ ސެޓެލައިޓް ފޮޓޯ އަދި އެ އުޅަނދު.

ފާއިތުވު މަސްދުވަހުގެ ތެރޭގައި ޗައިނާގެ ރިސާޗު އުޅަނދު, ޝިއެން ޔެން ހޮން 3, ރާއްޖޭގެ އެކްސްކްލޫޒިވް އިކޮނޮމިކް ޒޯނުގެ އެތެރެއަށް ވަދެފައިވާކަން ހާމަވެއްޖެ ކަމަށް އިއްޔެ ރިޕޯޓުކުރި އެވެ.

ޗައިނާގެ އުޅަނދު ރާއްޖެ ކައިރިއަށް އައީ ޖެނުއަރީ 29، 2024 ގަ އެވެ. އެ އުޅަނދު މާލޭގައި ބަނދަރުކުރަން ފުރަތަމަ ތާވަލުކުރީ އެ ދުވަހު އެވެ. ނަމަވެސް މާލޭގައި އެ އުޅަނދު ބަނދަކުރީ ރާއްޖޭގެ އީއީޒެޑުގެ ބުޑުގައި މަހެއްހާ ދުވަހު ދުއްވުމަށްފަހު ފެބްރުއައީ 22، ގަ އެވެ.

މީޑިއާ ރިޕޯޓުތަކަށްފަހު މި އުޅަނދު ރާއްޖެއަށް އަންނަކަން ފޮރިން މިނިސްޓްރީން ކަށަވަރުކޮށްދިނެވެ. އޭރު ނެރުނު ބަޔާނެއްގައި ބުނީ ދިރާސާ ކުރާ ޗައިނާގެ އުޅަނދެއް ރާއްޖެ އަންނަނީ ކުރޫއިން ބަދަލު ކުރުމާއި ސްޓޮކު އައު ކުރުމަށް ކަމަށެވެ. ބެލެވޭ ގޮތުގައި ތިލަފުށްޓަށް ބަނދަރުކުރީ މި ބޭނުމުގަ އެވެ.

ފެބްރުއަރީ 23، ގައި ޗައިނާގެ އުޅަނދު ތިލަފުށީގައި ބަނދަރުކުރުމަށްފަހު އަނެއްކާވެސް އެ އުޅަނދު ވަނީ ރާއްޖޭގެ އީއީޒެޑު ބުޑަށް ގޮސްފަ އެވެ. މާލޭ ބަނދަރުން ފުރި ނަމަވެސް އާންމުކޮށް ބޭނުންކުރާ ޓްރެކިން ސައިޓުތަކުން އެ އުޅަނދުގެ ސިގްނަލެއް އެންމެ ފަހުން ދައްކަނީ ފެބްރުއަރީ 26، ގައި ހުޅުމާލެ ކައިރިންނެވެ.

ސެޓްލައިޓު އޭއައިއެސް ޓްރެކިން ބޭނުންކޮށްގެން "އަދަދު" އިން އިތުރަށް ހޯދި ހޯދުމުން ފެންނަ ގޮތުގައި ޗައިނާގެ އުޅަނދު މިހާރު އޮތީ ރާއްޖޭގެ އިރުން އީއީޒެޑު ބުޑުގަ އެވެ.

މިގޮތަށް އެއްކުރި މައުލޫމާތު ތަކުން ދައްކާ ގޮތުގައި ވޭތުވެދިޔަ މަސްދުވަހުގެ ތެރޭގައި ޗައިނާގެ އުޅަނދު ވަނީ އެކި ފަހަރު މަތިން ރާއްޖޭގެ އީއީޒެޑުގެ ތެރޭގައި ދުއްވާފަ އެވެ. އެގޮތުން އައްޑޫގެ އިރު ދެކުނު 100 އެއްހާ މޭލު އެތެރެއަށް ޗައިނާގެ އުޅަނދު ވަނީ ވަދެފަ އެވެ. އެ އުޅަނދުގެ މިސްރާބު މިހާރުވެސް ހުރީ ރާއްޖޭގެ ސަރަހައްދާ ދިމާލަށެވެ.

ޗައިނާގައި މިހާރު އޮތް އެންމެ ޒަމާނީ ރިސާޗު އުޅަނދު ރާއްޖެއަށް ދަތުރު ފެށީ ރައީސް ޑރ. މުހައްމަދު މުއިއްޒު ޗައިނާއަށް ކުރެއްވި ރަސްމީ ދަތުރު ނިންމަވާލެއްވިތާ 24 ގަޑިއިރު ފަހުން، ޖެނުއަރީ 14، 2024 ގަ އެވެ.

ރައީސްގެ އެ ދަތުރުގައި ޗައިނާއާއެކު ޖުމްލަ 20 އެއްބަސްވުމެއްގައި ސޮއިކުރި އެވެ. އެއަށްފަހު މި މަހުގެ ހަތަރެއްގައި އެ ގައުމާއެކު އަސްކަރީ އެއްބަސްވުމެއްގައިވެސް ރާއްޖެއިން ސޮއިކޮށްފައިވެ އެވެ. ނަމަވެސް މި އެއްބަސްވުންތަކުގެ ތަފުސީލު ސަރުކާރުން ހާމަކޮށްފައެއް ނުވެ އެވެ.

އުޅަނދުގެ ގާބިލުކަމާއި ތަފުސީލުތައް

ގާތްގަނޑަކަށް 100 މީޓަރުގެ މި އުޅަނދަކީ ޗައިނާގެ ސްޓޭޓް އޯޝަނިކް އެޑްމިނިސްޓްރޭޝަން (އެސްއޭއޯ) ގެ ފްލީޓަށް 2016 ގައި އިތުރުކުރި އުޅަނދެކެވެ. މިއީ މި ވަގުތު ޗައިނާގައި އޮތް 4،500 ޓަނުގެ ހަމައެކަނި އުޅަނދެވެ.

2019 އިން ފެށިގެން ޗައިނާގެ ޕައިލެޓް އޯޝެން ލެބޯރެޓަރީގެ "ޑިސްޓަންޓް ވޯޓާ" އަދި "ޑީޕް ސީ" ސާވޭ ކުރުމަށް ވެސް ޗައިނާއިން މި އުޅަނދު ބޭނުންކުރަމުންދެ އެވެ.

އެގޮތުން, ކަނޑުގެ ލޮނުގަނޑުގެ ދިރާސާތަކާއި، މައިކްރޯބިއަލް ޖެނެޓިކްގެ ދިރާސާތައް، ކަނޑު އަޑިން މައުދަން ހޯދުން، އަދި ކަނޑު އަޑީގެ ދިރުންތަކާއި ވެށީގެ ދިރާސާތަކަށް ވެސް މި އުޅަނދު ބޭނުންކުރެވޭނެ އެވެ.

އެގޮތުން, ކަނޑު އަޑީގައި ދުއްވޭ ގްލައިޑަރުތަކާއި ކަނޑުގެ އޮއެވަރާއި ރާޅު ބާނިތަކާއި ތިމާވެށީގެ މުހިންމު މައުލޫމާތުތައް ދެނެގަނެވޭނެ ޑޭޓާ ބޮއި އެ ބޯޓުގައި ހުންނާނެ އެވެ. މިއީ ވަގުތުން ވަގުތަށް ޗައިނާގެ އެއްގަމަށް ސެޓެލައިޓް މެދުވެރިކޮށް މައުލޫމާތު ފޯރުކޮށްދޭނެ ބޮއިތަކެކެވެ.

ކަނޑުގެ ދިރާސާތައް ޗައިނާއިން ކުރިއަށްގެންދާތީ ކަންބޮޑުވަނީ އެ ގައުމުން މަދަނީ ބޭނުމަށް ކުރާ ދިރާސާ އާއި އަސްކަރީ ދިރާސާތަކާ ދެމެދު އޮންނަ ތަފާތު ނޭނގޭތީ ކަމަށް ދިރާސާތަކުގެ މައްޗަށް ބިނާކޮށް އިސްތިރާޖީ ލަފާ އަރުވާ އެމެރިކާގެ އެންމެ ބޮޑު އެއް ތިންކް ޓޭންކް ކަމަށްވާ ސެންޓާ ފޯ ސްޓްރެޓެޖިކް އެންޑް އިންޓަނޭޝަނަލް ސްޓަޑީސް (ސީއެސްއައިއެސް) އިން ބުނެފައިވެ އެވެ.

މީގެ ތެރެއިން ގިނަ އަދަދެއްގެ އުޅަނދުތައް އޮޕަރޭޓް ކުރަމުންދަނީ ޗައިނާގެ އަސްކަރިއްޔާ އާ ގާތް ގުޅުމެއް އޮންނަ އެ ގައުމުގެ ސަރުކާރުގެ އިދާރާތަކުންނެވެ. މީގެ ތެރެއިން ބައެއް އުޅަނދުތަކަކީ މަދަނީ ބޭނުންތަކަށް ބޭނުންކުރަން ފެށުމުގެ ކުރިން ޗައިނާގެ އަސްކަރިއްޔާއިން ކުރިން ބޭނުންކުރި އުޅަނދުތަކެވެ.

މުހިއްމު ބައެއް ހަބަރު

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox