ކަސްޓަމްސްގެ ބޭނުމަށް އެމެރިކާ އަދި ޗައިނާއިން ޑްރޯން ގެންނަނީ

ރައީސް މުއިއްޒު އަދި  ކޮމިޝަނާ ޖެނަރަލް އޮފް ކަސްޓަމްސް މާނިއު: ކަސްޓަމްސްގެ ބޭނުމަށް އެމެރިކާ އަދި ޗައިނާއިން ޑްރޯން ގެންނަން ނިންމާފައިވާ ކަމަށް މާނިއު ވަނީ ވިދާޅުވެފަ - ފޮޓޯ: ރައީސް އޮފީސް

ރައީސް މުއިއްޒު އަދި ކޮމިޝަނާ ޖެނަރަލް އޮފް ކަސްޓަމްސް މާނިއު: ކަސްޓަމްސްގެ ބޭނުމަށް އެމެރިކާ އަދި ޗައިނާއިން ޑްރޯން ގެންނަން ނިންމާފައިވާ ކަމަށް މާނިއު ވަނީ ވިދާޅުވެފަ - ފޮޓޯ: ރައީސް އޮފީސް

ކަސްޓަމްސްގެ ބޭނުމަށް އެމެރިކާ އަދި ޗައިނާއިން ޑްރޯންތަކެއް ގެންނަން ނިންމާފައިވާ ކަމަށް ކޮމިޝަނާ ޖެނަރަލް އޮފް ކަސްޓަމްސް ޔޫސުފް މާނިއު މުހައްމަދު ވިދާޅުވެއްޖެ އެވެ.

މަޖިލީހުގެ 241 ކޮމިޓީގައި އެ މުއައްސަސާގެ މަސައްކަތާ ބެހޭގޮތުން ދެއްވި މައުލޫމާތުގައި މާނިއު ވިދާޅުވީ ރާއްޖޭގެ ބޯޑަރު ބެލެހެއްޓުމުގެ ފުރިހަމަ ގާބިލުކަން މިވަގުތު ކަސްޓަމްސްގައި ނެތް ކަމަށާއި ރާއްޖެ ވަންނަ އުޅަނދުތައް މޮނީޓާކޮށް އެ އުޅަނދުތަކާ ހަމައަށް ދަތުރުކުރުމުގެ ގާބިލުކަންވެސް ކަސްޓަމްސްގައި ނެތް ކަމަށެވެ.

"އޭގެއިތުރުން އެމެރިކާއިން އަޅުގަނޑުމެން އެބަގެންނަން ޑްރޯންސް ވެސް، ޗައިނާއިންވެސް އެބަގެންނަން ޑްރޯންސް، އަޅުގަނޑުމެން އެބަ ބޭނުންވާ ޑްރޯންސް، ވާގޮތަކީ ބޭރުން މި އަންނަ ވެސަލްތައް މޮނީޓާ ކުރެވޭނެ އެއްވެސް ގޮތެއް ނޯންނާނެ އަޅުގަނޑުމެންނަކަށް،" މާނިއު ވިދާޅުވި އެވެ.

މިހާތަނަށް އުޅަނދެއް ހުއްޓުވަން ނުވަތަ ބަލާފާސްކުރަން ބޭނުންވާނަމަ ކަސްޓަމްސް އިން ބޭނުންކުރަމުން ދިޔައީ އެމްއެންޑީއެފްގެ އެހީގައި ކޯސްޓުގާޑުގެ އުޅަނދުތައް ކަމަށްވެސް އޭނާ ފާހަގަކުރެއްވި އެވެ.

ޑްރޯންގެ އިތުރުން މި މައްސަލަ ހައްލުކުރުމަށް ޖަޕާނުން 85 ފޫޓުގެ އުޅަނދެއް ލިބޭނެ ކަމަށް ކޮމިޝަނާ ވިދާޅުވި އެވެ. އަދި، އަންނަ އަހަރު ޗައިނާއިން ދެ އުޅަނދާއި އެމެރިކާއިން އުޅަނދުތަކެއް ލިބޭނެ ކަމަށް މިހާތަނަށް ކުރި މަޝްވަރާތަކުން އެނގިފައިވާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

މާނިއު މިހެން ވިދާޅުވުމުން، ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު ވަނީ މިހާރު އެމްއެންޑީއެފުގައި ބޭނުންކުރާ ޑްރޯންތައް ކަސްޓަމްސްއިން ބޭނުންނުކުރެވޭނެތޯ ސުވާލުކުރައްވާފަ އެވެ.

އެ ސުވާލުގެ ޖަވާބުގައި މާނިއު ވިދާޅުވީ، އަލަށް ގެންނަ ޑްރޯންތަކުގެ މަސައްކަތް އެމްއެންޑީއެފްގެ އެއާކޯއާ އެކު ކުރުމަށް މިހާރުވެސް އެމްއޯޔޫއެއްގައި ސޮއިކޮށްފައިވާނެ ކަމަށެވެ. އޭރުން ކަސްޓަމްސްއަށް ލިބޭ ޑްރޯންތައް އެމްއެންޑީއެފް އަށްވެސް ބޭނުންކުރެވޭނެ ގޮތްވެ، ސިފައިންގެ ޑްރޯންތަކުގެ އަދަދު އިތުރުވާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ

މި ޑްރޯންތަކަކީ ހިލޭ އެހީކަމެއް ނުވަތަ ސަރުކާރުން ހަރަދުކޮށްގެން ގަންނަ ތަކެތި ކަމެއް ކަސްޓަމްސް އިން މިއަދު ބުނެފައެއް ނުވެ އެވެ. ނަމަވެސް މާނިއު ވިދާޅުވީ އެމްއެންޑީއެފް އާއެކު ޑްރޯންތަކުގެ މަސައްކަތް ކުރަން ނިންމީ ދައުލަތުގެ ހަރަދެއް ޑުބްލިކޭޓު ނުކުރަމަށް ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ޕްރޮޖެކްޓާ ދެކޮޅު ހަދަން އެމްޑީޕީ އިން ފާސްކޮށްފި

ކޮލަމާފުށީ ދާއިރާގެ މެންބަރު މަހްފޫޒް ހުށަހެޅުއްވި އެ ގަރާރު ފާސްވީ ހާޒިރުވެވަޑައިގެންނެވި 58 މެންބަރުންގެ ތެރެއިން 57 މެންބަރުންގެ ވޯޓާއެކު އެވެ. ގަރާރާ އިދިކޮޅަށް ވޯޓު ދިނީ އެންމެ މެންބަރެކެވެ.

ރަސްމާލެ ޕްރޮޖެކްޓަށް ފުރިހަމައަށް ތާއީދު ކުރަން: ނަޝީދު

ކޮލަމާފުށީ ދާއިރާގެ ރައީސް މަހްފޫޒް ސައީދު ހުށަހެޅުއްވި އެ ގަރާރުގައި ގޮވާލާފައި ވަނީ ރަސްމާލެ މަޝްރޫއުއާމެދު ދެކޭ ގޮތް ބަލަން އާންމުންގެ މެދުގައި ވޯޓެއް ނެގުމަށާއި އެފަދަ ވޯޓަކަށް ސަރުކާރު އެއްބަސްނުވެއްޖެ ނަމަ މަޝްރޫއު ހުއްޓުވުމަށް މުޒާހަރާ ކުރުމަށެވެ.

ރިފަރެންޑަމަކަށް ނުދާނަމަ އިހުތިޖާޖުކުރަންޖެހޭ: ފައްޔާޒް

ރަސްމާލެ މަޝްރޫޢުގެ ދަށުން ފުށިދިއްގަރުފަޅުން ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ނުގޮސްފިނަމަ، މަގުތަކަށް ނުކުމެ އިހުތިޖާޖުކުރަން ޖެހޭނެ ކަމަށް ފައްޔާޒް ވިދާޅުވި. ފައްޔާޒް އޭނާ ވިދާޅުވީ މި ޑީލުގެ ސަބަބުން ރާއްޖޭގެ އިސްތިގުލާލަށާއި އިޖުތިމާއީ ފޭރާމަށް ނުރައްކާވާނެ ކަމަށް.

އިބްރާގެ ރައްދު ނަޝީދަށް: ރަސްމާލެ ޑީލުން ބައިބައިވުން އުފެދޭނެ

އީގަލް ހިލްސް މަޝްރޫއުގެ ސަބަބުން މުޖުތަމައުގައި ބައިބައިވުން ބޮޑުވެ، ގައުމުގެ މިނިވަންކަމަށް ނުރައްކާވެދާނެ ކަމަށް ވިދާޅުވެ އިބްރާ، ކުރީގެ ރައީސް ނަޝީދަށް ރައްދު ދެއްވި. އިބްރާ ވިދާޅުވީ އެމްޑީޕީގެ އަސާސަކީ ހަމަހަމަކަން ގާއިމުކުރުން ކަމަށާއި، ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ވަޒަންވެރިވުމުގެ ފުރުސަތު ދިނުމަކީ ޕާޓީގެ ސިޔާސަތެއް ނޫން ކަމަށް.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޝާހިދު ގޮވާލައްވައިފި

ޝާހިދު އެގޮތަށް ގޮވާލެއްވީ މިރޭ ކުރިއަށްދާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެވެ. ރަސްމާލޭ މަޝްރޫއުއަކީ ފެށުމުގައި ވެސް އޮޅުވާލުމެއް ކަމަށެވެ.

ބީއެމްއެލްގެ ސުކޫކަށް ސަރުކާރުން ގެރެންޓީ ދެނީ

ބީއެމްއެލް އިން ބޭރުގެ އިންވެސްޓަރުންނަށް ވިއްކާ 300 މިލިއަން ޑޮލަރުގެ ސުކޫކަށް ސޮވްރިން ގެރެންޓީ ދިނުމަށް ސަރުކާރުން ނިންމުމާ ގުޅިގެން، ދައުލަތުގެ ގެރެންޓީ ދަރަނީގެ އަމާޒުތައް ވަނީ މުރާޖައާކޮށްފަ. މި ފައިސާ މައިގަނޑު ގޮތެއްގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ އުތުރުގައި ފަތުރުވެރިކަން ތަރައްގީކޮށް އިގުތިސޯދީ ފުރުސަތުތައް ފުޅާކުރުމަށް.

ޔޫއޭއީގެ އެމްބަސީއަށް ޑިފެންސް މިނިސްޓަރު ވަޑައިގެންފި

ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރަން އެ ބައްދަލުވުމުގައި ވާހަކަ މަޝްވަރާ ކުރެވުނު ކަމަށް ޔޫއޭއީ އެމްބަސީ އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެ އެވެ.

Newsletter

Get the latest news delivered straight to your inbox