އަވައްޓެރިންނާ ޒާތީވުމަކީ ރާއްޖެ އެކަހެރިވެ، ގެއްލުންތަކެއް ލިބޭނެ ކަމެއް: އިމްތިޔާޒު

މިއަދުގެ ޖަލްސާގައި އިމްތިޔާޒު ފަހުމީ ވާހަކަ ދައްކަވަނީ. -- ފޮޓޯ: މަޖިލީހުގެ އިދާރާ

މިއަދުގެ ޖަލްސާގައި އިމްތިޔާޒު ފަހުމީ ވާހަކަ ދައްކަވަނީ. -- ފޮޓޯ: މަޖިލީހުގެ އިދާރާ

އެންމެ ގާތުގައި އޮތް, އެންމެ ބާރުގަދަ އެއް ޑިމޮކްރަސީއާ ޒާތީވެ، ޖެހިގަތުމަކީ، ބޮޑެތި ބައެއް ގައުމުތަކާއި ރާއްޖެއާ އޮންނަ ކުޅުން ވެސް ކެނޑި ގެއްލުންތަކެއް ލިބޭނެ ކަމެއް ކަމަށް މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ މިއަދު ވިދާޅުވެއްޖެ އެވެ.

ދިވެހިރާއްޖޭގެ ހާރިޖީ ސިޔާސަތު ހަރުދަނާކޮށް، ދެމެހެއްޓެނިވި ސިޔާސަތެއްގެ ގޮތުގައި ހިފެހެއްޓުމަށް ސަރުކާރަށް ގޮވާލުމަށް ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ހުށަހެޅުއްވި ގަރާރުގެ ބަހުސްގައި އިމްތިޔާޒު ވާހަކަ ދެއްކެވިއިރު، އެއްވެސް ގައުމެއްގެ ނަމެއް ފާހަގައެއް ނުކުރައްވަ އެވެ. ނަމަވެސް އިޝާރާތް އެ ކުރައްވަނީ، މި ސަރުކާރުން އަވައްޓެރި އިންޑިއާ އަށް ބަދުބަސް ބުނުމާއި އެ ގައުމާއެކު އޮތް ޒަމާންވީ ގުޅުމަށް ބުރޫއަރާ ގޮތަށް އަމަލުތައް ކުރާތީ އެކަމަށެވެ.

އިންޑިއާގެ ނަން ނުކިޔަސް، އެންމެ އަވައްޓެރި ބާރުގަދަ އެއް ޑިމޮކްރަސީއާ ޖެހިގަތުމަކީ ދުނިޔޭގައި އެކުލެވޭ ގައުމުތަކާ ވެސް އޮންނަ ގުޅުމަށް ހީނަރުކަން ފާހަގަ ކުރެއްވިއިރު، އެ ހަގީގަތް ބަލައިގަންނަ ޖެހޭނެ ކަމަށް އިމްތިޔާޒު ވިދާޅުވި އެވެ.

ގައުމު ހާލުގައި ޖެހޭ ހާލަތެއްގައި އެންމެ އަވަހަށް އެހީ ފޯރުކޮށްދޭން ތިބި ގައުމުތަކާ މައްސަލަ ޖެހިގެން ދެން ވާނެ ގޮތް ކޮންމެ ދިވެއްސަކަށް ވެސް ރަނގަޅަށް އެނގެން ޖެހޭނެ ކަމަށާއި އެކަމުގެ ނަތީޖާ ރަނގަޅެއް ނުވާނެކަން އިމްތިޔާޒު ފާހަގަ ކުރެއްވި އެވެ. އޭގެ ސަބަބުން ދިރިއުޅުމާ ގުޅުންހުރި ކަންކަމާއި ވިޔަފާރީގެ ކަންކަން ވެސް ގެއްލުން ލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެ ގައުމުގެ ރައްޔިތުންނާއި ސަރުކާރުތަކާ ދޭތެރޭގައި އަޅުގަނޑުމެން ދިވެހީންގެ ނަމުގައި ދެކޮޅުވެރިކަމެއް އުފައްދާ ކަމަށް ވަނީ ނަމަ ހަމަ ގައިމުވެސް އަޅުގަނޑުމެންގެ މި ކުޑަކުޑަ ގައުމަށް ގެއްލުންތަކެއް ވާނެ،" އޭނާ ވިދާޅުވި އެވެ.

އެހެންވެ، ހާރިޖީ ސިޔާސަތު ކަނޑައެޅުމަކީ ގާނޫނުއަސާސީން ރައީސުލްޖުމްހޫރިއްޔާގެ މަސްއޫލިއްޔަތެއްގެ ގޮތުގައި ބަޔާންކޮށްފައި ވިޔަސް، ޒަމާނުއްސުރެ ދިވެހިން ގެންގުޅެމުން ދިޔަ ހާރިޖީ ސިޔާސަތު ބަދަލު ކުރަންވާނީ ވަށައިގެންވާ ހުރިހާ ކަމަކަށް ފުންކޮށް ވިސްނުމަށް ފަހު ކަމަށް އޭނާ ވިދާޅުވި އެވެ.

އަޅުގަނޑުމެންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި ދުނިޔޭގެ ގައުމުތަކާ ގުޅުން ބަދަހިކުރަން ޖެހޭނެ ކަމަށާއި ޒަމާނުއްސުރެ ގާތް ގުޅުން އޮންނަ އަދި އެހީތެރިވެދޭ ގައުމުތަކާމެދުގައި ހާއްސަ ނަޒަރުކުން ދެކިގެން ނަމަވެސް ގައުމުގެ ސަލާމަތާއި ރައްކާތެރިކަން ބަލަހައްޓަން ޖެހޭނެ ކަމަށް އިމްތިޔާޒު ވިދާޅުވި އެވެ.

"ސެކިއުރިޓީ ރިސްކުތަކުން އަޅުގަނޑުމެންގެ ގައުމު ސަލާމަތް ކުރަންޖެހޭ. ސެކިއުރިޓީ އެގްރީމެންޓުތައް ދޭދޭ ގައުމުތަކުގެ މެދުގައި ހެދިފައި އޮންނަ އެގްރިމެންޓުތަކަށް އަޅުގަނޑުމެން އިހުތިރާމުކުރަން ޖެހޭނެ. އިންޓެލިޖެންސް ޝެއަރިން އެގްރީމެންޓުތަކަށް އިތުބާރު ކުރާނީ އަޅުގަނޑުމެންގެ ދޭދޭ ގައުމުތަކުގެ މެދުގައި އޮންނަ ގުޅުން އެ އޮތް ގޮތަށް އޮންނަ ކަމަށް ވަނީ ނަމަ،" އޭނާ ވިދާޅުވި އެވެ.

"މި ރާއްޖޭގެ ސެކިއުރިޓީއަށް ތްރެޓު އަންނަ ކަހަލަ ކަންތައްތައް ކޮށްގެން ނުވާނެ ކަމަށް އަޅުގަނޑު ދެކެން."

މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒު މާލޭ މޭޔަރަކަށް ހުންނަވައި، އިންޑިއާ އައުޓު ކެމްޕޭނުގައި ބައިވެރިވެވަޑައިގެންނެވިއިރު، ޗައިނާއާ ދިޔައީ ގާތް ގުޅުމެއް ބަދަހި ކުރަމުންނެވެ. ވެރިކަމަށް ވަޑައިގަތުމަށް ފަހު ވެސް ފެންނަމުން ދަނީ އެ ސިޔާސަތެވެ. އިންޑިއާ ސިފައިން ރާއްޖޭން ބޭރުކުރަން ވައުދުވެފައިވާއިރު، އިންޑިއާއާއެކު ހަދާފައިވާ އެއްބަސްވުންތައް ވެސް، މިނިވަންކަމަށް ބުރޫއަރާނަމަ ބާތިލު ކުރާނެ ކަމަށް ވަނީ ވިދާޅުވެފަ އެވެ. ނަމަވެސް، އެ އެއްބަސްވުމުންތަކުގެ ތެރެއިން ކުރިއަށް ނުގެންދާން މިހާތަނަށް ނިންމީ ހަމައެކަނި ހައިޑްރޮގްރަފީގެ އެއްބަސްވުމެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox