ކޮމިޝަނަރު މާނިއުގެ އަމިއްލަ ފައިސާއިން ކަސްޓަމްސްގެ ކާރަކަށް ބަދަލު ގެނެސްފި

އަމިއްލަ ފައިސާއިން ދައުލަތުގެ ކާރަކަށް ބަދަލު ގެނައުން، ބަދަލު ގެނައީ ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސް ޔޫސުފް މާނިއުގެ ކާރަށް -- ފޮޓޯ: އެކްސް

އަމިއްލަ ފައިސާއިން ދައުލަތުގެ ކާރަކަށް ބަދަލު ގެނައުން، ބަދަލު ގެނައީ ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސް ޔޫސުފް މާނިއުގެ ކާރަށް -- ފޮޓޯ: އެކްސް

ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސް ޔޫސުފް މާނިއު އެ ކޮމިޝަނުގެ ބޭނުމަށް ރާއްޖެއަށް ގެނެސްފައިވާ ކާރަކަށް އަމިއްލަ ފައިސާ ހޭދަކޮށްގެން ބަދަލުތަކެއް ގެނެސްފި އެވެ.

މާނިއު "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ކާރަށް ބަދަލުތަކެއް ގެނައުމާއެކު އާންމުން އެކަމާ ހިތްހަމަ ނުޖެހޭތީ ކުރިން ހުރި ގޮތަށް ކާރު ބަދަލުކުރަން ނިންމާފައިވާ ކަމަށެވެ. އޭނާ ވަނީ އެ ކަމާ ގުޅިގެން އާންމުންގެ ކިބައިން މާފަށް އެދިފަ އެވެ.

"ކާރުގައި ރަން ކުލަައިގެ ބައިތަކެއް ހިމެނުމުން އާންމުން ހިތްހަމަ ނުޖެހޭތީ ކުރިން ހުރި ގޮތަށް ބަދަލުކުރާނަން. ބަދަލު ގެނައީ އަމިއްލަ ހަރަދުގައި" މާނިއު ވިދާޅުވި އެވެ.

މާނިއު ކުރިން "އެކްސް" ގައި ވިދާޅުވީ ކާރަށް ބަދަލުތަކެއް ގެނައީ ކަސްޓަމްސްގެ އާ ލޯގޯ ރަން ކުލައިގައި ހުންނާނެތީ އެއްގޮތް ކުރުމަށް ކަމަށާއި، އެ ބަދަލު ކަސްޓަމްސްގެ ހުރިހާ ވެހިކަލަކަށް ވެސް ގެންނަން ނިންމި ކަމަށެވެ.

މާނިއުގެ ކާރަކީ ޖަޕާނު ސަރުކާރުން ރާއްޖެ ހަދިޔާ ކޮށްފައިވާ ކާރަކަށްވާއިރު، އެ ކާރަށް ބަދަލުތައް ގެނައުމުން އާންމުންގެ ފާޑުކިޔުން މާނިއުއަށް ވަނީ އަމާޒުވެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ޕްރޮޖެކްޓާ ދެކޮޅު ހަދަން އެމްޑީޕީ އިން ފާސްކޮށްފި

ކޮލަމާފުށީ ދާއިރާގެ މެންބަރު މަހްފޫޒް ހުށަހެޅުއްވި އެ ގަރާރު ފާސްވީ ހާޒިރުވެވަޑައިގެންނެވި 58 މެންބަރުންގެ ތެރެއިން 57 މެންބަރުންގެ ވޯޓާއެކު އެވެ. ގަރާރާ އިދިކޮޅަށް ވޯޓު ދިނީ އެންމެ މެންބަރެކެވެ.

ރަސްމާލެ ޕްރޮޖެކްޓަށް ފުރިހަމައަށް ތާއީދު ކުރަން: ނަޝީދު

ކޮލަމާފުށީ ދާއިރާގެ ރައީސް މަހްފޫޒް ސައީދު ހުށަހެޅުއްވި އެ ގަރާރުގައި ގޮވާލާފައި ވަނީ ރަސްމާލެ މަޝްރޫއުއާމެދު ދެކޭ ގޮތް ބަލަން އާންމުންގެ މެދުގައި ވޯޓެއް ނެގުމަށާއި އެފަދަ ވޯޓަކަށް ސަރުކާރު އެއްބަސްނުވެއްޖެ ނަމަ މަޝްރޫއު ހުއްޓުވުމަށް މުޒާހަރާ ކުރުމަށެވެ.

ރިފަރެންޑަމަކަށް ނުދާނަމަ އިހުތިޖާޖުކުރަންޖެހޭ: ފައްޔާޒް

ރަސްމާލެ މަޝްރޫޢުގެ ދަށުން ފުށިދިއްގަރުފަޅުން ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ނުގޮސްފިނަމަ، މަގުތަކަށް ނުކުމެ އިހުތިޖާޖުކުރަން ޖެހޭނެ ކަމަށް ފައްޔާޒް ވިދާޅުވި. ފައްޔާޒް އޭނާ ވިދާޅުވީ މި ޑީލުގެ ސަބަބުން ރާއްޖޭގެ އިސްތިގުލާލަށާއި އިޖުތިމާއީ ފޭރާމަށް ނުރައްކާވާނެ ކަމަށް.

އިބްރާގެ ރައްދު ނަޝީދަށް: ރަސްމާލެ ޑީލުން ބައިބައިވުން އުފެދޭނެ

އީގަލް ހިލްސް މަޝްރޫއުގެ ސަބަބުން މުޖުތަމައުގައި ބައިބައިވުން ބޮޑުވެ، ގައުމުގެ މިނިވަންކަމަށް ނުރައްކާވެދާނެ ކަމަށް ވިދާޅުވެ އިބްރާ، ކުރީގެ ރައީސް ނަޝީދަށް ރައްދު ދެއްވި. އިބްރާ ވިދާޅުވީ އެމްޑީޕީގެ އަސާސަކީ ހަމަހަމަކަން ގާއިމުކުރުން ކަމަށާއި، ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ވަޒަންވެރިވުމުގެ ފުރުސަތު ދިނުމަކީ ޕާޓީގެ ސިޔާސަތެއް ނޫން ކަމަށް.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޝާހިދު ގޮވާލައްވައިފި

ޝާހިދު އެގޮތަށް ގޮވާލެއްވީ މިރޭ ކުރިއަށްދާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެވެ. ރަސްމާލޭ މަޝްރޫއުއަކީ ފެށުމުގައި ވެސް އޮޅުވާލުމެއް ކަމަށެވެ.

ބީއެމްއެލްގެ ސުކޫކަށް ސަރުކާރުން ގެރެންޓީ ދެނީ

ބީއެމްއެލް އިން ބޭރުގެ އިންވެސްޓަރުންނަށް ވިއްކާ 300 މިލިއަން ޑޮލަރުގެ ސުކޫކަށް ސޮވްރިން ގެރެންޓީ ދިނުމަށް ސަރުކާރުން ނިންމުމާ ގުޅިގެން، ދައުލަތުގެ ގެރެންޓީ ދަރަނީގެ އަމާޒުތައް ވަނީ މުރާޖައާކޮށްފަ. މި ފައިސާ މައިގަނޑު ގޮތެއްގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ އުތުރުގައި ފަތުރުވެރިކަން ތަރައްގީކޮށް އިގުތިސޯދީ ފުރުސަތުތައް ފުޅާކުރުމަށް.

ޔޫއޭއީގެ އެމްބަސީއަށް ޑިފެންސް މިނިސްޓަރު ވަޑައިގެންފި

ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރަން އެ ބައްދަލުވުމުގައި ވާހަކަ މަޝްވަރާ ކުރެވުނު ކަމަށް ޔޫއޭއީ އެމްބަސީ އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެ އެވެ.

Newsletter

Get the latest news delivered straight to your inbox